މޯލްޑިވިއަންގެ އެއާބަސް. 50 ޕަސެންޓަށް ވުރެ ބޮޑު ޑިސްކައުންޓެއް-- ފޮޓޯ: މޯލްޑިވިއަން
26 މާޗް 2023 - 13:47
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުގެ ޓިކެޓުން 50 ޕަސެންޓަށް ވުރެ ބޮޑު ޑިސްކައުންޓެއް ލިބޭ ފެއާއެއް ފަށައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ ދަށުން ކޮޗިންގެ ދެކޮޅު ޓިކެޓެއްގެ އަގަކީ 216 ޑޮލަރު (3،330 ރުފިޔާ) ކަމަށް މޯލްޑިވިއަނުން ބުންޏެވެ. ކޮޗިންގެ ދެކޮޅު ޓިކެޓުގެ އަގަކީ ކުރިން 400 ޑޮލަރު (6،168 ރުފިޔާ) އެވެ.
މޯލްޑިވިއަން އެއާލައިންގެ ޑިސްކައުންޓް ފެއާގެ ދަށުން ޓްރިވެންޑްރަމްގެ ޓިކެޓްގެ އަގު ވަނީ 232 ޑޮލަރު (3،577 ރުފިޔާ) އަށް ހެޔޮކޮށްފަ އެވެ. އެ ސެކްޓާގެ ދެކޮޅުގެ ޓިކެޓުގެ އަގު ކުރިން އުޅުނީ 500 ޑޮލަރު (7،710 ރުފިޔާ) އަށެވެ.
އެ ޕްރޮމޯޝަންގެ ދަށުން ދަތުރު ކުރެވޭނެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 17 ވަނަ ދުވަހެވެ.
އައިލެންޑް އޭވިއޭޝަނުން ހިންގާ މޯލްޑިވިއަން އެއާލައިނުން ކޮޗިން އާއި ޓްރިވެންޑްރަމްގެ އިތުރުން އިންޑިއާގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިވަގުތު މޯލްޑިވިއަން އިން ބައިނަލްއަގްވާމީ ދަތުރު ކުރަނީ ކޮޗިން އާއި ޓްރިވެންޑްރަމާއި ބަންގްލަދޭޝްގެ ޑާކާ އަށެވެ.
މޯލްޑިވިއަން އިން ރާއްޖެ އިން ބޭރުގެ ގައުމުތަކަށް ދަތުރު ކުރަން މިވަގުތު ގެންގުޅެނީ އެއާބަސް އޭ 320 ބޯޓެވެ. އިތުރު އެއާބަސް ބޯޓެއް ހޯދުމަށް ގައުމީ އެއާލައިނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސްކިޔާމީހާ
29 March 2023
މަގާތައް އަންނަނީ ހިނި ސަބަބަކީ ދެއިރުކާބޭހެއްހެން ޓިކެޓްގެ އަގުބޮޑުކުރާބަޔަކަށް ކޮން ފެއާއެއްތަ ދެވޭނީ އޭގެ ބަދަލު ހިފާނެ ވިސްނާތި
ދަބަރޭ
29 March 2023
ޔޫރަފުން ރާއްޖެއަވެސް 9 ގަޑި 30މިނެއްޓުގެ ދަތުރެއް ހަސަތޭކަ ވަރަކައް ޑޮލަރައް ކުރެވޭ އެކަމަކު މޯލްޑިވިއަނުން 1ގަޑިއިރު ދަތުރެއް ތިކުރަނީ އަގުހެޔޮވީމަ ވެސް 400 ޑޮލަރައް ދިވެހިނައް ފައިދާހުރި ކުންފުންޏެނޫންތިއީ
ޖެނީ.
27 March 2023
ނުޖެހޭ ކޮންމެހެން އައްޑުއަށް ބޮޑު ފުލައިޓް ބާއްވަދޭކަށް. އައްޑޫ މީހުން ބޭނުން ގޮތަކަށް ބޭނުން ތަނަކަށް ދަތުރުކުރަން އަމިއްލަ އެއަރލައިނެއް ހަދާ. މިތަނުން ދަތުރު ކުރާނެ ބޯޓާއި ދަތުރު ކުރާނެ ތަންތަން އިގޭނީ މިތަނަށް. އައްޑޫ މީހުނަކަށް ނޫން.
މޫކައި.
27 March 2023
މޯލްޑިވިއަނަށް އެންމެ ބޮޑު ގެއްލުން ލިބެނީ ޔާމީނު ސަރުކާރުގައި ރިސޯތް ތަކާއިއެކު އޭރުގެ މެނޭޖުމެންޓުން ހަދާފައިހުރި ކުންފުންޏަށް ފައިދާއެއްނެތް އެއްބަސްވުން ތަކުގެ ސަބަބުން އެރިސޯތް ތަކުގެ ފެސެންޖަރުން އުފުލަން ބޭކާރު ދަތުރު އަޅަންޖެހޭތީ. އައްޑުއަށް ޓިކެޓް އަގު ހެޔޮ ނުކުރެވިގެން އުލެނީވެސް މިހެންވެ. ހުރިހާ ގޯހެއް ހެދީ ޔާމީނު ސަރުކާރުން.
މަހަދު.
27 March 2023
ކުންފުނީގެ ބޯޓް ތަކުގައި މިތަނުގެ ވެރިންގެ ވިޔަފާރި މުދާ ހިލޭ އުފުލުމަކީ އާންމުކަމެއް. ވަރަށް ފަހުންވެސް ފައިދާ ނުވާ ކުންފުނީގެ މުވައްޒިފުންގެ މުސާރަ އެތައްތަނެއް ބޮޑުކޮށްފަ އަދި ހި؛ލޭ މުވައްޒިފުންނަށާއި މުވައްޒިފުންގެ އާއިލާތަކަށް އުދުހޭ މަންޒިލްތަކާއި ހިލޭ ކުރެވޭ ދަތުރުތައް ގިނަކޮށްފި. މިއީ މިކުންފުނި ބަގުރޫތް ކުރަންވެގެން މިތަނުގެ ވެރިން ކުރާ ކަމެއް. ހީވަނީ ވާދަވެރި އެއަރލައިނަކުން ފޮނުވާފައިތިބި އެޖެންޓުން ތަކެއްހެން.
އަލީ ބަލީ.
27 March 2023
އެހެންވެދޯ މަ އައްޑުއަށް އެއްޗެއް ފޮނުވަން އުލޭތާ ހަފުތާއެއްވެއްޖެ. ބަސް ތާމިނަލްގަ ހުންނަ ތިތަނުގެ ކައުންޓަރަށް ދާއިރަށް ބުނާނެ ވަރަށް ފުލްކޮށޭ އޮތީ އައްޑޫ ސެކްޓަރ މާދަމާ ބަލާބަލާށޭ.
ސީނޭ.
27 March 2023
އައްޑިޔާއިން އަންނަ ބޯތްތައް އަންނަނީ މުޅިންވެސް ފުލް ލޯޑުގަ. ކާގޯ އަރުވާނެ ތަނެއް ނުހުރޭ. އެކަމަކު ބޯޓު ބަރާ ވަންދެން އޮންނަނީ ތަނުގެ އިސްވެރިންގެ މުދާ ބޯޓަށް އަރުވާފަ. އިންޑިޔާ އަށް ގެއްލުމުގައިވެސް ދަތުރު ކުރަނީ މިކަހަލަ ފައިދާ ނަގަންވެގެން.
އޮނަރަބްލް އަފީފު ދީދީ
27 March 2023
ވިޔަފާރިއަކީ "ކުރާ އެއްޗެއް" އަދި ޑިމާންޑަކީވެސް "އުފައްދާ އެއްޗެއް" ކަން ތިތަން ހިންގަންތިބި ކުދިންނަށް ނޭގެނީތަ؟ # ކ.އަތޮޅުމާލެއިން އައްޑުއަށް ދުވާލަކު ކުދި 6 ބޯޓް އޮޕަރޭޓްކުރުމުގެ ބަދަލުގައި A-321 ނުބާއްވަނީ އަދި ގޭންއެއަރޕޯޓުން ކޮޗިން އަށް އޮޕަރޭޓްނުކުރަނީ ޑިމާންޑްނެތިގެންކަމަށްބުނާއިރު ސްރީލަންކަން ވީކްލީ 3 ފްލައިޓް (އޭ 321 ގެ) ޝެޑިއުލްއާއި އެއްގޮތަށް އުދުހެނީ އެކުންފުންޏަށް ގެއްލުންވިޔަސް އޯކޭ ވެގެންތޯ؟! ނޫނީ ކޮއްކެމެންނަށް މިކަން ނޭގެނީތޯ؟
އޮނަރަބްލް އަފީފު ދީދީ
27 March 2023
އަމިއްލައަށް އިސްނަގައިގެން 2016 ވަނަ އަހަރު އައްޑުއަށް ޝެޑިއުލްދަތުރު ފެއްޓި ސްރީލަންކަން އެއަރލައިން ދަނީ ހުއްޓުމެއްނެތި (ކޮވިޑް ދުވަސްތައް ފިޔަވާ) ގޭންއެއަރޕޯޓަށް ޝެޑިއުލް ދަތުރުކުރަމުން. # މިހާރު ހަފުތާއަކު 3 ދަތުރުކުރާ އެއަރލައިނުން ވަނީ މާރޗް 25 ގައި އެކަނިވެސް 4.4 ޓަނުގެ ކާގޯ ކޮލަމްބޯއިން އައްޑުއަށްއުފުލާފައި. # މޯލްޑިވިއަން ހިންގާންތިބިމީހުން ބޭނުންނަމަ ގޭން ކޮޗިން ވީކްލީ ދަތުރުތައްވެސް ބޭއްވޭނެ. ޑިމާންޑް އެބައޮތް ގެއްލުންނުވެ ފައިދާވާނެ.
ސައިޚް
27 March 2023
މޯލްޑިވިއަންގެ ޓިކެޓް މާއަގުބޮޑު، މޯލްޑިވިއަން ބޭނުމެއްނޫން،
ދުކުރވިސްނުން
27 March 2023
ސްޓެޓިސްޓިކްސްދައްކާގޮތުން ތިޔަދަތުރުތަކުގެ 80%އަކީ އިންޑިއާމީހުން. ދިވެހިންނަށްވާނެ ފައިދާ ވަރަށްވެސްކުޑަ. ދިވެހި ސަރުކާރުން ސަބްސިޑައިސްތިކުރަނީ އެހެންގައުމެއްގެބަޔެއް
އޮނަރަބްލް އަފީފު ދީދީ
27 March 2023
މިވެރިކަން ނިމުމާއިއެކު ގޭންއެއަރޕޯޓުން ސައުތުއެފްރިކާ، ސޭޝަލް، ކެންޔާގެ ބޮމްބާސާ، މަޑަގަސްކަރަ އަދި ބޮމްބޭއަށާއި ސިޑްނީއަށް ދަތުރުކުރާނެ 2 ބޯޓާއި އައްޑުއާއި ކ.އަތޮޅު މާލެއާއިދެމެދު ދަތުރުކުރާނެ 1 ބޯޓްހޯދައި ދެކުނުގެ ޓްއަރިޒަމް ތަރައްޤީކުރަން އައްޑޫގެ ވިޔަފާރިވެރިން އަމިއްލައަށް އިސްނަގާންޖެހޭ. # ސިމްޑީ ކުންފުނިން މިހާރުވެސް ލަޤްޒަރީ އެއަރލައިނެއް އޮޕަރޭޓް ކުރާންއުޅޭއިރު އިތުރުބަޔަކުގުޅިގެން ވަރަށްފަސޭހައިންމިކަންކޮށް ފުރިހަމަކާމިޔާބެއް ހޯދިދާނެ.
ކަތްދައްތަ
27 March 2023
މަބުނީ ޗޮކުންފެރީގެ ޑިސްކައުންޓެއް ނެތްތަ. ފެރީގެ ބޫސް ދިޔަފަހުން ޚަބަރެއް ނުވޭ. ހައެއްކަ ސަތޭކަ ކާއްޓާއި ދެތިން ކިލޯ ލުބޯ ބަލައިދާން އެބަޖެހޭ. ދެން ގޮސް އަންނާނީ ރޯދައެއްވެސް އެކޮޅުގަ ވީއްލައިލާފަ.