ދުނިޔެ / ސްރީ ލަންކާ

ޓޫރިޒަމުން ލަންކާ އަށް ރެކޯޑް އަދަދެއްގެ އާމްދަނީއެއް

ސްރީ ލަންކާގައި ޓޫރިސްޓުންތަކެއް ހަރަކާތްތެރި ވަނީ: މިދިޔަ އަހަރު ވަނީ 2.05 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައި.

ކޮލަމްބޯ (ޖެނުއަރީ 28) - ޓޫރިޒަމުން މިދިޔަ އަހަރު ސްރީ ލަންކާ އަށް ރެކޯޑް އަދަދެއްގެ އާމްދަނީއެއް ކަމަށްވާ 3.5 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ސަރުކާރުގެ ވަޒީރަކު ވިދާޅުވެއްޖެ އެވެ.

ނަމަވެސް، ލަންކާގެ މަދަނީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުނު ފަހުން އަހަރުން އަހަރަށް ޓޫރިޒަމް ކުރިއަރަމުން ދިޔަ ނަމަވެސް މަރާމާތަށް އެއާޕޯޓް ދުވާލު ވަގުތުގައިބަންދު ކުރުމުން ގިނަ ފްލައިޓްތަކެއް ކެންސަލް ކުރަން ޖެހުމުން އެކަމުގެ ނޭދެވޭ އަސަރު ޓޫރިޒަމަށް ކުރާނެ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ޖޯން އަމަރަތުންގާ ވިދާޅުވީ މިދިޔަ އަހަރު ލަންކާ އަށް 2.05 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން އަމާޒު ހިފީ 2.2 މިލިއަން ޓޫރިސްޓުން މިދިޔަ އަހަރު ގެނައުމަށެވެ.

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް މި އަހަރު އިތުރަށް ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް ދުވާލު ވަގުތުތަކުގައި ކޮލަމްބޯ އެއާޕޯޓް ބަންދު ކުރުމުން ޓޫރިސްޓް އެރައިވަލް މި އަހަރު 30 ޕަސެންޓް ދަށްވާނެ ކަމަށް އިންޑަސްޓްރީގެ އޮފިޝަލުން ލަފާކުރެ އެވެ. މީގެ އިތުރުނ ގައުމީ އެއާލައިން ސްރީ ލަންކަން އިން ވަނީ ފްރާންސަށާއި ޖަރުމަނަށް ސީދާ ދަތުރުތައް ހުއްޓާލައިފަ އެވެ.

އެއާޕޯޓުގެ މަރާމަތަށް ދުވާލު ގަޑީގައި ރަންވޭ ބަންދު ކުރުމުން ވަރަށް ގިނަ އެއާލައިންތަކުން ވަނީ ފްލައިޓްތައް މަދުކޮށްފަ އެވެ. އެއާޕޯޓުގެ މަރާމާތު ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ އެޕްރީލް މަހު އެވެ.

މިހާރު ވެސް ގެއްލުމާ އެކު ހިންގާ ސްރީ ލަންކަން އެއާލައިންސް އިން ބުނެފައި ވަނީ، އެއާޕޯޓް ބަންދު ކުރުމުން އެ އެއާލައިނަށް 50 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށެވެ.

9 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 56%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޯއިންސައިޑަރ

29 January 2017

ލަންކާ އަކީ އަގުހެޔޮތަނެއް ނޫން. ޕޮރޮޑަކްޓާއި ދޭ ސަަރވިސް އަގު ހާސްބައި ނުބައްދަލު

The name is already taken The name is available. Register?

ޒާ

29 January 2017

ލަންކާގެ ޓޫރިޒަމް ރަނގަޅުވެ އެގައުމަށް ވަންނަ ޑޮލަރު ގިނަވަނީ އެގައުމުގައި އަގުހެޔޮޓޫރިޒަމެއް އޮތުމުން އެގައުމަށް ދަތުރުކުރާ ޓޫރިސްޓުން ގިނަވީމައެވެ. ލަންކާގައި ހުރިހާ ކަމެއްވެސް ވަރަށް އަގުހެޔޮއެވެ. ހޮޓާތަކާއި ކެއިންބުއިން ވަރަށް އަގުހެޔޮއެވެ. ދިވެހިރާސްޖޭގެ ސަރުކާރުން އަދިވެސް ބަލަނީ ދިވެހިރާއްޖެއަކީ ދުނިޔޭގައި އަގުބޮޑު މަންޒިލެއްގެ ގޮތުގައި ދަމަހައްޓާށެވެ. އެކަމުން ވަނީ ކޮންފައިދާއެއްތޯއެވެ؟ ރާއްޖޭގެ ރިސޯޓެއްގައި އެންމެ ރެއަކަށް 500 ޑޮލަރާއި 3000 ޑޮލަރާއި ދެމެދު ޚަރަދު ކުރަން ޖެހެއެވެ. ހަމަ އެކަނި މަހުޖަނުންނަށް އަމާޒުކޮށްގެން ތިބުމުން ރާޢްޖެއަށްވާނީ ގެއްލުމެވެ. ލޯކަލް ޓޫރިޒަމަށް ސަރުކާރުން އަދިވެސް އަޅާލުން ނުދެއެވެ. ރާއްޖޭގެ ރިސޯޓްތައް ހިންގާ ވަރުގަދަ މިޔަވާރިވެރިންގެ ބަހަށް ހެއްލިގެން އެމީހުންގެ އަތަށް ދީލާލައިގެން އަދިވެސް ތިބެނީއެވެ. އަގުހެޔޮ ޓޫރިޒަމެއް މިރާއްޖޭގައި އޮތުމަކުން ވަނީ ކޮށް ގެއްލުމެއްތޯއެވެ. އަގުބޮޑުކޮށް އުޅެން ބޭނުންވާ ބަޔަކު ވެސް އެބަޔަކު ބޭނުންވާ ރިސޯޓެއްގައި ތިބެދާނެނޫންހެއްޔެވެ. ރާއްޖޭގެ ޓޫރިޒަމް އަގުހެޔޮވުމަކީ މިރާއްޖެއަށް ލިބިފައިވާ ރީތިކަން ގެއްލޭނެ ކަމެއްވެސް ނޫނެވެ. ވީމާ މިގޮތަށް ތިބެގެން ލިބޭނެ ފައިދާއާށްވުރެން ލިބޭނެ ގެއްލުން ބޮޑެވެ. ރިސޯޓްތައް ނޫނަސް ހޮޓާތަކުގައި ނުވަތަ ޓޫރިސްޓް ގެސްޓްހައުސްތަކުގައި ރާވިއްކަންވެސް ހުއްދަދީގެން ނޫނީ ޓޫރިމަށް ދިރުން ނާންނާނެއެވެ. ރާވިއްކުން ކޮންމެ ގޮތަކަށް އޮތަސް އެބޯން ބޭނުންވާ މީހުން ބޯނެއެވެ. މިހާރުވެސް ލަންކާއާށް ގޮސްގެން ބޯމީހުންވެސް މަދެއްނޫނެވެ. ސަރުކާރުން އަގުހެޔޮ ޓޫރިމް ބާރު އަޅައި ޓޫރިސްޓުން ގަނައިން އަންނަ ގައުމަކަށް މިގައުމު ހަަދަން ޔާމީނަށް ގޮވާލަމެވެ.

The name is already taken The name is available. Register?

މެންޓަލިސްޓް

28 January 2017

ރާއްޖެއަށް 2 މިލިއަން ޓްއަރިސްޓުން ގެންނަން އެބަޖެހޭ ވަރަށް ބޮޑު ބުރަ މަސައްކަތްކުރަން ،،، މިހާރަށް ވުރެ ބޭޑްކެޕޭސިޓި ގިނަކުރުމާއި އަދި އެންމެ ބޮޑުމަސައްކަތެއް ކުރަންޖެހޭނީ މާރކެޓިންގްއަށް ،،، އަދި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުއެބަޖެހޭ ހެޔޮވާންވެސް ،، އޭރުން އެއަމާޒަށް ވާސިލްވެވިދާނެ ،،، މިހާރު މިކުރާގޮތަށް މަސައްކަތްކޮއްގެން އެކަމެށް ހާސިލްއެއްނުވާނެ ،، އިތުތުގޮތްގޮތް ހޯދައިގެން އެކަންކުރެވޭނީ ،، ޗައިނާއާޢި އިންޑިޔާގެ މާރކެޓްވެސް ބޮޑުކުރެވިދާނެ ،،، އެކަމް އޭރުން ވިކޭނީ ބެޑްނައިޓްސް ތަކެށް ،،، އެކްސްޓްރާސް އަށް ލިބޭނެ އަދި ޝޮޕިންގއަށް ލިބޭނެ މާބޮޑު ފައިސާއެއްނޯންނާނެ .. ޔޫރަޕްގެ މާރކެޓް . ނޯޑިކްގައުމުތަކުގެ މާރކެޓް އިތުރު ކުރެވިގެން ހަގީގީ ފައިދާއެއްލިބޭނީ ،،، ވަރަށްވެދުން

The name is already taken The name is available. Register?

އަހުމަދު

28 January 2017

ރާއްޖޭގައި އާއްމު ރައްޔިތުން ޓޫރިޒްމުން ހަގީގީ ފައިދާ ނުވެއެވެ. ފައިދާ ވަނީ ސިޔާސީ މީހުންނަށެވެ. ބައިތުލް މާލް ހުސްކުރަނީއެވެ. ޓީ ބިލް ވިއްކައިގެން އިތުރަށް ދަރަނި ވެރި ކުރަނީއެވެ.

The name is already taken The name is available. Register?

1234

28 January 2017

ލަންކާއިން މަދުވާ 30 ޕަސެންޓް ރާއްޖެ ނުގެނެވިއްޖެއްޔާ މިގައުމުގެ ޓޫރިޒަމް ސްކޯއަށް ސުމެއް. ފުޓްބޯޅައިގަނަމަ މީ ކޯޕަރަކުނެތި ކުޅުން ކަހަލަ ކަމެއް.

The name is already taken The name is available. Register?

އަޑީބް އެންޑް ބަދީއް

28 January 2017

އެދިޔައީ ރާއްޖެ ޖަހާލާފާ.

The name is already taken The name is available. Register?

ދޮގުދޯ

28 January 2017

ލަންކާ ގައި މިހާރު އޮތް ސަރުކާރުން ހާމަ ކުރާ ހިސާބުގެ އަދަދު ތަކުގައި ހުންނާނީ ބޮޑެތި އޮޅުވާލުމާއި މަކަރާއި އަދި ހީލަތެވެ. ތިވަރަށް ލަންކާ އަށް ޓޫރިސްޓުން ދާއިރު ކީއްވެގެންތޯ ލަންކާ އެއާރޕޯރޓްގެ ބިޒްނެސް ކްލާސް ވެސް ފަޅަށް އޮންނަނީ. އެތަނުގައި ތިބިއްޔާ މިތިބެނީ ދިވެހިން ދޯ. ޔޫރަޕް މީހަކު ލޮލަށް ވެސް ނުފެނޭ ދޯ. ތި ތަފާސް ހިސާބުގައި ވަރަށް ބޮޑެތި ފްރޯޑް އެބަހުރި ކަމަށް މަމެން ޝައްކު ކުރާ ވާހަކަ ބުނަން މަމެން ނެތީމު އެވެ. ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދުގެ %30 އައީ ލަންކާ އަށް.

The name is already taken The name is available. Register?

ސޭކުބޭ

28 January 2017

މިލިއުމުގައި ރާއްޖެއިން ދަނީ ޓުއަރިސްޓުން ކަމުގައި ހިމަނާފަ ނުވަނީބާ ؟؟؟ ޓުއަރިސްޓުންނަކީ ހުސް ދޮންމީހުންނަށް ވަނީބާ ؟؟؟

The name is already taken The name is available. Register?

އައްމަޓަސިރި

29 January 2017

މަމެން އަލުން އިލްމު އުގެނެންވީނުން ގަމާރުވިއަސް ތަންފުކެއް ބޮޑުވަރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454