ޚަބަރު / މާލެ ސިޓީ ކައުންސިލް

ތާރު މަގުގެ 32 ތަނެއް މަރާމާތުކުރަން ޗައިނާގެ ކުންފުންޏަކަށް

ބޮޑުތަކުރުފާނު މަގުގެ ބައެއް މަރާމާތުކުރަނީ.-- ޓްވިޓާ ފޮޓޯ: ޑރ. މުއިއްޒު

ބޮޑުތަކުރުފާނު މަގާއި އިއްޒުއްދީން މަގުގެ ތާރު އެޅި ބައި މަރާމާތުކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ތާރު މަގުގައި ހަލާކުވެފައިވާ ތަންތަން މަރާމާތުކުރަން ހަވާލުކުރީ މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭ ހެދި ކުންފުންޏާ ކަމަށެވެ. އެއީ ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންޖީނިއަރިންނެވެ.

އެ މަސައްކަތްތައް 10 ވަރަކަށް ދުވަސް ތެރޭގައި ނިންމާލެވޭނެކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަގުތަކުން 32 ތަނެއް މަރާމާތުކުރަން ވަނީ ހަމަޖައްސައިފަ އެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާފައި އޮތް ހިސާބުން ހަލާކުވެފައި ހުރި ތަންތަން މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އެ ކައުންސިލުން މިދިޔަ ފެބްރުއަރީ މަހު އިއުލާނުކުރި އެވެ.

ޢެ އިއުލާނުގައި އޭރު ބުނީ، ބޮޑުތަކުރުފާނު މަގުގައި އަޅާފައިވާ ތާރު ފަށަލަ ހަލާކުވެފައި ވާތީ، އެ މަގު މަރާމާތުކޮށްދިނުމަށް ލޯކަލް އަދި ބޭރުގެ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަފައިވާ ކަމަށެވެ.

މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ތާރު އެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ހިސާބުގައި ތާރު އެޅީ ސިނަމާލެެ ބްރިޖު ހުޅުވިއިރު، ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށެވެ.

ނަމަވެސް، އެ މަގު އާންމުންނަށް ހުޅުވާލި ފަހުން އެއްވެސް ވަރަކަށް މަރާމާތެއް ނުކުރެ އެވެ. އެ މަގުގެ އެކި ހިސާބުތަކުގައި ތާރުގަނޑު ހަލާކުވެގެން ބޮޑެތި ވަޅުގަނޑުތައް ހެދިފައި އެބަހުއްޓެވެ.

40 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 6%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 44%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަބީން ނޫރު

24 April 2023

އަމީނީ މަގުވެސް މުއިއްޒް އާ ހަވާލުކުރިނަމަ މިހާރު ނިމުނީސް. ތޯތޯއެއް ނުވާނެ މުއިއްޒް އެއް.

The name is already taken The name is available. Register?

ނިޒާމް ސާގިބް

24 April 2023

ބަޔަކު ކިތަންމެ ވަރަކަށް މުއިޒް އާ ޖައްސާލިޔަސް މިވަރުގެ ކަމެއް ކޮށްލާނެ މީހަކުވެސް މިސަރުކާރުކަ ނެތް. ފުރަތަމަ ކަމަކަށް އަމީނީ މަގުވެސް ނުހެދުނު. ހާވަނީ ހުސް ހަޑި.

The name is already taken The name is available. Register?

ސައިފްﷲ

24 April 2023

އަހަރުމެން މުއިޒް ހޮވީ ހިދުމަތްކުރަން. މިކަހަލަ ކަނަކަން ކުރަން. ނަތީޖާ ވަރަށް ފޮންޔޭ ބުނެވޭނީ

The name is already taken The name is available. Register?

ދޮން

24 April 2023

ދުނިޔެ 2023ވަނަ އަހަރާއި ހަމައަށް އާދެވުނު އިރު ހާލަތު މިވަނީ ބަދަލުވެފައި އިމާރާތް ކުރުމާއި ޓެކްނޮލޮޖީ އާއި ފަންނުވެރިކަން މިވަނީ ޔޫރަޕާއި އެމެރިކާ އަތުން ބީވެ އޭސިޔާގެ ޗައިނާގެ އަތްމައްޗަށް ފުރޮޅާލާފައި މިހާރު އެމެރިކާގެ ނިވްޔޯކާ ވޮސިންގްޓަން ފަދަސިޓީތަކުގެ އިމާރާތްތައް މިސާލެއްގޮތުގައި ނުބަލައި އެއީ ކުރީގެ ޑިޒައިން ތަކާއި އެވޭލާ ފަންނުވެރިކަން ކަމަށް ބަލަނީ މިހާރު ހިގަނީ ޗައިނާ ޑުބާއި ފަދަ ޤައުމު ތަކުގެ ފަންނީ އިމާރާތްތައް .

The name is already taken The name is available. Register?

ދުވާރު

24 April 2023

މި ފެށުނީ ދެން އަނެއް ކަންތައް. މަގުތަކުގަ ތާރުއަޅާ އެމަގުތައް މަރާމާތު ކުރާނެ ފެންވަރު ނެތިގެން އަހަރުމެންވީ ކޮންމެ ފަހަރަކު ބޮޑު ޚަރަދު ކޮށްގެން ބޭރުން މީހުން ގެނެސްގެން މިމަސައްކަތް ކުރުވަން. ކީއްވާނީ ދުރު މުސްތަޤްބަލަށް ވިސްނާ ދިވެހިންނަށް މި މަސައްކަތް ދަސްކޮށްދީ ދިވެހިން ލައްވާ ކުރުވިއްޔާ

The name is already taken The name is available. Register?

ކޮލަމާހުއްޓާ

24 April 2023

3 އަހަރުތެރޭ މަގު ފުނޑިފަ..ނިކަންބަލާ އައްޑުގަމުގަ އިނގިރޭސިން އަޅާފައޮތްތާރުތަކަށް..އަދިވެސް އެއްވެސް ގެއްލުމެއް ނުލިބޭ. މުއިއްޒުކަމެއް ކޮއްފިއްޔާ ވާނީ މިހެން.

The name is already taken The name is available. Register?

އނޑއގ

24 April 2023

ޗައިނާ ވަރެއްނޯންނާނެ. ރތމހށ ނގވވރށ އއޗހ ގވފ ކހނއމވ. ހހހ

The name is already taken The name is available. Register?

މުޝްރިފް.

24 April 2023

މަށަކީ މުއިއްޒް އަށް ތާއިދު ކުރާ މީހެއް ނޫން. އެކަމަކު މަވެސް ގަބޫލްކުރަން އޭނަ މިސަރުކާރުގަ ވެރިންނަށް ވުރެ ހިންގުންތެރިކަން. މަގުވެސް ހަދާނެ ކޮލިޓީ ހުރިކަން. ކުރިންވެސް ހެދި

The name is already taken The name is available. Register?

އަބްޑޫޅް

24 April 2023

ހަމަގައިމުވެސް، ޗައިނާގެ ތާރު މަގު، އިންޑިޔާގެ ކިސަޑު މަގަކަށް ވުރެން ރަގަޅުވާނެ.

The name is already taken The name is available. Register?

ރިޔާޒު ރަށީދު

24 April 2023

މަގުތައް ފުރަތަމަ ހެދީ ވެސް މުއިއްޒު. އޭނާ ކޮށްފި ކަމެއް އަތްދޫކޮށް ނުލެވޭނެ. މަރާމާތު ވެސް އޭނާ ކޮށްފިއްޔާ ޖެހޭނީ އަބަދުކޮށްލަ ކޮށްލަ ތިބެން. މާލޭ ތަރު މަގުތަކުގަ ވަޅުގަނޑު ހެދެން ފަށައިފި 3 އަހަރުތެރޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454