16 އެޕްރީލް 2023 - 11:55
ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންކުރާ ޕްލެޓްފޯމެއް މިދިޔަ އަހަރުގެ އޮގަސްޓް 16 އިގައި ވިލިމާލެ ފަރަށް އެރި މައްސަލާގައި އިންޑިއާގެ އެފްކޮންސް ޖޫރިމަނާ ކުރަން ނިންމި ނިންމުން އިސްތިއުނާފުގެ މަރުހަލާގައި ތާށިވެފައި އޮންނަތާ ހަތަރު މަސްވެއްޖެ އެވެ.
ބްރިޖުގެ ޖިއޯ ޓެކްނިކަލް ސާވޭ އަށް ބޭނުން ކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރިތާ 12 ދުވަސް ފަހުން ޕްލެޓުފޯމްތައް ނެގި އިރު ވިލިމާލެ ފަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފައިވާ ގޮތުގައި ވިލިމާލެ ފަރުގައި ގާތްގަނޑަކަށް 10 ވަރަކަށް ފޫޓު ފުން ބޮޑެތި ވަޅުގަނޑުތަކެއް ހުރީ ހެދިފަ އެވެ.
އޭގެ ފަހުން ތިން މަސް އީޕީއޭ އިން ހޭދަކުރީ އެ ގެއްލުންތަކާ ބެހޭ ސާވޭއެއް ހެދުމަށެވެ. އެ ސާވޭ ނިމުމުން އެފްކޮންސް އިން ވަނީ އެކަން ގަބޫލު ނުކޮށް އަމިއްލަ އަށް ސާވޭއެއް ހަދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އީޕީއޭ އިން އެ ފުރުސަތު ވެސް އެ ކުންފުންޏަށް ދިނެވެ.
އޭގެ ފަހުން އީޕީއޭ އިން ވަނީ 69.4 މިލިއަން ރުފިޔާ އިން އެފްކޮންސް ޖޫރިމަނާ ކުރަން ނިންމައިފަ އެވެ. އެކަމަކު ޖޫރިމަނާގެ އަދަބު ތަންފީޒު ކުރެވޭނެ ގޮތެއް ނުވި އެވެ. އޮންނަ އުސޫލުގެ ތެރެއިން އެ ކުންފުނިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ މައްސަލަ އިސްތިއުނާފް ކުރި އެވެ.
"ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދު" ގައިވާ ގޮތުން އެފަދަ މައްސަލަތައް އިސްތިއުނާފް ކުރަން ޖެހެނީ ސީދާ އެންވަޔަރުމެންޓް މިނިސްޓަރަށެވެ.
އިސްތިއުނާފް ކުރެވޭނެ ހަތަރު ހާލަތެއް އެ ގަވައިދުގައި ކަނޑައަޅާފައިވީ ނަމަވެސް އެ މައްސަލަ ނިންމަން ޖެހޭ ވަކި މުއްދަތެއް ބުނެފައެއް ނެތެވެ.
ވިލިމާލެ ފަރަށް ގެއްލުން ލިބުނުތާ މިހާރު ޖުމްލަ 8 މަސް ވެފައިވާ އިރު އަދިވެސް އެފްކޮންސް އަށް ފިޔަވަޅެއް ނާޅަ އެވެ. އިސްތިއުނާފަށް ހުށަހެޅި މައްސަލަ އާ ބެހޭ ގޮތުން އެންވަޔަރުމެންޓް މިނިސްޓްރީގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވެ އެވެ.
އިސްތިއުނާފުގެ މައްސަލަ އޮތީ ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާގެ މޭޒުމަތީގަ އެވެ. ގޮތެއް ނިންމެވި ކަމެއް އަދި ނޭނގެ އެވެ.
ވިލިމާލެ ފަރަށް ގެއްލުން ލިބުނު މައްސަލާގައި ސަރުކާރުން ގާތް ގުޅުމެއް ބާއްވާ އިންޑިއާގެ ކުންފުންޏެއް ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެތޯ ސުވާލު އުފައްދައި ގިނަ ބަޔަކު ފާޑު ކިޔެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ވަކި ގައުމަކަށް ނުބަލާ އެ މައްސަލާގައި ޖޫރިމަނާ ކުރާނެ ކަމަށެވެ.
އިންޑިއާގެ އެހެން ކުންފުންޏެއް ކަމަށްވާ އެމްއެމް އެކްސްޕޯޓްގެ ބާޖެއް 2015 އިގައި ފުށިދިއްގަރު ފަރަށް އެރި މައްސަލާގައި މި ސަރުކާރުން ވަނީ 100 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދަކުން އެ ކުންފުނި ޖޫރިމަނާ ކޮށްފަ އެވެ.
އެކަމަކު، އެ މައްސަލާގެ އިސްތިއުނާފް މަރުހަލާ ނިމުމަށް ފަހު ވެސް އެ ކުންފުނިން ވަނީ ޖޫރިމަނާގެ ފައިސާ ދައްކަން ދެކޮޅު ހަދައިފަ އެވެ. އެމްއެމް އެކްސްޕޯޓަށް ދައުވާ ކޮށްދޭން އެދި އީޕީއޭ އިން އެޓާނީ ޖެނަރަލް އޮފީހަށް ފޮނުވި މައްސަލަ ވެސް އޮތީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ މޭޒުމަތީގަ އެވެ. އެއްވެސް ފިޔަވަޅެއް ނާޅުއްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުމާ
18 April 2023
ނުބަލާނެ ތިމައްސަލައެއް.ކަރަޕްޓް ސަރުކާރު
ކަންގަނާ
17 April 2023
"އިސްތިއުނާފުގެ މައްސަލަ އޮތީ ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާގެ މޭޒުމަތީގަ އެވެ. ގޮތެއް ނިންމެވި ކަމެއް އަދި ނޭނގެ އެވެ." "އެމްއެމް އެކްސްޕޯޓަށް ދައުވާ ކޮށްދޭން އެދި އީޕީއޭ އިން އެޓާނީ ޖެނަރަލް އޮފީހަށް ފޮނުވި މައްސަލަ ވެސް އޮތީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ މޭޒުމަތީގަ އެވެ. އެއްވެސް ފިޔަވަޅެއް ނާޅުއްވަ އެވެ" ހައި ޓޭބަލްސް،،..... ޖޯން! ޔޫ ވޯކިންގ؟
8787
17 April 2023
ހުރިހާ ލާރިއެއް މިނުސްޓަރުންގެ އެކައުންޓަށް
ފަޒނާ
17 April 2023
އިބޫ ރިއެކްޓެއް ނުކުރައްވާނެ.
ތުނޑުހަސަންކޯ
17 April 2023
އަހަރެމެންގެ ޕާކިން ފީ ނުދައްކައިގެން އަހަރީ ފީނުދެއްކޭ .. ފަރުން ބައެއް ފުނޑާލީމަވެސް ހަމަ އޯކޭ
ގިއު
16 April 2023
ކީއްކުރަން އަޅާލަނީ ވޯޓު ލިބެޔޭ ބޯކޮށް
ޣފޗޔވޔ
16 April 2023
އިންޑިއާ ވީމަ ޖޫރިމަނާވެސް ނުހޯދޭ
އުދުހޭ
16 April 2023
ކުންފުނި މިހާރު އޮތީ ވިއްކަން ހުޅުވާލަފަޔޯ. ދެން ވިއްކާލީމާ އެ ނިމުނީނުން؟
މަލަދީޕް އަކަށް ބޮޑައެއް ނުހޭކޭނެ
16 April 2023
ކަލޭމެންނަކީ އަހަރެމެން މައިސަރުކާރުގެ ދަށުގައި އޮތް ކުޑަކުޑަ ރާއްޖެއެއް. ކަލޭމެންނަށް ރިހަ ކެއްކެނީ އަހަރެމެން ފިޔާކޮޅެއް ދިނިއްޔާ. ފަރުވެސް ތޮރުފާނަން. ލާރި އެއްވެސް ނުދޭނަން. ސަމަޖު ގަޔާ؟
އަގުބޮޑުކުރާނީދޯ
16 April 2023
ކޮބާތޭ ސަރުކާރު ކޮޅަށް މަޖްލީހުގެ މެމްބަރުން ދިއުމުން ރައްޔިތުންނަށް ވާ ފަައިދާ އަކީ ގެއްލުމުގެ މައްޗަށް ގެއްލުމޭ ޓެކްސް ބޮޑު ކުރާނެއޭ އަނެއްކާ ކޮތަޅު ޓެކްސް ނަގަން ފަށާނެ އަންނަ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިސަރުކާރަށް ވުރެން ގިނައިން ޓެކްސް ނެގި ސަރުކާރެއް ނެތޭ އެކަމަކު ސަރުކާރުން ކުރާ އެއްވެސް ކެޕިޓަލް އިންވެސްޓަކީ އަނބުރާލިބޭ ފައިސާ އެއް ނޫނޭ ފެނަކަ އެއޮތީ ދަރާވިކި ދުވަހަކު ވެސް އެމެންނަށް ތެލުގެ ބިލް ވެސް ނުދެއްކޭނެއޭ ދެން ތެޔޮ