ރިޕޯޓް

ތިމާވެށީގެ ޖޫރިމަނާ އަބަދު ގަލުއަޅާފައި!

ކ. ރަސްފަރީ ފަރަށް 2021 ގައި އެރި ގްރީސްގެ ބަލްކް ކެރިއާ: އެ ބޯޓް ނިސްބަތްވާ ކުންފުނިން 10 މިލިއަން ޑޮލަރު އީޕީއޭ އަށް ދެއްކި

ކ. ރަސްފަރީ ފަރަށް އޯގަސްޓް 2021 ގައި ގްރީސްގެ ބަލްކް ކެރިއާ ބޯޓެއް އަރައިގެން އެ ފަރަށް ލިބުނު ގެއްލުމުގެ ގޮތުގައި 10 މިލިއަން ޑޮލަރު (153 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރުމަށް ފަހު، ފައިސާ ދައްކައި ނިމެންދެން އެ ބޯޓް ރާއްޖޭގައި ބޭއްވި އެވެ. ދިގުމިނުގައި 189.99 މީޓަރު (623.23 ފޫޓް) އަދި 32،415 ޓަނުގެ ބަލްކް ކެރިއާ ބޯޓް ރާއްޖެ އިން ދޫކޮށްލީ އެ އަހަރު ޑިސެމްބަރު މަހު އެ ފައިސާ ދެއްކުމުންނެވެ.

"ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ ކެރިއާ ބަލްކު ބޯޓް ނިސްބަތްވާ ގްރީސްގެ ނަވިއަސް މެރިޓައިމް އިން ފުރަތަމަ ޕޭމަންޓްގެ ގޮތުގައި 6.5 މިލިއަން ޑޮލަރު (99 މިލިއަން ރުފިޔާ) ދައްކަން ތައްޔާރުވުމުން އީޕީީއޭ އިން ޖޫރިމަނާގެ އަދަދު 10 މިލިއަން ޑޮލަރަށް މަތި ކުރި އެވެ. ފަހުން އެ ކުންފުނިން އެ އަގު އެންވަޔަރްމެންޓް މިނިސްޓްރީގައި އިސްތިއުނާފް ކުރުމުން، އެ މިނިސްޓްރީން ވެސް ނިންމީ އީޕީއޭއިން ކަނޑައެޅި އަގު ކުޑަ ކުރެވެން ނެތް ކަމަށެވެ.

"އެ ވަރުގެ އަދަދެއް ކަނޑައެޅީ ފަރަށް އެރުމުން ކުރި ޖޫރިމަނާގެ އިތުރުން ލިބުނު ގެއްލުމަށާއި ފަރަށް ލިބުނު ގެއްލުންތައް އިޔާދަ ކުރުމަށް ކަމަށް ބުނެ،" ނަވިއަސް މެރިޓައިމް ކޭސް އާ ހަވާލަދީ މެރިޓައިމް އެގްޒެކެޓިވް ޑޮޓް ކޮމް ގައި ބުނެފައި ވެ އެވެ.

އެކި ފަރުތަކަށް ބޯޓް ފަހަރު އަރައިގެން އެކި ވަރުގެ ޖޫރިމަނާތައް ކޮށްފައި ވެއެވެ. ބައެއް ޖޫރިމަނާތައް 100 މިލިއަނުން މައްޗެވެ.

ފުވައްމުލަކު ފަރަށް އެރި ބޯޓް: އެ ފަރަށް ލިބުނު ގެއްލުތައް ރިކަވާ ކުރަން މިހާތަނަށް އެއްވެސް ކަމެއް ކޮށްފައެއް ނެތް

ޖޫރިމަނާ ފައިސާ އީީޕީއޭގެ ބަޖެޓަށް އެތެރެވިޔަސް އެ ފަދަ ފަރުތައް ހިމަޔަތް ކުރަން އަދި މިހާތަނަށް އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތެވެ.

ވިއެޓްނާމްގެ އާގު ބޯޓެއް 2016 ގައި ފުވައްމުލަކުގެ ފަރަށް އަރައި، ލިބުނު ގެއްލުމާ ގުޅިގެން ޖޫރިމަނާގެ ގޮތުގައި 633 މިލިއަން ރުފިޔާ ދެއްކުމަށް އެ ބޯޓުގެ ރާއްޖޭގެ އެޖެންޓަށް އެންގި އެވެ.

އެކަމަކު، ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވީ، އެ ރަށުގެ ފަރަށް އެރި "އެމްވީ އެންޖީއޯސީ ސަން" ގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވިޔަސް އެ ގެއްލުންތައް ރިކަވަރު ކުރަން ތިމާވެއްޓާ ބެހޭ އިދާރާތަކުން މިހާތަނަށް އެއް ވެސް މަސައްކަތެއް ކޮށްފައި ނެތް ކަމަށެވެ.

"ގުދުރަތީ ގޮތުން ފުވައްމުލަކު އުފެދިފައި އޮތް ގޮތަށް ބަލާއިރު، އެ ފަރަށް ގެއްލުން ލިބުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކޮންސާންއެއް،" އިސްމާއިލް ވިދާޅުވި އެވެ.

މި މަހު ދިއްދޫ ފަރަށް އެރި އެމްއެމް އެކްސްޕޯޓްގެ ޓަގް ބޯޓް: މިހާރު އެ ޓަގު ވަނީ ފުން ކޮށްފަ

އޭނާގެ ވެސް އަދި ފުވައްމުލަކުން ވާހަކަ ދެއްކި ބައެއް އާންމުންގެ ވެސް ކަންބޮޑުވުމަކީ އެ ރަށުގެ ފަރަށް އެ ފަހަރު ލިބުނު ގެއްލުންތައް ފޫބައްދަން މިހާތަނަށް މަސައްކަތް ކޮށްފައި ނެތުމެވެ.

ރާއްޖޭގައި އެންމެ ގިނަ މަޝްރޫއުތައް ހިންގާ އެއް ކުންފުނި އިންޑިއާގެ "އެމްއެމް އެކްސްޕޯޓް" އަކީ ބާޖްތަކާއި ޓަގުތައް ފަރަށް އެރުމުގައި ބޮޑު ތާރީހެއް އޮތް ކުންފުންޏެކެވެ. މި މަހު ވެސް އެ ކުންފުނީގެ ޓަގް ބޯޓަކާއި ބާޖެއް ވަނީ ހއ. ދިއްދޫ ފަރަށް އަރައިފަ އެވެ.

އެކަމަކު، އެމްއެމް އެކްސްޕޯޓް ފާހަގަވަނީ ޖޫރިމަނާ ދެއްކުމުގައި ބަހަނާ ދައްކާ ބައެއްގެ ގޮތުގަ އެވެ. ކޮންމެވެސް އުޒުރެއް ދައްކައި، ޖޫރިމަނާ ދިގު ދެންމޭނެ ގޮތެއް އަބަދުވެސް ހޯދަ އެވެ. އެމްއެމް އެކްސްޕޯޓްގެ "މުތާ ރޯޔަލް" ނަމަކަށް ކިޔާ ޓަގް ބޯޓާއި "މުތާ ގްރޭސް" ކިޔާ ބާޖެއް ކ. ފުށިދިއްގަރު ފަރަށް 2015 ގައި އެރި އެވެ. އެ މައްސަލާގައި 110 މިލިއަން ރުފިޔާ ދައްކަން އަންގައި އެ ފަރުގެ 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވި ކަމަށް އޭރު އީޕީއޭ އިން ބުންޏެވެ.

ކ. ރަސްފަރީ ފަރު: އެ ފަރަށް ލިބުނު ގެއްލުންތައް އިޔާދަ ކުރުމުގެ މަސައްކަތް ފަށަން އީޕީއޭއިން ދަނީ ތައްޔާރު ވަމުން

ފަރަށް ލިބުނު ގެއްލުންތައް ރިކަވާކުރަން ފުރަތަމަ ފަހަރަށް ޖޫރިމަނާ ފައިސާ ބޭނުންކޮށްގެން މަސައްކަތް ފަށަނީ

ރަސްފަރީ ފަރަށް ލިބުނު ގެއްލުމާ ގުޅިގެން އެ ފަރުގެ ގެއްލުންތައް އިޔާދަކުރުމުގެ މަސައްކަތް ފެށުމަށް އީޕީއޭ އިން މިހާރު ވަނީ ތައްޔާރުވެފަ އެވެ. ނަމަވެސް މައްސަލައަކީ ފަރުގެ ގެއްލުންތަކުން އަރައި ނުގަނެވި، އެތައް ދުވަހެއް ވުމެވެ. ވާހަކަތައް ދައްކަން ތިބެނީ އެވެ.

އީޕީއޭގެ ޑިރެކްޓަ ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވީ ރަސްފަރި ފަރަށް ލިބުނު ގެއްލުން ރިކަވަރު ކުރުމަށް 50 މިލިއަން ރުފިޔާ ހޭދަ ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމަށް ބަޖެޓް ކަނޑައެޅީ ޖޫރިމަނާގެ ގޮތުގައި ލިބުނު ފައިސާ ކަމަށެވެ. އެކަމަކު، އެ ވާހަކަ ދައްކާތާ ވެސް އެތައް ދުވަހެއް ވެއްޖެ އެވެ. އަބަދުވެސް އޮންނަނީ ތައްޔާރީ ހާލަތުގަ އެވެ. އެންމެ ކުޑަމިނުން ކަމެއް ފެށެނީ ވެސް ވާހަކަ ދައްކައިދައްކައި އާންމުން ރުޅިގަދަވެ، ފާޑުކިޔާތާ އެތައް ދުވަހެއް ފަހުންނެވެ.

"މި ސަރުކާރުން ނިންމި ކަމެއް އެއީ ފަރަށް ލިބުނު ގެއްލުންތައް އިޔާދަ ކުރަން. އެ ކަން މި ފެށެނީ ވެސް މުޅިން އަލަށް. "އެ މަސައްކަތުގައި އަދި ކުރިއަށް ދަނީ ޕްރޮކިއުމެންޓް މަސައްކަތް. އެއީ އެ މަސައްކަތަށް ބޭނުންވާ ސާމާނު ހޯދުން،" ނައީމް ވިދާޅުވި އެވެ.

މުރަކަ ދިރުވައި އާލަ ކުރުމުގެ މަސައްކަތް ރާއްޖޭގައި ކުރަނީ

އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް އޭނާގެ އަތުގައި ނެތެވެ. ރަސްފަރި ފަރަށް ލިބުނު ގެއްލުންތައް ރިކަވަރު ކުރުމަށް ބައެއް އެހެން ސަރަހައްދުތަކުން މުރަކަ އާއި ފަރުގެ އެހެން ދިރުތައް ގެނެސް އެ ތަނުގައި އާލާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.

"ގެއްލުން ނުވާނެ ގޮތަށް ބައެއް އެހެން ސަރަހައްދުތަކުން ވަރަށް ކުދިކުދި މުރަކަތައް ގެނެސް އެ ތަނުގައި އާލާ ކުރާނީ. ދެން ދޭތެރެދޭތެރެއިން އެ ތަނަށް އަންނަ ބަދަލު އަޅުގަނޑުމެން ދެނެގަންނާނަން،" ނައީމް ވިދާޅުވި އެވެ.

މި ވަގުތަށް އެ ދައްކަނީ ރަސްފަރި ފަރުގެ ވާހަކަ އެކަންޏެވެ. މީގެ ކުރިން ވެސް ފަރުގެ ގެއްލުންތަކަށް މިލިއަނުން ޖޫރިމަނާ ނަަގާފައި އެބަހުއްޓެވެ. އެކަމަކު، ފެންނަނީ ހަމައެކަނި ދައުލަތުގެ ބަޖެޓަށް ވައްދާ ފައިސާގެ ގޮތުގަ އެވެ. އެ ފައިސާގެ ބޭނުން ހެޔޮގޮތުގައި ނުހިފާތާ ޖޫރިނަމާ ހޯދަން ވެސް އަަވަސް މަސައްކަތަކެއް ނުކުރެވެ އެވެ. ކަމާ ގުޅޭ ވަޒީރުންގެ މޭޒުމަތީގައި ޑޮކިއުމެންޓްތައް ބާއްވައިގެން ތިއްބަވަނީ އެވެ.

ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންކުރާ ޕްލެޓްފޯމެއް މިދިޔަ އަހަރުގެ އޮގަސްޓް 21 ވަނަ ދުވަހު ވިލިމާލެ ފަރަށް އެރި މައްސަލާއި އިންޑިއާގެ އެފްކޮންސް ކުންފުނި ޖޫރިމަނާ ކުރެވޭވަރުވީ އެ އަހަރުގެ ޑިސެމްބަރުމަހު އެވެ. އީޕީއޭ އިން އެފްކޮންސް ކުންފުނި 69.4 މިލިއަން ރުފިޔާ އިން ޖޫރިނަމާ ކުރި ނަމަވެސް އެ އޮންނަ އުސޫލުގެ ތެރެއިން އެ ކުންފުނިން ކުރި ކަމަަކީ ތިމާވެއްޓާ ބެހޭ މިނިސްޓަރަށް އެ ޖޫރިނަމާގެ މައްސަލަ ޑިސެމްބަރު މަހު އިސްތިއުނާފުކުރީ އެވެ. އޭގެ ފަހުން ފަސް ވެގެން ދިޔައިރު ވެސް މިނިސްޓަރު އާމިނަތު ޝައުނާ އަށް ކުރެއްވުނު ކަމެއް ނެތެވެ.

ރައްޔިތުންގެ މަޖިލިހުގެ މިދިޔަ މަހު އިދިކޮޅު މެމްބަރަކު ސުވާލު ކުރެއްވުމުން ޝައުނާ ވިދާޅުވީ، އެފްކޮންސް އަށް އެ މައްސަލާގައި ލުޔެއް ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"މި ޖޫރިމަނާ މާފު ކުރުމުގެ އެއްވެސް ވިސްނުމެއް އަޅުގަނޑުގެ ވެސް ސަރުކާރުގެ ވެސް ނެތް ވާހަކަ ދަންނަވާލަން،" ޝައުނާ އެ ދުވަހު ވިދާޅުވި އެވެ.

އެކަމަކު، އެކި ކަހަލަ ރިވިއުތައް ހެދުމުގައި މުޅި ޕްރޮސެސް ދިގު ދަންމާތަން ނޫން އެހެން ތަނެއް މިދިޔަ ފަސް މަހަކު ނުފެނެ އެވެ. ސަރުކާރަށް ފައިސާއެއް ވައްދަން އުޅުނު ތަނެއް ނުފެނުނެވެ.

އަނެއްކާވެސް އިންޑިއާގެ ކުންފުންޏެއްގެ ވާހަކަ އެވެ. އެމްއެމް އެކްސްޕޯޓްގެ ބާޖެއް 2015 އިގައި ފުށިދިއްގަރު ފަރަށް އެރި އެވެ. އެ މައްސަލާގައި މި ސަރުކާރުން އެ ކުންފުނި 100 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމުން ވެސް އެ ފައިސާ ދައްކަން ހެދި ދެކޮޅެވެ. އެ މައްސަލަ މިނިސްޓަރަށް އިސްތިއުނާފު ކުރުމުން ފައިސާ ދައްކަން ޖެހޭނެ ކަމަށް މިނިސްޓަރު އެންގެވުމުން ވެސް ދެއްކީ ގަދަކަމެވެ.

އެ ފައިސާ ނުދެއްކުމުން އެމްއެމް އެކްސްޕޯޓަށް ދައުވާ ކޮށްދޭން އެދި އީޕީއޭ އިން އެޓާނީ ޖެނަރަލް އޮފީހަށް ފޮނުވުމުން ވެސް ނަތީޖާއެއް ނެރެވޭނެ ގޮތެއް ނުވި އެވެ. ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ މޭޒުމަތީގައި އެ ބާއްވައިގެން ހުންނަވަނީ އެވެ.

ފަރަށް އެރުމުން ދައްކަން ޖެހޭ ޖޫރިމަނާތައް ނުދައްކާ މައްސަލަ އަކީ ރާއްޖެ އަށް ބޮޑު ގޮންޖެހުމެކެވެ. އޮޑިޓަ ޖެނެރަލްގެ އޮފީހުން 2015 އިގައި އާންމުކުރި ރިޕޯޓަކުން ދައްކާ ގޮތުގައި ތިމާވެށީގެ ޖޫރިމަނާގެ ގޮތުގައި އެ އަހަރު އެކަނި ވެސް 2.9 މިލިއަން ޑޮލަރު ސަރުކާރަށް ލިބިފައެއް ނުވެ އެވެ.

އެންވަޔަރުމެންޓް މިނިސްޓަރު ވިދާޅުވާ ގޮތުން ނަމަ މި ސަރުކާރުގެ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ތިމާވެއްޓާ ބެހޭ 40 މައްސަލައެއްގައި 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވެ އެވެ. އޭގެ ތިންބައިކުޅަ އެއްބައި ފައިސާ ދައުލަތަށް ލިބިފައިވާ ކަމަށް އޭނާ ވަރަށް ފަހުން ވިދާޅުވި އެވެ.

އެކަމަކު، ދައުލަތަށް އެ ފައިސާ ހޯދުމުގެ ކަންކަން އެހާ ދިގު ދަންމަ އެވެ. ލިބޭ ފައިސާއިން ފަރުތަކުގެ ގެއްލުން ފޫބައްދަން އެކަށީގެންވާ މަސައްކަތެއް ނުކުރެވެ އެވެ. ޖޫރިމަނާ ނުދައްކާ ފަރާތްތައް ހާމަކުރަން ބިރު ގަނެ އެވެ. އެ ވާހަކަތައް އެހާ ފާޅުގައި ދައްކަން ޖެހިލުންވެ އެވެ. ތިމާވެށީގެ ޖޫރިމަނާއަކާ ޖެހުނީމާ ސަރުކާރު އޮންނަނީ އަބަދުވެސް ގަލުއަޅައިފަ އެވެ.

12 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 14%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުލިހު

19 May 2023

އެމް އެމް އެކުސްޕޯޓު ތޭޖާ މެން ހުރިހާ ވަޒީރުނާ މަޖިލިސް މެމްބަރުންނަށް މިލިޔަނުން ބަހާ. ސަރުކާރު ހުރިހާ ކުންފުންޏަކުން ވަރަށް ބޮޑު އަގުގަ ހުރިހާ އެއްޗެއް ގަންނަނީ އެމްއެމް އެކުސްޕޯޓުން. އެމް ޓީ ސީ ސީ ގެ އާޒިމް މެން ތިބީ ބިލިޔަނަރުންނަށް ވެފަ. ދެން އެމް އެމް އެކުސްޕޯޓާ ކިހިނެއް ކުޅެވޭނީ؟

The name is already taken The name is available. Register?

ޖުހާ

11 May 2023

އިންޑިއާގެ ފެންވަރު މި ލިޔުމުންވެސް އެނގިގެން ގޮއްސި.

The name is already taken The name is available. Register?

ރަން ބިސްއަޅާ ތިމާވެށި ގާނޫން

11 May 2023

ބަޔަކަށް ގަބޫލު ނުކުރެވޭ އަދަދަކުން ޖޫރިމަނާ ކޮށްގެން ތި ފައިސާ ނުލިބޭނެ. ބޯޓު ހައްޔަރު ކުރަނީކީ ނޫން. ނަމެއްގަ ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރެވިދާނެ. އެކަމަކު އެ ދެއްކިޔާތާ ލިބޭނީ! ތިވާގޮތުން ޝިޕިންގ އިންޑަސްޓްރީ ވަރަށް އަވަހަށް ރާއްޖެއާ ފޭއަށް ޖެހެން ފަށާނެ. ކޮންމެ ކަމެއްގަވެސް ހައްދެއް ހުދޫދެއް އޮންނަންވާނެ. ދިވެހީންނަކީ ސަރުކާރަށް ވިއަސް 24 ގަޑިއިރުން މުއްސަނދި ވާން އުޅޭ ބައެއް. އިސްޓިކާ ފައިސާ ދިވެހިން ދެއްކިއަސް ބޭރު މީހުން ނުދައްކާނެ.

The name is already taken The name is available. Register?

އަފީފު ލެގަސީ ސީޝެލްސް

11 May 2023

ޝިޕިން ލައިންތަކުން ގައުމުތަކުން ސޮއިކޮށްފަ ނެތް ތިމާވެށި ހިމާޔަތްކުރުމުގެ ނަމުގަ ތިޔަ ފަދަ ޖޫރިމަނާތައް ދައްކާނެ ކަމަކަށް. ތިމާވެށި ވަޒީރަށް ހީވާކަހަލަ ތިމާ މީނީ ރަން ބިސް އަޅާ ގާނޫނެއް މަތީގައޭ! ހިޔާލީ ފޮލާ ވަޒީރަށް ނޭނގުނު ދިވެހިރާއްޖޭގެ އަތޮޅެއް ބަޔަކު ވަގަށް ދައުވާކޮށް ނެގިއިރުވެސް! މޮރިޝަސް އުފަންވުމުވުގެ ކުރީން މީހުން ދިރިއުޅެމުން އައި ދިވެހިރާއްޖޭގެ އާކިއޮލޮޖިސްޓް ހޯދުންތަކުން ދައްކާ 3000 އަހަރު ކުރީން މިތާ އިންސާނުން އުޅުނުކަމަށް.

The name is already taken The name is available. Register?

ސޯބު

11 May 2023

ހއ އިންނަފިނޮޅު ފަރުމަތީ ބޮޑު ސިންގާ ބާޖެއް ފަރަށް އަރައިގެން އެކި ގޮތްގޮތައް ހޫރި މުޅި ހިސާބު ހަލާކުވަމުންދާތާ ހަތަރު ފަސްއަހަރު ވަނީއެވެ. އެތަން ފެނުނު ސަރުކާރުގެ މުވައްސަސާއެއް ނެތެވެ. ފަރުތައް ހިމާޔަތް ކުރަން މަސައްކަތް ކުރެވޭނީ ދެން މިހާވަރަށް.

The name is already taken The name is available. Register?

ޓިނުބެ

11 May 2023

އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އީޕީއޭ އުވާލަންވީ. ތިޔަ ތަނަކާ ހުރެ މިހާރު ނެތް ދުނިޔޭގަ އުޅެވެންވެސް. ކާޅު ޖަހައިގަނެގެން ގެންދަނިކޮށް ވެއްޓުނު ފިނދަނައެއް ނަގައިގެން އެއަށް ކާންދީ ބޯންދީ ސަލާމަތް ކުރާމީހާވެސް 100 މިލިޔަނުން ޖޫރިމަނާކުރާނެ. މޯހަން، އެފްކޮންސް ކަހަލަ އިންޑިޔާ ކުންފުންޏެއް ވިއްޔާ މޭޒުދަށުން ޑޖ އަށް ބޮނޑިވަރެއް ދިނީމަ ނުނިމޭ މައްސަލައެއް ގޮތުގަ އެކަން އޮންނާނެ ތާއަބަދަށް.

The name is already taken The name is available. Register?

ސަހިްނދާ

11 May 2023

ތިފައިސާ ހަމަޔަށް ބަހާ ކައިނިމިއްޖެ ތާ ކިތަންމެ ޒަމޭނެއް....ތި ފަރަށް ލިބޭ ގެއްލުން ފޫބައްދަން އަނެއްކާ ޖެހޭނީ ޖީއެސްޓީ ބޮޑުކުރަން އެހެންޏާ ކޮތަޅުބޮނޑިން ނަގަފައިސާ ބޮޑުކުރަން<<.

The name is already taken The name is available. Register?

ދޫސްޓޭތޫ

11 May 2023

ކޮއިފުޅާ މިއީ ގަލުއަޅާފަ އޮތް ސަރުކާރެއް. މޯދީގެ ތައްޕާހުންހިގާ ސަރުކާރެއް..އެހެންވީމާ އިންޑިޔާ ކިބައިން ބައިލާރިހޯދަންވެސް ޖެހިލުންވާނެ..ެފައިސާ އިންޑިޔާއިންދޭނީ ދިވެހިންނަށް ބަޖެޓް ހަމަޖައްސަންދޭ ލޯނެއްގެ ގޮތުގާ...ގައުމުވަނީ އަޅުވެތިވެ ދަރަނިވެރި ވެފާ...އުއްމީދެއްނެތް.

The name is already taken The name is available. Register?

އުދުހޭ

11 May 2023

ނައީމު އީޕީއޭގަ ހުރެގެން މިކަމެއް ނުވާނެ. މިނިސްޓަރު ޝައުނާގެ މިސްރާބު ހުރީ އިންޑިޔާ ކުންފުނިތަކުގެ ޖޫރިމަނާތަށް އެކަމަނާގެ މޭޒުމަތީ ބާއްވައިގެން ދައުރު ނިންމުމަށް ކަމަށް ވިސްނޭ.

The name is already taken The name is available. Register?

ނިޒާރު ދިއްދޫ

11 May 2023

ރައްޔިތުން ބޭނުންވަނީ އަމާން ދިރިއުޅުމެއް ބޮޑުން ބޭނުންވަނީ އަރާމު ދިރިއުޅުމެން ގައުމުގެ މުސްތަގުބަލާ މިތަނުގެ ދިރުމާ މެދު ވިސްނަނީ ފަހެ ކާކުހެއްޔެވެ. ތަރައްގީގެ ނަމުގާ ހިއްކާ ފުންކޮއް ހަދާއިރު މިޖަޒީރާވަންތަކައް ގެއްލޭކަން ފަހެ ނޭގެނީ ކާކައްހެއްޔެވެ. ސުމާޓު ފޯނުން މީހުން ތަރައްގީވާނަމަ އަހަރެމެންވެސް މިތިބީ ހަމަ އެތަރައްގީ ލިބިއެވެ. ނަމަވެސް ދުނިޔެއައް ލޯނުހުޅުވި ނިދީގައެވެ. ނޫނީ ފިނިހަކަ ދުވެލީގަ ބައެއްގެ އަޅުވެތިކަމުގައެވެ.

The name is already taken The name is available. Register?

ކަލްޕަނީ

11 May 2023

ރަށެއްގައި ގާދޫޏެއް ގެންގުޅުނު މީހަކު ޖޫރިމަނާކޮށް ފައިސާވެސް އަތުލި..50ހާހުން މަތިން ޖޫރިމަނާ ކުރީވެސް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454