ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: އޭނާ ވިދާޅުވީ ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 100 ބިލިއަނުން މައްޗަށް ވަރަށް އަވަހަށް ދާނެ ކަމަށް --- ފޮޓޯ/މިހާރު
13 މެއި 2023 - 15:49
ރާއްޖޭގެ ނޮމިނަލް ޖީޑީޕީ ފުރަތަމަ ފަހަރަށް 100 ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ވަރަށް އަވަހަށް ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އަމީރް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކާ އެކު ވެސް އިގްތިސާދީ ކުރިއެރުން ހޯދުމަށް ސަރުކާރުން ގެންގުޅޭ މެކްރޯ އިކޮނޮމިކްގެ ސިޔާސަތުތައް ރަނގަޅު ކަމުގެ ހެއްކެއް ކަމަށެވެ.
އިގްތިސާދަށް އައި ގޮންޖެހުންތަކުގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ރަޝިއާ އާއި ޔޫކްރޭން ހަނގުރާމަ އާއި ކޮވިޑް-19 އާ ގުޅިގެން ޗައިނާގެ ބޯޑަރުތައް ހުޅުވާލުން ލަސްވުމެވެ. ނަމަވެސް، 2021 ވަނަ އަހަރާ އަޅާބަލާއިރު 2022 ގައި ރާއްޖެ އަށް ފަތުރުވެރިން އަންނަ މިންވަރު 26.7 ޕަސެންޓް އިތުރުވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަތުރުވެރިކަމުގެ ދާއިރާ ރަނގަޅުވެގެން ދިއުމާއި އަދި ގުޅުންހުރި އެހެން ދާއިރާތަކުން އިގްތިސާދީ ގޮތުން ކުރިއެރުން ހޯދަމުން ދާތީ 2023 ވަނަ އަހަރުގެ ރިއަލް ޖީޑީޕީ ކުރިން ލަފާކުރި 7.6 ޕަސެންޓަށް ވުރެ މިހާރު ލަފާ ކުރާ މިންވަރު 9.4 ޕަސެންޓަށް މައްޗަށް ދާނެ ކަމަށް މިހާރު ލަފާކުރެވޭ." އަމީރުގެ ޓްވީޓްގައިވެ އެވެ.
For the first time, Maldives nominal GDP will surpass the MVR 100 billion mark. This is a testament to the sound macroeconomic policies adopted by the government to achieve steady growth regardless of the multiple crisis we face. pic.twitter.com/z1aC24fp5U
— Ibrahim Ameer (@iameeru) May 13, 2023
ފިނޭންސް މިނިސްޓަރުގެ ޓްވީޓް
- މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންނަށް ވުރެ މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 17.5 ޕަސެންޓް އިތުރު ވެފައިވުން.
- އާ ފްލައިޓް ރޫޓްތަކުން ރާއްޖެ އަށް ދަތުރުކުރުން
- ޗައިނާގެ ފަތުރުވެރިން އައި މިންވަރު އިތުރުވުން
އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެންވެ މި އަހަރު އަންނާނެ ކަމަށް ލަފާ ކުރި ފަތުރުވެރިންގެ އަދަދު މިހާރު އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޮކްޓޯބަރުން ފެށިގެން ރާއްޖެ އަށް މިއަހަރު 1.81 މިލިއަން މީހުން އަންނާނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ މިހާރު ލަފާ ކުރެވެނީ ރާއްޖެ އަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު 1.93 މިލިއަނަށް އަރާނެ ކަމަށް،" އަމީރު ވިދާޅުވި އެވެ.
ރާއްޖޭގެ މިނިމަލް ޖީޑީޕީ 100 ބިލިއަނުން މައްޗަށް ދާނެ ކަމަށް އެންމެ ފުރަތަމަ އިއުލާން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މިދިޔަ އަހަރު ޖޫން މަހު 8 ދުވަހު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި އެ މަނިކުފާނު ވިދާޅުވީ ޖީޑީޕީ އިތުރުވާ މިންވަރު ހުރީ 13 ޕަސެންޓްގައި ކަމަށެވެ. އަދި އެ ދުވަހު ވިދާޅުވީ އިގްތިސޯދީ ދުވެލި ހުރީ ރަނގަޅު މިސްރާބަކަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްކޭމް ސަރުކާރު
14 May 2023
މިޔައްވުރެ ނާގާބިލު ސަރުކާރެއް މިޤައުމުގައި ނުއުފެދޭ. ތަނެއް ދޮރެއް ދޮރާއްޓެއް ނޭގޭ މިހުން މިނިސްޓަރުން ނަށް ލައިގެން ކޮންކަމެއް ކުރެވޭނީ. އެމެރިކާއިން ކިޔެވިޔަސް ތަނެއް ދޮރެއް ނުދަންނަންޏާ ވާނީ ނުދަންނަ ކަމަށް.
ތަފުވަ ކިއެޝާ
15 May 2023
އަމީރަކީ ވ މޮޅު އިކޮނޮމިސްޓުން ގެ ދައްނަ ބޭކަލެއް. އެ ބޭކަލާ ނުދައްނަ ކަމެއް ނޯއްނާނެ ގުދައް މި ދުނިޔެމަތީ. ގޮން ޖަހައިލަން ގޮން ތަ ބޮލައް
އިކޮނޮމިސްޓު
14 May 2023
ނޮމިނަލް ޖީ.ޑީ.ޕީ މަތިވިއިރު، މަތިވީ އުފެއްދުންތެރިކަން އުތުރުވެގެން އެކަނި ތޯ؟ ޗާޕުކުރި ފައިސާ އާއި، އިންފްލޭޝަން އާއި، އިންކަމް ޑިސްޓްރިބިއުޝަން ހުރިގޮތް ބަލަން ޖެހޭ. ދަރަނި ހުރި ގޮތާއި ވެލްތު ކްރިއޭޝަންއަށްވެސް ބަލަންޖެހޭ. މިހުރިހާ ކަމަކަށް ބަލާއިރު، ނޮމިނަލް ޖީޑީޕީ އެއީ މިޤައުމުގެ އިޤްތިޞާދީ ހާލަތު މިންކުރެވޭނެ ރަނގަޅު މިންގަޑެއް ނޫންކަން ވަރަށް ސާފުކޮށް ހާމަވޭ. އެހެންވީ އިރު، ރައްޔިތުމީހާއަށް މިކަން އިޙްސާސެއް ނުވާނެ.
ސަލްސަބީލާ
15 May 2023
ތިޔަ ބުނިވާހަކަ ގޯހެއްނޫން.
ކަހެރުވައް
14 May 2023
ނޮމިނަލް ޖީޑީޕީ މަތިވީމަ ރައްޔިތުން އުފާކޮށް އަތްޖަހަންވީ؟ ކޮބާ ރައްޔިތުން ބޮލުގަ އެޅިފައޮތް 100 ބިލިއަންގެ ދަރަނީ؟ ޖީއެސްޓީ ބޮޑުކޮށް ކޮތަޅުން ޓެކްސް ނަގަންފެށީމަ އިންފްލޭޝަން މަތިވެ ރައްޔިތުން އުފުލަމުންދާ ތަކުލީފު ކޮބާ؟
ގޮދަން ފުށް
14 May 2023
ނޮމިނަލް ޖީޑީޕީ ބޮޑުވިވަރަކަށް ކޮއިފުޅާ ދަރަނި އަނބުރާ ދައްކަން ލާރިވެސް ލިބޭނީ ދައުލަތަށް.
ނޮމިނަލް ޖީޑީޕީ
14 May 2023
؛ނޮމިނަލް ޖީޑީޕީ ބޮޑުވާނެ ގޮތެެއް ބުނަންތަ؟ އެއްޗެހީގެ އަގު ބޮޑުވުމުންވެސް ވަރަށް ޖީޑީޕީ ބޮޑުވެދާނެ. ކަލޭ ގޮދަން ފުށާ ކިހިނެއް ވެގެން ކީކޭ ކިޔާނެމޭ ހިތާތިއުޅެނީ. ނޮމިނަލް ޖީޑީޕީ ބޮޑުވެގެން ކަލޭދައްކާނެ ލޯނެއް ނޯންނާނެ ބޭރުފައިސާ ނުލިބެންޏާ. ކަލޭމެން ރީފައިނެންސް ކޮށްގެން ދަރަނި ދެއްކުން އެއީ ދަރަނިދެއްކުމެއް ނޫން. ކީކޭ ކިޔާނެމޭ ހިތާ ކިހިނެއް ހަދާން ތިއުޅެނީ
ގޮދަން ފުށް
15 May 2023
ރާއްޖޭގެ ޖީޑީޕީގެ އެންމެ ބޮޑު ހިއްސާއެއް އޮންނަނީ ޓޫރިޒަމުގަ. ޓޫރިޒަމަކީ ޑޮލަރުވަންނަ މައި ދޮރު. ޖީޑީޕީ މަތިވުމުން ރަމްޒުކޮށްދެނީ ޓޫރިޒަމް ކުރިއެރި މިންވަރު. އެހެންވީމާ ޑޮލަރު ވަދެގެންތާ ލޯނު ދެއްކޭނީވެސް
ޕަންކަޗޫ
15 May 2023
ބަލަ، އިންފްލޭޝަން އެހާ މަތި ނުވާކަމަށް ތަފާސް ހިސާބުން ދައްކަނީ. އެހެންވީމާ ތިޔަބުނާވަރުގެ ބަދަލެއް ނާންނާނެއްނު ނޮމިނަލް ޖީޑީޕީއަކަށް.
ކްރޫސް
14 May 2023
އެކަކު މިބުނަނީ ފުރަތަމަ ފަހަރަށް އުމުރު 80 އިން މައްޗަށް ޖެއްސިއްޖެޔޯ. އަނެކަކު މިބުނަނީ ނޮމިނަލް ޖީޑީޕީ 100 އިން މައްޗަށް ޖެއްސިއްޖެޔޯ. ދެންހުރި މީހާ މިބުނަނީ ދެކުނުގެ ކަނޑު ހަމަޔަށް ބެހިގެން ދިއުމަކީ ވަރަށްބޮޑު ކާމިޔާބެކޯ. ބުއްދި ސަލާމަތުން ހުރި އެކަކުވެސް މިތާ އެބަހުރިތަ؟
ކަރާފަޅި
14 May 2023
ކަލޭ ނޫނީ ނެތް ބުއްދި ސަލާމަތުންހުރި ހަމަ އެކަކުވެސް
ސަލްސަބީލާ
14 May 2023
އުފަންވާއިރު، އެ ކުއްޖަކު ދުނިޔޭގައި ހުރެވޭނޭ ކަމަށް ބަލާ ޢުމުރު މަތިވުމާ ޤައުމެއްގައި އުފައްދާ މުދަލާ ޚިދުމަތުގެ ޖުމުލަ އަގު މަތިވުމަކީ ޤައުމެއްގެ ނިސްބަތުން ބޮޑެތި ކާމިޔާބީތައް ހަމަ. އޭގެން އަނެއްކާ އެ ރަމުޒުކުރަނީ ޤައުމުގައި ދައުރުވާ ފައިސާ. އެކަމު އެއީކީ އެންމެ ވެރިކަމަކުން ނުވަތަ 5 އަހަރުގެ ދައުރަކުން ވާކަހަލަ ކަންކަމެއްނޫން. ނަމަވެސް އޭރަކު އޮތް ސަރުކާރަކުން ފާހަގަކުރުން، އަދި ކުރިއެރުން ދެމެހެއްޓުމަށް މަސައްކަތްކުރުން މުހިންމު ކަންކަން.
ޓަރޯ
14 May 2023
މި ސަރުކާރު އައި ފަހުން އަޅަންފެށިގެ. 3.5 އަދި 4 ރުފިޔާއަށް ރާނާ ސިމެންތި ޖަހަންފެށީ. 90 ރުފިޔާ އަށް ސިމެންތި ބަސްތާ. މިހާރު 7 އަދި 8 ރ ރާނާ ސިމެންތި ޖެހުމުގެ އަގު. ސިމެންތި ބަސްތާ މިހާރު 160 ރ. ދިވެހި ރައްޔިތުންގެ ޖޮބް ރޭޓް ވީ ދަށް. ވީމާ ގައުމުގެ ހާލަތު ބޮޑުތަނުން ދިޔައީ ދަށަށް މިސަރުކާރުގަ
ޓޮޕިއޯކާ
14 May 2023
އިގުތިސޯދުގައި ދައުރުކުރާ ފައިސާ ގިނަ ކުރި ވަރަކަށް، ގެ އަޅަން ބޭނުންވާ މީހުނާ ގެ ރާނަން ބޭނުންވާ މީހުންވެސް ގިނަވާނެ. އެކަމު މަސައްކަތްކުރަން ތިބޭ މީހުން މަދުވެއްޖެޔާ، ފުރުސަތުގެ ބޭނުން ހިފާލާ ކިޔާލާނެ ބޮޑެތި އަގުތައް. ހިޔާ ފުލެޓެތައް ހެދި އިރުވެސް ހުރިހާ ބޭރު މީހުން، ކަންކުރަން ނޭނގޭއިރުވެސް ގޮސް އުޅުނީ މަސައްކަތް ނަގަން އެހިސާބުގަ. އަގުތައް ހުރީ ރަނަށްވާން ކައިރިވެފަ.
އައްދުު
14 May 2023
ބޭރުން ލޯނު ނަގައިގެން ރާއްޖޭގެ އިގްތިސާދުގެ ތެރެއަށް ލާ، ފައިސާ ޗާޕްކުރީމަ އިގްތިސާދު ތެރޭ އެނބުރޭ ފައިސާ ގިނަވާނެ. ސުވާލަކީ މިބޮލުގަ އެޅުނު އިތުރު ޒިންމާ އެ އަނބުރާ ދައްކަން އޮތް ޕްލޭނަކީ ކޮބާހޭ؟ ރިޒޯޓްތަކުން ލިބޭ ޓެކްސް؟ އެ އެހެންޔާވެސް ލިބޭ އެއްޗެއް. ދައުލަތަށް ފައިސާ ވަންނާނެ އައު ކަމެއް ކުރަން ވިސްނަންހޭ؟ އެކި ނަންނަމުގަ އާންމުން އަތުން ކުދި ކުދި ޓެކްސް ނެގުން އެދެން ވަރަށް އެމެޗާ މޫވްސް ދޯ. ތަންކޮޅެއް ހަރު ކަމެއް ކުރަން އެބަ ޖެހޭ
ލިޕުސީ
14 May 2023
ފަތުރުވެރި ކަމުގެ ވާހަކަ ދައްކަން ލަދުގަންނަންޖެހޭ. ތިބުނާ ފަތުރުވެރިކަމުގަ ދިވެހި ރައްޔިތުންގެ ހިއްސާ %30 އަށްވުރެވެސް ދަށްކޮށް އުޅެނީ. މުޅިންހެން ބިދޭސީ މުއައްޒިފުން.
އަބްދުު
14 May 2023
މީގެ މާނަ އަކީ މިގައުމުގެ އިގްތިސާދު ތެރޭ 100 ބިލިއަން ރުފިޔާ އެނބުރެއޭ. އެބަހުއްޓޭ. އާއްމުން އަތުގަ ހުރި ފައިސާ + މަހުޖަނުންގެ އެކައުންޓްތަކާ އެސެޓްތައް + އިންވެސްޓްމަންޓްތައް + ސަރުކާރުގެ ހަރަދުތައް = ނޮމިނަލް ޖޑޕ. ސުވާލަކީ އާންމުން އަތުގަ އޮތް ޕޯޝަންއަކީ ކިހާ ވަރެއްހޭ؟ އެމީހުން ތެރޭ އެނބުރެނީ ކިހާ ވަރެއްހޭ. ވަކި ބަޔަކު އަތުގަ ފައިސާއާ މުދާ ހުރުމަކުން ރައްޔިތުންނަށް އޮތީ ކޮންކަމެއް. އާންމުންގެ ޕާޗޭސިން ޕަވާ މަތިވީމަ އެއީ ކާމިޔާބެއް ކަމައް ވާނީ
ފެންސު
13 May 2023
މޮޅެތި ނަންނަން ކިޔާނެކަމެއް ނެތް! ބަލާބަލަ މިގައުމަށް ވާގޮތް. ހިސާބުޖަހަޖަހާ ތިއްބާ ގައުމު ގާދޫކޮލުން މިއޮށް ނިކުމެގެން ދަނީ.
މަ ބުނީ
13 May 2023
ކުދި ކުދި ވިޔަފާރިތައް އިނދަ ޖައްސުވުމަށް އެމް ޑަބްލިޔު އެސް ސީ މެދުވެރިކޮށް އެތަށް ހާސް މިލިޔަށް ރުފިޔާގެ މަސައްކަތަ ކުރުވާފައި އެ ކުއްފުނި ތަށް އިނ ދަޖައްސު ވާ ފައި ތިޔަ ހޯދަނީ ލޯ ފަން މީހާ މަތިއްތާ ބޯޓުގެ ކެޕްޓަންކަށް ކުރުން ފަދަ ކާމިޔާބެކެވެ.