ތިނަދޫގައި ލެޕަރޮސްކޯޕިކް ސާޖަރީ ކުރަނީ: މިއަދު އެ ހޮސްޕިޓަލުގެ ފުރަތަމަ ސާޖަރީ ކޮށްފައި ވަނީ ހެނދުނު.--
03 މެއި 2023 - 12:56
ގދ. ތިނަދޫ އަބްދުއްސަަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހެދި ފުރަތަމަ ލެޕަރޮސްކޯޕިކް ސާޖަރީ (ކީހޯލް އޮޕަރޭޝަން) ކާމިޔާބުކަމާ ފުރިހަމަކޮށްފި އެވެ.
އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ސާލިމް އަލީ "މިހާރު" އަށް ވިދާޅުވީ އެ އޮޕަރޭޝަން ކުރީ މިއަދު ހެނދުނު ކަމަށެވެ.
މި އޮޕަރޭޝަންގައި ބައިވެރިވީ އައިޖީއެމްއެޗްގެ ހާއްސަ ޓީމެކެވެ.
ލެޕަރޮސްކޯޕިކް ސާޖަރީތަކުގެ ތަޖުރިބާކާރު ޑޮކްޓަރު، ސީނިއާ ކޮންސަލްޓަންޓް އިން ޖެނަރަލް ސާޖަރީ، ޑރ. އަބްދުﷲ އުބައިދު ލީޑް ކުރައްވައިގެން ކުރިއަށް ގެންދެވި އެ އޮޕަރޭޝަނަށް ދޮޅު ގަޑިއިރު ހޭދަވި އެވެ.
އައިޖީއެމްއެޗުން ދިޔަ ޓީމާއި އަބްދުއްސަަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ސާޖަރީ ކުރިއަށް ގެންދަނީ.
ސާލިމް ވިދާޅުވީ ޕޭޝަންޓުގެ ހާލު ސްޓޭބަލް ކަމަށެވެ. އަދި އިތުރު ދެ ޕޭޝަންޓުން މިއަދު އޮޕަރޭޝަން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލެޕަރޮސްކޯޕިކް ސާޖަރީ އަކީ ބަނޑުގައި ކުޑަ ލޯވަޅެއް ނުވަތަ ލޯވަޅުތަކެއް އަޅައިގެން ކެމެރާ ލައްވައިގެން ކުދި އޮޕަރޭޝަން ޓޫލްސް ބޭނުންކޮށްގެން ކުރެވޭ ހަށިގަނޑަށް ލުއި އޮޕަރޭޝަންތަކެކެވެ.
ތިނަދޫ ހޮސްޕިޓަލުގައި ލެޕަރަސްކޯޕިކް ސާޖަރީ ކުރަނީ.
އެ އޮޕަރޭޝަންތަކަށް ފަހު ބަލިމީހާ ހޮސްޕިޓަލްގައި މަޑުކުރަންޖެހޭ މުއްދަތު އަދި ފާރުތައް ފަސޭހަވުމަށް ނަގާ މުއްދަތު، އާންމު އޮޕަރޭޝަންތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް ކުޑަވާނެ އެވެ.
މިއީ މިހާރު އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި ވެސް ކުރަމުން އަންނަ އޮޕަރޭޝަނެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރިން
04 May 2023
ތި އޮޕަރޭޝަން މީގެ އެތައް ސަތޭކަ އަހަރެއް ކުރިން މިއުޅޭ 'ޢިލްމުވެރިން' ކުރާ ކަމަށްވޭ. ނުވަތަ އޮޕަރޭޝަން ކުރާނެ ގޮތާ ކުރެވޭނެކަމާ މިޒާތުގެ މަޢުލޫމާތުވެސް އެވެރިންނަށް އެނގޭކަމަށްވޭ. އަނެހެން ސައިންސްއާއި ޓެކްނޮލޮޖީގައި އެވެރިންނަށް އެތައް ސަތޭކަ އަހަރެއް ކުރިން ނޭނގޭކަމެއް ވަރަށް މަދު.
ޓީ ޓޮމް
03 May 2023
ވަރަށް ވެސް އުފާވެރި ދުވަހެއް......ޑރ. ޢަބްދުﷲ ޢުބައިދު، ޑރ. ވަހީދު އަދި ޑރ. އަސްޢަދު ގެ ފުލް ޓީމަށް މަރުޙަބާ... ތިޔަކުރައްވާ ހިހްވަރަށް ސާބަސް.
ތެނަދޫ
03 May 2023
ޑރ. ޢަބްދުﷲ ޢުބައިދުގެ ޓީމަށް މަރުޙަބާ. ޑރ ޢުބައިދަކީ ތެނަދޫ އަށް އުފަން ތެނަދޫ ފަޚުރުވެރިވާ ދަރިންތަކުގެ ތެރެއިން ދަރިއެއް