ވ،ތިނަދޫގެ މަގަކުން މީހަކު ހިނގާފައި ދަނީ: އެ ރަށުގައި މިހާރު ދިވެހިންނަށްވުރެ ބިދޭސީން ގިނަ. -- ފޮޓޯ: މިހާރު
05 އެޕްރީލް 2023 - 13:46
ވ. ތިނަދޫގައި ދިވެހިންނަށް ވުރެ ގިނައިން ބިދޭސީން އުޅޭ ކަމަށް ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ ހަފްތާގައި ހާމަކުރި މިދިޔަ އަހަރުގެ ބޯހިމެނުމުން އެނގޭ ގޮތުގައި ތިނަދޫގައި އުޅެނީ 75 ދިވެހިންނެވެ. އެރަށުގައި 184 ބިދޭސީން އުޅެ އެވެ. އެއީ ރަށުގައި އުޅޭ ދިވެހިންގެ އާބާދީއާށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.
އެރަށުގައި ބިދޭސީން އެހާ ބޮޑަށް އިތުރުވީ، ގެސްޓްހައުސް ވިޔަފާރި އެހާ ބޮޑަށް ފުޅާވުމުންނެވެ. އެ ރަށުގައި ދިވެހިންނަށް ވުރެ ބިދޭސީން ގިނަވެފައި އޮންނަތާ ފަސް ވަރަކަށް އަހަރުވެއްޖެ އެވެ.
ރާއްޖޭގައި މިހާރު ކޮންމެ ތިން ދިވެއްސަކަށް ބިދޭސީއެއް އުޅޭ
ވ. އަތޮޅަކީ ރާއްޖޭގެ އެންމެ އާބާދީ ކުޑަ އަތޮޅެވެ. އެ އަތޮޅުގައި މިވަގުތު ދިރިއުޅެނީ 1،900 މީހުންނެވެ.
ވޭތުވެދިޔަ 10 އަހަރު ރާއްޖޭގެ އާބާދީއަށް ބިދޭސީން ދެ ގުނަ އިތުރުވި އެވެ. އަދި ރަށްރަށުގައި ދިރިއުޅޭ ބިދޭސީން ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެންމެ ބޮޑަށް ބިދޭސީން އިތުރުވީ، ޓޫރިޒަމް ދާއިރާގެ ވަޒީފާތަކަށް އަންނަ ބިދޭސީންގެ އަދަދު އިތުރުވުމުންނެވެ.
ބޯހިމެނެމުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ބައި މިލިއަން މީހުން މިހާރު ދިރިއުޅެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 338,434 ދިވެހިންނާއި 63,637 ބިދޭސީންނެވެ. މިއީ ރާއްޖޭގެ ކޮންމެ ތިން މީހަކުން އެކަކަށް ބިދޭސީއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއްކަލަބޭޅާ
07 April 2023
ގެސްޓްހައުސް ވިޔަފާރި ހިންގައިގެން ރަށުގަ ތިބެ ޖީބަށް ޑޮލަރު ވައްދަން އުޅުނުއިރު ބުނަން ހަނދާންނެތުނު ވާހަކައަކީ ޑޮލަރު ވަންނާނީ ރަށަށް އަރުވާފަ އޮންނަ ހައްސަ ބިދޭސީން ލައްވާ މަސައްކަތްކުރުވައިގެން ރަށުމީހާ މާލެ ސަރަހައްދަށް ބަދަލުވެ ކުޑަ ކޮއްޓެއްގަ އޮއްވާ އެ ޖީބަށް ކަމަށް.
ވަހުތާން
06 April 2023
ރާއްޖޭގައި ސަރުކާރެއް އޮތެއްކަމަކު ގާނޫނު ނުހިންގޭ ކަމުގެ މިސާލެއް ތީ؟ ރިސޯޓްތަކާއި އެކިއެކި ފަރާތްތަކުން ގެންނަ ބިދޭސީން މަގުމަތިކޮށްލުމާއި، އެމީހުން އަމިއްލައަށް ފިލުމުން އެއްވެސް ފިޔަވަޅެއް ނޭޅޭ! މުޅި ގައުމުގެ ކޮންޓްރޯލް ބޭރު މީހުންގެ އަތްމަތީގަ؟ ނަމެއްގަ ދިވެހިން ވެރިކަމުގަ!
ންނަ
06 April 2023
ބޭރުމީހުން ރާއްޖެ ހިފާނެ މިވަރުން ދަންޏާ!
1206
07 April 2023
މިހާރު މިޒަމާނުގައި ލަޝްކަރެއް ގޮވައިގެން އައިސް ހަނގުރާމަކޮށް ބަޑި ތަޅައިގެން ގައުމަކަށް އަރައި ގައުމެއް ހިފަނީ ވަރަށް ވަރުވީމާ، ހިސާބަކަށް ގަދަ ނުހަދައި އޮވެ އަސް ވިއްކައި ލަގަން ވިއްކައި ހަދައިފައި އޮތް ނަމަ، ގައުމުގެ ވެރިކަން އަހަރުމެންނަށް އޮތަސްވެސް ވެރިކަމުގެ ހަގީގީ ބާރާއި އާރު ދެން އެ ހިނގަނީކީ އެ ވެރިކަމުގެ އަތް އަދަށަކު ނޫން. އެ ކަމެއް އޮވެ ކުރިޔަށް ދަނީ، މި ބުނި އަހަކާއި ލަގަނެއް ގަނެ އެކައްޓާ ކުރި ބަޔަކު، ލައްކަ ވާހަކަ. ވ. ވެދުން.
ރެކިފުތާ
06 April 2023
ކުރިއަށްތަނުގައި ހުރިހާރަށެއްގައިވެސް ގިނައިންތިބޭނީ އެމީހުން. ބޯހިމެނުމުގެ ނަތީޖާ ފެނިފައި ބިރުން ފިއްކަނޑައިގެންދާވަރުވޭ. އެމީހުން އެތިބީ މިހާރު ރާއްޖޭގެ އިކޮނޮމީއާގުޅި ލާމެހިފައި. ރުކަށްއަރާ، މަހަށްގޮސް މަސްކަށްކާ ކަންމަތީފިހާރަ ހިންގަނީވެސް އެމީހުުން. ދެންއެތިބެނީ ބޭންކުގެ ކްރެޑިޓްކާޑާއި ޑެބިޓްކާޑް ވޮލެޓަށް ޖަހާލައިގެން. ބޭންކުކާޑަކީ އެތަނެއްގެ ރަށްވެހިންފިޔަވައި އެހެންބަޔަކަށް އެހާފަސޭހައިން ލިބޭއެއްޗެއްނޫން.
ވޯލް
06 April 2023
ނޫނޭ ބޭންކް ކާޑަކީ ތުނިވާސަލް އެއްޗެއް. އެމީހާގެ ކްރެޑިބިލިޓީ ބަލާފަ ދޭ އެއްޗެއް. އެމީހުންނަކީ މި ގައުމުގައި ބުރަ މަސައްކަތްކޮށްގެން ފައިސާ ހޯދާމީހުން އެހެންވީމާ ޒުވާން ދިވެހި މީހަކަށްވުރެ އެމީހުންގެ ކްރެޑިބިލިޓީ ރަގަޅުވާނެ ބޭންކްގައި.
ޖައިސާމް
06 April 2023
އެމީހުން ރާއްޖެއަށް އަންނަނީ ދިވެހިން ބޭނުންވެގެން. ދިވެހިން ގެނެސްގެން. ވޯކްޕާމިޓް އަދި ވިސާ އޮންނަ ކޮންމެ މީހަކަށް އެކައުންޓް ހުޅުވެންވާނެ. ބޭންކް ކާޑު މީހެއްގެ އަތުގަ އޮތުމަކީ މައްސަލައެއް ނޫން. ދިވެއްސަކު ބޭރު ގައުމެއްގަ އުޅޭނަމަ އޭނަވެސް އެގައުމެއްގަ ބޭންކްތަކުން ހިދުމަތް ހޯދާނެ. ކާޑުވެސް ހޯދާނެ. އެއީކީ މިޒަމާނުގަ މާކަ ބޮޑޮ ކަމެއް ނޫން ރެކިފުތާ.
ކިނބޫ
06 April 2023
ކަނޑައެޅިގެން ނުބައި ހިސާބެއް. ރާއްޖޭގައި 200000 ބިދޭސީން އެބައުޅޭ. މިވަގުރު އެންމެ ގުނައީ އިންޑިޔާ ސިފައިން
މިސްޓަރ ޓިނޭ
06 April 2023
ފައްޔާޒޫ ކޮބާ ރައްޔިތުންނަށް ދޯކާ ދެވިއްޖެ ދޯ.... މީތޯ ތިބުނާ ސާފުވި މައިދާން
ޖައިސާމް
06 April 2023
ފައްޔާޒު ކުރި ކަމެއްތަ ރާއްޖެއަށް ބިދޭސީން އެތެރެ ކުރުމަކީ؟
ނައިސާމް
07 April 2023
ފައްޔާޒު ކުރިކަމެއް އެއީ ބިދޭސީންތައް ފޮނުވާލެވުނީއޭ ކިޔައި އޮޅުވާލުން. ހަމައެކަނި މާލޭން އެއްބަޔަކު ބޭރުކުރީ.
ދަރި
06 April 2023
75 މީހުންނަށް ވަކިން ރަށެއް އޮންނަން ޖެހޭ ހެއްޔެވެ؟
ވޯލް
06 April 2023
މައްސަލައެއް ނޫން އެއީކީ. އެހެން ގައުމުތަކުގައިވެސް ތިބޭ ވަރަށް އާބާދީ ކުޑަ ހިސާބުތައް. އެރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ރަށުން ފައިބައިގެން ދިއުމަކީ އެރަށުގައި ތިބި މީހުން އެރަށުގައި ތިބުމަށް ދެކޮޅު ހަދަންޖެހޭ ކަމެއް ނޫން.
ބޮންދްސް
05 April 2023
ސޮރީ ބޯއިޒް... އައިއެމް ދަ ކެޕްޓަން ނައު...
ނިކަމެތި ރައްވެހި
05 April 2023
ދެން ވެއްޖެއެއްނު އެމީހުންނަށްވެސް ވޯޓުލެވޭގޮތް ހަދާފަ ކައުންސިލަރުން ބައިތިއްބަން
ބޮސްގެ ބޮސް
05 April 2023
"އެރަށުގައި ބިދޭސީން އެހާ ބޮޑަށް އިތުރުވީ، ގެސްޓްހައުސް ވިޔަފާރި އެހާ ބޮޑަށް ފުޅާވުމުންނެވެ. އެރަށުގައި ބިދޭސީންނަށް ވުރެ ދިވެހިން އިތުރުވެފައި އޮންނަތާ ފަސް ވަރަކަށް އަހަރު މިހާރު ވެއްޖެ އެވެ"........މުޅިން އޮޅިއްޖެ!؟
އެމްސް
06 April 2023
މާނައަކީ މިކަންވެސް މިހިނގީ މިވެރިކަމުގައޭ؟ ގެސްޓްހައުސްގަ ގެންގުޅެންޖެހެނީ ބިދޭސީންތޯ؟