ކުރީގެ ރައީސް ޔާމީން: އާރަށް މައްސަލާގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން އެމަނިކުފާނަށް އެންގި މައްސަލަ ހައި ކޯޓުން މާދަމާ ނިންމަން ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
10 އެޕްރީލް 2023 - 20:54
ވ. އާރަށް މައްސަލާގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެންގި މައްސަލާގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ދައުލަތަށް 52 މިލިއަން ރުފިޔާ ދައްކަން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އެންގީ އެ މައްސަލާގައި ލޯންޑާކުރި ފައިސާ ދައުލަތަށް ނެގުމުގެ ގޮތުންނެވެ.
ފައިސާ ދައްކަން ނެރުނު އަމުރު އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލާގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ހައި ކޯޓުން ނިންމާލާފައި ވާއިރު، އެ މައްސަލާގެ ހުކުމް އިއްވަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރެވެ.
ހައި ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ހޫނު ސުވާލުތައް ދައުލަތަށް އަމާޒުވި އެވެ.
އެ މައްސަލާގެ އިތުރުން ރ. ފުއްގިރި މައްސަލާގައި ޔާމީނަށް ކުރާ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުންތައް ވެސް އެމަނިކުފާނުގެ ފަރާތްޕުޅުން އޮތީ އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލާގެ ހުކުމް ވެސް ހައި ކޯޓުން މާދަމާ އިއްވާނެ އެވެ.
ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ބަލައިގެންފައި އޮތަސް، އެ މައްސަލާގެ ޝަރީއަތް މިހާތަނަށް ހައި ކޯޓުން ނުފަށަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަޑިތަކުރު
11 April 2023
މިފަހަރު ބެލެންހުރި ހޯދެންހުރި ކަންކަން ނުހޯދާ ނުބަލާ އަކުރެއް ފުރޮޅިގެން ނޫނީ އިޖްރާޢަތެއްގެ ކަންފުޅެއް ފުރިހަމަ ނުވެގެން މުޅި މައްސަލަ ފުލުންދުއްވާނުލާނެކަމަށް އުންމީދުކުރަން.
ސަސ
11 April 2023
ދައްކަން ޖެހޭ ރުފިޔާ ކޮޅުގެ ހުކުމް ބާތިލު ކޮއްލަދީ. ދަރުމަވާނެ
ގެދާނޯމޮސް
11 April 2023
ރާއްޖެއިން ޖައްވަށް ފޮނުވާފަ ހުރިސެޓްލައިޓް ފްޓޭޖްތަކުން ދަށްކާގޮތުން 52 މިލިޔަން ދަށްކަން ކުރި ހުޚުމް އެވަނީ ޝަރީއަތުގެ މަރުހަލާގެ ނިންމުތަކާ ޚިލާފަށް ކޮށްފަވާ ޙުކުމަކަށް ވާތީ އެފައިސާ ޔާމިންގެ ފަރާތް ޕުޅުުން ދައުލަތަށް ނަގާދެވެން ނެތްކަމަށް ނިންމޭނެއެވެ.
ޢަރުތަ
10 April 2023
ހައިކޯޓުން ނިންމާ ގޮތަކުން އިނގޭނީ ހުކުމް ޙަރާމްތޯ ޙަލާލުތޯ ބުނަން، އަދުރޭގެ ބަހަކީ ކޮބައި؟
ފަލާޙު
10 April 2023
އިންޝާﷲ 52 މިލިޔަން ދައުލަތަށް ދައްކަން ޖެހޭނެ. އިންޝާﷲ ނިކަމެތިންނަށް މި ލާރި ޞަދަޤާތް ކުރާނީ.
ފަލާހުގެ ބަފާ
10 April 2023
ކަލޭ ހަމަތަ؟
ޢަރުތަ
10 April 2023
ރ ޔާމީނަކީ މައުސޫމު ބޭފުޅެއް ދައުލަތުގެ ފައިސާގައެއް ނުޖެހޭނެ، 52 މިލިއަން ދޭންޖެހޭނޭ ކިޔައިގެން އެމަނިކުފާނުގެ ބޮލުގަ ބޮޑު ދަރަންޏެއް އެޅުވޭތޯ މިސަރުކާރުން އެއުޅެނީ ނުޖެހޭނެ ދޭކަށް، ދީގެންވެސް ނުވާނެ، ކޯޓުން ނިންމިއަސް ދޭނެ ކަމެއް ނެތް، ކޯޓުގެ ނިންމުން ގަބޫލުނުކުރަމޭ ބުނީމަ ނިމުނީ.
ކާއްޓޭ
10 April 2023
މާދަމާ ނިމޭ ގޮތަކުން އެކަތި ވެސް ދައްކާ ގޮކަތަށް ނުޖެހި ހިނގައި ދާނެ!
ޢަރުތަ
10 April 2023
އެހެންވިއްޔާ ކޯޓުގެ ޙުކުމް ޙަލާލުވާނެ ދެއްތޮ.