ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ: ފުލުހުން ބުނީ މިރޭގެ އެއްވުމުގައި ގާނޫނާ ޚިލާފު އަމަލު ހިންގަން ބަޔަކު މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް-- ފޮޓޯ: މިހާރު
02 ޖޫން 2023 - 18:54
ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބެހި ގޮތުން ގެއްލުންވީ ރާއްޖެ އަށް ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ސަރުކާރާ އިދެކޮޅު ފަރާތްތަކުން މިރޭ ބާއްވާ އެއްވުމުގައި ގާނޫނާ ހިލާފު އަމަލު ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އިމުގެ މައްސަލާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެހެން ބައެއް ސިޔާސީ ޕާޓީތަކާ ގުޅިގެން ހަދާފައިވާ ކޯލިޝަނުން އަންނަނީ މިރޭ މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ. އެ އެއްވުން އޮންނާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗް ސަރަހައްދުގަ އެވެ.
އެކަމާ ގުޅިގެން މިއަދު ހަވީރު ފުލުހުން ނެރުނު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިރޭގެ އެއްވުމަށް އެހެން ރަށްރަށުން ވެސް މީހުން މާލެއަށް އަންނަ ކަމަށާއި ބައެއް މީހުން ގާނޫނާ ހިލާފު އަމަލުތައް ކުރުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންކަމުން، އެ ހަރަކާތުގައި އާންމު ސުލްހަ އަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރުމަށާއި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކުރިއަށް ގެންދިއުމަށާއި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުކުރުމަށް ފުލުހުން އިލްތިމާސްކުރި އެވެ.
ފުލުހުން ބުނިގޮތުގައި، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ސުލްހަވެރި ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ދިނުމާއި އެ ހަރަކާތެއް ބާއްވާ ތަނެއްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ފުލުހުންގެ އިދާރާ އިން ހާއްސަ އިސްކަމެއް ދޭ ކަމެކެވެ.
ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިޓްލޮސް އިން ނިންމީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި މޮރިޝަސް އަށް 45،331 އަކަކިލޯ މީޓަރުގެ ސަރަހައްދެއް ދޭށެވެ.
އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ. އެކަމަކު އެގޮތަށް ދިމާވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އެ ސިޓީފުޅު އަނބުރާ ގެންދިއުމަށް ގޮވާލައި އިދިކޮޅުން ވަނީ ރައީސަށް ޕެޓިޝަނެއް ވެސް ހުށަހަޅަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަގުޑި
02 June 2023
ތިބުނަނީ ހުރިހާ ފުލުހުންނަކީ އަލިފެކޭތަ ؟؟!
ސުންދުސް
02 June 2023
މިއީ ޕީޕީއެމް އިން މަކަރަކުން ހިންގާ ކަމެއް. ފެށޭނީ ޗާގޯސްއިން. ނިމޭނީ ރައީސް ޔާމީން ދޫކޮއްލާ. ހަރާން ހުކުން ގޮވަމުން. ޤާސިމްއަށް އެނގޭ މިހާ ބޮޑު ހަލާލު ހުކުމެއް ނުކުރާކަން!
މަރުދާން.
02 June 2023
ޤާސިމް އަކީދޯ ރާއްޖޭގައިހުރި އެންމެ މޮޅު ޤާނޫނީ މީހަކީ ؟ ޤާސިމް ކައިރިން ދޯ އޭ ތިއަހަނީ
ތެދު
02 June 2023
ނަޝީދު ނޫން މީހަކު ވެރިކަމަށް އަންނަން އޭނައެއް ނޭދޭ: ގާސިމް
އާރީ
02 June 2023
ސަލަފުން މި ދަނޑިވަޅާ ދިމާކޮށް މިނިވަންކަމޭ ކިޔާ ގައުމް ފަސާދަ ކުރަށް ދަރުސް ދިނީ މީހުން ލޭ ކަންކުވަން. ވައިގަ ނުހިފީމަ އެތިބި ކަޑަވެފަ. މިހާރު ސޭހުން ކޮޅު ފާޑް ފާޑް އެއްޗެހި ސޯސަލުމީޑިޔާގަ މި ލިޔަނި ވަޖިބޭ އެތަނަށް ދާށޭ ކިޔާގެން. ކޮންކަހަލަ ބައެއްތަ މީ އަޅެ.
ޒަމީޒް
02 June 2023
ތިޔަ މީހުން މާދަށް ކަންނޭ އެކަކު އެނެކަކަށް ވަގަށް ގޮވާނި. ވެރިކަމާ ހެދި ކޮންމެ މީހަކުވެސް މި ހޭބަލި ވަނި. ކޮން ޗާގޯސް އެއް ނުލިބިގެން މި އުޅެނި. ދަރިންކޮޅު ނުބެލި ހެންޓިގެން އުޅޭބަޔަކު
މޯޑް
02 June 2023
ތި އެއްވުމުގަ ތިބީ އަމިންލަ އެދުމުން ވެރިކަމާ ހެދި ފޯވެފަ ތިބި ސިންގާތަކެއްފަދަ ބައެއް. ގާސިމް އެއްމެ ބޯ ބޮނޑީ ތިކަމުން ސަލާމަތް ވީ ވިއްޔާ.
ރަށްއިތުމީހާ
02 June 2023
ގާނޫނާ ހިލާފް ވެއްޖެ ނަމަ ގާނޫނީ ފިޔަވަޅު އަޅަށްޖެހޭ.
އޮނަރަބްލް އަފީފު ދީދީ
02 June 2023
"ސަރުކާރާއި ދެކޮޅަށް" އިހްތިޖާޖުކުރަން ރައްޔިތުންނިކުންނަނީ ޤާނޫނުއަސާސީގެ ފުރަތަމަބާބުގެ 3 ވަނަ މާއްދާއާއި ސަރުކާރުން ޙިލާފުވެފައިވާތީ އިގޭތަޮ. # ދެވަނަ ކަމަކަށް ޤާނޫނާއި ޙިލާފު އަމަލެއް ނުކުރާހާ ހިނދަކު "ރައްޔިތުމީހާއަށް އިންޒަރުދީ ބިރު ދެއްކުމަކީ" ފުލުހުންގެ ޤާނޫނުން ފުލުހުންނަށް ލިބިދޭ ބާރަކަށް ނުވާތީ ތިއީ ފުލުހުންނަށް ކުރެވޭނެ އަދި ކޮށްގެންވާނެ ކަމެއްނޫން. ހަމަނުޖެހުން ހިގާތޯބަލާ އެފަދަ ކަމެއް ނުހިގާހާ ހިދަކު ތިބަސްމަގު ބޭނުން ނުކުރެވޭނެ.
ގަމާރު އަފީފު
02 June 2023
ކަލޭ ބޮލޭ ކިޔާބަލަ!
އަލިމަނިކު.
02 June 2023
ގަމާރުގެ ކޮމެންޓް ގަމާރުކަން ލިބިފައިހުރި ޑިސްލައިކް ތަކުން އެގިއްޖެ.
ގެދާނޯމޮސް
02 June 2023
ތިޔަބުނާ ގާނޫ އޮތްތާ އޮށްވާ ލޮރީގަ ރައީސްއަސް ވަގަށް ގޮވާ އެތަނަށް މީހުން އެގެންދަނީ ނޫންތޯއެވެ. އެތާ އަރާތިބެ އެންމެން ވަގަށް ގޮވީމާ " މާހުޅުނބުޗާގޮސް " ކޯލިޝަނާކުޅެލަން ކަލޯމެންނަށް ކެރޭނެ ހެއްޔެވެ.
ފެންނަނީއޭ
02 June 2023
މިހާތަނަށް ޕީޕީއެމް އިސްވެ އޮވެ ބާއްވާ ޖަލްސާ ތަކަކީ އެއީ ގާނޫނުގައިވާ ގޮތަށް ތުނޑުން ތުނޑަށް ކަންކަން ކުރާ ޕާރޓީ އަކަށްވާތީވެ ފުލުހުން އެއްގޮތަކަށް ވެސް ހާސްވާނެ ކަމެއް ނެތޭ ބަރާބަރަށް މިރޭ ޖަލްސާ ދާނީ ވީހާ ގިނަ އަދަދަކަށް ފުލުހުންދާންވީއޭ ޖަލްސާ އަށް ސެކިއުރިޓީ ދެމުން އަދި ޖަލްސާ ގައި ކިޔާ އެއްޗެއް އަޑުއަހާ އެކަމާއި މެދު ވިސްނަން އެއިރުން ގައުމީ ޖޯޝް އުފެދޭނެ ކަން އެއީ މަމެންނަށް ޔަގީންވާ ކަމެކޭ ޖޫން މަހަކީ އެއީ ނަސީބުގެ މަހޭ ދޯ ނަސީބުގެ މަހޭދޯ