ފިހާރައަކުން ގަނެގައިވާ އެއްޗެހިތަކެއް ޕްލާސްޓިކް ކޮތަޅަކަށް އަޅައިގެން މީހަކު ދަނީ.
20 އެޕްރީލް 2023 - 10:19
ކުނި މެނޭޖު ކުރުމުގެ ގާނޫނު ތަސްދީގު ކުރިތާ ހަތަރު މަސް ފަހުން އެ އަމަލުކުރަން ފެށިއިރު، އެ ގާނޫނުގައި ބޮޑު "ލޫޕްހޯލެއް" ފާހަގަ ކުރެވިފައިވާއިރު، އެކަން ފޫބެއްދުމުގެ އިސްލާހު އަވަހަށް ފާސްވެދާނެ ކަމާ މެދު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ސުވާލު އުފައްދަވައިފި އެވެ.
ކުނި މެނޭޖު ކުރުމުގެ ގާނޫނު ރައްޔިތުންގެ މަޖިލިހުން މިހާރު ފާސްކޮށްފައި އޮތީ ކޮތަޅު ބޮނޑިއެއްގެ އަގު ބޮޑު ކުރަން މަޖުބޫރުވާ ގޮތަށެވެ. އެއީ ކޮތަޅު ބޮނޑި ގަންނަ ނަމަ ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހޭތީ އެވެ.
އެކަމާ އާންމުން ރުޅިގަދަވެ، ސަރުކާރު ހޫނުފެނަށް ވެއްޓުމުން ތިމާވެއްޓާ ބެހޭ މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އާންމު ގޮތެއްގައި ކޮތަޅު ބޮނޑިއެއްގައި ހުންނަނީ 100 ކޮތަޅު ކަމަށް ވާއިރު ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ރޭޓުން ޖުމްލަ 200ރ. ފީއެއްގެ ގޮތުގައި ދައްކަން ޖެހޭތީ އަގު ބޮޑުވަނީ ކަމަށެވެ.
އެކަމަކު، ސަރުކާރުން ދިފާއުގައި ބުނީ، އެ ގޮތަށް ކަންތައް ދިމާވީ ސަރުކާރުން ފޮނުވި ގޮތަށް ރައްޔިތުންގެ މަޖިލިހުން ބިލް ފާސްކޮށް ނުދިނުމުން ކަމަށެވެ.
"މިސަރުކާރު ސްލޯކަމުގެ ވާހަކަ ދެއްކީމަ ދައްކާ މީހާ ގޯސްވާނީ.--- އުޝާމް
"...ކުނި މެނޭޖްކުރުމުގެ ގާނޫނު ބިލު ސަރުކާރުން މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެ އަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ބޮނޑި ހިމެނޭ ކޮތަޅު ބޮނޑި ވާނީ ހިމަނައިފަ އެވެ. ނަމަވެސް ކުނި މެނޭޖް ކުރުމުގެ ބިލް މަޖިލިހުން ފާސްވެގެން އައިއިރު މި މާއްދާ ވަނީ އުނިކުރެވިފަ އެވެ،" ބަޔާނުގައި ވެ އެވެ.
މަޖިލިހުން ގާނޫނު ފާސްކުރި އިރު އެ މައްސަލަ ދިމާވެފައިވާ ކަން އެނގި ތިބެ، ބިލް ތަސްދީގުކޮށް، އެ އަަށް އަމަކުރުމާ ދޭތެރޭ ހަތަރު މަސް ލިބުނަސް އެކަން ރަނގަޅު ކުރަން ފަރުވާކުޑަކުރި މައްސަލާގައި އުޝާމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަންނަ ހަފުތާގައި ރައްޔިތުންގެ މަޖިލިސް 15 ދުވަހުގެ ޗުއްޓީއަކަށް ދާނެ ކަމަށެވެ. އެހެންވެ، ކައިރި މުސްތަގުބަލެއްގައި ކޮތަޅުގެ އަގުގެ މައްސަލަ އަށް ހައްލެއް ލިބިދާނެ ކަމަށް ޝައްކު ކަމަށް އުޝާމް ވިދާޅުވި އެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް، ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ކުނި މެނޭޖުކުރުމުގެ ގާނޫނުން މައްސަލަ ދިމާވި އިސްލާހު އަވަހަށް ފާސްވުމާ މެދު އޭނާ ޝައްކު އުފައްދަވާ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ބިލްގެ އިބްތިދާއީ ބަހުސް ވެސް އަދި މަޖިލިހުގައި ނުފަށަ އެވެ.
"ކުނި މެނޭޖްކުރުމުގެ ގާނޫނު 18 ޑިސެމްބަރު 2022 ގަ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވިއިރު ވެސް އޭގެ 4 މަސް ފަހުން ކޮތަޅުގެ އަގުގެ މައްސަލަ ދިމާވާނެކަން އެނގޭއިރު، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގާނޫނަށް އިސްލާހު ހުށަހެޅީ 27 މާޗް 2023 ގައި،" އެމްއެންޕީގެ ނައިބު ރައީސް އުޝާމް ވިދާޅުވި އެވެ.
"މިސަރުކާރު ސްލޯކަމުގެ ވާހަކަ ދެއްކީމަ ދައްކާ މީހާ ގޯސްވާނީ."
ސަރުކާރުން ބުނަނީ ރައްޔިތުންގެ މަޖިލިހުން ބިލް ފާސްކުރިއިރު ވެސް މައްސަލަ ހުރި ކަން އެނގުނަސް އެ ބިލް ތަސްދީގު ނުކޮށް އަނބުރާ ފޮނުވައި ނުލީ އެއީ ކުނީގެ އަސާސީ ހިދުމަތް ދިނުމަށް މުހިންމު ބިލަކަށް ވާތީ ކަމަށެވެ. އެހެންވެ، އިސްލާހުތައް ވަކިން ހުށަހަޅަން ނިންމީ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.
އެކަމަކު، ގާނޫނަށް އަމަލުކުރަން ތައްޔާރުވުމާ ހަމައަށް ވެސް އެ އިސްލާހުތައް ރައްޔިތުންގެ މަޖިލިހަށް ފޮނުވުން ލަސްވި ސަބަބެއް ސަރުކާރަކުން ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަތުން އެއްޗެއް ދާނަމަ ވިސްނާނެ
21 April 2023
ޕްލާސްޓިކް ކޮތަޅު ދޫކޮށްލެވޭކަށް ނެތް. އެކަމަކު ބޭނުންކުރުން މަދުކުރަން ޖެހޭ. ހިލޭދިނަސް ކޮތަޅުގެ އަގު އެނެގެނީ ހަމަ ހުރިހާ ކަސްޓަމަރުން އަތުން. އަސްލު ނެގެންވީ ސީދާ ބޭނުންކުރާ މީހާގެ އަތުން. ތިމާއަތުން ދޭންޖެހުނީމާ ގިނަމީހުން އިސްރާފުކުރުން ކުޑަކުރާނެ. ކުޑަ ނުކުރާނަމަ ފައިންއެއް އެބަ ކުރުވޭތާ. އެކަމަކު 2 ރުފިޔާ އާދައިގެ ކޮތަޅަކަށް ގިނަ. 50 އާ 75 ލާރިއާ 1 ރުފިޔާ ނަގަން ފެނޭ. ކުނި މެނޭޖިންއަށާ ވޯކަރުށްގެ މުސާރައަށް އެ ރެވެނިޔު ބޭނުންކުރެވޭނެ.
ނުވަަނެ ތިކަމެއް
22 April 2023
ތި ލާރި ތިޔަ ބުނާ ކަމަކަށް ޚަރަދު ނުކުރެވޭނެ. ނުވެސް ދޭނެ. މަޖިލިސް މެމްބަރުން މުސާރައަށް ދާނީ
ގާނޫނު
20 April 2023
ޢިސްލާހު ގެނެވެންދެން އަމަލު ކުރުން ލަސް ކޮށްލެވެން ވެސް ނެތީތަ؟
އުދުހޭ
20 April 2023
ޕާޓޭ ސޮރުންތަށް މަގުމަތީގަ ހުންނަ ކުނިކޮޓަޅުތަށް މަގުމައްޗަށް ބަންޑުންކޮށްފަ ކޮތަޅު އެއްކުރަން ފެށީމާ އީޕީއޭ ނައީމުއާ ޓެކްނޮލޮޖީ މިނިސްޓަރު ޝައުނާ އަދި އެމްޑީޕީގެ ސުޕަރމެޖޯރިޓީ މެންބަރުން މިވާހަކަ ދައްކަން ނުފަށާނެބާ؟
އުދުހޭ
20 April 2023
ޕްލާސްޓިކް ކޮޓަޅަށް ވޯޓްލީ މެންބަރުންނު މޫނުތަށް ދައްކަބަލަ. އެމީހުންނާ ދެކޮޅަށް މުޒާހަރާއަށް ނިކުންނަށް ގޮވާލާނެ ޖަމިއްޔާއެއް ނެއްތަ؟
އަލީ ބުހާރީ ވަޖުޕާއީ
20 April 2023
ފެހި ލަނޑާ އެއީ ދޮންވެލި އުފައްދާ އެއްޗެކޭ ކިޔާފަ ލަނޑާ ހިފުން މާނާކުރި ސަރުކާރުމިއީ. ވަރަށް ސާފު މަނާކުރިޔަސް ހިފާންން ކާންވެސް ކާނަން. ކޮތަޅު އަގުބޮޑު ކުރިވަރަކަށް މަގުމަށްޗަށް ކުނިއެޅުންވެސް އިތުކުރުކުރާނަން
އަހްމަދ
20 April 2023
ސަރުކާރުން ގަސްތުގަ ކުރާ ކަންނަން. ސުޕަމެޖޯރިޓީ އޮވެ މިހެނ ވާނީ ސީދާ ގަސްތުގަ ކުރިކަމެއް ވީމަ.
މުރުގީ
20 April 2023
މަޖިލިސްވެސް ނޫޅޭތާދޯ މިކަމާއެއް. ކޮބާތަ ސަރުކާރުން ހުށަހެޅި އެއްޗެއް ބަދަލުކުރި ކޮމިޓީގެ މުގައްރިރު؟ މިއީ އުޝާމު ކުރި ކަމެއްތަ؟
ތީރު
20 April 2023
އަހަރެމެން ކޮތަޅެއް ބޭނުމެއްނޫން. ކޮތަޅުގެ ގޮތުގައި މިހާރު މި ބޭނުން ކުރަނީ ފެން ހުސްކުރާ ފުޅި. ކުނި އަޅަނީ އޭގެތެރެއަށް. ގައިމު ބުޅާ މީދަލުގެ އުނދަގުލުންވެސް ސަލާމަތްވާނެތާ.
ދުނި
20 April 2023
ފެންހުސްކުރާ ފުޅިއަކީ ޕްލާސްޓިކެއް ނޫންތަ.
ސީތާ
20 April 2023
2 ރުފިޔާ އަށް ކޮތަޅެއް ވިއްކަން ފެށިފަހުން މިހާރު މާލޭ މަގެއްގެ މަތިން ކުނިކޮޅެއްވެސް ނުފެނޭ. ހާދަހާ މޮޅު ޤަވާއިދެކޭ ދޯ ތީ. އަހަރެމެން ލާ ނޭވާއިންވެސް ޓެކްސް ނަގަން ފެނޭ. އޭރުންތާ ދައުލަތަށް ވަންނަ އެއްޗެއް ގިނަވާނީ
ދިއްދޫމީހާ
20 April 2023
މީގެ ކުރިން ސަރުކާރުން އުޅުނީ ގިރިއެއްގެ ދަށުވެގެން ސަލާމަތް ނުވެގެން މިފަހަރު މިއުޅެނީ ކޮތަޅު ދަށުވެގެން ދެން ކީކޭ ބުނާނީ…