ނަޝީދަށް ދިން ހަމަލައާ ގުޅިގެން ދިން ހަމަލައަށް ފަހު، ފަރުވާ އަށް ޖަރުމަނުގައި ހުންނެވި ދުވަސްވަރުގެ ފޮޓޯއެއް.
06 މެއި 2023 - 21:43
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލަ އަށް މިއަދު ދެ އަހަރު ފުރުނުއިރު، އިންސާފު ނުލިބި ލަސްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގޮތް ބޭނުންފުޅުވާތީ ކަމަށް ނަޝީދުގެ އެންމެ އަރިސް ބޭފުޅުން ވިދާޅުވެއްޖެ އެވެ.
މޭ 6، 2021 ވަނަ ދުވަހުގެ ރޭ 8:27 ހާއިރު ގ. ކެނެރީގެ އިން ނަޝީދު ބޮޑީގާޑުންނާ އެކު ނުކުމެވަޑައިގެން ކާރުކޮޅާ ދިމާއަށް ވަޑައިގަންނަވަނިކޮށް ދިން ބޮމުގެ ހަމަލަ އަށް ދެ އަހަރު ފުރުމާ ގުޅިގެން، ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ އީވާ އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ބަހުގެ ހަމަލަ އަމާޒު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.
"އެ ބިރުވެރި ނުރައްކާތެރި ހަމަލާގެ އަޑީގައި ތިބި ބަޔަކު ނުހޯދި، ރައީސް ނަޝީދަށް އިންސާފު ލިބުނަ ނުދީ ހިފަހައްޓާލައިގެން ތިބީ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވާ ގޮތްކަން ވަރަށް ސާފު،" އީވާ ވިދާޅުވި އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، ސަރުކާރުން އަދިވެސް ގެންދަނީ ހަދާފައި ހުރި ގޯސްތައް ވަންހަނާކޮށް، ފޮރުވަން މަސައްކަތް ކުރަމުން ކަމަށެވެ
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ރައީސް މުހައްމަދު ނަޝީދަކަށް އިންސާފެއް ހޯއްދަވައެއް ނުދެއްވޭނެ،" ނަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައްވަމުން ހަސަން ވިދާޅުވި އެވެ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި އެމްޑީޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތަކުގައި ނަޝީދުގެ ފަޅީގައި ހުންނެވި ހުސައިން އަމްރު ވިދާޅުވީ، ނަޝީދަށް އިންސާފު ހޯދައި ނުދިނުމަކީ ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށެވެ.
ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެ މަނިކުފާނަށް ލިބިފައިވާ ބައެއް އަނިޔާތައް ފެންނަ ފޮޓޯއެއް.
"6 މޭ 2021 ގަ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައުލޫމާތު އޭގެ ކުރިން ސަރުކާރަށް އެނގި ތިބެ އަޅާނުލާ އަދި ހަމަލާ އަށް 2 އަހަރު ވީއިރު އެ ހަމަލާ ރޭވި މީހުން ނުހޯދި ރައީސް ނަޝީދަށް އިންސާފު ނުހޯދައިދިނުމަކީ ރާވައިގެން ހިންގާ ޖަރީމާއެއް،" އޭނާ ވިދާޅުވި އެވެ.
ނަޝީދަށް ދިން ހަމަލައިގެ ސަބަބުން އެ މަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ވެ، ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިވަޑައިގަތެވެ. އަދި އެ އާލާސްކަންފުޅުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އެވެ.
ދައުލަތުން އެ މައްސަލާގައި ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.
މިހާތަނަށް އެ މައްސަލާގައި ހުކުމެއް އައިސްފައި ވަނީ އެންމެ މީހެއްގެ މައްޗަށެވެ. އެއީ ބޮމުގެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމްގެ މައްޗަށެވެ. އޭނާގެ މައްޗށް އައިސްފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.
އެހެން މީސްމީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ގެންދާއިރު، މިދިޔަ އޭޕްރީލް 19 ގައި ބޭއްވި ޝަރީއަތުގައި، އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް ވިދާޅުވީ، އަޑުއެހުންތައް ބާއްވާނެ ގޮތުގެ ތާވަލެއް އެކުލަވާލުމަށް ފަހު ދެ ފަރާތާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އެ ތާވަލް އޮތް ގޮތުން އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ނިންމޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި މަންދޫބު، އިނގިރޭސި ވިލާތުގެ އައްބާސް ފާއިޒް ވެސް ވަރަށް ފަހުން ވިދާޅުވެފައި ވަނީ ޓެރަރިސްޓް ހަމަލާގެ ބައިވެރިންގެ މައްޗަށް ހިންގާ ޝަރީއަތް ލަސްވާ ކަމަށް އިދާރާތަކުން ބުނާ ސަބަބު ބަލައި ނުގަނެވޭ ކަމަށެވެ.
"މި މައްސަލައިގެ ޝަރީއަތް ލަސްވާން ޖެހޭ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ރާއްޖޭގެ ޝަރުއީ އިދާރާތަކަށް ދެއްކިފައެއް ނެތް," ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ހުސައިން ރަޝީދާ މި އަހަރުގެ މާޗު މަހު ބައްދަލު ކުރެއްވުމަށް ފަހު އައްބާސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯނީ
07 May 2023
މިގައުމުގެ ފެންވަރުގަ އެއޮތީ އިންސާފު ލިބޭނެ އެންމެ ބޮޑަކަށް އިންސާފު ލިބިފައި. ދެން ޖެހޭނީ އެފްބީއައިއާ ގުޅަން އެކަން ހިނގީ ކިހިނެތްތޯ ބަލަން.
ކުރި
07 May 2023
ދެއަހަރު ކުރީގެ ހުރިހާ މައްސަލައެއް ހުރި ބަލާ ނިމިފަތޯއްޗެ!
ބަލަމުން
07 May 2023
ފުށްގިރި މައްސަލަ އެކަނި ސަރުކާރަށް ބެލެނީ ޔާމީނު އެކަނި ޖަލަށް ލެވެނީ
ބޮޑުމީހާ
07 May 2023
ތިކަމަށް އިބޫޖެހޭނީ އަދި އިތުރު ކޮމިޝަނެއް ހަދަން. ރިލްވާންގެ މަރުން އެތައް ބަޔަކު ޖަޒުބާތުގެ ޖައްސައިގެން ވެރިކަމަށް އައިސް ހޯދުނު އިންސާފެއްވެސް ނެތް.
ކިންގް ޗާލްސް
07 May 2023
ރައީސް ނަޝީދު އެބޮނޑިބުއީ އަމިއްލައަށް ސެކުއިރިޓީ އަންގާގޮތާ ޚިލާފަށް ރައްކާތެރި ނޫންގޮތްގޮތައް އަމިއްލައަށް ހިތައްއަރާގޮތްގޮތަށް އާއްމުތަންތާނގަ އުޅުއްވަނީ އަނެއްކާ ވެރިކަމުގަ ހައްދުފަޚަނައެޅިމީހުން ޖަލުންދޫކޮށް ބަތަލުންނަށްހަދާ އެމީހުންގެ މޫވްމަންޓު ފަތުރަން ފުރުސަތުދިނީ.. އަނެއްކާ މިހާރު ވެރިކަން ބޭނުންވެގެން ސަލަފާ އެއްއޮޑިއަކަށް އަރަންއުޅޭވާހަކަ އަޑުއިވެނީ
ވަރައްސާފު
07 May 2023
މިސަރުކާރު އައުމާއިއެކު ބޮން އުފެއްދިމީހާ ޓެރެރިޒަމް ގެ މައްސަލައެއްގަ ޖަލުގަ ހުއްޓާ، މިހާރު އޭނާ ހުރީ ރަގަޅުވެފަ ކަމަށް ބުނެ ދޫކޮށްލަ ދިނުމަށް އެދުނީ އަދާލަތާ ސަލަފުގެ ބައިވެރިން. އެހެންވެގެން މިބުނަނީ މީ ރެވިގެން ހިންގި ޖަރީމާއެކޭ.
އިސްމާލި
07 May 2023
އެ ދުވަހުވެސް އަހަރެން ބުނިން އިބޫސޯލިހު ވެރިކަމަށް އައުމަށްފަހު ނަޝީދުގެ ބޭނުން ކެނޑުނީއޭ. އެއީ ރޯގް އެލެމަންޓެއް ނުވަތަ ލޫސް ކެނަން އެކޭ. އެހެންވީމައި ނަޝީދު އެލިމިނޭޓް ކުރުމަކީ ސަރުކާރަށްވެސް އަދި ސަރުކާރު ބެކްކުރާ ގައުމަށްވެސް އެންމެ ބޮލަށް ފަސޭހަވާނެ ގޮތޭ. ކަންކަން މިދާ ގޮތުން އެ ބުނުމަށް އިތުރު ބާރު ލިބޭ.
ކައިރު
07 May 2023
ނަޝީދުއަށް ވީތީ އިންސާފަށް ވުރެ މާބޮޑުކޮށް ސަރުކާރުން މިކަމުގައި މަސައްކަތް ކޮށްދީފިކަމުގެ އިހުސާސް އާންމުފަރުދެއްގެ ހައިސިޔަތުން ކުރެވެއެވެ.
ޔޯޔޯ
07 May 2023
ހަގީގަތުގައި އިންސާފު ލިބިއްޖެ. އެކަން ކުރި މީހުން 24 ގަޑިއިރު ނުވަނީސް ހައްޔަރުކުރި. ދަޢުވާކޮށް ހުކުމްކޮށްފި. ދައުލަތުގެ ލިމިޓެއް ނެތް ބަޖެޓަކުން އޭޑީކޭ އާއި ޖަރުމަނުން ނަޝީދު ކުރާނެ ބޭހެއްކޮށްފި. ދައުލަތަށް ނުތަކާވަރުގެ ގެއެއް ނަޝީދު އުޅެން ދީފި. ސެކިއުރިޓީ ވަރުގަދަކޮށްފި. އިންސާފެއް ނެތި ނަޝީދުގެ އުޅުމަށް. އަޚުލާގަށް. އިސްލާހު ނުވަނީ ނަޝީދު. އިންސާފަށް ލޯބިނުކޮށް ޕްރައިމަރީއަކު ވާދަކޮށްފަ އެހެން ޕާޓީއަކަށް ދިޔުން އެއީ އަސްލު ބިން ގޮއްވުން.
ކެނެޑީ
07 May 2023
ސެޕްޓެމްބަރު 11ގަ އިމާރާތްތައް ގޮއްވާލީ ހަމައެކަނި ބޯޓުދުއްވި ޕައިލެޓުންދޯ. އެގަޑީ ބިންލާދިން ހުރީ ގޭގަ މޭބިސްކަދުރުކާން ވީމާ ބިންލާދިން ފަހާ މުޅި ދުނިޔެ ދުވީ ކީއްވެ؟
ބޮން
07 May 2023
އަމިއްލައަށް ޕޮޕިޔުލަރިޓީ ހޯދަން އަމިއްލަ ޕާރޓީ މީހުން ލައްވާ ކުޅުނު ފިލްމެކޭ ތީ ހަޤީޤަތެއް ނޫނޭ