ފުލުހުންގެ ކާރަކަށް މީހަކު އަރުވަނީ: ތަކުރާރުކޮށް ކުށްކުރާ އެތައް ބަޔަކު މުޖުތަމައުތެރެއަށް ދޫވެފައި އެބަތިބި. -- ފޮޓޯ: މިހާރު
25 އެޕްރީލް 2023 - 06:42
ތަކުރާރުކޮށް ކުށްކުރާ ޒުވާނަކު ވައްކަމުގެ މައްސަލައެއްގައި އިއްޔެ 92 ވަނަ ފަހަރަށް ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގަށް 30 ދުވަހު ބަންދުގައި ބަހައްޓަން އަމުރުކޮށްފި އެވެ.
ކޯޓު އަމުރުގައިވާ ގޮތުން، އުމުރުން 33 އަހަރުގެ މި މީހާ ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށް ފުލުހުން ވަނީ ވައްކަން ކުރަނިކޮށް ފެންނަ ސީސީޓީވީ ފުޓޭޖް ވެސް ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ. އެހެންވެ ވައްކަން ކުރިކަމުގެ އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށް ބަލައި ބަންދަށް 30 ދުވަސް ދިނީ އޭނާގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ފެންނާތީ ކަމަށް ގާޒީ އިބްރާހިމް އިހްސާން ނެރުއްވި އަމުރުގައިވެ އެވެ.
މި މައްސަލާގައި ހިމެނޭ މީހާ ކުރި ވައްކަމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
އުމުރުން 33 އަހަރުގައި 92 ފަހަރު ހައްޔަރުކޮށްފައިވާ ނަމަ އޭނާގެ އުމުރުން 18 އަހަރުވީ ފަހުން އެވްރެޖްކޮށް ކޮންމެ 60 ދުވަހަކުން ކޮންމެވެސް މައްސަލައެއްގައި ހައްޔަރުކޮށްފައިވާނެ އެވެ. އެކަމަކު އޭނާ ދޫވެފައި ހުންނަނީ ކުށެއް ސާބިތު ނުވާތީ ކަމެއް ނުވަަތަ ހުކުމެއްގައި ހުއްޓާ ބަންދުން ދޫވެގެންކަމެއް ނޭނގެ އެވެ.
މި މަހު ކުރީކޮޅު، އުމުރުން 29 އަހަރުގެ މީހަކު 78 ވަނަ ފަހަރަށް އަދި އުމުރުން 41 އަހަރުގެ މީހަކު 59 ފަހަރަށް ހައްޔަރުކޮށް ކޯޓުން ބަންދުގެ މުއްދަތު ދީފައިވެ އެވެ. މިގޮތަށް ތަކުރާރުކޮށް ހައްޔަރުކުރާ މީހުންގެ ތެރޭގައި ގިނައީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނެވެ. އެ މީހުން ގިނައިން ހައްޔަރުކުރަނީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުން އަދި މަސްތުވާތަކެތި ހޯދަން ފައިސާގެ ބޭނުމުގައި ތަކުރާރުކޮށް ކުރާ ވައްކަމާއި ފޭރުމުގެ ކުށްތަކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެކް
25 April 2023
މިގައުމުގެ ހޯމް މިނިސްޓަރަކަށް ޝޭހަކު ނުލައިގެން ވާ ގޮތެއް ތިއީ. އަދި ކޯލިޝަންތެރޭ މިގައުމުގެ އޮތް ހަމައެކަނި ދީނީ ޕާޓީގެ މީހަކުވެސް ނެތިގެން ހަމަ ތިހެންވަނީ. ގައުމުގެ ކަންކަމަށް އައި އިސްލާހެއް ނެތް. އެކަމުވެސް އަދި ދެވަނަ ދައުރަކަށްވެސް އެމީހުން ތިބި ކޯލިޝަނަށް ވޯޓްދޭންވީ.
ހުސްނުހީނާ
25 April 2023
ވަރަށްމުހިއްމު ލަނޑުދަނޑިއެއް ތި ހާސިލް ކުރެވުނީ! ކްލެޕް، ކްލެޕް! އަދިވެސް ދޫކޮށްލާ! އެއިރުން ތި ނަމްބަރު އަދިވެސް މައްޗަށް ދާނީ! ސާބަހޭ!
ގާނޫނު ނުހިނގާ ދިވެހިރާއްޖެ
25 April 2023
ޤަޢުމީ އެވޯޑް ހައްޤު
ތަހިޒީބީ
25 April 2023
މިހާރުގެ ތަހުޒީބީ މުޖުތަމައުތަކުގައި ހިންގާނެ ތިޔަކަހަލަ ކަންކަން. ޖަލަށް ލުމަކީ ބޯދާވިސްނުމެއްކަމަށް ބަލަނީ. މިނިވަންކަން އޮންނަޖެހޭނެ ކަމަށް ބަލަނީ.
އަންދަލޫސިޔާ
25 April 2023
ބަލަ ކީއްވެހޭ އޭނާ މަގުމަތީ އުޅެނީ؟ އޭނާ އަކީ އުކުޅުވެރި ވަގަކަށް ވެފައި ކޯޓަށް ސާބިތުނުވަންޏާ އޭނާއަށް ކޮންމެ ވެސް މަޤާމެއްދީ. އޭނާ ޤާނޫނާ ޚިލާފަށް ދޫކޮށްލިއްޔާ އެމީހަކު ޖަލަށްލާ!
އެނދިމަރިޔަނބު
25 April 2023
މައްސަލަބަލާ އައިއޯއަށް އެންމެ ލުއިވާނީ ހެކިނެތިގެން ފައިލް ކުރީމަ. ހެއްކެއް ހޯދައިފިއްޔާ އެސޮރުމެން ކުރަންޖެހޭނީ އިތުރު މަސައްކަތް. މުސާރަ ލިބޭނެ. ފައިލްކޮއްލީމަ ނިމުނީ.
ކޮރަލް
25 April 2023
ރަށްތައް ކުދި ވެފަ އާބާދީ މަދު ވީމަ ރާއްޖޭގަ ކަންކަން ހައްލު ކުރަން ވ ފަސޭހަ ވާނެ އެވެ. ބޮޑު ފަޅު ރަށެއްގަ ނިދުމާ ކއެުން ހަމަޖައްސާފަ މަސައްކަތް ތައް ދަސްކުރެވޭނެ މެޝިނަރީތައް ބަހައްޓާ ކުއްވެރީން އެތާ އަހަރެއްހާ ދުވަހު ބަހައްޓަން ވީއެވެ. ގަޑިން ގަޑީއަށް ކާންދީފަ ގަޑިއަށް ނިންދަވާފަ މަސައްކަތް ކުރުވީމަ އެމީހުންނަށް މަސައްކަތް ދަސްވެފަ ފައިސާ ވެސް ލިބޭނެ އެވެ. އަދި އިސްލާހްވެސް ވާނެ އެވެ.
މޮރަލް
25 April 2023
އެންމެލައްވާ މަސައްކަތްކުރުވުން ފިޔަވާ ތިބުނާ ހުރިހާ ސިފަތަކެއް ޖަލުގަހުރޭ. ކޮންމެވެސް ވަރަކަށް މަސައްކަތް ކުރާ ބަޔަކުވެސް އުޅޭ. ރީތި އިބާރާތަކުވެސް ތިސިފަކުރެވުނީ ހަމަ ޖަލު.
ރަދީފްއޮފިޝަލް
25 April 2023
ޒުވާނަކު 92 ފަހަރު ހައްޔަރުކުރަން ޖެހުނުއިރު އޭނައަށް ހެޔޮ ނަސޭހަތުގެ މިންވަރެއް ވެސް ދީފައި ނުވާކަން ހާމަވޭ.ރާއްޖޭގަ ނެތް އަސްލު ޒިންމާ އަދާ ކުރާ އެންމެ އިންސްޓިޓިއުޝަނެއް ވެސް.ވެރިކަމަށް އައިސްތިބެ ދެން ބަލަނީ ކުރިއަށް އޮތް 5 އަހަރު ލިބޭނީ ކޮންގޮތަކުންތޯ.މިނޫން އަމާޒެއް ވެރިކަންކުރި އެއްވެސް ވެރިއެއްގެ ކިބައިން ނުފެނޭ.މިއީ ލަދުވެތިވެ ހިތާމަކޮށް ކަރުނަ އަޅަން ޖެހޭ ފަދަ ކަމެއް.ވ.ވެދުން
ޗވފދވގރތ
25 April 2023
ރާއްޖޭގަ ހުރިހާ މޮޅެއް އޮތީ ކުށްވެރިންނާ ވަގުންނާ މިކަހަލަ ހުރިހާ ބަޔަކަށް// ދެން ސިޔާސީ މީހަކާ ގުޅުމެއް އޮތިއްޔާ ބަލާނެ ކަމެއް ނެތް..
ކަރަދުއިބްރާހީމް
25 April 2023
ކޮބައިތޯ އެމް.ޕީންގެ ލަދުހަޔާތް ކޮބައިތޯ ހޯމް މިނިސްޓަރުގެ ލަދުހަޔާތް ކޮބައިތޯ ސީޕީގެ ލަދުހަޔާތް ކޮބައިތޯ ޕީ.ޖީގެ ލަދުހަޔާތް ކޮބައިތޯ ފަނޑިޔާރުންގެ ލަދުހަޔާތް މިއެންމެންގެ ލަދުހަޔާތެއް ނެތިއްޔާ ޤައުމަށް ވާނެ ހަތރު އެއްޗެއް ވަމުން މިދަނީ ފުލުހުންގެ ޤާނޫނެއް އައިމަ ކުށުގެ ވެށި ގަރުބަގަތުމުގެ ކުރިން ހައްޔަރުކުރެވޭނެ ކަމާ އަމަން އަމާންކަން ނުލިބިގެން މިއުޅެނީ ފުލުހުންގެ ޤާނޫނުނެތީމަކަމަށް ދެއްކިވާހަކަ ޕައިލްސްހުންނަ ތަނަށްތޯ މިވަންނަނީ،އިސްތިއުފާ
ކަރަދުއިބްރާހީމްގެބޭބެ
25 April 2023
އެއީ ބޮޑެތިވެފަ ތިބި ހެޔޮވިސްނޭ ފިރިހެނުން. އެމީހުންގާތު އަހާބަލަ އެމީހުންގެ ލަދުހަޔާތް ކޮބައިތޯ؟ އެމީހުންގެ މައިންބަފައިން ގާތުއަހާބަލަ ލަދުހަޔާތް ކޮބައިތޯ؟ ގައުމުގެ އެންމެން ޖަލުތަކަށް ލައިގެން ދައުލަތުން ކާންބޯންދީ ބޭސްފަރުވާ ކޮށްދީގެން އަބަދު ހައްޔަރުގަ ގެންގުޅުމަކީ ވަރަށް ނާތަހުޒީބު ވިސްނުމެއް.
ހައްތާރު
25 April 2023
ޒުވާނުން ކުށުގެ ވެއްޓަށް ދަނީ މިގައުމުގަ ކުރާނެ މަސައްކަތެއް ނެތިގެނެއްނޫން. އަދާކުރާނެ ވަޒީފާއެއް ނުލިބިގެނެއްނޫން. ފައިސާ ހޯދޭނެ ގޮތްތައް ނެތިގެނެއްނޫން. ބަނޑުހައިހޫނުކަން އިތުރުވެގެނެއް ނޫން. އެމީހުންގެ އަޚުލާޤެއް ނެތިގެން. އެހެން މީހުންގެ ބޮލުގަ ޒިންމާ އެޅުވުން ރަނގަޅެއް ނޫން. އެންމެން ޖަލަށްލައިގެން ގެންގުޅުމުގެ ވިސްނުން ދޫކޮށްލާ އެމީހުން އިސްލާހު ކުރެވޭނެ ގޮތެއް ބަލަންވީ.
ޢަރުތަ
25 April 2023
ލަދުހަޔާތެއް ހުރި އެއްވެސް ސިޔާސީޕާޓީއެއްނެތް، ވެރިަކަމަށް އަންނަނީ މުޅިންވެސް ލަދެއް ހަޔާތެއް ނެތްވެރިން، އެހެންނޫންނަމަ ރައްޔިތުންގެ ބައިތުލްމާލު ދިރުވާލައިގެން ހުރަގޭގަ އޮންނާކަށް ނުޖެހުނީސްތާ.