ރިޕޯޓް

ގޮތް ހުސްވެއްޖެ، ވާނުވާ އަށް ބޭހެއް ނުލިބުނު!

ވާނުވާގެ މައްސަލައަކީ އަބަދުވެސް ބޮޑު ޝަކުވާއެއް. ޕީޖީ ވިދާޅުވީ އެކި ގޮތްގޮތަށް މަސައްކަތް ކޮށްގެން ވެސް މިކަން ހައްލު ނުވި ކަމަށް. ދެން އޮތީ ފަނޑިޔާރުންގެ ނަމާއި އެއްކޮށް މައުލޫމާތު ހާމަކުރުން.

ޕީޖީ ހުސައިން ޝަމީމް: ވާނުވާގެ މައްސަލަ ހައްލުކުރަން ކުރެވެން ހުރިހާ ކަމެއް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/މިހާރު

"ވާނުވާ" ޖަހައިފިއޭ ބުނުމަކީ މީގެ އަހަރުތަކެއް ކުރިންނަމަ ބޮޑު މައްސަލަ އެކެވެ. ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު ހުކުމެއް ނެތި މީހުން ބަންދުގައި އެތައް އަހަރެއް ހޭދަވިޔަސް، އެ ވާހަކަ ދެއްކުމަކީ އޭރު "ބޮޑުވެގެންވާ" ކުށެކެވެ. މިއަދު އެ ވާހަކަ ފާޅުގައި ދެއްކުނަސް، ބަދަލުނުވެ އޮތީ ވާނުވާގެ ހަގީގީ ހާލަތެވެ.

ދާދި ފަހުން ނިމުނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު ހަތް އަހަރަށް ވުރެ ގިނަ ދުވަސް ބަންދުގައި ހޭދަކުރި ބައެއްގެ މައްސަލަ އެކެވެ. ހަތް އަހަރު ވާނުވާގައި ހޭދަކުރި ފަހުން އެ މީހުންގެ މައްޗަށް ކުށް ސާބިތުވިއިރު، ވާނެ ގޮތެއް ނޭނގި، ވާނުވާގައި 340 އަށް ވުރެ ގިނަ މީހުން ބަންދުގައި އެބަތިއްބެވެ.

"ގާނޫނަށް ބަދަލު ގެނެސްގެން މިކަން ކުރެވޭތޯ އުޅެފިން. ރިވިއު ކޮށްގެން އެކަން ކުރެވޭތޯ އުޅެފިން. އިންޓާނަލް ރިވިއުއެއް ހަދައިފިން. އެކްސްޓާނަލް ރިވިއުއެއް ހަދައިފިން. މިކަމާ ބެހޭގޮތުން އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ގާތްގަނޑަކަށް ކުރެވިއްޖެ،" ޕީޖީ ހުސައިން ޝަމީމް ވަރަށް ފަހުން ވިދާޅުވި އެވެ.

"މި ކަމެއް ހައްލެއް ނުވޭ."

އާދައިގެ ކުށްތަކުގައި ވާނުވާ ޖެހުން ހުއްޓާލިޔަސް، ބޮޑެތި ކުށްތައް އިތުރުވަމުންދާތީ އެއް ބަޔަކު ދޫ ވާއިރަށް، އަނެއް ބަޔަކު ވާނުވާގެ ތެރެއަށް ވައްދަން ޖެހެ އެވެ. ނިސްބަތުން އަދަދު މަދެއް ނުވެ އެވެ. އަނެއްކޮޅުން ބަންދުގައި ތިބި މީހުންގެ ޝަރީއަތްތައް އެކަށީގެންވާ ބާރު ސްޕީޑެއްގައި ނުދެ އެވެ.

ވާނުވާ ބަންދު މީހުން ގިނަވެ، މާފުށްޓާއި މާލޭގެ ޖަލުތައް ފުރިގެން ދަމާލި ކިއޫތައް ދޫނިދޫ ކަސްޓޯޑިއަލް ޖަލާ ހަމައަށް މިހާރު އެބައޮތެވެ. ޗުއްޓީ ދުވަސްވަރު ފްލައިޓަކުން ޖާގައެއް ހޯދުމެކޭ ރިމާންޑް ޖަލަކުން ޖާގައެއް ހޯދުމެކޭ އެއްވަރެވެ. ތަހުގީގަށް މީހުން ބަންދުކުރާނެ އެކަށީގެންވާ ޖާގައެއް ވެސް މިކަމާ ހެދި ނެތެވެ.

"ހުރިހާ ކަމެއް ކުރެވިއްޖެ، ދެން އޮތީ އެންމެންގެ ނަން ހާމަކުރުން"

މި ކަން ހައްލުކުރަން އެންމެ ފުރަތަމަ ގެނައި ބަދަލަކީ މިފަދަ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން ރިވިއު ކުރަންޖެހޭ ގޮތަށް ހަމަޖެއްސުމެވެ. ނަމަވެސް ރިވިއު ކުރާށޭ ގާނޫނުގައި އޮންނާތީ މަހަކު އެއްފަހަރު "ރިވިއުކޮށްލަނީ" އެވެ. މަދު ބަޔަކު ފިޔަވައި އެންމެން އަނެއްކާވެސް ދަނީ ބަންދަށެވެ.

"ދެން ތި ބޭފުޅުން މި ނިޒާމު ޖަވާބުދާރީ ކުރުވާނީ."

ދެން ބެލީ މި ގޮތަށް ހުރި މައްސަަލަތައް ނުރަސްމީ ވަގުތުތަކުގައި ކުރިއަށް ގެންގޮސްގެން އަވަހަށް ނިންމުމަށެވެ. އެވެ. އެ ޕްރޮގްރާމްގެ ދަށުން، ނުރަސްމީ ގަޑީގައި ޝަރީއަތްކުރާ ދުވަސްތަކަށް ފަނޑިޔާރުންނަށް އިތުރު އެލަވަންސްތަކެއް ދިނުމަށް ފަހު ހައެއްކަ މަސް ފަހުން އެކަން ހުއްޓާލިއިރު ވެސް ނަތީޖާއެއް ނުފެނުނެވެ.

ޕީޖީ ޝަމީމް --- ފޮޓޯ/މިހާރު

ޝަމީމް ވިދާޅުވި ގޮތުގައި ގާނޫނަށް ބަދަލު ގެނެސްގެން މި ކަމަށް ދެވޭނެ އިތުރު ފަރުވާއެއް ނެތެވެ. ދެން އޮތް ހަމައެކަނި ގޮތަކީ އާންމުންނަށް ހާލަތު ބުނެދީގެން ނިޒާމު ޖަވާބުދާރީ ކުރުވުން ކަމަށާއި އެހެންވެ، އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ވެސް މިހާރު ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަސްދު ކުރަނީ މި ވަގުތު ބަންދުގައި ތިބި މީހުންގެ ނަންތަކާއި ތުހުމަތު ކުރެވޭ ކުށްތަކާއި އެންމެ ފަހުން އަޑުއެހުމެއް ބޭއްވި ދުވަހާއި ދެން އެންމެ އަވަހަށް އަޑުއެހުމެއް ތާވަލް ކުރެވިފައި އޮތް ދުވަހާއި އެ މައްސަލަ ބައްލަވާ ފަނޑިޔާރުގެ ނަމާއި މި މައުލޫމާތު އާންމުކުރަން،" ޝަމީމް ވިދާޅުވި އެވެ.

"މި މައުލޫމާތު އާންމު ކުރާނީ ރިއަލް ޓައިމްކޮށް ފެންނަ ގޮތަށް. "ދެން ތި ބޭފުޅުން މި ނިޒާމު ޖަވާބުދާރީ ކުރުވާނީ."

ހައްލަކީ އެންމެން ދޫކޮށްލުންތަ؟

ވާނުވާގެ މައްސަލައަކީ މީހުން ބަންދު ކުރުމެއް ނޫނެވެ. މައްސަލައަކީ ބަންދު ކުރުމަށް ފަހު މައްސަލަ ނިމޭނެ ދުވަހެއް ނޭނގި، އެތައް އަހަރެއް ވަންދެން ތިބެން ޖެހޭތީ އެވެ. ވާނުވާއޭ ކިޔަނީ ވެސް ބަންދު ކުރުމަށް ފަހު ވާނުވާ ނޭނގި ތިބެން ޖެހޭތީ އެވެ.

"މިއީ ވަރަށް ކަންބޮޑުވުން އޮތްކަމެއް. މިކަމެއް ހައްލެއް ނުވޭ."

ވާނުވާގައި ތިބި މީހުން މަދު ކުރުމަށްޓަކައި މީހުން ބަންދުން ދޫކޮށްލަން ބެލިޔަސް، އެއީ ފަސޭހަ ކަމެއް ނޫނެވެ. އެއީ ގިނައިން ތިބީ މީހުން މެރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ކަމަށް ވާތީ އެވެ.

"އެބަތިބި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ 110 އަށް ވުރެ ގިނަ މީހުން،" ޝަމީމް ވިދާޅުވި އެވެ.

"މިއީ ވަރަށް ކަންބޮޑުވުން އޮތްކަމެއް. މި ކަމެއް ހައްލެއް ނުވޭ. އަޅުގަނޑުމެން ހައްލުކުރަން އުޅެގެން ހައްލުނުވާ މަދު ކަންތައްތަކުގެ ތެރެއިން ކަމެއް މިކަމަކީ. ވަރަށް ގިނަ ގޮތްގޮތަށް މަސައްކަތް ކުރެވިއްޖެ މިކަން ހައްލު ކުރެވޭތޯ."

ވާނުވާގެ ސަބަބުން ހެކި ގެއްލުމުގެ ބިރު

ވާނުވާގައި ތިބޭ މީހުންނަށް ތަހުގީގާއި ދައުވާ ކުރުމުގެ މަރުހަލާ ޖިނާއީ އިޖުރާއާތު ގާނޫނު އައި ފަހުން މިހާރު ލަހެއް ނުވެ އެވެ. އެއީ ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރަން ޖެހޭތީ އެވެ. ނަމަވެސް މިފަދަ މައްސަލަތައް ކޯޓުތަކުން ނިންމަންޖެހޭ މުއްދަތެއް ގާނޫނަކު ނޯވެ އެވެ.

"އަޅުގަނޑުމެންނަށް ބައެއް ކަންކަން ފަސޭހަކޮށް ހުއްޓަސް، ކޯޓުތަކަށް އެކަންކަން ފަސޭހައެއް ނޫން."

ބޮޑެތި މައްސަލަތަކުގައި ކުށް ސާބިތުވުމާއި ނުވުން ބިނާވަނީ މައްސަލަ ނިމޭ ސްޕީޑަށެވެ. މައްސަލަ ލަސްވާ ވަރަކަށް ހެއްކަށް ނުފޫޒު ފޯރުވައި، ހެކި ގެއްލުމުގެ ފުރުސަތު ބޮޑުވެ އެވެ. އަދި ބަންދުގައި އަހަރުތަކެއް ވަންދެން ބެހެއްޓުމަށް ފަހު ފަހުން ކުށް ސާބިތުނުވުމުން ދުނިޔޭގެ ލަދާ ކުރިމަތިލާން ޖެހެނީ ޕީޖީ އޮފީހުންނެވެ.

"ނުނިމި ލަސްވާ ވަރަކަށް ހެކިން ހާޒިރު ކުރުމުގެ ކަންތައްތައް ވެސް އުނދަގޫވޭ. އެހެން ކަހަލަ ނުފޫޒުތައް ވެސް އޭގެ ތެރެއަށް ވަދޭ. ކޮންމެ ގޮތަކަށް ނިމުނަސް، އޯކޭ. އޭރުންތާ ދެން އޮންނަ މަރުހަލާ އަށް ގޮސްގެން އަޅުގަނޑުމެންނަށް ހެދޭ މިސްޓޭކްތައް ވެސް ދަސްވާނީ،" އަވަހަށް މައްސަލަ ނިމުމުގެ މުހިންމު ކަން ފާހަގަ ކުރައްވައި، ޝަމީމް ވިދާޅުވި އެވެ.

ކުށުގެ ތުހުމަތުކުރެވޭ މީހުން ކޯޓުގައި ބައިތިއްބާ ސަރަހައްދު --- ފޮޓޯ/މިހާރު

އެކަމަކު ޝަރީއަތްތައް ލަސްވުމުގައި ކޯޓުތަކުގެ ވަސީލަތާއި ޖާގައިގެ ދަތިކަން ވެސް އެބަހުއްޓެވެ. އެންމެ ގިނަ ޖިނާއީ މައްސަލަ ބަލާ ކްރިމިނަލް ކޯޓުގައި އިމާރާތް ބޮލަށް ވެއްޓޭ ހިސާބަށް ދިއުމުން މިހާރު އެހެން ތަނަކަށް ބަދަލުކުރަން އޮތީ ޖެހިފަ އެވެ.

"އަޅުގަނޑުމެންނަށް ބައެއް ކަންކަން ފަސޭހަކޮށް ހުއްޓަސް، ކޯޓުތަކަށް އެކަންކަން ފަސޭހައެއް ނޫން،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބާރު ސްޕީޑްގައި ކުރިއަށް ގެންދާ ޝަރީއަތްތަކުގައި ކުށް ސާބިތުވާ ވަރު އިތުރެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ކުށް ސާބިތުވާ ވަރު އިތުރުވި އެއް ސަބަބަކީ ވެސް ޝަމީމް ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތައް އަވަހަށް ކުރިއަށް ގެންދިއުމެވެ.

ވާނުވާގެ މައްސަލައަކީ އެންމެ ޝަކުވާ ބޮޑު އަދި އެކަމެއް ހައްލުކުރަން އެންމެ ގިނަ މަސައްކަތް ކުރެވުނު މައްސަލަ އެވެ. އެހެން ނަމަވެސް އެކި ފޯމިއުލާތައް ބޭނުން ކޮށްގެން ވެސް ނަތީޖާއެއް ނުފެނުނެވެ. މި ވާހަކަ ދައްކާ ބަޔަކު މި ވާހަކަ ދައްކަން ޖެހުން ނޫން ކަމެއް ނުވެ އެވެ.

34 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 9%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 36%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަމިއްޓޭ

09 March 2023

ނިކަން ތި މައްސަލަތައް ލާމަރުކަޒު ކޮށް ރަށްރަށުގެ ޕީޖީ އޮފީސްތަކާއި ކޯޓުތަކާ ހަވާލުކޮށް އަމިއްލައަށް ނޭވާ ލެވޭވަރު ކޮށްބަލަ ސަމީމޫ.

The name is already taken The name is available. Register?

ވަކީލްް

09 March 2023

ބުރޯގެ ވަކީލް ޕީޖީ އަށް ގެނައިމަ ހުންނާނީ ގައުމު ހިންގިފަ.

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

09 March 2023

މިގައުމު ގައި ފޭރުމާއި މީހުން މެރުމާއި ޑްރަގްގެ ވިޔަފާރި ގޭންގް ކުށްތަކަށް އިންތިހާ އަށް ބޮޑުވެފަ ވާއިރު ތިޔަ މާތް މަނިކުފާނު ގެ ދައުރު ނިމިގެންދާއިރު މިކަންކަން ހައްލުކުރަން ކޮންކަމެއްތޯ ކުރެއްވީ؟ މުޅިންވެސް ތިޔަ ކުރައްވާ ކަމަކީ އެހެންމީހުންގެ ސަމާލުކަން ހޯދުން!

The name is already taken The name is available. Register?

އެދުރުބޭ

09 March 2023

އަޅޭ . ގޮތްހުސްވާކަށް ނުޖެހޭ. ކުށެއްނުކުރާބަޔަކު ކީތްވެތަ ބަނަްދުކޮށްފައި ބައިތިއްބަނީ. ދައުލަތުން ކާންދީފާ. ދޫކޮށްލުން އެއީ ގޮތެއްނޫންތަ މައުސޫމުބަޔަކު ބަންދުނުކޮށް.

The name is already taken The name is available. Register?

އަލީރަމް

09 March 2023

މީހަމަ ވަރަށްބޮޑު މައްސަލައެއް އެތައް ބަޔަކަށް ނުހައްގުންވެސް އަދަބު ލިބެމުން ދަނީ މިަކަމުގައި ކޯޓުތަކުގެ ޒިންމާ ވަރަށް ބޮޑު ޖުޑިޝަލް ސަރވިސް ކޮމިޝަނުން މި ޤައުމުގެ ކޯޓުތަކަށް ބޭނުން ވާވަރަށް ފަނޑިޔާރުން ހޯދައި އޭގެ ސަބަބުން ކޯޓުތަކުގެ މަސައްކަތް 24 ގަޑިއިރަށް ހަދައިގެން ނަމަވެސް އިންސާފު ޤައުމުގައި ގާއިމު ކުރެވޭނެ މަގެއް ހޯދައި ބަޖެޓުގެ ދަތިކަން ހުރިނަމަ އެކަންވެސް ހާމަކޮށްދީ ސަޕްލިމެންޓްރީ ބަޖެޓެއް ހޯދައިގެންވެސް މިކަން ކުރަންވެއްޖެ .....

The name is already taken The name is available. Register?

އަހުމަދު

09 March 2023

ނިކަންއަޖުމަބަލަން ވެސް އުމަރަށް ވެރިކަންހަވާލުކޮށްބަލަ އޭރުން ތިކަންހައްލުކުރާނެކަންޔަގީން.

The name is already taken The name is available. Register?

ސަރަގު

08 March 2023

ހުރިހާ އެއްމެން ދޫކޮށްލާ އޭގެފަހުން ކުށްކުރާ މީހުނަށް އިސްލާމްދިނުގާކަޑައެޅިފައިއަދަބުދީ ގިނަވެގެން ތިން މީހުނަށް ރައްޔިތުންނަށް ފެންނަގޮތަށް އަދަބު ދިނުމުން އިތުރަށްކުށްކުރާނެއެކަކުވެސްނުވާނެ ނިކަން ކޮށްލަބަލަ

The name is already taken The name is available. Register?

ހަސަނު2

08 March 2023

ހެހެހެ، ކޮންމެ މީހަކުވެސް ދައުލަތު އަދި ސަރުކާރުގެ މުއައްސަސާތަކުގެ ބޭރުގައި ތިބޭއިރު ސޯޝަލް މީޑިއާގައި ވަރަށް ކަންކުރަންވީ ގޮތް ކިޔާދީ އަޑުގަދަ ކުރާނެ. މުއައްސަސާއަކަށް އައީމަ މި އެނގެނީ އެކަކު އެކަނި ކިތައްމެ ރަގަޅަކަށް މަސައްކަތް ކުރިޔަސް މިކަން އަދި ވާނެތްކަން. ދެން ޝަމީމު މި މަސައްކަތް މިހާރު މި ހަވާލުކުރީ އަހަރުން ރައްޔިތުންނާ.

The name is already taken The name is available. Register?

ކޮލަރާޑޯ

08 March 2023

އަބަދުވެސް އެހެން މީހުން ގޯސްކޮށްފަ މީނަ ރަނގަޅުވާނީ

The name is already taken The name is available. Register?

އެތުލެޓިކް ވާނުވާ ގަމާރު

08 March 2023

ބުނަން ގޮތް ހުސްވީމަ ދެންދޭ ފަތަން ފޮޓޯކޮޅެއް ނަގަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454