ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން: އޭނާ ވިދާޅުވީ ނަޝީދަށް ތާއީދު ކުރާ މެންބަރުން އެމްޑީޕީން ވަކިވިޔަސް ރައީސަށް ޗެލެންޖެއް ނެތް ކަމަށް
18 މެއި 2023 - 18:59
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތައް އެމްޑީޕީން ވަކިވިޔަސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ޗެލެންޖެއް ނެތް ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދަށް ތާއީދު ކުރާ "ފިކުރެއްގެ ދިރުމުގެ" ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީގެ ބައެއް އިސްފަރާތްތައް ހިމެނޭ ގޮތަށް، އާ ޕާޓީއެއް އުފައްދާނެ ކަން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ. ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާ، އަލަށް އުފައްދާ ޕާޓީ އާ ގުޅުމަށް ކަމަށް ބުނެ ބައެއް ފަރާތްތަކުން އެމްޑީޕާ އާ ދުރަށް ދާން ނިންމާފައިވާ ކަމަށް ވެ އެވެ.
އަލަށް އުފައްދާ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ވެސް ފިކުރެއްގެ ދިރުމުގެ މެންބަރުން އިއުލާން ކުރި އެވެ. ބެލެވޭ ގޮތުގައި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ވާނީ ނަޝީދެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، މިއުވާން ވިދާޅުވީ އެމްޑީޕީގެ އޮންނަ އުސޫލާ ހިތްހަމަޖެހިވަޑައިނުގެން އެ ޕާޓީ ދުރަށް ބައެއް މެންބަރުން ދިޔަޔަސް ރައީސް ހުންނެވީ ވަރަށް ވަރުގަދަކޮށް ކަމަށެވެ.
"ވަކި ބޭފުޅެއްގެ ސަބަބުންނެއް އަދި ޕާޓީ އެތެރޭގެ އިންތިހާބެއްގެ ނޫނީ ޕާޓީ އެތެރޭގެ މެކޭނިޒަމްތަކެއް ގަބޫލުނުކުރެވިގެން ބައެއް ބޭފުޅުން އަދި ފެއަށް ވަޑައިގެންނެވިއެއް ކަމަކު ރައީސް ހުންނެވީ ވަރަށް ސްޓްރޯންގްކޮށް. ޕާޓީގެ ތާއީދު ރައީސަށް އެބައޮތް. ރައީސާ އެކު މަސައްކަތް ކުރާ ޓީމު ރައީސާ އެކު އެބަ އޮތް. އެހެންވީމަ އޭގެ ސަބަބަކުންނެތް ރައީސަށް ޗެލެންޖެއް އޮތްކަމަކަށް ނުފެނޭ،" މިއުވާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ވައުދުތައް ފުއްދެވުމަށް ކަމަށެވެ. އަދި އެއަށް ފަހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެ މަނިކުފާނުގެ ކެމްޕޭން މަސައްކަތް ވެސް ވަރުގަދަ އަށް ހިނގާ ކަމަށް މިއުވާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކަނބާ
20 May 2023
ނަސީދު އާއި އިބޫ ރިންގަށް އަރައިގެންތޯ އުޅުއްވަނީ ޗެލެންޖު ކުރަން.. ލިބޭ މުސާރައާއި އެއްވަރަށް މިމީހުންގެ ބަސްމަގު މިހުންނަނީ... ގައުމުގައި އޮތް އެންމެ ބޮޑު އެއް ޕާރޓީ ބައިބައިވެގެން މިދަނީ އެކަމު މިމީހުން ކަހާތަން ހިރުވާވެސް ނުލާ .. ހުރިހާ ގެއްލުމެއް ރައްޔިތުންނަށް ހާއްސަކޮށް ރައްޔިތުންގެ ތެރެއިން ނިކަމެތިންނަށް
ފުއްޕި މަރިކާ
20 May 2023
ޗެލެންޖު އެއީ މަތިން ފައިބާ އެއްޗެއްތެ ކަލޯ؟ މިސޮރިގެ ބޮޑާކަމާ ފުއްޕިކިންވެސް ސޯލިހުއަށް ގެއްލޭނެ ވޯޓު ހާހުން މަތިވާނެ ޔަގީން
ސޯލިހު ރާޖުކުމާރު އައުޓް
20 May 2023
މިހެން ގަދަބަސް ބުނެފަ ފުއްޕާހަ އުޅޭ އެންމެންވެސް ދާނީ ޗޮކުން!!!
ގަމަތެ
19 May 2023
ދެން ދުވާލަކު 100 ފަހަރައް ނިއުސް ކޮންފަރެންސް ދޭންޖެހޭތަ އެހެންވިއްޔާ ތިއޮއް ތެލިބަލަނީ ޖަލުގެ ގޮޅިއެއް މަތިން ހަނދަންވާވަރުން ގެލިބާލަނީ
2222
19 May 2023
ފެންނަނީ ބޮޑާކަން. މީނަ މިހުރި ޕޯޑިއަމްއަކީ ސަރުކާރުގެ ޕޮލިސީތަކުގެ ވާހަކަ ދައްކަން ހުރި ޕޯޑިއަމްކަމެއް މީނައަކަށް ނޭގޭ ބާ؟ މިތަނަށް އަރާ މިދައްކަނީ އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓްގެ އުއްމީދުތަކުގެ ވާހަކަ.
ޢެޑްމުންޑޯ
19 May 2023
ޗެލެންޖެއް ނެތްކަން އެގިގެންދާނެ ދުވަސްކޮޅެއް ފަހުން
އާ ތަރުތީބު
19 May 2023
ރާއްޖޭގަ އޮތީ އަންނިގެ މިނިވަން ބަރުލަމާނީ ފިކުރާއި މައުމޫނުގެ ރިޔާސީ ފިކުރު. މިވީގޮތުން ރިޔާސީއާއި ބަރުލަމާނީ 2 ގުރޫޕައް ބެހިގެން މިދިޔައީ. އަދި ފެންނަނީ ރިޔާސީގުރޫޕު (އިބޫ’ މައުމޫނު’ ގާސިމް’ ނާޒިމު، އަދާލަތު) މާބޮޑުކަމައް. އަދި އަންނި ޔާމީން (ބަރުލަމާނީ ) މާކުޑަކަމައް. މިއީ އިބޫއައް ލިބުނު ބޮޑުލުޔެއް.
ވަމުންދާގޮތް
19 May 2023
ނުހޮވޭނީ ޗެލެންޖެން މާބޮޑު ނޯންނާނެއެވެ
ޚަމަނަން
19 May 2023
ލިސްޓުގެ ތިންވަނައަށް އިބޫ ވެއްޓިއްޖެ
މޮޔަވެއްޖެ
19 May 2023
ނަޝީދު ތި އުފައްދާ ސިޔާސީ ޕާޓީގެ އަސާސީ ގަވައިދުގަ ޕްރައިމަރީ ބާއްވަންޖެހޭ ގޮތައް ނަހަދާތި އެެހެން ނޫނިއްޔާ އަނެއްކަ އެހެން ޕާޓީއެއް ހަދަން ޖެހިދާނެ.