އިދިކޮޅު ކޯލިޝަންގެ ހިޔަނި ކެބިނެޓްގެ ބައްދަލުވެއްގައި ނަގާފައިވާ ފޮޓޯއެއް
09 ޖޫން 2016 - 18:19
ސަރުކާރާ ދެކޮޅު ކޯލިޝަންގެ ވިސްނުން ހުރީ އަންނަ ޖެނުއަރީ މަހު ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރި ނުވުމަށް ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.
ސަރުކާރާ އިދިކޮޅު ފަރާތްތައް ހިމެނޭ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ސްޕޯކްސް ޕާސަން އަހްމަދު މަހްލޫފް ވިދާޅުވީ މިއަދު ބޭއްވި ހިޔަނި ކެބިނެޓްގެ ބައްދަލުވުމުގައި މަޝްވަރާކޮށް އިބްތިދާއީ ވިސްނުމަކީ ކައުންސިލް އިންތިހާބުގައި ބައިވެރި ނުވުން ކަމަށެވެ. އިއްތިހާދުގައި ހިމެނޭ އެމްޑީޕީ އާއި އަދާލަތު ޕާޓީން އިތުރަށް އެކަމާ މެދު މަޝްވަރާކޮށް ޕާޓީ ލެވެލްގައި ނިންމުންތަކެއް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކެބިނެޓްގެ އިބްތިދާއީ ވިސްނުމަކީ ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިނުވުން،" މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިހާބު ބޮއިކޮޓްކުރަން ހިޔަނި ކެބިނެޓުގެ ވިސްނުން ހުރީ އިލެކްޝަންސް ކޮމިޝަނުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވައި، ޕީޕީއެމްގެ ގޮތްޕެއްގެ ގޮތުގައި އެ ކޮމިޝަން މަސައްކަތް ކުރަމުންދާއިރު މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ގަބޫލުނުކުރެވޭތީ އެވެ. އަދި ސިޔާސީ ވަކި ފިކުރަކަށް ތާއީދުކޮށް މަސައްކަތް ކުރާ ކޮމިޝަނުން އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިން ބޭނުން ކުރަނީ ވަކި މަގްސަދެއް ހާސިލްކުރަން ކަމަށް ގަބޫލުކުރެވޭތީ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
"އިލެކްޝަންސް ކޮމިޝަނަކީ މިނިވަން ތަނެއް ކަމަށް ގަބޫލެއް ނުކުރެވޭ. އެފަދަ ތަނަކުން އިލެކްޓްރޯނިކް ވޯޓިންއާ އެކު އިންތިހާބު މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ބާއްވާނެ ކަމަށް ގަބޫލެއް ނުކުރެވޭ،" މަހްލޫފް ވިދާޅުވި އެވެ.
އިދިކޮޅު އިއްތިހާދުގައި ރަސްމީކޮށް ހިމެނޭ ދެ ޕާޓީ އަކީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އެވެ. އެ އިއްތިހާދުން އަމާޒު ހިފާފައި ވަނީ ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރުކޮށް ރާއްޖޭގައި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށެވެ. މި މަސައްކަތުގައި އިއްތިހާދުގެ އިސް ލީޑަރަކީ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. އެމަނިކުފާނާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުރުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވަ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ކަލަންޑަރުގައިވާ ގޮތުން ކައުންސިލް އިންތިހާބު އޮންނާނީ ޖެނުއަރީ 14 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
11 June 2016
ތިޔައީ ޑިކްޓޭޓަރޝިޕް ވަރުގަދަ ކުރުމަށް ދެވޭ ތަޅުދަނޑިއެއް ބައިވެރިވެ ކުރިމަތިލަން ޖެހޭނެ.. މި ގަުމުގަިއ ބޮއިކޮޓް މަސައކަތެއް ނުކުރަނެ
ޓުވިޓަރ
10 June 2016
ކޯލިޝަން އިން ކެންޑިޑޭޓުން ނެރޭނެ ފޯމިއުލަރ މިވެރިންގެ ސިކުނޑި އަށް ނައުމާ ވަރަށް ގާތް. ރިޔާސީ ކެންޑިޑޭޓު ނެރޭގޮތް ބަލަންތިބެމާ. ދިވެހިން ދިވެހިންގެ ގޮތުގާ.
ބްލޫމޫން
10 June 2016
ވިސްނުން ހުރީ ކައުންސިލު އިންތިޚާބުގައި އެމްޑީޕީ އާއި އަދި އަދާލަތު ޕާރޓީން ބައިވެރި ނުވާން ކަމަށް އެމީހުން ނިންމުމުން އެލިބުނީ ދެން އެކްސްޕްރެސް ލައިސަންސް އެއް ޕީޕީއެމް އަށް ރާއްޖޭގެ ޕޮލިޓިކަލް ލޭންޑްސްކޭޕް ބަދަލު ކޮށްލުމަށް ޓަކައި. ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީ ކޯލިޝަންގެ އިސްފަރާތް ތައް މަޝްވަރާ ކުރުމަށް ފަހު ލޯކަލް ކައުންސިލު އިންތިޚާބު ޑިޒައިން ކުރަންވީ ގޮތަކީ:- 1. މާލެ ސަރަހައްދު އެއްކޮށް ޕީޕީއެމް އަށް. 2. އައްޑޫ އެއްކޮށް ޖޭޕީ އަށް. 3. ފޯއް މުލައް އެއްކޮށް އެމްޑީއޭ އަށް. 4. ގދ. އެއްކޮށް ޕީޕީއެމް އަށް. 5. ގއ. އެއްކޮށް ޕީޕީއެމް އަށް. 6. ލ. އެއްކޮށް ޕީޕީއެމް އަށް. 7. ތ. އެއްކޮށް ޕީޕީއެމް އަށް. ދ. އެއްކޮށް އެމްޑީއޭ އަށް. 8. ފ. އެއްކޮށް ޖޭޕީ އަށް. 9. އއ. އެެއްކޮށް ޕީޕީއެމް އަށް. 10. އދ. އެއްކޮށް ޖޭޕީ އަށް. 10. ވ. އެއްކޮށް ޖޭޕީ އަށް. 11. ހއ. އެއްކޮށް އެމްޑީއޭ އަށް. 12. ހދ. އެއްކޮށް ޕީޕީއެމް އަށް. 13. ށ. އެއްކޮށް ޕީޕީއެމް އަށް. 14. ނ. އެއްކޮށް އެމްޑީއޭ އަށް. 15. ރ. އެއްކޮށް ޕީޕީއެމް އަށް. 16. ބ. އެއްކޮށް ޕީޕީއެމް އަށް. 17. ޅ. އެއްކޮށް ޕީޕީއެމް އަށް. 18. ކ. އެއްކޮށް ޕީޕީއެމް އަށް. މިއުސޫލުން ލޯކަލް ކައުންސިލު އިންތިޚާބު ޑިޒައިން ކުރުމަށް ފަހު ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީ ކޯލިޝަން އަށް ރާއްޖޭގެ ޕޮލިޓިކަލް ލޭންޑްސްކޭޕް ބަދަލު ކުރަން ލިބުނު ރަނުގެ ފުރުސަތު ހެޔޮ ގޮތުގައި ހިފަންވީއެވެ. މީ ވަންސް އިން އަ ބްލޫ މޫން އެއްގައި ނޫނީ ނުލިބޭނެ ރަނުގެ ފުރުސަތެކެވެ.
ޝުގާ
10 June 2016
އިދިކޮޅު ގަ ތިތިބީ ޔާނު ބޭނުން ނުވެގެން ދުއްވާލި ކުދިން ކޮޅަކާ އަދި އެމް.ޑީ.ޕީ ވެރިކަމުގަ މަގާމު ލިބި އޭގެ ފޮނި މީރު ކަން ނުލިބި އަތަށް ގޮވި ކުދިން ކޮޅެއް. ތިޔައީ ޔާނު އަކަށް ތުރެޓެއް ވެސް ނޫން. މިހެން މިބުނީ މަލީހު މެން ތިތާނގަ ތިބީމަ. މަހޭ ގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. ޔާނު ބުނީ "އައި ޑޯންޓް ކެއާރ" އޭ. މި ގައުމު ނުހިންގާނެ މަހޭ ބުނާ ގޮތަށް މި ގައުމު ނުހިންގާނެ ވަރަށް ސާފުކޮށް މި ބުނީ.
ވަފާތެރި ކެހިވެރިޔާ
10 June 2016
ފޮޓޯގައި އެވާ ކޭކްގައި ދިވެހިންގެ މިނިވަންކަން ރަމްޒުކޮށްދޭ ދިވެހި ދިދަ ފޮޓޯފައި ފެންނަ ބައިވެރިން ވަޅިއަކުން ކެފުމެކޭ ނުރުހުން ފާޅުކުރުމުގެ ގޮތުން ގައުމެއްގެ ދިދައެއް ރޯކޮށްލުމެކޭ ކޮބައިތޯ ތަފާތަކީ؟ ތިޔަ ދައްކުވައިދެނީ ލޯމައްޗަށް ރީތިކޮށް ލޯބިކޮށް ގައުމެއް ކޮށާ ހަލާކުކޮށްލުމުގެ ނަމޫނާއެއް. ތިޔައީ ތިޔަބުނާ ޑިމޮކްރެސީއެއްކަމެއް ނޫނީ ޑިކްޓޭޓަރުން ކުރާފަދަ ކަމެއްކަމެއް އަޅުގަނޑަކަށް ނޭނގޭ.
ހަސަނު
10 June 2016
ތި އިދިކޮޅު އިއްތިހާދު އިތުރަށް ބަލިކަށިވަމުންދާ ކުލަވަރު މި ފެންނަނީ
މުހުންމާ
10 June 2016
އަހަންނާއި އަހުރެންގެ ޢާއިލާ އަދި އަހުރެންގެ ބަސް ޤަބޫލުކުރާ އެކަކުވެސް އިލެކްޓްރޯނިކް ވޯޓެއްލާކަށް ނުދާނެއެވެ. ޕިންކު ކުދިން އެކަނި ވޯޓުލާށެވެ.
ކަރީމްބޭ
09 June 2016
މިއީ ދެން މީހުްނ ކުރާ ކަހަލަ ކަންތައްތަކެއް ނޫން. އިދިކޮޅު މީހުން ހަމަ ކޮންމެ ކަމަކާ ވެސް ދެކޮޅު ހަދަނީ. އިހަކަށް ދުވަހު މިމީހުންނަށް ދިމޮކްރަސީ ދަސްކޮށްދޭ މީހުން ވެސް ބުނިއަޑު އެހިް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުމަކީ ސަރުކާރުން ކުރާ ކޮންމެ ކަމަކާ ދެކޮޅު ހެދުމެއް ނޫނޭ. މިބައިމީހުން ވިލާތުގައި ތިބެގެން ރަނގަލަށް ޑިމޮކްރަސީ ކިޔަވައިގެން ފާސް ވާން އެބަޖެހޭ އިގްތިސާދީ ވިދާޅުވިހެން. ބޯހަލާކު!
ފަލަކު
09 June 2016
ތީ މާރގަޅު ގޮތެއް. އެއިރުން ހުރިހާ ގޮނޑިއެއް ޕީ.ޕީއެމް އަށް. އުނދަގުލެއްނެތި މުޅި ކައުންސިލް ތައް ސަރުކާރު ޕާޓީއަށް. ސަރުކާރުން އެއިރުން ހުރިހާ ދިމާއެއް ތަރައްގީ ކުރަން ފަށާނެ.
ފަޅުވެރިން
09 June 2016
އެއްވެސް ގޮނޑިއެއް ކާމިޔާބު ނުވާނެކަން ޔަޤީންވަންޏާ އެކަމުގެ ހަޑި ނަމުން ސަލާމަތްވާން އޮތް އެންމެ ރަނގަޅު ގޮތަކީ ހަމަ ތިޔައީ! މަވެސް މުޅީން އެއްބަސް.