ތިމާވެށީގެ ދުވަސް ފާޙަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ--ފޮޓޯ: ރައީސް އޮފީސް
05 ޖޫން 2023 - 23:15
ރައްޖޭގެ އިގުތިސާދާއި އިޖުތިމާއީ ދާއިރާގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކަކީ ތިމާވެށި ހިޔާމަތް ކުރެވޭ ގޮތަށް ކުރާ ކަންކަމަށް ވާން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަ ކުރުމަށް އއ. އުކުޅަހުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ވެށި ހިމާޔަތް ރައްކާތެރިކޮށްދީ، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ދައުލަތުގެ އަސާސީ ވާޖިބެއް ކަމަށެވެ.
ރާއްޖެ އަށް ގުދުރަތީ ރީތި ކަމެއް ލިބިފައިވީ ނަމަވެސް ދުނިޔެ އަށް ވަމުން އަންނަ ގޮތަށް ވިސްނަން ޖެހޭ ކަމަށާއި އޭގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ވެސް އަންނަ ބަދަލުތައް ދެނެގަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"އިގުތިސާދީ ނުވަތަ އިޖުތިމާއީ ކުރިއެރުން ހޯދުމަށް ކުރެވޭ ކޮންމެ މަސައްކަތްތަކަކީ ތިމާވެށި ހިމާޔަތް ކުރެވޭ ގޮތަށް އަދި ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކުގެ މަތީން ކުރެވޭ ކަންކަމަށް ވާން ޖެހޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ކަމަކީ ކުނީގެ މައްސަލަ އެވެ. ކުނި އުފެދޭ އަދަދު އިންތިހާ އަށް އިތުރުވެ، ކުނީގެ ބާވަތްތައް ވެސް ބަދަލުވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ތިމާވެށީގެ ދުވަސް ފާޙަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް އާއި ސަރުކާރުގެ އިސް ބޭފުޅުން--ފޮޓޯ: ރައީސް އޮފީސް
އެކަން ހައްލު ކުރުމަށްޓަކައި މިހާރު ރާއްޖެއިން 13 ބާވަތެއްގެ ސިންގަލް ޔޫޒް ޕްލާސްޓިން ބޭނުން ކުރުން މަނާ ކޮށްފައިވާ ކަމަށާއި ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް ވެސް 50 ޕަސެންޓު މަދު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބިނާވެފައިވާ އިރު މި ސަރުކާރުން އެންމެ ފުރަތަމަ ހިމާޔަތް ކުރި ކަނޑުގެ ސަރަހައްދުތަކަކީ ވެސް މުހިންމު ޑައިވް ޕޮއިންޓްތަކެއް ކަމަށާއި ކަނޑުގެ މާހައުލާ ގުޅޭ ނިޒާމުތަކަށް ދިމާވާ ނުރައްކާތައް ކުޑަކޮށް އެ ނިޒާމް އިއާދަ ކުރުން ވެސް މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ނާޒުކު ނިޒާމު ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތަކީ ދިވެހި ރައްޔިތުންނަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އިގްތިސާދީ ނުވަތަ އިޖްތިމާއީ ކުރިއެރުން ހޯދުމަށް ކުރެވޭ ކޮންމެ މަސައްކަތްތަކަކީ ތިމާވެށި ހިމާޔަތް ކުރެވޭ ގޮތަށް އަދި ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކުގެ މަތީން ކުރެވޭ ކަންކަމަށް ވާން ޖެހޭ -- ރައީސް
ރައީސް ވަނީ ރާއްޖޭގައި އަވިން ހަކަތަ އުފެއްދުމަށް ކޮށްފައިވާ މަސައްކަތުގެ ތަފާސްހިސާބުތަކެއް ވިދާޅުވެފަ އެވެ. މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އަވިން ހަކަތަ އުފައްދާ 36 މެގަވޯޓްގެ އިތުރު ކުރެވިފައިވާ ކަމަށާއި އެއީ ޑީސަލުން 17 މިލިއަން ލީޓަރު މަދުކޮށް، ޑީސަލް އަށް ކުރާ ހަރަދުން 270 މިލިއަން ރުފިޔާ ސަލާމަތް ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ޖައްވަށް ބޭރު ކުރާ ކާބޮންޑައި އޮކްސައިޑުން 42،000 ޓަނު މަދު ކުރުވުން ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އިތުރު 113 ރަށެއްގައި 68 މެގަވޯޓްގެ އަވިން ކަރަންޓު އުފައްދާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އޭގެ ސަބަބުން ބަޖެޓުން 908 ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖެ އަށް ގެނެވޭ ތަރައްގީއަކީ ވެށީގެ މުސްހަނދިކަމާއި ރީތިކަން ބޭނުންކޮށްގެން އެއާ އެކުއެކީގައި ކުރިޔަށް ގެންދެވޭ އެއްޗަކަށް ހެދުން،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
06 June 2023
ހެޑްލައިންތަކުން 5 އަހަރުގެ ދައުރެއް މަނިކްފާނު ހިފަހައްޓާލައިފި.
ރޯޒަސް
06 June 2023
މަނިކުފާނު ކުރައްވަނީ ބޭރުގައުމުތަކަށް ތިތިއްތި ދައްކަން ނޫނީ ލާރިކޮޅެއް ހޯދަން ކުރާ "ތިމާވެށި ހިމާޔަތް" ކުރުމުގެ މަސައްކަތް. އެހެން ނޫންނަމަ އައްޑު ބައިސް ފިއަރ ސިޒާވް ސުންނާފަތި ކޮށްފައި ބިން ނުހިއްކީސް. މާލެ އަތޯލުގެ ފަޅުތަށް ސުންނާފަތިކުރަން ދޫނުކުރީސް.
ޖިލް
06 June 2023
އަޅެ ރައީސް ހެޔޮ ނުވާނެ. މީހަކު އެއްޗެއް ލިޔެފަ ދޭއިރަށް ތިކިޔަނީ. ކުރެވޭ ކަމާ ކިޔާ އެއްޗެއް އެބަ އެނގޭތަ ހަމަ؟
އެދުރުކަލޭގެފާނު
06 June 2023
[ދެވަނަބައި] ނަމަވެސް ކުއްލިއަކަށް ތިމާވެށީގެ ނަމުގައި ބޮޑެތި ޓެކްސް ނަގައި ޕްލާސްޓިކް މަދުކުރުމަށޭ ކިޔާފައި ބަޖެޓް ފޫބައްދްން ޓެކްސްކުރުމަކީ ތިމާވެށި ހިމާޔަތްކުރުމުގެ ނަމުގައި ރައްޔިތުން ފެލުމެވެ. ދެމެހެއްޓެނިވި ގޮތަށް ތިމާވެށި ހިމާޔަތް ކުރުމަށް ރުއްގަސް އިންދުމާއި ފަރުތަކަށްވާ ގެއްލުން ކުޑަކުރެވޭނެ ގޮތްތަކީ ކޮބައިތޯ ބަލައި އެކަމަށް ޒަމާނީ ހައްލެ ހޯދުންވާނީ ހަޤީގީ ތިމާވެށީގެ ހައްލަށެވެ. މިހާރު މިފެންނަނީ ތިމާވެށި ބޮލަށް ހުރިހާކަމެއް ކަނޑާތަނެވެ.
އެދުރުކަލޭގެފާނު
06 June 2023
[ފުރަތަމަބައި] ތިމާވެއްޓަށް ބަލައިގެންނޭ ކިޔައި ޤައުމު ބަނގުރޫޓް ކުރާނެކަމެެއް ނެތެވެ. ދުނިޔޭގެ ތިމާވެއްޓަށް ކުރާ އަސަރުކުޑަ ކުރުމަށް ބޮޑެތި އިޤްތިސާދުތަކުން އަޅާ ފިޔަވަޅަކަށް ފިޔަވަޅެއް އެޅުމުން ދެން އުފެދޭނެ ތިމާވެށީގެ މައްސަލަ މާބޮޑުވެފައި ހައްލުކުރަން ދަތިވާނެއެވެ. މީގެ މާނައެއް ނޫން މަގުތަކަށް ކުނިއެޅުމާއި ރުއްގަސް ކެނޑުމާއި ސަބަބަކާއި ނުލާއި ފަރުތަށް ސުންނާފަތިކުރުން ފަދަކަންތަށް!
އަހުމަދު ފަޔާޒް 1030
06 June 2023
އެހެންވީމަތޯ ވިލިމާލޭ ފުރަތަމަ މިސްކިތާދިމާލުން ގޮނޑުދޮއް ގިރާ ހުސްވަނީއެ.
1828
06 June 2023
ރާއްޖޭގައި ބައިވަރު ފަޅުރަށްތައް ހުއްޓައި، މާލޭކައިރިން ފަޅާ، ގިރިއާ ހާހަލާއި ތިލަތައް ހިއްކައިގެން ރިސޯޓް ހަދަނީ ހަމަ ތިމާވެށި ހިމާޔަތް ކުރަން ތޯ؟
އާރީ
06 June 2023
ސުޓެލްކޯ ބިލު މަހަކަށް ވުރެ މަހެއް ބޮނޑް ކުރަމުންނޭ އެގެންދަނި. ހެޔޮނުވާނެ ރަށްއިތުން ފެލުން ހުއްޓާލަ.
ސަސު
05 June 2023
އެންމެނަށް އަޑުއިވޭގޮތަށް ތިޒާތުގެ ޖޯކު ކިޔާކަށް ނުވާނެ.