އަންހެނުންގެ ދުވަސް ފާހަގަކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޖުމްހޫރީ ޕާޓީން ބޭއްވި ބައްދަލުވުން.-- ފޮޓޯ: ޖޫމްހޫރީ ޕާޓީ
05 މާޗް 2023 - 13:11
މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އަންނަ ބުދަ ދުވަހުގެ ރޭ ހާއްސަ ޖަލްސާއެއް ބާއްވަން ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ނިންމައިފި އެވެ.
ޖުމްހޫރީ ޕާޓީގެ އަންހެން މެމްބަރުން އިންތިޒާމުކޮށްގެން ބާއްވާ އެ ޖަލްސާއާ ގުޅޭ ގޮތުން ހާއްސަ މަޝްވަރާ ބައްދަލުވުމެއް ވެސް ރޭގައި ބޭއްވި އެވެ. އެ ބައްދަލުވުމުގައި ނަހުލާއާއެކު، އެ ޕާޓީގެ ވަރަށް ގިނަ އަންހެން މެމްބަރުން ބައިވެރިވި އެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޖުމްހޫރީ ޕާޓީން ބޭއްވި ބައްދަލުވުން.-- ފޮޓޯ: ޖޫމްހޫރީ ޕާޓީ
އެ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހު މިއަދު "މިހާރު" އަށް ވިދާޅުވީ މިއީ އަންހެނުން ބާރުވެރިކޮށް، ހިތްވަރުދިނުމުގެ ގޮތުން މިނިސްޓަރު ނަހުލާ އިސްނަންގަވައިގެން ބާއްވާ ޖަލްސާއެއް ކަމަށެވެ. އެ ޖަލްސާ އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ މ. ކުނޫޒްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ރޭގެ މަޝްވަރާގައި ނިންމީ މި ޕާޓީގެ މެމްބަރުން ނޫނަސް، އެކި ދާއިރާތަކުގައި މަސައްކަތްކުރާ ކުޅަދާނަ އަންހެނުންނަށް މި ޖަލްސާއަށް ދައުވަތު ދޭން،" އޭނާ ވިދާޅުވި އެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާ.-- ފޮޓޯ: ޖޫމްހޫރީ ޕާޓީ
މި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ ޑިޖިޓަލް ދާއިރާގައި އަންހެނުން ކުރާ އިޖާދުތަކާއި ހޯދާފައިވާ ކާމިޔާބީތައް ކަމަށް ވާތީ، މި ޖަލްސާގައި އެ ޝިއާރާ ގުޅޭ ގޮތުން ވެސް ހާއްސަ ބައެއް ކަންކަން ކުރަން ރާވާފައިވާ ކަމަށް ވެސް އަލީ ސޯލިހު ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މާޗު 8 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
05 March 2023
އަންހެނުންގެ ދުވަހަކީވެސް ވަކި އުންސުރުތަކެއް ހަމަވާ އަންހެނުންނަށް އަންނަ ޢީދެއް. އަހަރަމެންފަދަ ކަނޑިކިބުރި ލައިގެން އޮއްކެޔޮފަޅާ ފަންގިވިނދެ ބޮނބިތަޅާ ރޯނުވަށާން ޖިފުޑިގަނޑުގަ ތިބޭ މީހުންނަކީ އަންހެނުންނަކަށް އެއްވެސް އިރަކު ނުވޭ. ތިޔަދުވަސް އޭގެ ކުރީދުވަހެކޭ ޖެހިގެން އަންނަ ދުވަހެކޭ މަމެންނަށް އޮތް ތަފާތަކީ ފަހެ ކޮބާ؟ދުނިޔެއަކީ އެންމެންނަށް އޮތް ތަނެއްނޫންކަންވެސް އެނގޭ. އެކަމު މިޒަމާނުގަ މިގޮތް މާހިތަށްފިނި.
ޖީޖު
06 March 2023
އަންހެނުން ގެ ދުވަސް އަންނަނީ އޮފީސްތަކުގެ ފާހާނައިން ހިލޭ ޕެޑު ލިބޭ އަނހެނުން އަށް އެކަނިން... ގުދު ބިންދައިގެން ދުވަސް އާރާސްތު ކުރާ އަނހެނުން އަކަށް ތީގެ ދުވަހެއް ދުވަހަކުވެސް އައި ތަނެއެ ނާދޭ....
ބޮޑުމީހާ
05 March 2023
އިންތިހާބާއި މިދޭތެރޭ ނަހުލާމެން މާހެފުންވެސް ފާހަގަކުރާނެ
މުނައް ވަރު
05 March 2023
ހުރިހާ ބިޓުންނަށް ދުވަހުގެ ތަހުނިޔާ އާއި މުބާރިކު ބާދީ އަރިސް ކުރަމެވެ
ސުވީޓީ
05 March 2023
ނަހުލާވެސް މާ ރަނގަޅުވާނެ ނަސީދަށް ވުރެ
ކޮންތާކު
05 March 2023
އަންހެނުން ބޭނުންކޮށްގެން ސިޔާސީ ކުރިމަގު ރާވަނީ.
ޖިޒް
05 March 2023
ހުރިހާ އަންހެން ކަނބަލުން ގެ ރާނީ ނަހުލާ ގެ މަސައްކަތަށް މަރުހަބާ އާއި މުބާރިކްބާދީ އަރިސްކުރަން..
ކޮރަލް
05 March 2023
ވ އަވަހަށް ރައީސް ކަމަށް ކުރިމަތިލާނެ މީހެކެވެ. ދެން ނުލިބި އޮތީ އެމަގާމް އެވެ. އެހެން މަގާމް ތައް ހޯދައިފި އެވެ. ގާސިމް އަށް ފަހަތަށް ޖެހެން މަޖްބޫރު ވާނެ އެވެ.
ގުދުގުދުލީބެއްޔާގެ ތެދުބަސް
05 March 2023
ކޮވިޑުއޮތްއިރު އަންހެނުންނަކީ އުޅޭބައެއްކަމަކަށްނުވި. އެކަމަކު މިއަދު ދިނިޔެ މިވަނީ އެފުއްމިފުށަށަށްޖެހިފާ. އަންހެނުންނަށްޓަކާ ފުރާނަދުއްވާންލަންވެސް މީނާ މިހުރީ ތައްޔާރަށް.
ފޫހި
05 March 2023
ފިރިމީހާގެ ހިޔަނީގައި ގައުމު ހިންގަވަނީ މިހާރު ނަހުލާ. ދައްކަވަން އޮތްތަނެއްދައްކަވާނެ.
އުމޭއްތަ
05 March 2023
މަރުހަބާ ދިވެހިރާއްޖޭގެ އިއްޒަތްތެރި ނައިބު ރައީސާ
ނަހުއްތަ
05 March 2023
ޝުކުރަން. ކުރިޔަށް ކުރިޔަށް ބާރަށް ގޮސް ބޮޑުތަނުން