ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ދައުލަތަށް 52 މިލިއަން ދައްކަން ޔާމީނަށް އެންގީ ގާނޫނާ ޚިލާފަށް: ވަކީލުން

ޔާމީނަށް ޖަލަށް ވަޑައިގަތުމަށް ލޯންޗަށް އަރައިވަޑައިގަންނަވަނީ: 52 މިލިއަން ރުފިޔާ ދައްކަން އެމަނިކުފާނުގެ މައްޗަށް އަމުރުކުރީ ގޯސްކޮށް ކަމަށް ވަކީލުން ބުނޭ --- ފޮޓޯ/މިހާރު

ވ. އާރަށް މައްސަލާގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ގާނޫނާ ޚިލާފަށް ކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނިކޮށް އެ މައްސަލާ ލޯންޑާކުރި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން މިދިޔަ މަހު އެންގި އެވެ.

އެ ނިންމުން އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެމަނިކުފާނުގެ ވަކީލުން ވިދާޅުވީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން ކުށްކޮށްގެން ހޯދި މުދަލެއް ދައުލަތަށް ނަގަން އަމުރެއް ކުރެވޭނީ އެ މައްސަލާގެ ހުކުމް ކުރާއިރު ކަމަށެވެ. އެކަމަކު ޔާމީންގެ މައްސަލާގައި ފައިސާ ދައްކަން އެންގީ ހުކުމްކުރި ފަހުން ނެރުނު އަމުރަކުން ކަމަށާއި އެއީ ގާނޫނާ ޚިލާފް ކަމެއް ކަމަށް ވަކީލުން ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ޔާމީން

ވަކީލުން ވިދާޅުވީ ހުކުމް ކުރާއިރު ހަނދާން ނެތިގެން ނުވަތަ ދޫކޮށްލެވޭ ކަންކަމާ މެދު ގޮތް ކަނޑައަޅަން ޖެހޭނީ އިސްތިއުނާފް މަރުހަލާއިން ކަމަށެވެ. އަދި އެ ފައިސާ ދައްކަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ޔާމީނަށް އިއްވި ޖަލު ހުކުމް އިސްތިއުނާފަށް ހުށަހެޅި ފަހުން ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

ޔާމީންގެ ވަކީލުން އެދިވަޑައިގަތީ 52 މިލިއަން ދައްކަން ނެރުނު އަމުރު ބާތިލްކޮށް ދިނުމަށާއި އަދި ކުށްކޮށްގެން ހޯދި ފައިސާއެއް ދައުލަތަށް ނަގަން އަމުރު ކުރެވޭނީ އަސްލު މައްސަލާގެ ހުކުމުގެ ތެރެއިން އެކަނި ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މީގެ އިތުރުން ޔާމީންގެ ޖަލު ހުކުމާ މެދު އިސްތިއުނާފާ މެދު ގޮތެއް ނިންމުމުގެ ކުރިން، ފައިސާ ދެއްކުމުގެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އެ މައްސަލާގައި އެދިފައިވެ އެވެ.

ރައްދުގައި ދައުލަތުން ބުނީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ނަގަން ޖެހޭނީ ކޮންމެހެން މައްސަލާގެ ހުކުމުގެ ތެރެއިން ނޫން ކަމަށެވެ. އަދި ހުކުމުގެ ފަހުން ވެސް އެފަދަ ފައިސާއެއް ދައުލަތަށް ނަގަން އަމުރު ކުރެވިދާނެ ކަމަށާއި އެކަމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި، ހުކުމުގެ ފަހުން އެފަދަ ފައިސާ ދައުލަތަށް ނުނެގޭނެ ކަމަށް ބަހުސްގެ ބޭނުމަށް ބެލިޔަސް، ޔާމީންގެ މައްސަލާގައި އަމަލުކުރި ގޮތް ގޯހެއް ނޫނެވެ. ސަބަބަކީ އިޖްރާއީ އުނިކަމެއް ފޫބައްދަން އެފަދަ އަމުރެއް ނެރުނަސް، ޔާމީންގެ މައްޗަށް އިއްވި ހުކުމަށް ޖަލު ހުކުމަށް އަސަރެއް ނުކުރާނެތީ އެވެ.

ދައުލަތުން ބުނީ ބައެއް އިޖްރާއީ ގޯސްތަކަކީ މުޅި ހުކުމަށް އަސަރު ނުކުރާނެ އަދި ފަހުން ރަނގަޅު ކުރެވިދާނެ ފަދަ އިޖްރާއާތުތަކެއް ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. އަދި މުޅި ހުކުމަށް އަސަރު ކުރާނީ އަސާސީ ހައްގަކާ ގުޅުންހުރި އިޖްރާއީ ގޯސްތައް އެކަނި ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި އެފަދަ ގޯސްތައް ހެދޭ ހާލަތްތަކުގައި އަމަލު ކުރަންޖެހޭ ގޮތަކީ އިހުމާލުވި ފަރާތަކާ މެދު ފިޔަވަޅު އެޅުމެވެ. އެހެންވެ، ދައުލަތުން އެދުނީ ފައިސާ ދައްކަން ޔާމީންގެ މައްޗަށް ނެރުނު އަމުރު ދަމަހައްޓައި ދިނުމަށެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަދި ބާއްވާނެ އެވެ.

ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފައިސަލެވެ.

9 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 22%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަޑިތަކުރު

30 March 2023

އަމިއްލަ އެކައުންޓަށް ދައުލަތަށް ވަންނަންޖެހޭ ފައިސާ ޖަމާކޮށްފައިހުރީ ގާނޫނުތަކާ އެއްގޮތަށް ދޯއެވެ. ވަކީލުން ބުނާ އެއްޗެއް އެއީ ހަމަ ފަލަސުރުޚީއަށްވާންޖެހޭ ބާވައެވެ.

The name is already taken The name is available. Register?

ހަސަންދީ

29 March 2023

އަބަދުވެސް އަތުން އެއްޗެއް ދާގޮތްވީމަ ގާނޫނާއި ގަވާޢިދާ ޚިލާފްވާނެ ...

The name is already taken The name is available. Register?

ޖުވޭ

29 March 2023

ކަލޭމެން އެއްފަހަރު ނަމަވެސް ބުނެބަލަ, ޔާމިން އެކަހަލަ ކަމެއް ނުކުރާނޭ, އެސޮރަށް އެބާވަތު ކަމެއް ކުރަން ނުވެސް އިގޭނޭ. . އެއީ އެމްޑީޕީން ހެދި އެކައުންޓު ތަކެކޭ.

The name is already taken The name is available. Register?

އަންދަލޫސިޔާ

29 March 2023

ޙަރާމް ކައިފަ ބޮޑުކަނޑާފަ، ގެއެއް ލާޖައްސާފަ 18 ބުރިއަށް ހިއްލާލީ. ރައީސް އަށް ވިޔަފާރި މަނާ. ވެރިކަމަށް އައިއިރު ދަރިންގެ ގޭގެ ކުލި ވެސް ދައްކަދިނީ ރައްޓެހިން. ފޭބިއިރު 800 މިލިޔަން ރުފިޔާ ހުރިކަމަށްވޭ އިސްލާމިކް ބޭންކުގައި ހުރި 17 އެކައުންޓްގައި!

The name is already taken The name is available. Register?

ބެރެބެދިޒް

29 March 2023

އަބަދުވެސް ކޮންމެވެސް ގަވާއިދެއްގެ ތަންކޮޅެއްގައި ހިފައިގެެން ނުވަތަ ނަމްބަރެއް ދިމާނުވެގެން މީހުން ސަލާމަތް ކުރެވޭތޯ މި ވަކީލުން އުޅޭނީ.

The name is already taken The name is available. Register?

އަންނަނީ އަންނަނީ

29 March 2023

ޑރ މުހައްމަދު މުއިއްޒު އަކީ އިލްމީ ގާބިލް ބޭފުޅެއް މިހާރު މާލޭ ސިޓީގައި ހިންގާ މަޝްރޫއު ތަކަށް ބަލައިލުމުން ވެސް މިކަން ހާމަވާނެ މއއޒ2023. އިންޝާ ﷲ އިސްވެ ދުށް ކެރުމާއި މަންޒަރު ދައުރުވާ މއއްޒ ހޮވުމަށް ނިންމައިފީމޭ ވޯޓު ލާން

The name is already taken The name is available. Register?

ސީޒަން ޖެކްޝަން

29 March 2023

ކާލި ކާލުން ހަލާލު. އެކަމަކު ދޭން ބުނިބުނުން ހަރާމް.

The name is already taken The name is available. Register?

ބޯގޯސްބެ

29 March 2023

މީނަ ސަލާމަތް ނުވެގެން ވެސް މަގުމަތީގަ ކޮންމެ ރެ އަކު އެބަ އުޅޭ ބަޔަކު.

The name is already taken The name is available. Register?

ޥަރެއްގެ މީހެއް

29 March 2023

ފައިސާ ފައިސާ ފައިސާ.... އެފައިސާ މިފައިސާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454