ފުލުހުން އަތުލައިގެންފައިވާ މަސްތުވާއެއްޗެހިތަކެއް: ދެ ކިލޯ ޑްރަގް މައްސަލާގައި ހައްޔަރުކުރި ދެ ދިވެހިން ވަނީ ދޫކޮށްލާފައި --- ފޮޓޯ/މިހާރު
20 އެޕްރީލް 2023 - 15:06
ބިދޭސީއަކު އެތެރެކުރި ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ ދިވެހިން ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލައިފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބްރެޒިލްގެ މަގުން ސްވިޒަލެންޑް މީހަކު ރާއްޖެ ގެނައި ދެ ކިލޯއަށް ވުރެ ގިނަ ކޮކެއިންގެ މައްސަލާގައި ދެ ދިވެއްސަކު ހައްޔަރުކުރީ އެ ތަކެއްޗާ ހަވާލުވާން ދިޔަކަމުގެ ތުހުމަތުގަ އެވެ. އޭގެ ތެރެއިން އެކަކު ކުރިން ދޫކޮށްލުމުން އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން ވެސް އަމުރުކުރި އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު އެ ދެ މީހުން ދޫކޮށްލަން އަމުރުކުރީ ތުހުމަތު ކުރެވޭ ވަރުގެ ހެކި ހުއްޓަސް، އެ މީހުންގެ ފަރާތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ނިންމުމަށް ފަހު އެވެ. އެ ދެ މީހުން ވެސް ދޫކޮށްލީ ޝަރުތުތަކަކާ އެކު އެވެ.
ކޯޓު އަމުރުގައިވަނީ ކުށެއްގެ ތުހުމަތުގައި މީހަކު ބަންދު ކުރަނީ އަދަބެއް ދިނުމުގެ ގޮތުން ނޫން ކަމަށެވެ. އަދި ތުހުމަތެއްގައި މީހަކު ބަންދު ކުރާއިރު މުޖްތަމައުގެ ހައްގާއި ފަރުދުންގެ ހައްގުތައް އެ މިންގަނޑަކުން ވަޒަން ކުރަން ޖެހޭނެ ކަމަށް އެ އަމުރުގައިވެ އެވެ.
ޝަރުތު ކޮށްފައި ބަންދު ދޫކުރާއިރު، މުޖްތަމައަށް ނުރައްކާ ކުޑަކުރެވޭނެ ގޮތަށް އަމަލު ކުރެވޭނެ ކުރެވޭނެ ކަމަށާއި އެގޮތަށް އެ މައްސަލާގައި ވެސް އެ ދެ މީހުންގެ މައްޗަށް ގިނަ ޝަރުތު ކޮށްފައިވާ ކަމަށް އެ އަމުރުގައިވެ އެވެ. އެކަމަކު ޝަރުތުތަކުގެ ތަފްސީލެއް ސާފެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓެގެ
30 April 2023
މޮޮޅު ތަންކޮޅަކީ ބޮޑުކޮށް އެތެރެކުރާ މީހުން ދޫކޮށްލާފަ ކުޑަކޮށް ނަގައިގެން ބޯ މީހާއަށް ހުކުމް ކޮށްފަ ޖަލަށް ލަނީ
ފާނަކޮށި
24 April 2023
ތިޔަ މަސްތުވާތަކެތި ޕަބްލިކް ކުރުމަށް ވުރެ ތިޔަތަކެތީ އެެތެރެކުރި ފަރާތް ޕަބްލިކް ކޮށްފައި ދޫކޮށްލިމަނަމަ މާ ތާހިރުވީސް....
އެޑަމް
24 April 2023
މިގޮތައްގާޒީއަކު ހުކުމްކުރީމާ އެހުކުމް އިސްތިއުނާފުނުކޮއްފިނަމަ ޕުރޮސެކިއުޓަރާދައުލަތުން ޖެހޭނެދަޫވާކުރަން އަދިއެފަދަގާޒިންވެސްސަސްޕެންޑުކުރަނުް ކޮމެންޓުކުރިބޭފުޅުންއެވިދާޅުވަނީތެދުފުޅެއް މިއޮއްވަރައް ހަންދަރުންބައިހަންދަރުންއެތެެެކޮއްހަދާއިރު ދުވަހަކުވެސްސާބިތެއްނުވޭ ތިންތަނުންކުރެ އެއްތަނެއްގެލޫޕު ހޯލަކުންދެމިގަނޭ މިކަމާމެދު ގާނޫނުތައްއިސްލާހުކޮއް ތިޔަމުޖުތަމަޢުގެ ނުރައްކަލާބެހޭމާއްދާވެސްބަދަލުކޮއް ތަހުގީގުކުރުމާ ހުކުމްކުރުން ެކަންކުރަންތިބޭބައެއްގެޚިިޔާލީހިތައްފެންނަގޮތްނޫންގޮތަކައްގާނޫނުތައްވެސްބަދަލުވާންޖެހޭ
ކޮތަޅުބޭ
22 April 2023
އެތައްބައެއްގެ ވަގުތާއި އެނަޖީ ބޭކާރުކޮށްލަން އަދިބޭކާރުގޮތުގައި ރައްޔިތުންގެ ޓެކުހުން މުސާރަދީގެން ބަޔަކު ތިޔަޒާތުގެ ފީކޮއިކުޅެން ބޭތިއްބުމުގެ ބޭނުމެއްނެތް. އެކައްޗެއްވެސް މީހަކުވެސް ހިފަހައްޓާނެ ކަމެއްނެތް. ގެންނައެއްޗެއް ގެނެސް އުޅޭނެގޮތަކަށް އުޅެފާނެ. އެބަޔަކަށް ނުވާވަރަކުން އުޅުމުގެ ބޭނުމެއްނެތް.
ކޮރަލް
21 April 2023
ޑްރަގް ފިޔަވާ އެހެން ކުއްތަކުގަ ތިޔަ ބުނާ ގޮތަށް ދުލެއް ނުކު ރެއެވެ . އެކަމު ޑްރަގް ވަނީ ޒުވާން ޖީލް ހަލާކު ކޮށްލާފަ އެވެ .
ޖުމާ
21 April 2023
އާކަމެއްތަ؟އަހަރުމެން ހައިރާނެއްނުވޭ..މި ސަރުކާރުގެ މޮޓޯތާ..
ސަމްސިއްޔާ
21 April 2023
2 ކިލޯ ރިހާކުރު ރަށަކުން ވަގައްނަގައިގެން މާލެއަށް ގެންނަމީހާއަށް ވާގޮތެއް ބަލަން މިނޫހުން ނޫސްކިޔާމީހުންގެ މެދުގާ ޕޯލް އެއްނަގަން ހުށައަޅަން.
ޢަރުތަ
21 April 2023
ވަގަކު ވައްކަން ކުރުމާ، މަނާބާވަތެއް އެތެރެ ކުރުން އެއީ ތަފާތު ދެކަމެއް ތޯއްޗެ.
ެއަހްމދު އަލީ
21 April 2023
1 ކިލޯ ހަމަވާ ކަމައް ވަންޏާ ގާނޫނޫ ނުހިގާނެ 1 1 ކިލޯއަށްވުރެ ދައްވިއްޔާ ގާނޫނު ހިގާނެ. އަންދާ ގާނޫން އޮތްތަނެއްމީ
ސެދެދެ
20 April 2023
މާދަމާ ތި މީހުން ރެޑުކޮށް އަތުލަިގަންނާނެ، ދޫކޮށްލާނެ،، މީ ހަމަ ވަށާޖެހޭ ނިޒާމެއް..މީތި ހިންގަނީ ސިޔާސީންނާއި އެމީހުންގެ ކުނަމެހިން
ކޮމެންޓަރު
20 April 2023
ތިމައްސަލާގަ އިތުރުކަމެއް އުޅޭހެން ހީވަނީ، އެނޫން ނަމަ ދޫކުރާނެ ހެނެއް ހިޔެއްނުވޭ ގާޒީއެއް.
ޢަރުތަ
21 April 2023
ނޯޗޮއިސް ފޮރ ހިމް............