އިއްޔެ ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް ޑްރަގް: އެ މައްސަލާގައި ހައްޔަރުކުރީ އިންޑިއާ އަންހެނެއް --- ފޮޓޯ/ކަސްޓަމްސް
13 އެޕްރީލް 2023 - 16:45
ރާއްޖެއަށް ފަސް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީއަކު އިއްޔެ އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ބުނީ ވައިގެ މަގުން އިތިއޯޕިއާއިން އިއްޔެ ރާއްޖެ އައި 56 އަހަރުގެ އިންޑިއާ އަންހެނެއްގެ އަތް ދަބަހުން 1.1 ކިލޯގެ ކޮކެއިން އާއި 4.2 ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ މަގުމަތީ އަގު ނުވަ މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ބުނިގޮތުގައި އެ ތަކެތި އަތުލައިގަތީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އަތުލައިގަތް ޑްރަގާއި މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން އަތުން މަސްތުވާތަކެތި އަތުލުމަށްފަހު އެ މީހުން ގައުމަށް ފޮނުވާލާ ގޮތަށް އިމިގްރޭޝަނުން ދާދިފަހުން ވަނީ ގަވާއިދެއް ހަދައިފަ އެވެ. އެކަމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވިޔަސް، ސަރުކާރުން އެ ނިންމުން ވަނީ ދިފާއުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަވާދު
13 April 2023
އަވަހަށް ދޫކޮށްލާ. އޭރުން އަނެއް ޝިޕްމެންޓް ހިފައިގެން އާދެވޭނީ.
ގެދާނޯމޮސް
13 April 2023
ޑްރަގްސް ނައްތާލުމުގައި އަމިއްލަ ޖައިމިއްޔާތަކުގެ ޔަގީންކަން ލިބޭމިންވަރަށް އެކަން ފުލުހުން ކުރާކަށް ނުކެރޭނެއެވެ. އެއީ ނައްތާ ލެވެނީ ކޯއްޗެއް ކަމެއްްވެސް ދުމަށްވެސް ނޭންގޭތީއެވެ.