ފުލުހެއް: ކުޑަކުއްޖެއްގެ ގައިގައި ޖެހި ފުލުހަކު ޖޫރިމަނާކުރަން ވަނީ ހުކުމްކޮށްފައި --- ފޮޓޯ/މިހާރު
14 މެއި 2023 - 19:48
ކުޑަކުއްޖެއްގެ ކަންކަށިމަތީގައި ޖެހި ފުލުހަކު 18،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އައްޑޫ ފޭދޫގައި އޮގަސްޓް 2016 ގައި މަގުމަތިން ހިނގާފައި ދިޔަ ކުޑަކުއްޖެއްގެ ކަންމަށިމަތީގައި ޖެހި މައްސަލާގައި ދައުލަތުން ދައުވާކުރީ ލ. ހިތަދު އަށް އުފަން ފުލުހެއްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ އެ މީހާ ދައުވާއަށް އިންކާރު ކުރިޔަސް، އެ ހެކިންގެ ހެކިބަހަށް ބަލާއިރު މަގުމަތީގައި ހުރި ރިފްލެކްޓަރެއްގައި އެ ކުއްޖާ ޖެހުމުން އެ ފުލުސް މީހާ އެ ކުއްޖާގެ ގައިގައި ޖެހިކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. އަދި އެ ހާދިސާ ހިނގުމާ އެކު އެ ކުއްޖާ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާއިރު އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތައް ވެސް މެޑިކަލް ލިޔުންތަކުން އެނގެން އެބައޮތް ކަމަށް އެ ހުކުމުގައިވެ އެވެ.
އެ ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، ކުޑަކުއްޖަކަށް ހަމަލާދީފައިވާތީ އޭނާގެ އަދަބު ދަރަޖަ ކޯޓުން މަތިކުރި އެވެ. އެހެން ނަމަވެސް ޖަލު ހުކުމުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ދޭން އެ މީހާ އެދުމުން އޭނާއަކީ ވަޒީފާއެއްގައި ހުރި މީހަކަށް ވާތީ އާއި އޭނާގެ މައްޗަށް ކުރިން އެހެން ކުށެއް ސާބިތުވެފައި ނުވުމުގެ އިތުރުން ދައުލަތުން އެކަމަށް ދެކޮޅު ހަދާފައި ނުވާތީ އެގޮތަށް ކޯޓުން ނިންމި އެވެ.
ޖަލު ހުކުމް ޖުރިމަނާ ބަދަލު ކުރުމުން ޖެހެނީ 18،000ރ. އެވެ. އެ ފައިސާ ތިން މަސް ތެރޭގައި ދައުލަތަށް ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމާބެއްޔާ
15 May 2023
ހެކިބަސް ދިން މީހުން މިހާރު ދުނިޔޭގައި އެބަ ތިބިބާ؟
ކަޑަބޮއް ސައީދު
15 May 2023
ކީއްވެތޯ ވަޒީފާއިން ވަކި ނުކުރީ؟؟؟؟؟
ސޮލިއުޝަން
15 May 2023
7 އަހަރުފަހުން ހުކުމް ކުރެވުން ތިއީ ވަރަށްބޮޑު ކާމިޔާބެއް. އިސްތިއުނާފު ނިމޭއިރު އެކުޑަކުއްޖާ ރިޓަޔަކުރާ އުމުރަށް ނުދާނެކަމަށް އުންމީދުކުރަން
ކުޑަކުއްޖާ
15 May 2023
ޖެހިއިރު އެކުއްޖާގެ އުމުރަކީ ކިހާވަރެއް؟ 18 އަހަރު ނުފުރެންޔާ ކިތަންމެ ނުބައި ކަމެއް ކުރިޔަސް ކުޑަކުއްޖެއް ގޮތަށް ބަލަނީ.
ހެޔޮ އެދޭ
15 May 2023
ތިބާ މޮޔަ ތަ؟ ކުޑަކުއްޖެއްގެ ކަންކަށި މަތީޖެހީ ފުލުސް މީހާ އޭ. ފުލުސް މީހަކަށް ވެވޭޏި 18އަހަރު ވެގެން ދޯ؟
އައްޔަ ބޮޑޭ
15 May 2023
2016ގައި ހިނގިކަމެއް 2023ގައި ހުކުމް ހަތްއަހަރު ފަހުން, ރަނގަޅު, އަދުލު އިންސާފު މިހުރީ.....! އެކަމަކު ޔާމީނުގެ މައްސަލަ ލަސްވެގެން ދެފައިގަ ރެވިތެޔޮ ލައިގެން ބަޔަކުއެބައުޅޭ,
ލޮންބާޑިސް
14 May 2023
ބަސް ނޭހިޔަސް ދަރިން މުސްލިމުންގެ ގޮތުގައި ދުނިޔޭގެ ދުވަސްތައް ހޭދަކޮށްފި ނަމަ އެއީ ބޮޑު ހިތްހަމަޖެހުމެއް ޕޮލިސް އެކަމް ޖަހައިގެން ނުވާނެ
ކެނެޑީ
14 May 2023
2016ގަ ހިނގިކަމެއްގެ ހުކުމް އަދި ތިކުރީ ތަންކޮޅެއް އަވަހަށް.
ޢަހު
14 May 2023
ދައުލަތައް ޖޫރިމަނާ.. އަނިޔާ ލިބުނު ސޮރަށް ލިބުނު އެއްޗެއް ނެތް ދޯ
ފުލުހުން ދޯ ދެން.....
14 May 2023
ފުލުހުން ދޯ! ހެހެހެހެހެ.. އިހަށް ދުވަހު މަގޭ އަންހެން ދަރި ސައިކަލް ދުއްވާފަ ދަނިކޮށް ހުއްޓުވައިފި އާދައިގެ ހެދުމުގަ ހުރި ފުލުހަކު... ހުއްޓުވާފަ އަހަނީ ލައިސަންްސް ކޮބާހޯ. ދެން ލައިސަންސް ދެއްކީމަ ސައިކަލްގެ މަޑިހުޅުވާށޯ ބުނީ. މަޑި ހުޅުވަނީ ކީއްކުރަންތޯ އެހީމަ ބުނީ އިތުރު ވާހަކަ ނުދައްކާ މަޑި ހުޅުވާށޯ.. ދެން މަޑި ހުޅުވީމަ ބަލާފަ ވަރަށް ހުތުރުކޮށް ވާހަކަ ދައްކާފަ ވަރަށް ފުއްޕާލާފަ ހިނގައްޖެެ. މަށަށް އެތަނަށް ނުދެނުކަންް އެއީ އެބުނާމީހާގެ ނަސީބު..
ދޯ ދެން
14 May 2023
އެތަނަށް ދެވުނުނަމަ ކޮންކަމެއް ކުރާނީ. ތީ ހަމަ ހުސް ފޮނު. ކަލޭވެސް ހަޅޭލަވާފަ އަންނާނީ. ކުލަ ހެދުމުގަ ހުންނަ ފުލުހަކު މަގުމަތިން ވެހިކަލް ހުއްޓުވާތަ.
1828
15 May 2023
ހުތުރުބަހުން ވާހަކަ ދެއްކުން ގޯސް.
ބަސާހު
15 May 2023
ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ. ކޮށްމެވެސް ސިޔާސީ މީހެއްގެ ބާރުގަ އެކަހަލަ މީހުން އުޅެނީ
ރައްޔިތުސޮރު
14 May 2023
އެއްވެސްބާވަތެއްގެ އަނިޔާއެއްދިނުމަކީ ގޯހެއް އެކަމަކު އަގަލެއްނެތި އެފާޑަށް ބޮޑެތިވާ ތިކިޔާ "ކުޑަކުދިން" ފުއްޕާފަ އުޅެވެނީ ގޮތެއްފޮތެއްނެތް ހައްޤުތަކެއްދީގެން. ތަރުބިއްޔަތެއް ނެތި ބޮޑެތިވާ ޖީލެއް އުފެދެމުންއެދަނީ... ޓީޗަރުންނަށް ބޮޑެތިމީހުންނަށް މައިންބަފައިންނަށް އަދަބެއް އިޚުތިރާމެއްނެތް! އުއްމީދެއްނެތް ޤަޢުމެއް!