މެލޭޝިއާ: ދިވެހި ޑްރައިވިން ލައިސެންސް އެގައުމުގައި މިހާރު ބޭނުންކުރެވޭނެ-- ފޮޓޯ: އަހުމަދު މަހްމޫދު
04 އެޕްރީލް 2023 - 13:10
މެލޭޝިޔާގައި މަރުގެ އަދަބު ދޭ ކުށްތަކުގެ ތެރެއިން ގިނަ ކުށްތަކަކުން މަރުގެ އަދަބު އުވައިލުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ އިން އިއްޔެ ފާސްކޮށްފި އެވެ.
ތަފާތު ހުކުމްތަކުގައި މަރުގެ ހުކުމް އިއްވާފައިވާ 1300 އަށް ވުރެ ގިނަ ކުށްވެރިން މިހާރު ވެސް، ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި އެބަ ތިއްބެވެ. ގިނަ ކުށްތަކެއްގައި މަރުގެ އަދަބު ދެވޭ ގޮތަށް އެ ގައުމުގެ ގާނޫނީ އޮނިގަނޑު އޮތް ނަމަވެސް، މެލޭޝިޔާ ސަރުކާރުން ވަނީ، މަރުގެ ހުކުމް ތަންފީޒުކުރުން 2018 ވަނަ އަހަރުން ފެށިގެން މަޑު ޖައްސާލައިފަ އެވެ.
ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ނެގި ވޯޓެއްގައި މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ، މީގެ ކުރިން މަރުގެ އަދަބު ދެވޭ ގޮތަށް އޮތް ތަފާތު 11 ކުށަކުން މަރުގެ އަދަބު އުވައިލުމަށް ފާސްކޮށްފަ އެވެ. އެ 11 ކުށުގެ ތެރޭގައި މީހުން މެރުމުގެ ކުށާއި ޓެރަރިޒަމްގެ ކުށް ވެސް ހިމެނެ އެވެ.
އެ 11 ކުށުގެ ތެރެއިން ކުށެއް ސާބިތުވުމުން އާންމު އުސޫލުން މަރުގެ އަދަބު ނުދޭ ގޮތަށް ގާނޫނަށް ބަދަލު ގެނައި ނަމަވެސް، ޚާއްސަ އިސްތިސްނާ ހާލަތްތަކެއްގައި މަރުގެ ހުކުމް އިއްވުމުގެ އިޚްތިޔާރު ފަނޑިޔާރުންނަށް ލިބިގެންވެ އެވެ. ގާނޫނީ އަދި ޝަރުއީ ނިޒާމަށް މި ބަދަލު ގެނައުމާ ގުޅިގެން، މީގެ ކުރިން މަރުގެ ހުކުމް އިއްވަމުން އައި ގިނަ ކުށްތަކުގައި މީގެ ފަހުން ކަނޑައެޅޭނެ އެންމެ ބޮޑެތި އަދަބުތަކަކީ، އުމުރަށް (ގިނަވެގެން 40 އަހަރަށް) ޖަލަށް ލުމުގެ ހުކުމާއި، ދުއްރައިން ތެޅުން ފަދަ ހުކުމްތަކެވެ.
ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ އިން މި ގޮތަށް ފާސްކުރި ނަމަވެސް، އެ ބިލު މަޖިލީހުން ފާސްވިކަމަށް ނިންމޭނީ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ އިން އެ ބިލް ފާސްކުރުމުންނެވެ. މުޅި މަޖިލީހުގެ ރޫހު ހުރި ގޮތަށް ބަލާއިރު، މަތިގެ އިން ވެސް އެ ބިލު އެ ގޮތަށް ފާސްވާނެ ކަމަށް ބެލެވެ އެވެ.
ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން، އެ ގައުމުގެ ގާނޫނުތަކާ ބެހޭ ވަޒީރުގެ ނައިބު ރާމްކަރްޕާލް ސިންގް ވިދާޅުވީ، މިހާތަނަށް ކުރެވުނު ތަޖުރިބާ އަށް ބަލާއިރު، މަރުގެ އަދަބަކީ ކުށް ކުރުން މަދުކުރެވޭ އަދަބެއްގެ ގޮތުގައި ފާހަގަނުކުރެވޭ ކަމަށެވެ.
"މަރުގެ އަދަބު ދީގެން ހާސިލުކުރަން ބޭނުންވި ނަތީޖާ، އެ ހުކުމް ތަންފީޒުކޮށްގެން މިހާތަނަށް ހާސިލެއް ނުވި،" ރާމްކަރްޕާލް ސިންގް ވިދާޅުވި އެވެ.
މެލޭޝިޔާގެ ގާނޫނީ އޮނިގަނޑުގައި މަރުގެ އަދަބު ދެވޭ 34 ކުށެއް ހިމެނިފައި އޮވެ އެވެ. އޭގެ ތެރެއިން އިއްޔެ މަރުގެ އަދަބު އުވައިލަން ފާސްކުރި 11 ކުށަކީ، މީގެ ކުރިން މަރުގެ އަދަބުތައް ތަންފީޒު ކުރަމުން އައި 11 ކުށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަސީލީ
06 April 2023
މި ތާންގައި މަރުގެ ހުކުމާ ދެކޮޅު ހަދާ މީހުންގެ ގާތް މީހަކު ގަތުލުކޮށްލެވިޖެނަމަ، ގާތިލު އަރާމްގަ ގޮޅިއަށް ލައިފަ ބައިންދަންތޯ ރުހެނީ.
ބުރުހާނު
05 April 2023
މަރުގެ އަދަބު ދިނުމާ ކުށް މަދުވުމާ މީ ގުޅުމެއް ހުރި ކަމެއް ނޫން. މިދެކަން ގުޅުވަނީ ސިޔާސީ މީހުން ސިޔާސީ ފައިދާއަށް.
ދޯޕައްޓާ
05 April 2023
އިޝްޓިކާ ޖަހައިގެން ޖުރިމަނާކޮށްގެން ޕާކިން މައްސަލަ ހައްލެއްނުވޭ، އެހެންވީމަ އެމީހަކު ހިތުހުރިތާކު ޕާކުކުރަން ދޫކޮށްލަންވީތަ.
މަގޭހިޔާލް
04 April 2023
މިރާއްޖޭގެ ބައެއް ސިޔާސީ މީހުންވެސް އެބަ އުޅޭ މަރުގެ އަދަބުނުދެވިގެން މަރުގެ އަދަބަކީ މިޒަމާނައް ނުފެތޭ އަދަބެއްކަން އެބަ ސާބިތުވޭ ދުނިޔޭގެ އެންމެ ސުލްހަވެރި ކުށްމަދު އެތައްގައުމެއްގަ މަރުގެ އަދަބުތައް ނޯވޭ މިޒަމާނުގެ ގޮތަކަށް ވާންޖެހޭނީ އިންސާނުން ކުށް ނުކޮށް އުޅެވޭނެފަދަ ވެއްޓެއް ގާއިމްކުރަން މަސައްކަތްކުރުން މީހާ ކްރިމިނަލްއަކަށް ވަނީ އެތައްކަމެއް އެގައުމުގަ ބޮއްސުންލާފަ ހުންނާތީ
ދެކޮޅުވެރިޔާ
04 April 2023
ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން، އެ ގައުމުގެ ގާނޫނުތަކާ ބެހޭ ވަޒީރުގެ ނައިބު ރާމްކަރްޕާލް ސިންގް ވިދާޅުވީ، މިހާތަނަށް ކުރެވުނު ތަޖުރިބާ އަށް ބަލާއިރު، މަރުގެ އަދަބަކީ ކުށް ކުރުން މަދުކުރެވޭ އަދަބެއްގެ ގޮތުގައި ފާހަގަނުކުރެވޭ ކަމަށެވެ. އެކަމަކު މި ރާއްޖޭގެ މީހުން ދިރާސާ ތިޔަ ތަފާތު. އަހަރުވެސް ރާއްޖޭގެ މީހުން މޮޅުވާން. ހުރިހައި ކަމެއް އެނގޭނެ އެ މީހުންނަށް ަ
ހަސަނު
04 April 2023
މަރުގެ އަދަބަކީ މި ޒަމާނާ ގުޅޭ ކަމެއް ނޫން.. އެއްކޮށް އުވަލަންޖެހެ..
ވަލްޙަމްދުލިއްލާހި
05 April 2023
ﷲ ގެ ގާނޫނަށް ފާޅުގައި ގޮންޖަހަން ތިބާ ތިއީ ކާކު؟
ޓުރަންޕު.
04 April 2023
އިސްލާމްދީނުގައި މަރުގެ ހުކުމް ކަނޑައަޅުއްވައިފައިވާ ކުއްތައް ފިއަވާ އެއްވެސް ކުށަކަށް މަރުގެ އަދަބު ދެވިގެން ނުވާނެ. ހައްގުނޫން ގޮތުގައި އެންމެ ފުރާނައެއް ހިފެވުނަސް އެއީ ފަސާދައެއް. ޖަރީމާއެއް.