ނޮޅިވަރަމް ކައުންސިލް: އެ ރަށުގެ ޓީޗަރަކު ވަނީ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފައި ވަނީ މި މަހު ފުރަތަމަ ދުވަހު.--
22 މެއި 2023 - 23:43
މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ހދ. ނޮޅިވަރަމް ސްކޫލްގެ ޓީޗަރު ވަޒީފާއަށް ނުކުތުމާ އެކު އެ ރަށުގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރުމުން އޭނާ ސަސްޕެންޑްކޮށްފި އެވެ.
އެ ސްކޫލުގައި އިސްލާމް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ ނާއިޒް އިބްރާހިމް މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރީ ކުޅުދުއްފުށިން އައިތަނުން ނޮޅިވަރަމްގެ ބަނދަރުމަތިން މި މަހުގެ ފުރަތަމަ ދުވަހު އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އޭރު އޭނާ ސަސްޕެންޑް ވެސް ކުރި އެވެ.
ނޮޅިވަރަމް ސްކޫލުގެ ޕްރިންސިޕަލް އަދުނާން އަލީ މިރޭ "މިހާރު" އަށް ވިދާޅުވީ މިނިސްޓްރީން އޭނާ ސަސްޕެންޑް ކުރި މުއްދަތު ހަމަވުމުން އިއްޔެ ކިޔަވައިދޭން ނުކުތް ކަމަށެވެ.
އެކަމާ ސްކޫލުގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ކުރުމުން އަނެއްކާވެސް އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށް އަދުނާން ވިދާޅުވި އެވެ.
"މިނިސްޓްރީން ބުނެފައި އިނީ ވަކި ގޮތެއް އަންގަންދެން ގޭގަ މަޑުކޮށްލަން. މުއްދަތެއް ނުދޭ،" އޭނާ ވިދާޅުވި އެވެ.
އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނާ ގޮތުން މަސްތުވާތަކެތި ވިއްކުމުގައި ނާއިޒު އުޅޭ ކަމުގެ އަޑުތައް އެ ރަށުގެ ތެރޭގައި ކުރިން ވެސް އިވެ އެވެ.
ނާއިޒް އަކީ ސްކޫލްގެ ގަޑިތަކަށް ވެސް ފަރުވާ ކުޑަ މީހެއް ކަމަށާއި ދަރިވަރުންނަށް ނަގައިދޭން ޖެހޭ ފިލާވަޅުތައް ނަގަން ސްކޫލަށް ހާޒިރުނުވާ މައްސަލަ ބެލެނިވެރިން މީގެ ކުރިން ވެސް ސޫކޫލަށާއި ކައުންސިލާ ހަމައަށް ވެސް ގެނެސްފައިވާ ކަމަށް ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމްރާންް
23 May 2023
ކުޑަކުދިންނާއި ބެހިގެންނާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ގުރުއާން ޓީޗަރުންނާއި އިސްލާމް މުދައްްރިސުން ހައްޔަރުކުރާ ޚަބަރުތައްގިނަ
ނޮޅިވަރަން
23 May 2023
"ނޮޅިވަރަމް ސްކޫލުގެ ޕްރިންސިޕަލް އަދުނާން އަލީ މިރޭ "މިހާރު" އަށް ވިދާޅުވީ މިނިސްޓްރީން އޭނާ ސަސްޕެންޑް ކުރި މުއްދަތު ހަމަވުމުން އިއްޔެ ކިޔަވައިދޭން ނުކުތް ކަމަށެވެ." މިތަންކޮޅު މި އޮތީ އޮޅުވާލައިފަ. އޭނާ ނުކުތީ ކިޔަވައިދޭކަށް ނޫން. އޭނާ އަށް ގަޑިއެއް ހަމަޖައްސާފަކަ ނެތް. ހަމައެކަނި ޗެކިން ވެލާފަ ގެޔަށް ދިޔައީ. މިހެން މިކަން ވުމުން ބެލެނިވެރިން ނަށް ހީކުރެވުނީ އޭނާ ކިޔަވައިދޭން އައީކަމަށް.
ކޮރަލް
23 May 2023
ޗެކިން ވާން ޖެހޭ މައްސަލަ އެއް ނޫނެވެ ވަޒީފާއިން ވަކި ކުރަން ޖެހޭ މައްސަލަ އެކެވެ ޑްރަގް ހުރީ އަތުގަ އެވެ.
ޢިސްލާން ސޯ
23 May 2023
ސަސްޕެންޑްކުރީމައި ޗެކިން ވެލާކަށް ނުޖެހޭނެ!
ކޮރަލް
23 May 2023
ޑްރަގާ އެކު ހައްޔަރު ކުރީމަ ވެސް ވަޒީފާ އިން ވަކި ނުކުރި އެވެ. މީ ވ ބޮޑު ވަރެކެވެ.
ަހަސަން ކުރުސް
23 May 2023
ޑްރަގު ވިއްކާ ކައިބޮއެ ހަދާކަމަށް ރަށުތެރޭގައި ވާހަކަ ދެކެވިފައި ހުއްޓާ، ޑްރަގާ އެކު ހައްޔަރު ކުރީމަ ދެން ތިކަމުގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތް. އޭނާގެ ދިފާޢުގައި އުޅޭ ބަޔަކު ހަލާކުވެގެންދާނީ.
އަބްޑޫޅް
23 May 2023
ތިޔައީ ސަގާފީ ކަމެއް. އިހުގަ، ދީނިއްޔާތު ކިޔަވާދޭ ހުރިހާ އެދުރުންނަކީވެސް، ގަވާއިދުން އަފިހުނާއި ސަބުޖު ބައްލަވާ ބޭކަލުން.
ޢަރުތަ
23 May 2023
ބަލަގަ މަސްތުވާ ތަކެއްޗާއެކު ފުލުހުން ހައްޔަރުކުރިމީހަކަށް، މިނިސްޓްރީން އޭނާ ސަސްޕެންޑް ކުރި މުއްދަތު ހަމަވިއަސް ވަޒީފާއަށް ނުކުމެވޭތަ.
އަހްމަ
23 May 2023
އަހަރެންގެ ހިތަށް އަރަނީ އެފަދަ މީހުންނަށް ކިޔަވައިދެވޭނީ ކޮން އިސްލާމެއްހޭ؟؟