ޚަބަރު / އުމްރާ

ޗެކް ބައުންސްވި އުމްރާ ގުރޫޕްގެ ކަންކަން އެބަ ބަލަން: މިނިސްޓަރު

އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު: އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕަށް ދިމާވި ކަންކަން ބައްލަވަމުން ގެންދަވާ ކަމަށް ވިދާޅުވި،

13 އެޕްރީލް 2023 - 22:31

28 comments

މި ރޯދަމަހުގެ އުމްރާގެ އަޅުކަމަށް 138 މީހުން ސައޫދީ އަށް ގެންދިއުމަށްޓަކައި އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕަށް ފްލައިޓް ޗާޓަރުކޮށްދީ، އެ މީހުންގެ ޓިކެޓްތައް ނަގައިދިން ކުންފުންޏަށް އެ ގުރޫޕުން ދިން ޗެކް ބައުންސްވެ، އެ މީހުން އަނބުރާ ގެނައުމުގައި ކުރިމަތިވާ މައްސަލަތައް ބަލަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އެ މައްސަލަ "މިހާރު" އިން މިއަދު ފެންމަތިކޮށް، އާންމުންގެ ސަމާލުކަމަށް ގެނައުމުން މެސެޖުން ދެއްވި ޖަވާބެއްގައި މިނިސްޓަރު ވިދާޅުވީ، ޗެކް ބައުންސްވި މައްސަލަ އެނގިވަޑައިގެންފައިވާ ކަމަށެވެ. އުމްރާވެރިން ރާއްޖެ ގެންނަން، ދެން ރާވާ ގޮތަކީ ކޮބައިތޯ ދެންނެވުމުން ޑރ. ޒާހިރު ވިދާޅުވީ، "އެކަމަށް އެޓެންޑް ވަމުން ދަން" ކަމަށެވެ.

އަލް މަޝްއަރު އުމްރާ ގުރޫޕްގެ ހަވާލުގައި ދެ ބުރެއްގެ މަތިން މީހުން ޖިއްދާ އަށް ގެންދިއުމަށްޓަކައި ފްލައިޓް ޗާޓަރު ކުރުމާއި އެ މީހުންގެ ޓިކެޓްގެ ހަރަދަށް 141،450 ޑޮލަރު އަރާފައި ވެ އެވެ. އެކަމަކު، ކޭޝް ޓްރާންސްފާ ކުރުމުގެ ގެރެންޓީއެއް ކަމަށް ބުނެ އަލް މަޝްއަރު އުމްރާ ގުރޫޕުން، ފްލައިޓް ޗާޓަރު ކުރި ދިވެހި ކުންފުނި، ޓްރެވެލް 2 މޯލްޑިވްސް އަށް ދިން ޗެކް ވަނީ ބައުންސްވެފަ އެވެ.

އެހެންވެ، ފްލައިޓް ޗާޓަރު ކޮށްދިނުމުގައި މެދުވެރިވި ކުންފުނިން ވަނީ އެ މައްސަލަ އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރުގެ ސަމާލުކަމަށް ގެނެސްފަ އެވެ. ބައުންސްވި ދެ ޗެކްގެ ތަފުސީލު ވެސް ޓްރެވެލް 2 މޯލްޑިވްސް އިން މިނިސްޓަރަށް ދީފައިވާ ކަމަށް ވެ އެވެ.

ޓްރެވެލް 2 މޯލްޑިވްސް މެދުވެރިކޮށް، އަލް މަޝްއަރު އުމްރާ ގުރޫޕްގެ އުމްރާވެރިން ދެ ބުރެއްގެ މަތިން ޖިއްދާ އަށް ގެންގޮސްދިނީ މިދިޔަ މަހާއި މި މަހު އެވެ. ފްލައިޓް ޗާޓަރުކުރުމަށާއި އުމްރާވެރިންގެ ޓިކެޓްގެ އަގަށް ޖެހޭ 141،450 ޑޮލަރުގެ ދެ ޗެކް ބައުންސް ވުމުން، އެ ފައިސާ ހޯދުމަށް، ޓްރެވެލް 2 މޯލްޑިވްސް އިން މަސައްކަތްކުރި ކަމަށް އެ ކުންފުނީގެ އިސްވެރިއަކު މިއަދު ވިދާޅުވި އެވެ. އެކަމަކު، އަލިމަގެއް ނުފެނުމުން އިސްލާމިކް މިނިސްޓްރީއާ ހަމައަށް މައްސަލަ ގެންދިޔައީ އެވެ.

އަލް މަޝްއަރު އުމްރާ ގުރޫޕްގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ޓިކެޓް ނަގައިދީ، ފްލައިޓް ޗާޓަރު ކުރި ކުންފުންޏަށް ދިނީ "ކޭޝް ޓްރާންސްފާ" ކުރާނެ ކަމުގެ ގެރެންޓީގެ ޗެކެއް ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވި ޗެކް ޖަމާކުރުމުގެ ކުރިން އަޅުގަނޑުމެންނަށް ނޮޓިފައި ކޮށްލަން. އެއީ ހަމައެކަނި ގެރެންޓީ ޗެކެއް،" މިހާރު މައްކާގައި ހުންނެވި، އަލް މަޝްއަރު އުމްރާ ގުރޫޕްގެ އޮފިޝަލް ވިދާޅުވި އެވެ. އެކަމަކު، ފްލައިޓް ޗާޓަރު ކުރުމުގައި މެދުވެރިވި ޓްރެވެލް 2 މޯލްޑިވްސްގެ އިސް އޮފިޝަލް ވިދާޅުވީ، މައްސަލަ ހޫނުވީ ބައުންސްވި ދެ ޗެކްގައިވާ އަދަދު ހޯދަން އުޅެއުޅެ ކާމިޔާބު ނުވުމުން ކަމަށެވެ.

"ޓީޓީ ނުލިބެއޭ ބުނެ ދިގު ދަންމަމުން އަންނަނީ. މިއަދާ ހަމައަށް ވެސް އަޅުގަނޑުމެން މަސައްކަތް ކުރީ އެ ފައިސާ ލިބޭތޯ. އެކަމަކު އެ ކަން ނުވި،" ފްލައިޓް ޗާޓަރު ކޮށްދިން ކުންފުނީގެ އިސް އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލާގައި އޮތް ބިރަކީ އަލް މަޝްއަރު އުމްރާ ގުރޫޕްގެ 138 އުމްރާވެރިން ރާއްޖެ ގެނައުމަށް ތާވަލުކޮށްފައިވާ މި މަހުގެ 27 ވަނަ ދުވަހަށް ފައިސާ ހަމަނުޖެހި، އެ މީހުން ސައޫދީގައި ތާށިވުމެވެ. އެނގިފައިވާ ގޮތުގައި، އެ އުމްރާވެރިން ރާއްޖެ ގެނައުމަށްޓަކައި ޗާޓަރު ކޮށްފައިވާ ފްލައިޓް ކެންސަލް ކުރާ ނަމަ އެކަން ދުރާލައި އަންގައި ދިނުމަށް ވެސް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ޓްރެވެލް 2 މޯލްޑިވްސް ކުންފުނީގައި އެދިފަ އެވެ.

ޓްރެވެލް 2 މޯލްޑިވްސް އިން ބުނިގޮތުގައި ހައްޖާއި އުމްރާ ގުރޫޕްތަކަށް އެކިއެކި އެއާލައިންތަކުން ފަހި ފުރުސަތުތަކެއް ހޯދައި ދެވެނީ އޮންނަ އިތުބާރާއި ގުޅުންތަކުގެ ސަބަބުންނެވެ.

"މިހެން ފައިސާ ނުދެއްކި ދާ ފަހަރެއްގައި ދެން ޖެހޭނީ ފްލައިޓް ކެންސަލް ކުރަން ނޫންތޯ؟ އެއީ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ. އޮންނަ އިތުބާރަކަށް ބަލައި މި ކަހަލަ ކަންކަން އެއާލައިންތަކުން ވެސް ކޮށްދޭ. އެކަމަކު ފައިސާ ނުދެއްކޭ ހާލަތަކަށް ދިއުމުން ގޯސް ވެދާނެ،" އޭނާ ވިދާޅުވި އެވެ.

އަލް މަޝްއަރު އުމްރާ ގުރޫޕުން މި ރޯދަމަހުގެ އުމްރާ ޕެކޭޖުގެ އަގަކީ 36،500ރ. އެވެ. އެއީ 30 ދުވަހުގެ އުމްރާގެ އަގެވެ. އޭގެ ތެރޭގައި ހިމެނެނީ މައްކާ އާއި މަދީނާގައި ތިބުމުގެ ހަރަދާއި ދެކޮޅު ޓިކެޓާއި ވިސާ އާއި ދަތުރުފަތުރު އަދި ތިން އިރުގެ ކެއުމުގެ ހަރަދެވެ.

މި ރޯދަމަހު އުމްރާ އަށް މީހުން ގެންދިޔަ ސަފާ ގުރޫޕްގެ މީހުންނަށް ވެސް ފަހު ވަގުތު ވިސާ ހަމަނުޖެހި، ފުރަތަމަ ފުރަން ކަނޑައެޅި ތާރީހަށް ނުފުރުނެވެ. އެ މީހުންނަށް ފުރުނީ އެހެން ކުންފުންޏެއް މެދުވެރިކޮށް، ވިސާ ނަގައިގެން، ފްލައިޓެއް ޗާޓަރު ކޮށްގެންނެވެ.

28 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 10%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަރުތަ

15 April 2023

"އުމްރާ ޕެކޭޖުގެ އަގަކީ 36،500ރ. އެވެ. އެއީ 30 ދުވަހުގެ އުމްރާގެ އަގެވެ". ހާދަ ކުޑަކުޑަ އަގެއް!

The name is already taken The name is available. Register?

ކޮރަލް

14 April 2023

އާއްމުންނަށް މައުލޫމާތެއް މިލިބެނީ ނޫށްވެރީން ނޫހުގަ ޖެހީމަ ދެން ހަދާނެ ގޮތެއް ނެތިގެންނެވެ. ބޮޑެތި މައްސަލަ ތަކުގެ މައުލޫމާތު އާދޭސް ނުކުރިއަސް ނޫސްވެރީންނަށް ދޭން ވާނެ އެވެ. އާއްމުންނަށް މައުލޫމާތު ލިބެނީ ނޫސްވެރީންގެ ފަރާޓުންނެވެ.

The name is already taken The name is available. Register?

2023

14 April 2023

މިކަމުގަވެސް އޮޅުވާލުމާ މަކަރު.... ބޮއިހަލަކި

The name is already taken The name is available. Register?

ދޯހހހ

14 April 2023

އެހެންވެ ރާއްޖޭގައި ކަންކަން ޕްރައިވަޓައިޒަ ކުރެވެން ނެތީ، ހައްޖު ކޯޕަރޭޝަން ހަވާލުގައި ދާ މީހާ ނޫނީ މައްސަލައެއް ނުޖެހި ހައްޖާއި އުމްރާގެ ކަންކަން ނުނިމޭނެ، ހަމަ އެހެން ޕްރޮޖެކްޓެއް އަމިއްލަ ކުންފުނިތަކާއި ހަވާލު ކުރިޔަސް ވަނީ މިވަނީ.

The name is already taken The name is available. Register?

ޢަރުތަ

15 April 2023

ދިވެހިންނަށް ހައްޖު/އުމުރާގެ ޚިދުމަތް ދިނުން، ހަމައެކަނި ހައްޖު ކޯޕަރޭޝަނުން ކުރާ ގޮތަށް ކަނޑައަޅަން އަދިވެސް ނުވޭބާ!؟ ވިޔަފާރި އުސޫލުން އަމިއްލަ ކުންފުނިތަކަށް ތިކަންކުރަން ފުރުސަތު ނުދީބަލަ ހެޔޮނުވާނެ، އާދޭސްކޮށްފަ މިބުނަނީ.........

The name is already taken The name is available. Register?

ާސޔޔޔހހހހ

14 April 2023

ޢުމްރާއަށް މީހުން ފައިސާ ދެއްކި ޗުކް ބައުންސް ވީބާ

The name is already taken The name is available. Register?

ވަހީދުބެ

14 April 2023

ޗެކެއް ނޫނީ ގަނޑުކޮޅެއްދީފައި މިއޮތީ ގެރެންޓީއޭ ބުނެއުޅުނު ޒަމާން ގޮސްފި. މަށެއް ހަމަ ޔަގީނުން ވެސް ޗެކެއް ގަބޫލެއް ނުކުރާނަން. އަދި ބޮޑު އަދަދެއް ނަމަ ކޭޝް ވެސް ގަބޫލެއް ނުކުރާނަން. ހަމަ ޓްރާންސްފަރ ކުރަން ޖެެހޭނީ.

The name is already taken The name is available. Register?

ދގދސެފ×

14 April 2023

އެބުނީތާ އެމީހުންނާއޮންނަ ގާތްކަމަކުންނޭ ކަރުދާސްކޮޅު ގަބޫލުކުރީ. ސަފާއަށް ލަނޑުދިނީވެސް އެމީހުންނާ ޒަމާންވީ ގުޅުންއޮތް އިތުބާރުއޮތް ބައެއް. އެކަމަކު އިތުބާރު މިހާރު ވަނީ ވެއްޓި ތެޅިފާ.

The name is already taken The name is available. Register?

ލޮކިހަން

14 April 2023

ލޮލް ޓުރާންސުފައޭ. އެއީ ހަމަ ނަންބަރެއް.

The name is already taken The name is available. Register?

ވަހީދުބެ

14 April 2023

ނަންބަރު އިންނާނީ މަގޭ އެކައުންޓުގައޭ އެއިރުން. މަބޭނުން އިރަކު ކޭޝްއަށް ބަދަލުކޮށްލެވޭނެ، އަދި ޓްރާންސްފަރ ވެސް ކުރެވޭނެ.

The name is already taken The name is available. Register?

ބިތްޖެހި

14 April 2023

ސަފާއަށް މީހަކު ލަނޑެއް ނުދޭ

The name is already taken The name is available. Register?

ކޮމިއުނިސްޓް ޕާޓީ (މާކްސިސްޓް)

14 April 2023

ކޮމިއުނިސްޓް ޕާޓީގެ ސަރުކާރެއްގައި ހައްޖަށާ އުމްރާއަށް ގެންގޮސްދެވޭނީ ހަމައެކަނި ސަރުކާރުން އެކަމަށް އުފައްދާ ކުންފުންޏަކުން. އަމިއްލަ ކުންފުންޏަކަށް ހައްޖަށާ އުމްރާއަށް މީހުން ގެންދިއުމުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން މިފަދަ ޖަރީމާ ހިންގުމުގެ ފުރުސަތެއް ނުދެވޭނެ. ދީން ބޭނުން މިކުރަނީ މުއްސަދިވެގަތުމަށް. ކާލް މާކްސް ބުނެފައިވަނީ ދީނަކީ މީސްތަކުންގެ އަފިހުން ކަމަށް. ދީނަކީ ވިޔަފާރިއަށާ ސިޔާސީ ބޭނުމަށް ބޭނުންކުރަން އޮންނަ އެއްޗެއް ނޫން

The name is already taken The name is available. Register?

ސާންޑު

14 April 2023

މާކުސް ބުންޏަކަށް ދީނަކީ އަފިހުންނެއްނޫން. ދީނަކީ އިންސާނުން އުޅެންޖެހޭ ގޮތް.

The name is already taken The name is available. Register?

ވަހީދުބެ

14 April 2023

ބައެއް މީހުންނަށް ހީވަނީ ދީނޭ ބުނީމަ ކޮންމެވެސް މީހަކީ ކަލާނގެ ކަމަށް. އެހެންވެ ދީނޭކިޔައިގެން އެފަދަ މީހުން ފާޑުފާޑުގެ ވާހަކަ ފަތުރަނީ. އެއީ އަހަރުމެން މުސްލިމުން މާކަބޮޑަކަށް އަޅާލާންވީ ވާހަކަތަކެއްނޫން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

14 April 2023

ރެގިއުލޭޓަރީ ބޮޑީތަކަށް ޒިންމާ ނުްުދުލޭކަން އިގޭތީ އުމްރާއަށްދާން ބޭނުން ދިވެހިން "ވަގުންނާއި" މަކަރުވެރިން މެދުވެރިކޮށް ކަންކަން ކުރުމުގެ ބަދަލުގައި އެކީގައި ދަތުރު ކުރާނެ 10 ވަރަކަށް މީހުންވެގެން ޓްއަރ ގައިޑެއްގެ ގޮތުން ދަތުރުގައި ބައިވެރިވާނެ މީހަކަށް ޓިކެޓް ދީގެން އަމިއްލައަށް ދަތުރުތައް ރޭވުން ބުއްދިވެރި. # އުމްރާ ވިސާއަކީ ސައުދުގެ ސަރުކާރުން ކުންފުންޏަކަށް ދޭ އެއްޗެއްނޫން. ވީސާއަކީ އުމްރާވެރިޔާއަށް ދޫކުރާ އެއްޗެއް އިގޭތޯ.

The name is already taken The name is available. Register?

ބިއްޖެހި

14 April 2023

ދެން ފްލައިޓު ލަސްވެއްޖިއްޔާ 10 12 މީހުން ވެގެން ފްލައިޓު ވެސް ގައްނަންވީތަ؟ އެތާ ހޮޓެލް ކަޑަ ވެއްޖިއްޔާ 10، 12 މީހުން ވެގެން ހޮޓެލެއްވެސް އަޅަން ވީތަ؟ މިކަހަލަ ތާކުން ތާކު ނުޖެހޭ އައިޑިއާ ތަބޮލުގަ ހުއްނަނީ

The name is already taken The name is available. Register?

އަބުލްކަލާމް

14 April 2023

ޙައްޖު ކޯޕްރޭޝަނެއް އުފައްދާފައިއެބައޮވޭ ؟ ކީއްވެގެންބާ އެ ކޯޕްރޭޝަނުން އަޅުކަމާ ބެހޭ އެންމެހާ ކަންކަން ކުރިޔަށްގެންދާ ގޮތަށް އުޞޫލު ބަދަލު ނުކުރެވެނީ ، ވާގޮތަކީ އަބަދުވެސް އިސްލާމިކް މިނިސްޓްރީގައި ވަކި ސައިޒަކަށް ތުބުޅި ބަހައްޓާފައި ތިބޭ މީހުންގެ އަމިއްލަ ބިޒްނަސްއެއްގެ ގޮތުގައި ޙައްޖާ ޢުމުރާގެ ވިޔަފާރި ކުރަން މަގުފަހި ނުވާ ގޮތަކަށް މިނިސްޓްރީއިން ކަންކަން ކުރަން ނުކެރެނީ.

The name is already taken The name is available. Register?

ވަހީދުބެ

14 April 2023

އެތަނަށް ފައިސާ ދައްކާފައި ތިބެން ޖެހޭނީ. އަޑިއަޑިން ކުޅެލާފަ މާފަހުން ފައިސާ ދައްކާ މީހާ ގެންދަނީ ހައްޖަށް. ހީވާ ކަހަލަ އެމަކަރު ހަދައިގެން ވެސް ފާފަ ފުއްސަވާފާނޭ.

The name is already taken The name is available. Register?

ނަސަ

14 April 2023

ދީނީކަންކަމުގައި އުޅޭފަރާތްތަކުގެ ކިބައިން މިކަހަލަ ކަންކަން ނުފެންނާނެނަމަ ހާދަރަނގަޅޭ ހިތަންއަރާ!

The name is already taken The name is available. Register?

މުކާރިބޭ

14 April 2023

ހައްޖު އަދި އުމްރާއަށް މީހުން ގެންދާ ގުރޫޕުތަކަކީ ދީނީ ކަންކަމުގައި އުޅޭ ބައެއްނޫން. އެމީހުން އުޅެނީ އެމީހުންގެ ވިޔަފާރީގައި، ދެރަކަމަކީ ވިޔަފާރީގައި ހަމައެއް ލަމައެއް ނުގެންގުޅޭތީ. ތީގަވެސް ތިއޮތީ ޚަރަދު ނުބަޗާ ވަރުގެ ކުޑަ އަގެއް ނަގާފައި. އެހެން ކަމުން ހުރިހާ ޚަރަދަކަށް ދައްކާނެ ފައިސާއެއް ނުހުންނާނެ. އަދި މައްކާ އާއި މަދީނާގެ ހޮޓާތަކާއި ދަތުރު ފަތުރުކޮށްދޭ މީހުން މި މީހުންގެ ފަހަތުން ނުދުވިއްޔާ ރަގަޅު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454