މިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދު.---ފައިލް ފޮޓޯ: މަޖިލިސް
08 ޖޫން 2023 - 13:59
މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އޭނާ ވިދާޅުވީ އެމްޑީޕީ ޕީޖީގެ ނިންމުންތައް ނިންމުމުގައި ހުރިހާ މެމްބަރުންނާ ވެސް ރައީސް މަޝްވަރާ ކުރައްވާ ކަމަށެވެ.
"ޕާލިމެންޓަރީ ގުރޫޕުގެ މެޖޯރިޓީއާ އެއްކޮށް ރައީސް ވެސް ވަޑައިގަންނަވާނީ. ރައީސާ ހުރިހާ މެމްބަރުންނާ ވެސް މަޝްވަރާ ވެސް ކުރެވޭ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ހުރިހާ މެންބަރުންނާ ވެސް ރައީސްއާ މަޝްވަރާކުރެވޭ،" މިއުވާން ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ ޕީޖީން ނިންމާ ނިންމުންތަކަކީ ރައީސްގެ މަޝްވަރާއާ އެކު ނިންމާ ނިންމުންތަކެއް ކަމަށެވެ.
އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމާ ނިންމުންތައް ނިންމުމުގައި ރައީސާ މަޝްވަރާ ކުރައްވާ ކަމަށް މިއުވާން ވިދާޅުވިއިރު، މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަން 54 މެންބަރުންގެ ސޮއިއާ އެކު އިއްޔެ ވަނީ ހުށަހަޅައިފަ އެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ސޮއި ކުރީ 50 މެންބަރުންނާއި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީރުގެ ސޮޔެވެ.
ނަޝީދު މަގާމުން ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސްގެ މަގާމަށް ނަޝީދު އިންތިހާބު ކޮށްފައި ވަނީ ގިނަ މެންބަރުންތަކެއްގެ ވޯޓާ އެކުގައި ކަމަށާއި ވޯޓު ދީފައި ވަނީ ދިވެހިން އެދޭ ކަންކަން ހާސިލް ކޮށްދިނުމަށް ކަމަށެވެ. ނަމަވެސް އެ މަގާމުގައި ނަޝީދު އިތުރަށް ހުންނަވައިފި ނަމަ މަޖިލީހުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާ އަދާ ކުރުމުގެ ފުރުސަތު ގެއްލި މަޖިލީހުގެ ގަދަރު ދިވެހިންގެ ކުރިމަތީ ކުޑަވެގެން ދާނެ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮކް ރެޓްގެ އައްޕަ
09 June 2023
މަ މި ބުނީނުން! އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ޞާލިޙަށެއް އެޕާޓީގެ މަޖްލިސް މެމްބަރުންނަކާ މަޝްވަރާއެއް ނުކުރެވޭނެ އޭ! ބައްދަލިވެސް ނުކުރެވޭނެ އޭ! ޑިމޮކްރެސީއަށް ވަނީ އެފަހަރު މަބުނި އެއްޗެކޭ!
އައުޓް
08 June 2023
ތިން ބާރު ދިރުވާލާގެން މަޖުލިސްވެސް މަރުތަޅު އެޅުވުމުގެ ފަހަތުގައި ސީދާ ސާލިހު ރާޖު
ބުލްޝިޓް
08 June 2023
3 ބާރު މުށުތެރެއަށް ލާގެން މަސްވަރާ ނުކޮށް ނުހުންނާނެތާ ދޮގެ؟ ވަޓް ޖޯކު މޭން؟
ދަ ޑިމެކްރެޓްސް
08 June 2023
ނަންވާނީ ޔާމީން. އަތްނުބާނާ އެއްވެސް ދިމާއެއް ނެތް. އިބޫގެ ފަހު 3މަހު ތިޔަދައްކާ ގަދަކަމާއި ޚުދުމުޚްތާރުކަން ދަންމަން އަދި 5 އަހަރު ލިބޭނޭ ކަމަށްތޯ ތިޔަ ހީކުރަނީ؟ މަތިއޮމާންކޮށްގެން އަޑިއަޑިން ތިޔަ ހިންގާ ޖަރީމާތައް ދިވެހި ދަރީންނަށް އެބަފެނޭ. ވެރިކަން ހޯދުމަށްޓަކައި ދިވެހި ދައުލަތުގެ ތިޖޫރީގެ ފޫވެސް މިފަހަރު ހުންނާނެހެން ހީނުވޭ. އެވަރުވެފައި އިބޫއަށް އެހުރީ.
އަތިރެގޭ ބޭބޭ ފިލިޔެ
08 June 2023
ކަލޯ ކާކު ތިކަން ނޭނގިގެން އުޅެނީ އިބުރާހީމު ހުރީ ހުވާކުރި އިރުވެސް ރައީސް ނަޟީދާ ހިތްޕުޅާނުވެފަ ނޭނގެނީ ކީތްވެގެންކަން ދުވަސްކޮޅެއްފަހުން ރައީސް ނަޟީދު ފޮތެއް ނެރޭނެ ރައީސް ސޯލިހު ދައުރު ނިމެންދެންވީ ތޯލާފުޅިޔަކައް ލާފަ އުނގުރިޖަހާފަޔޭ އެކަންކުރީ ކޮންމެވެސް އަވައްޓެރި ކަރައެއްގެ ވެރިޔެކޭ
ކުދުބެއްޔާ
08 June 2023
މަޖިލީހުގެ ގަދަރު ދިވެހިންގެ ކުރިމަތީ ކުޑަވެގެން ދާނެ ކަމަށް އިއްޒަތްތެރި މެންބަރު ވިދާޅުވާއިރު ބެއްޔާގެ ކުރިމަތިން ތި ގަދަރު ގެއްލިގެންގޮސް އަލުން ނުފެންނަ ހިސާބަކަށް ވެއްޓިއްޖެއެވެ.
ޖާރިޔާ އަހުމަދު ދީދީ
08 June 2023
ނަޝީދުވެސް އެހުންނެވީ މަގާމުން ދުރުވާން ކެތްމަދުވެފައޭ އެބޭފުޅާ ވިދާޅުވި.. މިކަމުގައި ރައީސްއާ މަޝްވަރާކުރުމުގެ ބޭނުމެއްވެސް ނެތް ނޫންތޯ؟
ބަތޭލި
08 June 2023
ރައީސުލްޖުމްގޫރިއްޔާގެ ހުއްދަ ހޯދާކަށް ނުޖެހޭނެ މަޖުލީހުން ކުރާ މަސައްކަތަކަށް. ތިއިން އެނގެނީ މަޖުލީހުގެ މަސައްކަތަށް ރައީސް އަތްބާނާކަން. މާމޮޅު ވާހަކައެއް ނޫން ތިއީ. ތިންބާރު ވަކިވެފައި އޮތްތަނެކޭ މިނިވަން ބާރުތަކެކޭވެސް ތިކިޔަނީ ހަމަ ކަލޭމެން. އަހަރެމެން މިކިޔަނީ މިތާ އަދިވެސް އޮތީ މަސްހުނިގަނޑެކޭ. ޝަރުއީ ދާއިރާއިންވެސް ހަދަނީ ރައީސް ބުނާގޮތޭ. މަޖުލީހުންވެސް ހަދަނީ ހަމަ އެގޮތޭ. 200 މީހުން ރިޝްވަތު ނެގި ލިސްޓުން އެކަކު ކުށްވެރިވަނީ އެހެންވެޔޭ.
އަލީހަމީދު
08 June 2023
ބަތޮލޭ، ތިއުޅެނީ ކުޑަކޮށް އޮޅިގެން 3 ބާރު ވަކިވުމަކީ 3 ބާރު ޖެހިގަނެގެން އެއްބާރުން އަނެއްބާރަށް ހުރަސްއަޅާ ޖެއްސުންކުރުމެއްނޫން. 3 ބާރު ވަކިވެފައޮތަސް ދައުލަތް ހިންގޭނީ އެއްބާރު އަނެއްބާރަށް ހުރިހާކަމެއްގަވެސް އެއްބާރުލުން ދީގެން. އެހެންގޮތަކަށް ދައުލަތެއް ނުހިންގޭނެ. މަޖިލީހުން ސަރުކާރާ މަޝްވަރާވެސް ކުރަންޖެހޭނެ އެއީ މަޖިލިސް ސަރުކާރު ދަށުވުމެއްނޫން އަދި މަޖިލީހަށް އަތްބޭނުމެއްވެސްނޫން. 3 ބާރުންވެސް ކަންތައްކުރަންވާނީ ރައްޔިތުންގެ ފައިދާއަށް.
ކުދުބެއްޔާ
08 June 2023
އެމްޑީޕީގެ އިސްލީޑަރުގެ ހައިސިއްޔަތުން އެމްޑީޕީން ކުރާ ކަމެއްގައި އެމްޑީޕީގެ އިސްލީޑަރާ މަޝްވަރާ ކުރުމަކީ އަތަބޭނުން ކަމަށްވާނަމަ އެމްޑީޕީގެ އިސްލީޑަރުގެ ހައިސިއްޔަތުން ރައީސް ސޯލިހަށް އެއްވެސްކަމެއް ނުކުރެވެނެދޯއެވެ. ތިއީ ބަލި ގަބޫލު ނުކުރެވޭ މީހުންގެ ވިސްނުންދޯއެވެ. ސޮރީ!!!!! އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ ރައީސް ސޯލިހެވެ. ބެއްޔާވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގަ ހުރިނަމަ ބެއްޔާވާނީ ޕާޓީގެ އެންމެ އިސް ލީޑަށެވެ. މިކަން ގަބޫލުކުރާށެވެ.
ރަށުމީހާ
08 June 2023
ތިތަނަކީގަދަރަކާ އިއްޒަތެއްވާތަނެއް ކަމަށް އެކަކުވެސް ގަބޫލެއް ނުކުރެއެވެ. ދެން ކޮންވާހަކަޔެއް ތޯ
ށަލި
08 June 2023
ކޮންބާރެއް ވަކި ކުރާކަށް އެހެންވީމަ. ބަރުލަމަނީވެސް އޯކޭތާ އެހެންވީމަ