ފޮރިން މިނިސްޓަރު އަބްދޫﷲ ޝާހިދު: އޭނާ ވިދާޅުވީ އިޓްލޮސް ގައި ރާއްޖެ އަށް ކާމިޔާބު ލިބުނީ ބައިނަލްއަގުވާމީ އުސޫލުތަކަށް ބޯލަނަބައިގެން ކަމަށް
28 އެޕްރީލް 2023 - 19:05
ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުން ރާއްޖެ ބޭނުންވި ގޮތަށް މިއަދު އިން ކަނޑައެޅުމުގައި ރާއްޖެ އަށް ކާމިޔާބުވީ ބައިނަލްއަގްވާމީ އުސޫލުތަކަށް ފުރިހަމަ އަށް ބޯލަނބައިގެން ކުރިއަށް ދިއުމުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ނިންމީ ރާއްޖެ އަށް ބޮޑު ބައެއް ލިބޭ ގޮތަށެވެ. ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެ އަށް ލިބެ އެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ.
ރާއްޖެ އަށް ބޮޑު ބައެއް ލިބޭ ގޮތަށް އިޓްލޮސް އިން މައްސަލަ ނިންމުމުން ޝާހިދު ވިދާޅުވީ، އެއީ ރާއްޖެ އަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ. އޭނާ ވިދާޅުވީ އީއީޒެޑްގެ ކަށަވަރުކަން ލިބުނީ ބައިނަލްއަގްވާމީ ނިޒާމަށް ރާއްޖެ އިން ކުރާ އިތުބާރުގެ ސަބަބުން ކަމަށެވެ.
"މިއަދު ރާއްޖެއިން ވަނީ ދެކުނުގެ ކަނޑުގެ ސަރަޙައްދު ކާމިޔާބުކަމާއެކު ކަނޑައަޅާފައި. އަޅުގަނޑުމެން އެކަން ކުރީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ބައިނަލްއަގްވާމީ އުސޫލުތަކަށް ފުރިހަމައަށް ބޯލަނބައިގެން،" ޝާހިދު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.
"ބައިނަލްއަގްވާމީ ނިޒާމަށް އަޅުގަނޑުމެން ކުރާ އިތުބާރުގެ ސަބަބުން އީއީޒެޑްގެ ބޭރުފުށަށް ޔަގީންކަން ގެނެވިއްޖެ."
ރާއްޖެ އަށް ކަނޑުގެ ސަރަހައްދުގެ ބޮޑުބައެއް ލިބުމުގައި އިޓްލޮސްގައި ވަކާލާތު ކުރި ރާއްޖޭގެ ގާނޫނީ ޓީމު ލީޑް ކުރެއްވި ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ކުރެއްވި މަސައްކަތް ޝާހިދު ފާހަގަ ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުރިހާގޮތަކުންވެސް ދިވެހިންގެ އަތޮޅެއް
29 April 2023
ފްރެންޗް އިސްތިއުމާރުގެ ދަށުގައި އިސްތިއުމާރީން މޮރިޝަސްއިން ފޯޅަވައްސައް އަޅުންގެނައުމަކީ އެތަނުގެ މިލްކުވެރިކަން މޮރިޝަސްއަށް ލިބެންޖެހޭ ސަބަބެއްނޫން. ކުރިން އަބަދުވެސް ރާއްޖޭގެ ސްޓޭންޑަކީ ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއްނޫންކަމަށް. އިންގިރޭސިންނާއި އެމެރިކާ އާއި ތޮޅެން ޖެހިދާނެތީ ރާއްޖެއިން ފޯޅަވަހި އަނބުރާހޯދަން ކުރަންޖެހޭ މަސައްކަތްނުކޮށްތިބުމަކީ އެއަތޮޅާއި އެއްވެސް ގުޅުމެއްނެތް ބަޔަކަށް އިންޑިއާ ނުފޫޒުން އެތަން ދޫކޮށްލަންޖެހޭ ސަބަބެއްނޫން.
ދިވެހިންގެ އަތޮޅެއް ނޫން
29 April 2023
އަބަދުވެސް ރާއްޖޭގެ ސްޓޭންޑަކީ ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއް ނޫންކަމަށްވާނަމަ ހަމަ އެނޭވާގަ އެއީ ރާއްޖޭގެ ތަނެއް ކަމަށް ދައުވާކުރަންޖެހޭ. އިނގިރޭސިން ޗާގޯސްގެ ކަނޑާ ބެހޭ ގޮތުން ހުށަހެޅި ކަންކަމަށް ފާޅުގަ ނޫނެކޭ ބުނަން ކެރުނު ރާއްޖެއަށް. އިނގިރޭސިންނަށް ނޫނެކޭ ބުނަން ކެރުނު ބަޔަކަށް އެހެން ކަމެއް ކުރަން ނުކެރުނީ ކީއްވެއޭ؟ މޮރިޝަސްއަކީ ހުރިހާ ގޮތަކުންވެސް ޗާގޯސްއާ ބެހެވޭނެ ބައެއް.
ސަކްސް
29 April 2023
މިގައުމު ހިންގަނީ އިބޫ ގެ ބެލުމުގެ ދަށުން ޝާހިދު. ޝާހިދު 2023
ފޯޅަވައްސަކީ ދިވެހިންގެބިމެއް
29 April 2023
ފޯޅަވައްސަކީ ޕޯޗްގީޒް އިސްތިއުމާރުގެދަށުގައި ރާއްޖޭގެ ބައެއް އޮތްދުވަސްވަރު ފްރެންޗް އިސްތިއުމާރުގެ ދަށުގައި އޮތް ރާއްޖޭ ސަރަހައްދެއް. އިސްތިއުމާރީން މޮރިޝަސްއިން ފޯޅަވައްސައް އަޅުންގެނައުމަކީ އެތަނުގެ މިލްކުވެރިކަން މޮރިޝަސްއަށް ލިބެންޖެހޭ ސަބަބެއްނޫން. އިންގިރޭސިންނާއި އެމެރިކާ އާއި ތޮޅެން ޖެހިދާނެތީ ރާއްޖެއިން ފޯޅަވަހި އަނބުރާހޯދަން ކުރަންޖެހޭ މަސައްކަތްނުކޮށްތިބުމަކީ އެއަތޮޅާއި އެއްވެސް ގުޅުމެއްނެތްބަޔަކަށް އެތަން ދޫކޮށްލަންޖެހޭ ސަބަބެއްނޫން.
ދިވެހިންގެ ބިމެއް ނޫން
29 April 2023
މޮރިޝަސް މީހުން ޗާގޯސް ހޯދަން ކުރިހާ މަސައްކަތްކޮށްފަ ދިވެހިންނަކަށް ނުދެއްކޭނެ.
ހަމަދަން
29 April 2023
ވެރިކަން ނިމޭ އިރަށް މިމީހުންގެ މައްޗަށް ދައުވާ ކުރަންޖެހޭ. ދިވެހި ގައުމުގެ ހައްގުގައި ވަކާލާތު ނުކޮށް އަޑިއަޑިން ސިޓީ ފޮނުވައި ކުރިން ދިވެހިން ބޭނުންކުރި ބައެއް މޮރިޝަސްއަށްލިބޭ ގޮތަށް އަމަލު ކުރީތީ.
ހަމަނުދިން
29 April 2023
ކުރިން ދިވެހިން ބޭނުންކުރި ކަނޑުގެ ސަރަހައްދަކީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއާ އެއްގޮތަށް ބަލާނަމަ ދިވެހިންގެ ފުރިހަމަ ބާރު އޮންނާނެ ތަނެއް ނޫން. ދިވެހިން އެހެން ބައެއްގެ ކަނޑުގެ ސަރަހައްދެއް ބޭނުންކުރީ.
ކަމަބް
29 April 2023
ރާއްޖެއިން ބައެއް ގެއްލުނީ. މޮރިޝަސްއަށް ބައެއް ލިބުނީ. މިކަން ފޮރުވަން ހިޔާ ފްލެޓް ކުލިކުޑަކުރީ
އެނދިމަރިޔަނބު
29 April 2023
ފޯޅަވަހި ނުލިބިގެން ދިވެހިން ރުޅިއަންނަވަރެއް ނުވޭ. ކައިރީހުރި ރައްރަށުގަވެސް އަސާސީޚިދުމަތެއް، ވަޒީފާއެއް ބޯހިޔާވަހި ކަމެއް ނެތް. ސްޕެޝަލް އިކޮނޮމިކް ޒޯން ބެލެހެއްޓެނީއެއް ނޫން. ކަނޑަށް ކުނިއަޅާ ބައެއް.
ޟައިމޫނާ
28 April 2023
ގައުމުގަ ބާކީ އޮތް ތަންކޮޅުވެސް ބޭރުބަޔަކަށްދީ! ދިވެހިން އުފާކޮށް އަތްޖަހާ ސަރުކާރަށް ޘަނާކިޔާނެ.
ގެދާނޯމޮސް
28 April 2023
ތިކަމުގެ އަޑީގައި އިންޑިޔާގެ އަތެއް ނުވެތިހާކާމިޔާބު ވާނެކަމެއް މިސަރުކާރުން ކޮށްފަވާ ކަން އެނިގަފަ ނުވެއެވެ. މަނިކުފާނު ގެ މަގާމު ސާކުގަ އިސްކޮށްދިން ފަރާތަށް ރައްޔިތުން ގެ މުދަލުން ބަޔެއް ދީފަވާ ކަން 2023 ގައި ޖަލުންނުކުމެ ދައްކާލާނެއެވެ.
ޖުކި
28 April 2023
މަށަށް ހީވަނީ މީހަކު ނުދިޔަސް ތިވަރު ވާނެ ހެން. އީކުއަލީ ތީތި ބަހާނެ. ސޮރީ ބްރޯ. އެހާ ގަމާރު ކުުރުވާކަށް ނުވާނެ ދިވެހިން
ޖޖޖޖޖޖޖ
28 April 2023
ގަމާރުން ގިނައީ. ވަރަށް ބޮޑު ޔާމިޔާބެއް ލިބިގެން ބައެއްމީހުން ވެރިކަންވެސް އިބޫއަށް ދީފި.
ކުކި
29 April 2023
ބަޔަކު ނުދިއަނަމަ މޮރިޝަސްއިން މިން އެޅި ގޮތަށް ނިންމީމަ ގެއްލޭ ބައިބޮޑުވާނެ. ހަމަހަމައަކަށް ނޫން އެ ބެހީކީ. ގަމާރުކަން ކެނޑޭނީ ސިޔާސީ ވިސްނުމާ ދުރުވެ ހުރެ ކަންކަމުގެ ވާނުވާ ބެލީމަ.
އޮނަރަބްލް އަފީފު ދީދީ
28 April 2023
އިންޑިއާ ކަނޑުގައިއޮތް އެންމެދޮށީ ޤަދީމީ ޤައުމުކަމުގައިވާ (އިންޑިޔާއަށްވުރެންކުރިން ދައުލަތެއްއުފެދުނު ޤައުމެއް) ދިވެހިރާއްޖޭގެއިމުގެވާހަކަ ޤާނޫޖުއަސާސީގައި ސާފުކޮށްލިޔެފައިވަނިކޮށް އެއަށްއިޙްތިރާމްނުކުރި ސަރުކާރުހެ ޙާރިޖީ ވަޒީރާއި، ދިފާޢީ ވަޒީރު އަދި ދާޙިލީ ވަޒީރު މަޖިލީހަށް ހާޒިރުކޮށް ޤާނޫނުއަސާސީއާއި ފުށުއަރާ މިފަދަ ނިންމުމެއް ނިންމިގޮތާއި ޤއ އާއި ޙިލާފު ނިންމުމަކަށް ވާގިވެރިވިގޮތް ސާފުކޮށް އަންހާ އެކަން ބެލުމަކީ މަޖިލީހުން ކުރާންޖެހޭ ކަމެއް.