20 އެޕްރީލް 2023 - 12:58
ތިލަފުށީގައި ބަލްކް ކާގޯ އާއި ކޮންޓެއިނާ ބޯޓުތައް ބަނދަރުކުރަން ޑީޕް ސީ ޕޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން އެމްޕީއެލް އިން އިއުލާންކޮށްފި އެވެ.
އެ ކުންފުނިން ބުނީ ތިލަފުށީގައި ހަދާ ޑީޕް ސީ ޕޯޓަކީ ސިމެންތި އާއި ހިލަ، ހިލަވެލި ބޭލުމަށް ހާއްސަކޮށް ހަދާ ޕޯޓެއް ކަމަށެވެ. ނަމަވެސް ގުޅިފަޅުގައި ހަދަން ނިންމާފައިވާ މައި ޕޯޓް ނިމެންދެން އާންމު/ އާދައިގެ މުދާ ނުހިމަނައި، މާލޭ ވިޔަފާރި ބަނދަރުގައި މިހާރު ވެސް ހިންގާ ހުރިހާ ކާގޯ އޮޕަރޭޝަންތަކަށް ވަގުތީ ގޮތުން ތިލަފުށީގައި އަލަށް ހަދާ ޑީޕް ސީ ޕޯޓުން ހިދުމަތް ލިބޭނެ ކަމަށް ބުންޏެވެ.
- އިންޓަނޭޝަނަލް ބޯޓް ކައިރިކުރެވޭ 600 މީޓަރުގެ ކުއޭ ވޯލްސް
- ލޯކަލް ބޯޓްތައް ކައިރިކުރެވޭ 600 މީޓަރުގެ ކުއޭ ވޯލްސް
- 7 ހެކްޓަރުގެ ޓާމިނަލް ޔާޑް ޕޭވިން
- 1.4 ހެކްޓަރުގެ ގުދަން އޭރިއާ
- އެއްގަމު މަގުތަކާއި، ސެކިއުރިޓީ ޕޯސްޓްތަކާއެކު އެންޓްރީ/އެގްޒިޓް ގޭޓްތައް ހެދުން.
- ކާގޯ ހެންޑްލިންގ ސާމާނު ބަހައްޓައި އިންސްޓޯލްކުރުން
Invitation for Expression of Interest: Construction of a Bulk Port at K. Thilafushi.
— Maldives Ports Limited (@Portmv) April 19, 2023
Link to Gazette Announcement:https://t.co/8VrZ47Um29 pic.twitter.com/PUKS7ueSXK
- ކާގޯ ސްކޭންކުރާ އިކުއިޕްމަންޓްތައް ބަހައްޓައި އިންސްޓޯލްކޮށް
- ގުދަން، ޓްރަކް ޕާކިން، ޔުޓިލިޓީ އިންފްރާސްޓްރަކްޗާ، އޮޕަރޭޝަން އަދި މެއިންޓެނަންސް އޭރިއާ ބިނާކުރުމާއި އެހެން ފެސިލިޓީތައް ގާއިމުކުރުން
- ބަނދަރު ހެދުމުގެ ތެރޭގައި އަދި ބަނދަރު ހެދުމުގެ ގާނޫނީ ގޮތުން ލާޒިމުކުރާ ކަންކަމާއި ތިމާވެއްޓާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭ ކަންކަމަށް ތަބާވުން.
- ބަނދަރު އެޅުމަށް ފަހު ކަނޑައެޅިފައިވާ މުއްދަތަކަށް ބަނދަރު ބެލެހެއްޓުމާއި މަރާމާތުކުރުން.
މި މަސައްކަތް ކުރަން ޝައުގުވެރިވާ ކުންފުންޏަކީ މީގެ ކުރިން ޑީޕް ސީ ޕޯޓެއް ތަރައްގީކޮށްފައިވާ ކުންފުންޏަކަށް ވުމާއި މާލީ އަދި ފަންނީ ގާބިލުކަމާއި ވަސީލަތްތަކުގެ ގޮތުން ގާބިލު ކުންފުންޏަކަށް ވާން ޖެހޭނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ. އަދީ ބަނގުރޫޓް ވެފައި ނުވާ ކުންފުންޏަކަށް ވުމާއި ގާނޫނީ މައްސަލައެއްގައި ބެދިފައިވާ ކުންފުންޏަކަށް ނުވުން ޝަރުތެއްގެ ގޮތުގައި އެމްޕީއެލް އިން ހިމަނާފައިވެ އެވެ.
މި މަސައްކަތް ކުރަން ޝައުގުވެރިވާ ކުންފުންޏަކުން އެކަމަށް ޝައުގުވެރިވާ ލިޔުންތައް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި މަހު 26 ވަނަ ދުވަހުގެ ރޭގަނޑު 11:59 ވުމުގެ ކުރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު
22 April 2023
އަނެއްކާ ވިއްކާލާފަ އޮތްކުންފުންޏަކަށް ވާންޖެހޭތަ؟ ލައިކް އެފްކޮން . ތިކަންވެސް ހަވާލުކުރޭދެން އެފްކޮނާ. އިންޑިޔާމީހުންނަށް ކަންކަން ތިޔަހުރީކުރެވިފަ
ބޮޑުމީހާ
20 April 2023
އަނެއްކާ އަނެއް ފޮޓޯ ޕްރޮޖެކްޓް. 2018 އިން ފެށިގެން ޕޯޓް ބަދަލުކުރަނީ، ކެންސަރު ހޮސްޕިޓަލް އަޅަނީ، އަމީނީ މަގު ހަދަނީ، 20000 ފްލެޓް އަޅަނީ، 7 ރަށެއްގައި ހޮސްޕިޓަލް އަޅަނީ، 5 އަހަރު މިހޭދަވަނީ އަޅަނީ، ކުރަނީ، ނިމެނީ....
އެޅަބެއްޔާ
20 April 2023
ތިކަމަށް އެން ގާބިލް ވާނީ ރޯޑް ކޯރްޕަރޭސަން
150 ގޯތި ވަގު
20 April 2023
ތިކަމަށް އެންމެ ރަގަޅުވާނީ ހަވަރުނތިނަދޫ ބިގަރު ކައުންސިލްގެ ނުވިމޭޔަރު ޕްރޮފެސަރު ޑޮކްޓަރު އަލްއުސްތާޒު ރޯނުއެދުރު ސައުދުއަލީއެވެ
ހަސަނު.......
20 April 2023
ތި އިއުލާނުގެ ޑެޑްލައިން އަށް ބަލާލީމަ ވެސް އެގޭ މިހާރު ތީ ނިންމާފަ އޮތް ޑީލް އެއްކަން..... ޝާހިދު ކިތަންމެ ގަމާރުކަމަށް ހެދިގެން އުޅުނަސް އެގޭނެ ތިވަރުގެ ކަމަކަށް ސީރިއަސް ކޮށް ބަޔަކު ވިސްނާލަންވެސް 6 ދުވަހަށްވުރެ ގިނަދުވަސްނަގާނެކަން....ހަމަ މަޑުމަޑުންހުރެގެން ކޮރަޕްޝަން ހިންގަނީ.....
އަތްޖަހާ
20 April 2023
ތީ ކީއްކުރަން މީހުންގެ ވަގުތު ބޭކާރު ކުރަން ޖެހި އިއުލާނެއް. މިހާރުވެސް އިންޑިއާ ކޮންމިވެސް ބަޔަކަށް ތިމަސައްކަތް ހަމަ ޖެހިފަ އިންނާނީ. އަނެއްކާ ތިވެސްވާނީ އަނެއް ބްރިޖަށް