އިންޑިއާ އިން ހަދިޔާކުރި ތަކެއްޗާ ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު (ވ) މިއަދު ހަވާލުވަނީ.---ފޮޓޯ: އެމްއެންޑީއެފް
25 ޖެނުއަރީ 2017 - 22:09
ދިވެހި ސިފައިންގެ އެކި އުޅަނދުތަކަށް ބޭނުންވާ ބައެއް ސްޕެއާޕާޓްސް އިންޑިއާ އިން މިއަދު ހަދިޔާކޮށްފި އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ރާއްޖޭގެ ސަރަހައްދުގައި ސަވައިލެންސް އޮޕަރޭޝަނެއް ހިންގުމަށް މިހާރު އައިސް އުޅޭ އިންޑިއާގެ ނޭވީ ޝިޕް ކަންކާސޯގައި ބޭއްވި ރަސްމިއްޔާތެއްގައި، އިންޑިއާގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން ޕްރަޝާންތު ހާންޑޫ އެވެ. މި ތަކެއްޗާ އެމްއެންޑީއެފް އިން ހަވާލުވީ މެރިންކޯގެ ކޮމާންޑަރު ބްރިގޭޑިއަ ޖެނެރަލް އަލީ ޒުހައިރު އެވެ.
އެމްއެންޑީއެފް އިން ބުނީ މި އެހީގެ ތެރޭގައި ހިމެނެނީ ކޯސްޓްގާޑް ޝިޕް ހުރަވީ އަށާއި އެމްއެންޑީއެފް ހެލިކޮޕްޓަރަށް އަދި ސިފައިން ބޭނުންކުރާ މާކް ތިނެއް ވެހިކަލަށް ބޭނުންވާ ބައެއް ސްޕެއާޕާޓްސް ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ބްރިގޭޑިއަ ޖެނެރަލް އަލީ ޒުހައިރު ވަނީ އިންޑިއާ ސަރުކާރުން ވެދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ކޯސްޓްގާޑް ޝިޕް ހުރަވީ އަކީ އިންޑިއާ އިން ހަދިޔާކޮށްފައިވާ އުޅަނދެކެވެ. އަދި އެމްއެންޑީއެފް އަށް ދެ ހެލިކޮޕްޓަރު ވެސް އިންޑިއާ އިން ހަދިޔާކޮށްފައިވާއިރު، އަސްކަރީ ހޮސްޕިޓަލް، ސެނަހިޔާ ވެސް އަޅައިދީފައިވަނީ އެ ގައުމުންނެވެ. މީގެ އިތުރުން ވެސް އެމްއެންޑީއެފް އަށް އެކި ގޮތްގޮތުން އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ihaaru.
16 March 2019
ޓާޓާ އިންހަދާ ކާކީކުލަލާފަހުރި ލޮރީތަކެއް ކުސްކުސް
ދިވެހި
28 August 2017
އޮޕަރޭޝަނެކޭ ކިޔައިގެން ސިޔާސީ ގޮތުން ގައުމު ހަލަބޮލިކޮށް ރައްޔިތުން ނުކުންނަން ވާއިރަށް ބިރުދައްކަން ކުރާ ކަމެއް. ޗައިނާ އާއި އިންޑިޔާގެ މަނަވަރުތައް ރާއްޖެއަށް ޖަމާކޮށް ގައުމުގެ އެތެރެ ހަލަބޮލިކޮށް ރައްޔިތުން ގަޔަށް ބަޑި ޖަހަން ޖެހިލުމެއްވެސް ނުވާނެ.
ދަންތުރަ
28 August 2017
ޕެޕަރސްޕްރޭ ހަދިޔާކުރިބާ؟؟ އިންޑިޔާއަކީ އަވައްޓެރި އެކުވެރި ގައުމެއް. އެމީހުން އެފަދަ ކަމެއް ކުރަނެބާ؟؟/ ނޫނީ ޗައިނާއިން އެތަކެތި ހޯދަނީބާ؟؟؟/
އުމަރު
25 January 2017
އިންޑިއާއިން އަބަދުވެސް ތަކެތި ހަދިޔާކުރަނީ މިލިޓަރީއަށް، އެނޫން އެހެންދާއިރާއެއް މިހާރުނުފެނޭ
ޔޫޒްޑް
25 January 2017
ދިވެހި ސިފައިންގެ ބައެއް އުޅަނދުތަކަށް ބޭނުންވާ ތަކެތި އިންޑިއާ އިން ހަދިޔާ ކުރި އިރު ތީ ބާ އެއްޗެހި ތޯ އަދި އާއެއްޗެހި ތޯ ބަލާނީ ކިހިނެއްތޭ. ތަމެން ސިފައިން ތިކަން ވެރިފައި ކުރިތޭ. ތިޔާ ބާ ހެލި ކޮޕްޓަރު ގަނޑު ވެސް ގޮނޑަށް އުކާލާނީ ކޮން އިރަކުންތޭ އެއީއޭ މަމެން ގެ ބެކްއޮފް މައިންޑް އަބަދުވެސް ކުރާ ސުވާލެއްތޭ މީ މަމެންނަށް އަދި ޖަވާބެއް ދޭން ނޭގޭކަމެކޭ އިނގޭ.. އައި އޭމް ޓޯކިންގް އޮފް ޔޫޒްޑް، ޔޫޒްޑް، ޔޫޒްޑް، މެޓީރިއަލްސް. ޑޯން ސްޓޮޕް ޗެކިންގް، ޗެކިންގް، ޗެކިންގް، ފޯރ އިޓް. އޯއް، އޯއް، އާއު، އާއު..
އަން ޔޫސްޑް
09 April 2017
ޝުކުރު ކޮއްބަލަ އެވެސް ލިބުނީތީ. ނޫނީ ރާއްޖެ އަށް ބޭނުންވަނީ އޮންލީ ޕާރކްސް ތަ؟ ހަމަ އަހާލީ
ބަކުރު އެންޑް ޒުބޭރް
25 January 2017
ތިވާނީ ހެލްކޮޕްޓަރު ދުއްވަންއިން ސޮރު ސަލާމަތްކުތަން ދޭ "ސައެއް" ކަމަށް.