ރާއްޖެ އާއި ސީޝެލްސް އިން ރަސްމީ ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ފޮރިން މިނިސްޓަރު ޝާހިދު އަދި އެ ގައުމުގެ އިސް އޮފިޝަލަކު ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް
12 ޖޫން 2023 - 13:37
ރާއްޖެ އާއި ސީޝެލްސްއާ ދެމެދު ވައިގެ ދަތުރުތައް ފަށައި، ދިވެހިންނަށް އޮން އެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެ ގައުމުގެ ރައީސް ވޭވަލް ރާމްކަލާވަން ރާއްޖެ އަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުގައި މުހިއްމު ހަތަރު އެއްބަސްވުމެއްގއި މިއަދު ސޮއިކުރި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އަލަށް ސޮއިކުރި އެއާ ސާވިސް އެގްރިމެންޓުގެ ދަށުން ރާއްޖެ އާއި ސީޝެލްސްއާ ދެމެދު ވައިގެ މަގުން ސީދާ ދަތުރުތައް ފަށާނެ ކަމަށެވެ. އެކަމުގެ ސަބަބުން، ދެ ގައުމުގެ މީހުންގެ މެދުގައި ގުޅުން ބަދަހިވެ، ވިޔަފާރި އާއި ޓޫރިޒަމް ދާއިރާ އަށް މަންފާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Seychelles President Visit | Pleased to sign of the renewal of the Protocol between the Maldives and Seychelles on Cooperation to Combat Transnational Organized Crime and other Maritime Security and Safety Threats.
— Abdulla Shahid (@abdulla_shahid) June 12, 2023
This marks a significant step towards enhanced collaboration… pic.twitter.com/gvfPKwuxKu
ސީދާ ދަތުރުތައް ފެށުމުގެ އިތުރުން، ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް 30 ދުވަހަށް ސީޝެލްސް އަށް ދަތުކުރެވޭނެ ގޮތް ވެސް ވަނީ، އެ ގައުމުގެ ރައީސްގެ ރަސްމީ ދަތުރުފުޅުގައި ހަމަޖައްސަވައިފަ އެވެ.
"މިކަމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި ގުޅުން ބަދަހިވެ ސީޝެލްސް އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުމާއި ވިޔަފާރި އާއި އިގުތިސޯދީ ގުޅުން އިތުރަށް ތަރައްގީ ކުރުމަށް މަގުފަހިވާނެ،" ޝާހިދު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.
ގިނަ ގައުމުތައް މެދުވެރިކޮށް، ރޭވިގެން ހިންގާ ކުށްތައް ހުއްޓުވުމާއި ކަނޑުމަގުން ކުރިމަތިވާ އެހެނިހެން ނުރައްކާތަކާ ގުޅޭގޮތުން ވެސް ރާއްޖެ އާއި ސީޝެލްސް ސަރުކާރާ ދެމެދު އެކުލަވާލާފައިވާ ޕްރޮޓޮކޯލެއްގައި ސޮއިކޮށްފައި ވެ އެވެ.
ޝާހިދު ވިދާޅުވީ އެއީ މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އެންމެންގެ އެއްބާރުލުމާ އެކު، ކަނޑުގެ މަސްލަހަތުތައް ހިމާޔަތްކުރަން މަސައްކަތް ކުރުމަކީ މުހިއްމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ރަސްމީ ދަތުރުފުޅުގައި އެންމެ ފަހު އެއްބަސްވުމަކަށް ސޮއިކޮށްފައި ސޔޗވަނީ ދެ ގައުމުގެ ޒުވާނުންގެ ތަރައްގީއަށާއި ހުނަރުވެރިކަން އިތުރުކުރުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގްލޯބްޓްރޮޓާ
12 June 2023
ޝާހިދު ތިއުޅެނީ ހުސް އެންމެ ކުޑަކޮށް ތަރައްގީވެފައިވާ އެންމެ ކަރަޕްޓް ޤައުމުތަކަށް ދިވެހިންނަށް ވީޒާއާ ނުލާ ދެވޭގޮތް ހެދުމުގަ. ނިކަން ކެރެންޏާ ތަރައްޤީ ވެފައިވާ ޤައުމަކަށް ވީޒާއާ ނުލާ ދެވޭގޮތް ހަދާބަަލަ.
އަބްޑޫޅް
12 June 2023
ސޭސެލުސް އަކީ ދިވެހިބަހުން އިންޖީލު އެންމެ ފުރަތަމަ، ރާއްޖެއަށް ބުރޯޑުކާސްޓު ކުރި ރަށް.
ހިމާރުލްގައުމު
12 June 2023
ސީޝެލް މޮރިޝަސް ދިވެހި ރާއްޖެ އޮފިޝަލް ނުވިޔަސް ހަމަ އިންޑިއާގެ ސްޓޭޓްސްތަކެއް.
؟؟؟؟
12 June 2023
ކަލޯ ގޮނޑީގައި އިށިންދެގެން އެތިބީ އެއްބަނޑުއެއްބަފާ ދެމީހުންތަ ؟
އަފީފުދީދީ
12 June 2023
މާމޮޅުތަނެއްނޫން ތިޔައަކީ އާބާދީ އެއްލައްކަ އިންޑިއާގެ އަވަށެއް