ޑްރަގް އެތެރެކުރަން ފޮށިގަނޑެއްގައި ފޮރުވާފައި: ޕާކިސްތާނުން އައި މީހެއްގެ އަތުން އަނެއްކާވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
06 ޖޫން 2023 - 10:16
ޕާކިސްތާނުން ރާއްޖެ އައި މީހެއް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އިއްޔެ އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިއްޔެ ވައިގެ މަގުން ޕާކިސްތާނުން ރާއްޖެ އައި މީހެއްގެ ލަގެޖުން 10.14 ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށެވެ. އެއީ ޕާކިސްތާނުގެ ފައިސަލްއާބާދުން ރާއްޖެ އައި 25 އަހަރުގެ ފިރިހެނެއް ކަމަށް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ މަސްތުވާތަކެތި ފެނުނީ އޭނާގެ ފަރާތުން ޝައްކުކުރެވޭ ކަންތައްތަކެއް ފެނުމުން ބަލައިފާސްކުރުމުން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސްގެ ބަޔާނުގައި ބުނި ގޮތުގައި، އެ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓްކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހިރޮއިން އަށް ޕޮޒިޓިވްވެފައިވެ އެވެ. އެ ތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާއަށް ވުރެ މަތި ވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އެ މައްސަލަ ތަހުގީގުކުރުމަށް އެ މީހާ އާއި އަތުލައިގަތް ތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރަން އުޅުމުގެ ތުހުމަތަށް މިދިޔަ ހަފުތާގައި ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޕާކިސްތާނުގެ ބަޔަކު ހައްޔަރުކުރި އެވެ. އަތުލައިގަތް ޕާކިސްތާނުގެ ހަތަރު މީހުން ބޮޑުކަމުދިޔަ އިރު ޑްރަގް ހުރި 227 ބުލެޓް ވެއްޓުނެވެ. އެއީ 2.8 ކިލޯގެ މަސްތުވާތަކެއްޗެވެ. މިދިޔަ ހުކުރު ދުވަހު އެ އެންމެންގެ ބަންދަށް 30 ދުވަސް ވަނީ އިތުރުކޮށްފަ އެވެ.
ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންގެ ތެރޭގައި ޕާކިސްތާނު މީހުން ވަރަށް ގިނަ އެވެ. މިގޮތަށް އަތުލައިގެންފައިވާ އެތައް ބައެއްގެ މައްސަލަ މިހާރު ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިކުނޑި
06 June 2023
މިހާރު ކީއްވެގެންބާ އެއްޗެހި އަތުލާފަ ޑީޕޯޓް ނުކުރަނީ؟! ގަވައިދު ބަދަލުވީތޯ؟
ޢަލީ ކުރުސީ
06 June 2023
އެމީހާ އަވަހަށް ފޮނުވާލާ! ތިޔަފަދަ ބޮޑެތި ޝިޕްމެންޓް ގެންނަ މީސްމީހުން ދަޢުލަތުގެ ޚަރަދުގައި ބައިތިއްބައިފިއްޔާ މުޅި ޤައުމު ދަރާ ވިކިދާނެ! އަދި ނަމަ ނަމަ އޭނާ ފޯނުގައި ހުރި އެއްޗެތި ނުބަލާއި، ހުރެދާނެ ބޮޑެތި މީސްމީހުންގެ ނަމުގައި ހުންނަ މެސެޖްވެސް!
ލޮކަބީ ހާދިސާ
06 June 2023
އެއެންމެން ޖުމުހޫރީ މައިދާނަށް ނެރެ ސިފައިން ލައްވާ ހަތިޔާރު ޓެސްޓުކޮއްލަބަލަ ދެން ބިރުން އެކަކުވެސް ނޫޅޭނެ މަސްތުވާތަކެތި އެތެރެ ކުރާކަށް
ދޯހާ
06 June 2023
ޕާކިސްތާން ގެ ހާލަތު މިވަގުތު އޮތްގޮތުން ، އެގައުމުގެ ޑިޕޮލޮމެޓުން ފިޔަވައި އެހެން ރައްޔިތުންނަށް ވިސާދިނުން ދިވެހިރާއްޖެއިން ހުއްޓާލަންޖެހޭ. މިއީ ގައުމީ ސަލާމަތައް މިވަގުތައް މުހިންމުފެފައިވާ ކަމެއް.
ސަރުކާނު
06 June 2023
2 ވަނަ މަރުހަލާގަ ޓެސްޓް ކުރާއިރު ފުޅިމަދަށް ވެސް ޕޮސޒިޓިވް ވެދާނެ
ދޯ ދޯ
07 June 2023
ފުލުހުން ޓެސްކުރީމައި ތިވެދާނެ ކީސް ކުނޑިއަށް ނުވަތަ ނާށި ކުނޑިއަށް.
GanevihkaaDOTcom
06 June 2023
މެލޭޝިޔާގައި އޮންނަނީ މަސްތުވާތަކެތި އެތެރެކުރާމީހުނަށް މަރުގެ އަދަބު، (ތަންފީޒުވެސްކުރޭ) ބަންދުކޮށްކޮށްފަ ދޫކުރިޔަކަސް ތިޔަކަން ހައްލެއްނުވާނެ، ސަޕުލައިކުރާމީހުންވަނީ ގިނަ، ބޭނުންކުރާމީހުންވެސް ވާނީގިނަ، އޭގެއިތުރުން ބަންދުކޮށްކޮށްފައި ތަހުގީގުކޮށްކޮށްފައި ދޫކުރީމާ އެވަނީ ވަގުތާ ރިސޯސަސް ބޭކާރު، އޭގެބަދަލުގައި މަރުގެ އަދަބު ދެވޭނެގޮތައް ކުރަންޖެހޭކަންކަންކޮށް މަރުގެ އަދަބު ތަންފީޒުކުރުން ނޫން ހައްލެއް ތިޔަ މައްސަލައަކަށްނެތް
އަދޭސް
06 June 2023
މިއަށް ފައިސާ ދައްކަނީ ބޮލިންތަ؟ ޑޮލަރު ވިޔަފާރި ކުރާ މީހުން ގެ ޑޮލަރުތައް ދާ ގޮތް ބެލީމަ ފެންނާނެ މިއަށް ޕޭމަންޓު ހަދާ މީހުންވެސް. އެކަން ކުރެވޭތޯ ބަލާބަލަ.
ޑޮކްޓާރ. ބަނާނާ
06 June 2023
ތިޔަ ނަޖިހުން މިގައުމުގެ އެތައްޖީލުތަކެއް ހަލާކުވެ ނެތިގެން މިދަނީ. ޙެޔޮނުވާނެ އިސްލާމީ ހުކުމް ތަންފީޒް ކޮށް ތިޔަކަލޭގެ އަށް މަރުގެ ހުކުމް ކޮށް ތަންފީޒުކުރޭ..
ދޯ ދޯ
07 June 2023
ޑޮކްޓާރ. ބަނާނާ ތިޔަ ބުނި ކަންތައްތައް ކުރުމާއެކު ދަރިންނަށް ރަނގަޅު ތަރުބިއްޔަތު މައިންބަފައިން ދޭންޖެހޭ. މިއަދު ފެންނަނީ ތަރުބިއްޔަތައް ވުރެއް ކިޔެވުމަށް ނުވަތަ މަތީ ނަތީޖާ ހޯދުމަށް މައިންބަފައިން ބާރު އަޅާތަން. އަދި އެކަމުގެ ނަތީޖާވެސް ފޮނި. ނަމަވެސް ރަނގަޅު ތަރުބިއްޔަތެއް ނެތި އަދި ތަައުލީމީ ގޮތުން މަތީ ނަތީޖާ ހޯދިޔަސް ދަރިން ނުކިއްސަރު މަގުން ދިޔުމަކީ ނުހަނު ކައިރިކަމެއް.
ކޮރަލް
06 June 2023
މިމީހުން ހިފާ ހައްޔަރު ކުރާ އިރަށް ވަކާލާތު ކޮށްދޭނެ ވަކީލުންނާ ފައިސާ ވެރީން ހުރެ އެވެ. ދެން ގައިގަ އަތް ލާއިރަށް ހިއުމަން ރައިޓްސް އިން މައްސަލަ ބަލާނެ އެވެ.
ދެކުނުތަރި
06 June 2023
ފެނުނު ޑްރަގްސް ފިޔަޖަހާ އުދުހިގެންގޮސްގެން ހޯދަން ނުޖެހުނިއްޔާދެރަ.