ޔާމީން: ފުއްގިރި މައްސަލާގައި އެމަނިކުފާނަށް ކުރާ ދައުވާގައި ހުށަހެޅުންތަކާ މެދު ނިންމި ނިންމުންތައް ބާތިލް ނުކުރެވޭނެ ކަމަށް ހައި ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
11 އެޕްރީލް 2023 - 15:25
ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުންތައް ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފްކުރި އެވެ.
އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް ހުށަހެޅި ހުށަހެޅުމާއި ބައެއް ލިޔުންތައް ހޯދަން ހުށަހެޅި ހުށަހެޅުންތަކެކެވެ.
ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރެއްވި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެގޮތަށް ރައުޔު ނެރުއްވީ ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.
އެ މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ އަދީބާއި ޒިޔަތުގެ ހެކި ބަލައިގަތުމާ މެދު އަލުން ކްރިމިނަލް ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ. ނަމަވެސް ލިޔުންތައް ހޯދަން އެދުނު މައްސަލާގައި ދަށު ކޯޓުގެ ނިންމުން ދަމަހައްޓަން ޖެހޭ ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.
އެ މައްސަލަ ނިމެންދެން ފުއްގިރި މައްސަލާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން ކުރިން އޮތީ އަންގައިފަ އެވެ. އެކަމަކު މިއަދު އެ މައްސަލަ ނިމުމާ އެކު ފުއްގިރި މައްސަލަ ކްރިމިނަލް ކޯޓުން އަލުން ކުރިއަށް ގެންދެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމަރޭ
13 April 2023
ޒާތީކަމެއް އޮވެގެން ބުނާ ވާހަކައެއް ނޫން މީ!!! ޔާމީނަކީ ވައްކަމާއި، ރިޝްވަތާއި، ލޫޓްވުމައި، މަނީ ލޯންޑަރިންނާއި، ލާއިންސާނީ އަނިޔާއާއި، ވަގު ޑޮލަރު ތިޖޫރިތަކަށް ވެއްދުމާއި، ސްމަގްލިންގ ވިޔަފާރިކުރުމައި، ޑްރަގް ވިޔަފާރިކުރުންފަދަ ބޮޑެތި ކުއްތަކުގެ މަޒީއެއް އޭރުވެސް މިހާރުވެސް އޮތްމީހެއް!!! ހަމައެކަނި ތަފާތަކީ ކޯޓްތަކަށް އަތްބާނާއިގެން ކުރިން ސާބިތުނުވި ބައެއް ހުކުން މިހާރު ސާބިތުވަކަން .. މިފަދަ ކޮންމެ ކަމެއްގައި ރައްޔިތުންގެ ލާރި ކާލަނީ،...
އިބޫޓް
12 April 2023
ކޮބާ އިބޫ އަކަށް ނުކެރޭނެ ޔާންޓެ މިނިވަން ކުރާކަށް
ޑިމޮކްރަސީ
12 April 2023
މައްސަލައަކީ ތިަކަން ކުރި އެންމެން ގޭގަ ޔަމީން ޖަލުގަ މިކިހާ ހެއްވާ ޢަދުލުވެރިކަމެއް
ޢަރުތަ
13 April 2023
އެހެންތަ ހަމަ ޔަޤީންތަ، ވައްކަން ކޮށްގެންދޯ މިއުޅެނީ، އެކަމަކު ޔާމީނަކީ ވަރަށް މައުސޫމު މީހެއް ކަމަށް މިވެރިން މިކިޔާ އުޅެނީ.
ބަޑިތަކުރު
12 April 2023
ތިޔައިން މައްސަލެއް ދަށުކޯޓަކުން ނުވަތަ ހައިކޯޓުން ސާބިތުވިޔަސް ފެންނަމުންދާ މަންޒަރުތަކުން އެނގެނީ ތިމަންނާ ގަޔަކު އަތެއް ނުލެވޭނެކަމަށް އޭނާ ބުނެފައިވާގޮތަށް ހުރިހާކަމެއްވެސް އެންމެފަހުން ނިމިގެންދާކަމެވެ. ވާނީވެސް އެހެންތާއެވެ. އެންމެންގުޅިގެން މުޅި ނިޒާމް ވަކިގޮތަކަށް ބައްޓަންކޮށްގެން ރޭވުންތެރިކަމާއެކު ކަންކޮށްފައިވާއިރު އެރޭވުމުގެ އެންމެ އިސްސަފުގައި ކޮރަޕްޝަން ހުއްޓުވަން ދައުލަތުން މުސާރަދިން މީހާވެސް ހިމެނޭވިއްޔާއެވެ.
ޙަބީބު.
12 April 2023
އަދީބައް ގޭގަ އެގޮތައް ހުރެވިގެންނުވާނެ އެއީ ގައުމުގެ އޭރުގެ ރައިސް އަކައް ހަމަލާ ދިނުމުގެ މޭސްތިރި
ބައިބައި ރޔ
12 April 2023
މިއީ ވިސްނައިގެން ކުޅެންޖެހޭ ގޭމެއް! ރޔ އައް ކުރިމަތި ލެވޭނެތޯ ނޫންތޯ ޝައްކެއްގެ މަތީގައި ޖުލައި ނިމެންދެން ބަހައްޓަން ޖެހޭނީ. ޢޮގަސްޓް 1 ގަ، ރޔ ދެމަސް ދުވަހައް ޖަލައް ލީމަ ނިމުނީ! ކުރީކޮޅު ޝައްކުމަތީގަ ބެހެއްޓީމަ ޕޕމ އަކައް ހަރުދަނާކޮށެއް އެހެން ކެންޑިޑޭޓެއް ތައްޔާރު ނުކުރެވޭނެ! މާލަސްވީމަ ނުވެސްވާނެ! މޑޕ އައް ރޔ 2018 ދިންލަނޑު (އަންނި ޖަލުގަ ބެހެއްޓުން) އަނބުރާ ދޭނެ ޕޕމ އައް މިފަހަރު! ކާމާ!
އަހްމަދު
12 April 2023
ފުއް ގިރާކަށް ނުވާނެއްނު. ދެންވެސް ފުއް ނުގިރާތި
އބރހމ
11 April 2023
ޔާމީނު މި ރޯދަމަހު ވެސް ފުށް އެއްޗެއް ގިރައިގެން ދޯ މިއުޅެނީ ، ބޮއިހަލާކި
ޢަރުތަ
11 April 2023
އަނެއްކާ އަދުރޭގެ ބަހަކީ ކޮބައި! މިބުނީ ހުކުމް ޙަރާމް/ޙަލާލުތޯ ގޮތެއް ނިންމާ ވާހަކަ، އަދުރޭ އެބަޖެހޭ މިނިންމުމާ މެދު އެއްޗެއް ބުނެ ނޫސްވެރިންނަށް ބަސްދީގަތުމެއް ދޭން.
ދިވެހިމީހާ
11 April 2023
އަހަރެމެން ބޭނުންވަނީ ޔާމީނު އެކައުންޓަށް އަޅައިގެން އެ އުޅޭ ފައިސާތަށް މާލިއްުޔާއަށް ލިބޭނެގޮތެއް. ކޮންމެހެން ޔާމީނު ޖަލުގަ ބަހައްޓާކަށް ނޫން.