ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ: ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރުން ކޯޓުން ހުއްޓުވި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މަޖިލިސް
29 މެއި 2023 - 14:25
ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އެންގި އެންގުމާ ދެކޮޅަށް ދައުލަތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އުސޫލާ ހިލާފަށް ރަޖިސްޓްރީކުރި ކަމަށް ބުނެ 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމާފައި ވަނިކޮށް އޭގެ ތެރެއިން 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުނީ އޭގެ ތެރެއިން ބައެއް ވެހިކަލްތަކުގެ ވެރި ފަރާތްތަކުން ދައުވާ ކުރުމުންނެވެ.
ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ނިންމާފައި އޮތީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ. އެހެންވެ، ހައި ކޯޓުގައި ނިންމުން ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފަށް ހުށަހެޅި އެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ އިއްޔެ ނިންމެވީ ހައި ކޯޓުގެ ނިންމުން ގޯސް ކަމަށް ބަލަންޖެހޭ ގާނޫނީ ސަބަބެއް ދައުލަތަށް ބުނެދެވިފައި ނުވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ގަވާއިދު އޮންނަ ގޮތުން ރަޖިސްޓްރާގެ ނިންމުންތައް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
30 May 2023
ބަޔަކު މީހުން ގުޅިގެން ކޮށްފަހުރި ބޮޑެތި ވައްކަން ތިހުންނަނީ، ގޭގެ ވެރިމީހާ އަށް ލިބޭ ގެއްލުމުގެ ބަދަލު ކޮންމެވެސް ދުވަހަކުން ނަގާދޭނެ ކަމަށް އުއްމީދު ކުރަން، މިކަން މިހާހިސާބުން ނިންމާނުލެވޭނެ، އަމިއްލަ ވެހިކަލެއް ހޯދައިގެން ގޭގެ ގަރާޖުގަ ރަޖިސްޓްރީކުރަން ބަލާލިއިރު ލޮލުންވެސް ނުދެކޭ ނުވެސް ދަންނަ ކޮންމެވެސް ރަށެއްގެ ބޭފުޅެއްގެ ޕިަކޕެއް ރަޖިސްޓްރީކޮށްލައިގެން ހަމަ ދުއްވާ ނަގަނީ، ފުލުހަށް، ސިޓީކައުންސިލަށް، ޓްރާންސްޕޯޓަށް ދެވިއްޖެ، ވީކަމެއް ނެތް.
ބލވރކނ
30 May 2023
މިހާރުވެސް އެބައިން އައިބޭގަ ގަރާޖު ސިޓީ އިސްތިހާރުތަށް. މިކަން ހިނގާކަން ނޭނގެނީ ނަހުލާ އަށާއި އިބޫ ސޯލިހަށް އެކަނި
ކުކު ޅޭ
29 May 2023
އެދިފައިވާ ރަޖިސްޓްރީތައް ބަތިލު ކޮށްފީމެވެ
ގެދާނޯމޮސް
29 May 2023
މިމަންޖެ އަދިވެސް ކޯލިޝަންގެ ސްލޮޓްގަތޯއެވެ؟
އަސޭލ
29 May 2023
އާ ކޯލިޝަން ގެ ސްލަޓެއް. ގަ