ކުޑަކުއްޖަކަށް ކުރާ އަނިޔާ ދައްކުވައިދޭ ފޮޓޯއެއް: އެފަދަ މައްސަލައެއްގައި ދޮން ބައްޕައަކު ވަނީ ހައްޔަރުކޮށްފައި.
24 އެޕްރީލް 2023 - 00:32
ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތަށް އެ ކުއްޖާގެ ދޮންބައްޕަ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ދެކުނު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ރިޕޯޓެއް މި މަހުގެ 12 ވަނަ ދުވަހު ލިބިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ޖެހިގެން އައި ދުވަހު އުމުރުން 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް "މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކުރީ އެ ކުއްޖާގެ ދޮންބައްޕަ އެވެ.
ޖިންސީ ގޯނާގެ މައްސަލަ ތަހުގީގުކުރުމަށް ފިރިހެންމީހާ 30 ދުވަހުގެ މުއްދަތަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުލްބޭ
24 April 2023
ޖިންސީ ގޯނާއަކީ ރޭޕްތަ؟
ފާނަކޮށި
24 April 2023
އެކިފަހަރު އެބަކިޔާ 60 އަހަރު މީހެކޭ...އަނެއްބައި ފަހަރު ކިޔާ 33 އަހަރުގެ މީހެކޭ...
ސައްތި
24 April 2023
ދެ މައްސަލަ އެއްގެ ވާހަކަ އެއީ
ހަސްނާ
24 April 2023
ދޫކޮށްލާނެ! ކިތައް ކިތަށް ސިޔާސީ މީހުން ބޮޑެތި ޖިނާއީ ކުށް ކޮށްގެން ނޫނީ ސިޔާސީ މީހުންގެ އާއިލާ ނޫނީ އެމީހުންގެ އެކްޓިވިސްޓުން ސިޔާސީ މީހުންގެ ނުފޫޒުން އެތިބީ މިނިވަންވެ ބަނގުރާ އަދި ބޮޑެތި ޖިނާއީ ކުށް ކުރަން ދޫވެފަ؟ މިއީ މިއަދުގެ ހަގީގަތް! ނޫސްވެރިން ތިބީ ސިޔާސީ މީހުންގެ ޖީބު!
ބޮލާކޮޓި
24 April 2023
ދެން ކީއްކުރާނީ މިރާއޖޭގެ ކަންތައް މިދަނީ ހައދުންމަތިން ބޭރަށް ވީއްޔަ
ހާއްތަރި.
24 April 2023
ހައްދުން މަތި އޮންނަނީ ކޮޅުމަޑުލާއި އައްޑޫ އަތޮޅާއި ދެމެދުގައި ..
ގެދާނޯމޮސް
24 April 2023
މިބަޔަކު ރަމްޞާން މަހުގެ ރޭއަޅުކަމުގަ އުޅުނީ މިކުދިންގެ ކަންކަން ފަހަށް ބާއްވާލާފައެވެ.