މުޒާހަރާއަކުން މީހަކު ހައްޔަރުކުރަނީ: މުޒާހަރާއަކުން ހައްޔަރުކުރި ބަޔަކަށް ކޯޓުން ކުރި ޝަރުތުތައް ހައި ކޯޓުން ވަނީ ބާތިލް ކޮށްފައި --- ފޮޓޯ/މިހާރު
29 މެއި 2023 - 06:25
އިދިކޮޅު ޕީޕީއެމްގެ މުޒާހަރާއަކުން ހައްޔަރުކުރި ބަޔަކު ރޭގަނޑު ވަކި ވަގުތެއްގައި ގެއިން ބޭރަށް ނުކުތުން މަނާކުރުން ހިމެނޭ ގޮތަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތުތައް ހައި ކޯޓުން ބާތިލްކޮށްފި އެވެ.
މިދިޔަ މަހު ޕީޕީއެމްގެ މުޒާހަރާއެއްގެ ތެރެއިން އަށް މީހަކު ހައްޔަރުކުރީ އާންމު ދަތުރުފަތުރަށާއި ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ތުހުމަތުގަ އެވެ. އެކަމަކު ކްރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލީ އޭގެ ތެރެއިން ހަތް މީހަކު ރޭގަނޑު ވަކި ވަގުތެއްގައި ގެއިން ބޭރަށް ނުނިކުތުމަށާއި ތަހުގީގަށް އެއްބާރުލުން ދިނުމާއި ފުލުހުންގެ ހުއްދަ ނެތި މާލެއިން ބޭރަށް ނުދިއުމަށް ޝަރުތުކޮށްފަ އެވެ. އަށް ވަނަ މީހާ ގެއިން ބޭރަށް ނުނިކުންނަ ޝަރުތު ނުކުރިޔަސް، ދިރިއުޅޭ އެޑްރެސް ބަދަލުވެއްޖެނަމަ އެކަން ފުލުހުންނަށް އަންގަން ޝަރުތުކޮށްފަ އެވެ.
އެ މައްސަލަ އެ މީހުންގެ ފަރާތުން އިސްތިއުނާފް ކުރުމުން، އެ މީހުންނަށް ކުރި ޝަރުތުތައް ހައި ކޯޓުން އިއްޔެ ބާތިލްކުރީ ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ހުރިކަމާ މެދު ދަށު ކޯޓުގެ އަމުރުގައި ގޮތެއް ނިންމާފައި ނުވާތީ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ޝަރުތުކޮށްފައި މީހަކު ދޫކުރެވޭނީ ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި ހުރެގެން ކަމަށާއި އެކަމަކު ކްރިމިނަލް ކޯޓުގެ އަމުރުގައި ހެއްކާ ބެހޭ އެއްވެސް ވާހަކައެއް ފާހަގަކޮށްފައި ނެތް ކަމަށެވެ.
އެހެންވެ، އެ ޝަރުތުތައް ކުރި އަމުރު ބާތިލްކުރީ ކަމަށް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހުސައިން މަޒީދުގެ އިތުރުން ފަނޑިޔާރު އަހުމަދު ޝަކީލެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެށި
29 May 2023
ޕަބްލިކް ޓްރާންސްފޯޓް ނިޒާމަށް ގަސްދުގައި ހުރަސް އެޅުމަކީ މުޖުތަމަޢުގެ ސަލާމަތަކަށް ހުރި ނުރައްކަލަކަށް ނުވޭތޯ؟ ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވާސްވީ މީހުން ބޮޑު ބަހެއްގެ ތެރޭގައި ތާށިވެ ވަށައިގެން ހޯބޯ ލަވާއިރު އެ ބަހުގެ އެތެރޭގައި ތިބި މީހުންނާއި ކުދިންނާ ކުރާ ނަފްސާނީ އަސަރުތަކަކީ ހަމަ އަޅާނުލާ ދޫކޮށްލަންވީ ކަމެއްބާ.
ޢަލިމަނިކު
29 May 2023
ކުރިމިނަލް ކޯޓުން މި 8 މީހުނަށް ގާނޫނާ ގަވައިދާ ޚިލާފަށް ހުކުމެއް ކުރިކަން މިއޮތީ ވަރަށް ސާފުކޮށް އެގެން. އެ ހުކުމް ކުރި ގާޒީ ހަމަހެވިފަ ހުރެވޭތަ. ކޮބާއަޅާ ފިޔަވަޅަކީ؟
ސުންދުސް
29 May 2023
ޚަބަރު ކީންތަ؟ އެމީހުންނަށް ކުރި އަމުރުގައި ކުށަކަށް ތުހުމަތުކުރެވޭ ހެކި ހުރިކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި ނެތުމުން އެ އަމުރު ބާތިލުވީ. ޔާމީން ވެސް ކުރީ ފަަހަރު ސްޕްރީމް ކޯޓުން ސަލާމަތްވީ އެފަދަ އިދާރީ އޮޅުމަކުން. އިޖުރާޢަތްތައް ފުރިހަމަ ނުކޮށްގެން މިނިވަންވުމަކީ ކުށް ނުކުރާ ކަމުގެ ހެއްކެތްނޫން. ސާބިތު ނުވުމަކީ ނުކުރާކަމުގެ ޕްރޫފެއް ނޫން!
މުޖުތާޒު
29 May 2023
ބަލަގަ ދިވެހިރާއްޖޭގަވެސް ގާނޫނާ ގަވާއިދެއްއޮވޭ ކޯޓުތަކުގެ ފަޑިޔާރުންނަށް ބިރުދައްކައިގެން ސަރުކާރުން ބޭނުންވާހާގޮތަކަށް ހުކުމް ކުރިޔާސް މިހާރު ދިވެހިންނެއްނުތިބޭނެ އެގޮތަށްފިތިގެނެއް އަދި ހުރިހާ ފަޑިޔާރުންނަކީ ރިޝްވަތަށްވިކޭނެ ބައެއްނޫން
ވިހާނާ
29 May 2023
ދައުލަތުން ބޭނުންވާ މަގްސަދު ހާސިލް ކޮށްފަ އެއޮތީ..އޭގެ އެތައަ މަހެއް ފަހުން އަމުރު ބާތިލް ވިޔަސް މީހުނަށް އަދަބު ލިބިފަ އޮންނާނީ..މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދަން އެދުނަސް ހަދަނީ އެހެން.. ކޯޓަށް ދަނީ ކޯޓުތައް ނިމޭއިރު ހުންނާނީ ދައުރު ހަމަވެފަ..
މިހާރު ވެހިކަލުތަކަށް ހުރަސް ނާޅާ
29 May 2023
ތި 8 މީހުން ހައްޔަރު ކުރިފަހުން އެސަަރަޙައްދުން ދުއްވާ ވެހިކަލްތަކަށް ހުރަސް އަޅާ ވާހަކައެއް އަޑެއް ނީވެއެވެ. މިހާރު ދޫކޮށްލީމައި އަނެއްކާވެސް ދަތުރު ކުރާ އުޅަނދު ތަކަށް ގޯނާ ނުކުރައްޗެވެ.!