ޚަބަރު / އެމްއެންޑީއެފް

ރައީސްގެ ސެކިއުރިޓީ ފެއިލްވުމުން ސަސްޕެންޑް ކުރި އޮފިސަރަށް ބްރިގޭޑިއާ ޖެނެރަލްކަން

ރައީސްގެ ސެކިއުރިޓީގެ ކޮމާންޑިން އޮފިސަރަކަށް ހުންނެވި އަބްދުﷲ އިބްރާހިމް: ރައީސްގެ މޮޓޯކޭޑަށް ބަޔަކު ހުރަސް އެޅި މައްސަލައިގައި އޭނާ ސަސްޕެންޑް ކުރީ މާޗް މަހުގެ 21ވަނަ ދުވަހު -- ފޮޓޯ: މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ބަޔަކު ހުރަސް އެޅީ ސަލާމަތީ ކަންކަން ފެއިލް ވުމުން ކަމަށް ބެލެވޭތީ، އެ މަނިކުފާނުގެ ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާ ކަމުން ސަސްޕެންޑްކުރި ކާނަލް އަބްދުﷲ އިބްރާހިމަށް ބްރިގޭޑިއާ ޖެނެރަލްކަން ދީފި އެވެ.

މިއީ ސިފައިންގެ ރޭންކްތައް ބަހާފައިވާ ގޮތުން އެންމެ މަތިން ހަތަރުވަނަ ރޭންކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ހުރަސް އަޅައި، މޮޓޯކޭޑް ހުއްޓުވި މައްސަލައާ ގުޅިގެން ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުން އަބްދުﷲ ސަަސްޕެންޑް ކުރިއިރު އޭނާ ހުންނެވީ ކާނަލްގެ ރޭންކުގަ އެވެ.

އެ މައްސަލާގައި އެމްއެންޑީއެފުން މާޗް 21 ގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން އަބްދުﷲ އެކަހެރި ކުރީ އެފަދަ ކަމެއް ދިމާވުމުން އެ އިދާރާ އިން އަމަލުކުރާ ޕްރޮސީޖަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އަބްދުﷲ އަށް އޭގެ ދެ މަހެއްހާ ދުވަސް ފަހުން މަގާމުގެ ކުރިއެރުން ދީފައިވާކަން އެމްއެެންޑީއެފްގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ. އެކަމަކު ތަފުސީލެއް ނުދެއްވި އެވެ.

ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުން އަބްދުﷲ ސަސްޕެންޑް ކުރުމުން ވަގުތީ ގޮތުން އެ ޒިންމާ ހަވާލު ކުރެއްވީ މޭޖަ އިބްރާހިމް ހަލީމްއާ އެވެ. އެ ޒިންމާ ދާއިމީކޮށް އެހެން އޮފިސަރަކާ ހަވާލުކުރި ކަމެއް އަދި ނޭނގެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް އިދިކޮޅު ބަޔަކު ހުރަސް އަޅައި ހުއްޓުވީ، މާޗް 20 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި އޮތް ޖަލްސާއަކަށް ފަހު، މާލެ ވަޑައިގެން ބޮޑުތަކުރުފާނު މަގުން ޕީޕީއެމްގެ އޮފީހާ އަރާ ހަމަވި ތަނުންނެވެ. އެކަމާ ގުޅިގެން މޮޓޯކޭޑަށް ޖެހުނީ އަނެއް ކޮޅަށް އަނބުރާލައިގެން ދާށެވެ.

އެ މައްސަލާގައި ކަން ހިނގައިދިޔަ ގޮތް ބަލަން އެމްއެންޑީއެފުން ހާއްސަ ކޮމިޓީއެއް ވެސް އެކުލަވައިލި އެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ސިފައިންގެ އެންމެ އިސް އޮފިސަރުން ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ވެސް ކުރި އެވެ. އެކަމަކު، ނަތީޖާއެއް އަދި ނޭނގެ އެވެ.

41 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 0%
icon angry icon angry 24%
icon wow icon wow 9%
icon inlove icon inlove 21%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސިމޯލް މޭން ބިގު ބޮސް

10 May 2023

ތ‫ިޔަ ހިސާބަށް ދެވުނީމަ ދެން އޮތް ހިސާބަށް ދިއުމަށް އެކަކު އަނެކަކު ހަނގުރާމަ ކުރާނެ

The name is already taken The name is available. Register?

ސިފައިންގެމީހާ

10 May 2023

ސިފައިންގެ ވެރިންލެވެލްގައި ތިބީ ހައްތާވެސް މައުމޫންދައުރުގެ މީހުން ދުވަހަކު ހަގުރާމައެއް ނުކުރިއަސް އެވެރިން އެތިބެނީ އަންނަ ކޮންމެވެރިއެއްގެ ބޮލަށް އެރިގެން މަތިފަޑީގައި ބާރަށް ބެއްދޭނެގޮތެއް ހޯދާލަ ހޯދާލަާ، ސިފައިންގެ ތެރޭގައި ހަމައެއްލަމައެއް ނެތް، ފިޒިކަލީ އަންފިޓަކަސް މަގާމުލިބޭ އުސޫލްތަކާއި، ރިޓަޔަރ ކުރަންއޮނަ އުސޫލްތަށް، ބޭސްފަރުވާ އިހްތިރާމްކުރުން މިއޮތީ ހަމައިންނެއްޓިފައި އަދި ވާރކްފޯސް އަށްވުރެ ލީޑަރސިޕް މިވަނީ ބަރުވެފައި

The name is already taken The name is available. Register?

ހުސެން އައްޑޫ

10 May 2023

އަޖައިބެއް ކަހަލަ ކަންތައްތަކެއް ދިމާވާ ދުވަސްކޮޅެއް...

The name is already taken The name is available. Register?

ލަބީދު

10 May 2023

ސޭކުސްތާނު ތަފާތު ވާނެ.

The name is already taken The name is available. Register?

އަލީ1900

09 May 2023

ހަތަރުވަނަ އަށް އެންމެ އިސް ރޭންކެއް ނޫން. މިވަގު ދެވެނެއަށް އެންމެ އިސްރޭންކް. ޗީފް އަކީ މޭޖަރ ޖެނަރަލް. ދެންޖެނެރަލަކީ ރައީސް އިބޫއަށް ވެފައި ލެފްޓިނަންޓް ޖެނަރަލްއަކީ މިނިސްޓަރު މަރިޔާ ކަަމަށްވާނަމަ ހަތަރުވަނަ އަށް އެންމެ އިސްމަޤާ އެއީ.

The name is already taken The name is available. Register?

ބޮޑުމީހާ

09 May 2023

ސަސްޕެންޑްކޮށްފައި ހުރި އެކަކު އޮފީސް ދަތުރެއްގަ ޗައިނާގަ، އަނެކަކަށް މަގާމުގެ ކުރިއެރުން، ޕޮލިސް ބޯޑުގެ މައްސަލައޮތް މީހާއަށް ޝަރަފުވެރިކަމުގެ މެޑަލް، ސަސްޕެންޑް ކޮށްފިއްޔާ ހުރިހާ މުސާރައެއް އެލަވެންސް ބަރާބަރަށް ލިބޭ، މިވަރުގެ އޯގާތެރިވެރިއަކު ނުލިބޭނެ. އިބޫސޯލިހު 2023

The name is already taken The name is available. Register?

އަޙޫ

09 May 2023

މިހާރު މީ ފީބޯ ކުޅުނު ދޫނި ރާއްޖެ... ވެމްކޯ އެމްޑީ ވެސް މުސާރައި އިނަޔަށްތަކާ އެކީ ސަސްޕެންސަނުގަ ޔޯލަ

The name is already taken The name is available. Register?

ބިތްޖެހި

09 May 2023

ކޮބާ މި ބަސްޓުވީ އެއްނު އިސް ލީޓަރު ބުނެގެން ކުޅުނު ގޭމެއްކަން. އެކަމް ގޭމު ކުޅުނަސް ކުޑަ ކުދިން ބަތްކައްކާ ހެން ކުޅުނީމަ އޮއްނާނީ ފަލީހަތް ވެފަ.

The name is already taken The name is available. Register?

ހަސަންބެގެ އާދަން

09 May 2023

ރޭންކް ހައިރާކީގެ ނިސްބަތުން ސީނިއަރ އޮފިސަރުންނަށް ޕްރޮމޯޝަން ބަހަނީ. ކާނަލް ރޭންކްވެސް އަދި ބްރިގޭޑިއަރ ވެސް

The name is already taken The name is available. Register?

އ‫ަންބަލަން

09 May 2023

މ‫ަރުޙަބާ ސަރުޖީ

The name is already taken The name is available. Register?

ސުކުން

09 May 2023

އބްދުﷲ އަކީ ކޭޕަބަލް އޮފިސަރެއް. މާރުހަބާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454