ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން: ބައިސްކޯފު ހުއްޓާލަން އެ ކޮމިޝަނަށް އެންގުނީ އިދާރީ އޮޅުމަކުން ކަމަށް އެ ކޮމިޝަނުން ބުނޭ --- ފޮޓޯ/ބްރޯޑްކޮމް
20 އެޕްރީލް 2023 - 20:30
މުނިފޫހިފިލުވުމުގެ ހާއްސަ އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ ބައިސްކޯފު ހުއްޓާލަން އެންގުނީ އޮޅުމަކުން ކަމަށާއި ބައިސްކޯފަށް އެ ކޮމިޝަނުން އަންގާނީ ރީބްރޯޑްކާސްޓް ނުކުރަން ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ބުނެފި އެވެ.
އެ ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ބައިސްކޯފުން ދޭ ހިދުމަތްތަކުގެ ތެރެއިން ބައެއް ޗެނަލްތައް ރީބްރޯޑްކާސްޓް ކުރާ ކަމަށް ފާހަގަވެފައިވާތީ ރީބްރޯޑްކާސްޓް ނުކުރަން އެންގުމަށް ނިންމި ކަމަށެވެ.
އެކަމަކު އެ ކޮމިޝަންގެ ސިޓީ އިބާރާތް ކުރެވިފައި އޮތީ ބައިސްކޯފްގެ ހުރިހާ ހިދުމަތެއް ހުއްޓާލަންޖެހޭ ގޮތަށް އޮތް ކަމަށާއި އެހެންވެ، އެކަން އިސްލާހުކޮށް، ބައިސްކޯފަށް އަލުން އަންގާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ބްރޯޑްކޮމްގެ ގަވާއިދު އޮންނަ ގޮތުން ލައިސަންސް ލިބިފައިވާ އެއްވެސް ޗެނަލެއް އެއްވެސް ޕްލެޓްފޯމަކުން ގެނެސްދޭ ނަމަ، ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ނަގަންޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުތުފީ
22 April 2023
އޮޅޫމަކުން ހުރިހާ މެނަބަރުން އެއްކޮށް އިސްތިއުފާ ދެއްވާފަ ގެއަށް ވަޑައިގަންނަވަންވީ ނޫންތޯ!
ފަގުޑި
22 April 2023
ސިޓީއެއް އިބާރާތް ކުރެވިފައި އޮންނަ ގޮތް ނުބަލާ އޭގައި ލިއެފައިވާ އެއްޗަކުން ދެން ނިކުންނާނެ ނަތީޖާއެއް، ވާނެގޮތެއް ނުބަލާ ސޮއިކޮށްލާ މީހުންނަކީ ޒިންމާދާރުކަން ނެތުމުގެ ސަބަބުން މަގާމު ދޫކޮށްލަންޖެހޭފަދަ ބައެއް.
ބޮލްބީ
22 April 2023
ބައިގަޑި ކަމިސަން
އަސްތާ
22 April 2023
ތީ ކަލޭމެންގެ ފެންވަރު، އިތުރު އެއްޗެއް ބުނާކަށް ބެތިން. ޥަރަށް ސަލާން
ބާލައާދަނު
22 April 2023
ތިޔަތާތިބީ މީޑިއާނެޓްގެ ޕަޕެޓުން.
އަސްލުވެސް ތެދެއް
22 April 2023
ތީ ތެދެއް. ފެންވްރެއް ނެއް ތަޖުރިބާއެއްނެއް މީހުން ތިތިބީ. ޙަބަރުކިޔަން އިނގި، ހަވަރު ލިޔަން އިނގުމަކީ ތިޔަކަހަލަ ކޮމިސައނެއް ހިނގަން އިނގުމެއްނޫން.
އަމީލާ
23 April 2023
އަމުދުން އަމީނާ!
މެލޭޝިއާ ދިވެހީން
21 April 2023
ތިޔަ ކަނޑާލެވެނީ ދިވެހިރާއްޖޭން ބޭރުގައި ދިރިއުޅޭ ބައިލައްކައަށް ވުރެ ގިނަ ރައްޔިތުންގެ ހައްގެއް. ޓެކްނޮލޮޖީ އާއި ބީރައްޓެހި ކޮމިޝަނެއް. ދެންވެސް ދުރުވިސްނޭ މީހަކު ލާންވެއްޖެނު! ސަރުކާރުގެ ޚަބަރުތަކާ ގައުމުގެ އާއްޖަފާއްޖަ ގައުމުން ބޭރުގައި ތިބި ރައްޔިތުންނާ ދަރީންނަށް ފޯރުކޮށްދިނުމަކީ ގާނޫނީ ކުށެއް ނޫން. މަނާ ނުކުރެވޭނެ. އެންމެ ދަށްވެގެން ދައުލަތުގެ މީޑިއާތަކުގެ ރީބްރޯޑްކާސްޓް ބޭރުގައި ތިބި ރައްޔިތުންނަށް ލިބެންޖެހޭނެ.
ބްރެޑްކާސްޓިންގ
21 April 2023
މި ކޮމިޝަނުގައި ހަރުދަނާ މީހަކުވެސް ނުއުޅެނީތަ؟
1206
21 April 2023
ހިނގަމުން މިދާ 5 އަހަރުގެ ރިޔާސީ ދައުރުގެ ތެރޭގައި ސަރުކާރުގެ އެކި އިދާރާތަކުން "އޮޅުމުގެ" ބަހަނާ ބޭނުންކޮށްފައި އަދަދު ހިސާބުކޮށްލަން ފެނޭ. އަދަޔާ ޚިލާފު "އޮޅުން" ގިނަ 5 އަހަރުގެ ދައުރެއް ކަމުގައި މި ދައުރު ބެލެވޭ.
ތުނޑުހަސަނު
21 April 2023
މަތިއަޅަން މަސައްކަތްކުރުމަކީ އޭގެޒާތުގައި ދެންކުރެވެން އޮތްކަމަކީ. ކޮމިޝަނުގެ ނިންމުމާއި ސިޓީގެ ޢިބާރާތާއި ސޮއިކުރިމީހާ ވެސް ތިކަން ކޮށްފައި އޮންނާނީ ރަނގަޅަށް. ފިޔަވަޅު އެޅީމަ ބާރުގަދަ އެހެން ފަރާތަކުން ފިއްތުން ކުރިމަތިކޮށް ބިރުދެއްކީމަ މަގާމު ސަލާމަތްކުރަން ކުރެވެން އޮތްކަމެއްވިއްޔާ ކުރާނެ. ކޮމިޝަނުގެ މެންބަރުން ގޯސްކުރާކަށް ވެސް ނެތިން. ރާއްޖޭގެެ ނިޒާމުތައް ބައްޓަންކޮށްފައި އޮތީ މިގޮތަށް. ހިިންގަން ބޭނުންވަނީ ވެސް މިގޮތަށް. ވަރަށް ވެދުން.
ބޮޑުމީހާ
21 April 2023
އޮޅިގެން ތޯ ކޮމިޝަނުގެ ސަމާލުކަމަށް ތި މައްސަލައައީ، އޮޅިގެންތޯ ތި މައްސަލަ އެޖެންޑާ ކުރެވުނީ، އޮޅިގެން ތޯ އެ ކުންފުންޏާއި މެދު އަޅާނެ ފިޔަވަޅެއް ނިންމީ، އޮޅިގެންތޯ އެ ނިންމުން އެ ކުންފުންޏަށް ފޮނުވީ، މިހާ ތަރުތީބުން ހުރިހާ ކަމެއް އޮޅޭކަމެއް ނުދެނަހުރިން. އަނެއްކާ ތިހާވަރަށް އޮޅޭބަޔަކަށް ބޮޑެތި މުސާރަ ދީފަ ރައްޔިތުންގެ ނަމުގަ ވަކާލާތުކުރަން ބައިތިއްބަން ހެޔޮނުވާނެ