ވަންވޭއާ ދެކޮޅަށް ސައިކަލު ދުއްވި ބަޔަކު ހުއްޓުވިއިރު ޑްރަގް ފެނިއްޖެ އެވެ.
މިދިޔަ ހަފުތާގައި މާލެއިން މީހަކު ހައްޔަރުކުރީ އޭނާ އާއި އިތުރު މީހަކު ސައިކަލުގައި ވަންވޭއާ ދެކޮޅަށް ދުއްވަނިކޮށެވެ. ފުލުހުން އެ މީހުން ހުއްޓުވުމުން އޭގެ ތެރެއިން އެކަކު ވަނީ ފިލައިފަ އެވެ. އަދި އެކަކު އެއްލާލި ކޮތަޅެއްގެ ތެރެއިން ޑްރަގް ކަމަށް ބެލެވޭ އެއްޗެއް ހުރި ގިނަ އަދަދެއްގެ ކުދި ޕެކެޓްތަކެއް ފެނުނެވެ.
ސައިކަލުގެ މަޑިދަށުން ކަށްޓާއަކާއި މަސްތުވާތަކެތި ބަންދުކުރަން ގެންގުޅޭ ޒާތުގެ ކުދި ޕެކެޓްތަކެއް ވެސް ފެނުނެވެ.
އަތުލައިގަނެވުނު މީހާއަކީ ޑްރަގް މައްސަލަތަކުގައި ގިނަ ރެކޯޑްތަކެއް އޮތް މީހެކެވެ.
އޭނާގެ ބަންދަށް 15 ދުވަސް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.