އިންޑިއާއިން ރާއްޖެ އަށް އަލަށް ހަދިޔާ ކުރި ކަނޑުގެ އަސްކަރީ އުޅަނދު" މިއީ ހުރަވީގެ ބަދަލުގައި އިންޑިއާއިން ދިން އުޅަނދެއް ކަމަށް އެމްއެންޑީއެފުން ބުނޭ --- ފޮޓޯ: އެމްއެންޑީއެފް
17 އެޕްރީލް 2023 - 23:37
ރާއްޖޭގެ ކަނޑުގެ އަސްކަރިއްޔާގެ އެންމެ ބޮޑު އުޅަނދު ކޯސްޓްގާޑް "ހުރަވީ"ގެ ބަދަލުގައި އިންޑިއާއިން ހަދިޔާކުރި ކަނޑުގެ އަސްކަރީ އެހެން އުޅަނދެއް މާލެ އަތުވެއްޖެ އެވެ.
ދިވެހި ކަނޑުގެ ސިފައިންގެ އެންމެ ބާރުގަދަ އުޅަނދު ކަމަށްވާ "ހުރަވީ" އަކީ ވެސް 2006 ވަނަ އަހަރު އިންޑިއާ އިން ހަދިޔާކުރި އުޅަނދެކެވެ.
އެމްއެންޑީއެފުން ބުނީ އޭގެ ފަހުން ކޮންމެ ދެ އަހަރަކުން އެ އުޅަނދު މަރާމާތު ކުރުމުގެ މަސައްކަތް އިންޑިއާ އިން ހިލޭ ކޮށްދޭ ކަމަށެވެ. އިންޑިއާގެ ނޭވަލް ޑޮކްޔާޑްގައި މުޅި އުޅަނދު ހަ ފަހަރެއްގެ މަތިން މަރާމާތުކޮށްދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
"ހުރަވީ" ބޭނުންކުރާތާ މިހާރު ގިނަ ދުވަސްވެފައި ވުމުން އެ އުޅަނދުގެ ބަދަލުގައި އިތުރު އުޅަނދުފަހަރު ހޯދައި އެމްއެންޑީއެފްގެ ކަނޑުގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމަށް ސަރުކާރުން އިސްކަން ދޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އިންޑިއާއިން އަލަށް ހަދިޔާ ކުރި އުޅަނދު މާލެ އައީ މިދިޔަ ހޮނިހިރު ދުވަހު ކަމަށާއި އެއީ "ހުރަވީ" އަށް ވުރެ ބޮޑު އަދި ގާބިލުކަން އިތުރު، ފަހުގެ އުޅަނދެއް ކަމަށެވެ. މިހާރު ކުރިއަށް ދަނީ އެ އުޅަނދު އެމްއެންޑީއެފާ ހަވާލު ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ މަސައްކަތްތެކެވެ.
"މިގޮތުން މިއަންނަ މެއި މަހުގެ ތެރޭގައި މިއުޅަނދު ރަސްމީކޮށް ހަވާލުކުރުމަށް ފުރިހަމަކުރަން ޖެހޭ ލިޔެކިޔުންތަކާއި އަދި މިއުޅަނދަށް އައްޔަންކުރެވޭ ކޯސްޓްގާޑްގެ ސިފައިން، އުޅަނދުގައި ބޭނުންކުރާ މުހިއްމު މެޝިނަރީ އަދި އިކްއިޕްމެންޓްތަކާއި އޮޕަރޭޓިން ޕްރޮސީޖާސްތަކަށް އަހުލުވެރިވުމަށް ކޮންމެހެން ބޭނުންވާ ތަމްރީން ޕްރޮގްރާމްދަނީ ހިންގަމުންނެވެ." އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި އުޅަނދު މާލެ ގެނައުމުގައި ހަރަކާތްތެރިވި އިންޑިއާގެ ކުރޫ ރާއްޖެއިން ފުރާނީ އެ އުޅަނދުގައި މަސައްކަތްކުރާ އެމްއެންޑީއެފްގެ އޮފިސަރުން ތަމްރީން ކުރުމަށް ހިންގާ ދެ ހަފުތާގެ ތަމްރީން ޕްރޮގްރާމަކަށް ފަހު ރަސްމީކޮށް އުޅަނދު ހަވާލުކުރުމުގެ ކަންކަން ނިމުމުންނެވެ.
މި އުޅަނދު ހަދިޔާ ކުރުމުން، ހުރަވީ ބޭނުން ކުރުން ހުއްޓާލާނެ އެވެ.
މީގެ ކުރިން 2019 ގައި ވެސް އިންޑިއާއިން ވަނީ ރާއްޖެ އަށް ކަނޑުގެ އަސްކަރީ އުޅަނދެއް ހަދިޔާކޮށްފަ އެވެ. އެ އުޅަނދަށް އެމްއެންޑީއެފުން ނަން ދީފައި ވަނީ ކޯސްޓްގާޑް "ކާމިޔާބު" ގެ ނަމުންނެވެ. ސިފައިން އަންނަނީ އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ވެސް ބޭނުންކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ
24 April 2023
މީގަ ތިބެނީ ދިވެހި ސިފައިންތަ ނުނީ އިންޑިޔާ ސިފައިންތަ. ސާފުކޮށްދީ ބަލަ
ކޮކީސްޓަރ
18 April 2023
ހެލިކޮޕްޓަރު ދިންހެންތަ؟
ބޯރިން
18 April 2023
ބޮޑުވަގުގެ ވައްކަމުގެ އަޑު ކަޑުވަން އިންޑިއާ އައުޓު ކީ މީހުންގެ ހާދަ އަޑެއް ނެތޭ މިހާރު.
ވަހީދުބެ
18 April 2023
ބަދަލޭ ކިޔައިގެން ކުރާ ވައްކަމުގެ އަޑެއް އިވޭތަ؟
ވޯޓަށް ސަލާން
18 April 2023
ވޯޓް ދުވަސްވަރަށް ޕްރެޒިޑެންޝަލް ވިސާގައި ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުމުގެ އާފޯމިއުލާއެއް ހަދާލީ
ޕްްލީސް
18 April 2023
ކިތައް އިންޑިޔާ ސިފައިން އެއާއެކުތިބޭނީ
ތޫތޭރީ
18 April 2023
އިންޑިޔާގެ ގުއި ސަރުކާރު....ފޫހިވެއްޖެ. އަވަހަށް ވެރިކަމުން ފައިބާ މި ގައުމު ރައްޔިތުންނާ ހަވާލުކުރޭ.
ހަސަނު
18 April 2023
އިންޑިއާ އަށް ޝުކުރުކުރަން މިހާ ބޮޑެތި އެހީތެރިކަން ދޭތީ.. އިންޑިއާއާ ނުލާ އަހަރެމެނަށް ރާއްޖޭގެ ކަނޑުތައް ބެލެހެއްޓުމަކީ މުސްތަހީލު ކަމެއް..
ކަޑަބޮއް ސައީދު
18 April 2023
ނަޖިސް އިންޑިއާއިން މިތަނަށް އަތް ގަދަކޮށް ހިފާނެ ދެން މާ ދުވަހެއް ނެތި.
ބރޮ
18 April 2023
ކަލޭ ހާދަ ތޯހިރޭ ދޯ.
ޢިހްސާސް
18 April 2023
ރާއްޖެއަށް އަސްކަރީ އުޅަނދެއް ބަނެވޭނެހާ ފެންވަރު މިލިޔަނުން މިލިޔަނުން ރިސޯޓް ވިއްކާއިރުވެސް ނެތީތާ..
ގުރާ
18 April 2023
މެޝިނަރީ އަދި އިކްއިޕްމެންޓްތަކާއި އޮޕަރޭޓިން ޕްރޮސީޖާސްތަކަށް އަހުލުވެރިވުމަށް ދިވެހި ސިފައިން ގާބިލުވާނެބާ؟ މިހެން މިބުނީ ހެލިކޮޕަޓަރެއް އޮޕަރޭޓުކުރާނެ މީހުންވެސް ސިފައިނެގެ ތެރޭގައި އަދިވެސް ނެތިގެން އިންޑިއާ މީހުން ވިއްޔަ އެކަންވެސް ކުރަނީ! ކޮންމެވެސް އެއްޗެކޭ ކިޔާފައި އިންޑިއާ މީހުންނަށް ބާރުތައްދޭން ވެގެންކުރާ ކަމެއް.