ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް: ޔާމީންގެ އިސްތިއުނާފު މައްސަލަ ރަޖިސްޓްރީކުރުން ލަސްވާތީ އާދަމް ޝަރީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި-- މިހާރު ފައިލް ފޮޓޯ
03 އެޕްރީލް 2023 - 21:59
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުގައި ރަޖިސްޓަރީ ކުރުން ލަސްވާތީ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެ މަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެކަމަކު، އިސްތިއުނާފްގެ މައްސަލަ އިސްލާހުކުރަން ހައި ކޯޓުން އެންގުމުން އަލުން އިސްލާހުކޮށް ހުށަހެޅީ މިދިޔަ މާޗް މަހުގެ 16 އިގަ އެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން ހައި ކޯޓުން މިހާތަނަށް ވަކި ގޮތެއް ނިންމާފައި ނުވާތީ، މަޑުއްވަރި ދާއިރާގެ މެމްބަރުކަން ކުރައްވާ އާދަމް ޝަރީފް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ މިހާތަނަށް ރަޖިސްޓަރީ ނުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވިގޮތުގައި، ދިވެހިންގެ އުއްމީދުތަކާ ގުޅިފައިވާ ކެންޑިޑޭޓަކީ ވެސް ޔާމީނެވެ.
Riyaasee inthihaabu kairivamun annairu, HC gai isthiunaafu kurumah hushahalhaafaivaa RY ge massala adhives register nuvumakee varah kanboduvaa kameh! Justice delayed is Justice denied.
— Adam Shareef Umar (@Adamshareefz) April 3, 2023
Raajjeygai huri rayyithunge ummeedhuthakaa emme gulhifaivaa adhi promising candidate akee RY.
ޖަލު ހުކުމުގެ އިތުރުން އެ މައްސަލާގައި ލޯންޑާކުރި 3.4 މިލިއަން ޑޮލަރު ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އަމުރެއް ވެސް ވަނީ ނެރެފަ އެވެ.
ޔާމީންގެ ވަކީލުން ވިދާޅުވަނީ އެ މައްސަލަ ނިމެންދެން އެ މަނިކުފާނު ކަފާލާތުގެ ދަށުން ބަންދުން މިނިވަންކުރަން ހައި ކޯޓުގައި އެދޭނެ ކަމަށެވެ. އަދި ޔާމީން މިނިވަންވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވެސް ވަކީލުންގެ ޓީމުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
04 April 2023
ޕީޕީއެމްގަވެސް ގާބިލު އެތައް ބަޔަކު ތިބޭނެ. ވަކި ސިޔާސީ މީހަކު ފަހަތުގަ އެބުރުމަށްވުރެ ބޮޑަށް އުސޫލުތަކުގައި ހިފަހައްޓަން ސިޔާސީ މީހުން މަސައްކަތްކޮށްގެން ނޫނީ ކުރިއެރުމެއް ނެތް. ޔާމީނުގެ ވެރިކަމުގަ ކިތަންމެ ޕްރޮޖެކްޓެއް ހިންގިޔަސް ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އޮތީ އާއްމުވެފަ، އެކަން މިސަރުކުރުންވެސް އެބަފެނޭ
އަންނަނީ އަންނަނީ
04 April 2023
މުއިއްޒު ޕޕމ އިން ނެރެ ކެމްޕޭން ފަށަންވީ ޑރ މުހައްމަދު މުއިއްޒު އަކީ އިލްމީ ގާބިލް ބޭފުޅެއް މާލޭ ސިޓީ ކައުންސިލުން ހިންގާ މަޝްރޫއު ތަކަށް ބަލައިލުމުން މިކަން ހާމަވާނެ އިސްވެ ދުށް ކެރުމާއި މަންޒަރު ދައުރުވާ މުއިއްޒު ހޮވުމަށް ނިންމައިފީމޭ ވޯޓު ލާން މއއްޒ 2023 އިންޝާ ﷲ
ޝޮކްތެރަޕީ
04 April 2023
އެމްޑީޕީޔަ ވޯޓް ނުލާނެ އެމްޑީޕީގެ ބޮޑުބައެއް. ޢިންޝާﷲ
ތޔކހ
04 April 2023
ތިކަން ވޯޓުން އިބުއައް ފެންނާނެ ފިސާރި ރަނގަޅަށް
ބަލްގީޝް
04 April 2023
ޔާމީނަކީ ޖަލި ރައީސް.
އަންޑޭ
04 April 2023
ބޮޑެތި ވައްކަން ކޮށްފަ މައްސަލަ ޝެޑިއުލް ނުވެގެން ތެޅި ފޮޅެނީ. އެތައް ސަތޭކަ ސޮފްޙާއެއްގެ ދޮގު ހުށަހެޅިޔަސް އެ ކިޔައިގެން ދޯ ރަޖިސްޓަރީ ވެސް ކުރެވޭނީ. ކުރިން ވެސް ހުރީ ލިޔެކިއުން ފުރިހަމަނުވެ. ޑރ. ޖަމީލް ޔާނަށް ހަސަދަފިލުވަނީ!
އަންދަލޫސިޔާ
04 April 2023
ދިވެހި ދައުލަތަށް ދަރަނި ނަގާފައި ޖީބަށް ކަހާލާ މީހެއް. ގޮތް ކުޑަކަމުން އެހެން މީހުން ލައްވާ މިހާރުގެ ރައީސް އަށް ޗޯރު އިބުރޭ ކިޔައި ލަވަ ވެސް ހަދައިގެން ކިޔަނީ. ހަމަ ގުންޑާއިންގެ ވައްތަރު. މި ފަހަރު ދެން ޖަލުގަ އޮންނާނީ. 2033 އަށް ވެސް ނޭނގެ ސަލާމަތްވާނެ ކަމެއް!
ޢަރުތަ
04 April 2023
އިންޝާ ﷲ
ދޮހޮއްތު
03 April 2023
ތީ ބޮޑުވަރު އަދުލު އިންސާފު އަސާސީ ހައްގެއް އެކަޔަގީން ނުވަންޏާ މީ ގައުމެއްތޭ…
ދިއްދޫމީހާ
03 April 2023
އާދަމްބޭ އަނެއްކާ ރަޖިސްޓަރގެ ދަތްދޮޅީގެ ވާހަކަ ނުދައްކާތި…
ގެދާނޯމޮސް
03 April 2023
ޔާމިންގެ މައްސަލައިގެ ސްޕީޑް މާއަަވަސް ވުމަށް ވުރެން ލަސްވުމަކީ ޔާމިންއަށް އިންޝާ ﷲ އެންމެ ކާމިޔާބު ވާނޭގޮތެވެ.