ބ. އަތޮޅުގެ ރަށްތަކެއް.-- ފޮޓޯ: ބަޔޮސްފިއާ ރިޒާވް
12 ޖޫން 2023 - 21:41
ބ. އަތޮޅު ކައުންސިލްގެ ނިންމުމާ ހިލާފަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރިސޯޓު ހެދުމަށް އެ އަތޮޅުގެ ފަޅު ރަށެއް ދޭތީ ކަންބޮޑުވެއްޖެ އެވެ.
މިހާރު ވެސް ގިނަ އަދަދެއްގެ ރިސޯޓުތައް ހިންގާ އަތޮޅު ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ގަރާރުގައި ބުނީ އެ އަތޮޅުގައި އިތުރު ރިސޯޓެއް ނުހެދުމަށް ސަރުކާރަށް ގޮވާލައި ޖެނުއަރީ 13، 2022 ގައި ނެރުނު ގަރާރާ ހިލާފަށް އެ އަތޮޅު ހިބަޅިދޫ ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިޒަމް ތަރައްގީކުރުމަށް ބަޔަކަށް ދިނުމަށް ނުފެންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީއާއެކު މިދިޔަ މަހުގެ 30 ގައި ބޭއްވި ބައްދަލުވުމުގައި އެ ކައުންސިލްގެ ހުރިހާ މެމްބަރުން އިއްތިފާގުވެފައިވާ ކަމަށެވެ.
އެގޮތަށް ނިންމާފައިވަނީ، އަތޮޅުގެ ރައްޔިތުން މިހާރު ވެސް ދަތުރުދާނެ ރަށެއް ނެތުމުން ކަމަށް ބުންޏެވެ.
ނަމަވެސް، އެ ނިންމުމާ ހިލާފަށް ރިސޯޓު ހަދަން ހިބަޅިދޫ ކުއްޔަށް ދޫކުރަން އިކޮނޮމިކް ކައުންސިލުން ނިންމުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކުރެ އެވެ.
ބ. އަތޮޅު ކައުންސިލުން މިދިޔަ އަހަރު ނެރުނު ގަރާރުގައި ވެސް ވަނީ އެ އަތޮޅުގައި ހުރި ފަޅު ރަށްތަކާއި ފިނޮޅުތައް އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރަން ސަރުކާރަށް ގޮވާލައިފަ އެވެ.
އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ޝުޖާއު "މިހާރު" އަށް ކުރިން ވިދާޅުވީ 20،000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ބ. އަތޮޅުގެ ރައްޔިތުން ދަތުރު ދާނެ ރަށެއް ނެތް ކަމަށެވެ. އަތޮޅުގައި 50 އަށްވުރެ ގިނަ ފަޅު ރަށް އޮތްއިރު، އެއްވެސް މަސައްކަތެއް ނުކޮށް މި ވަގުތު އޮތީ އެންމެ ހަތަރު ވަރަކަށް ރަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެފަދަ ސަބަބުތަކާ ހެދި، އިކޮނޮމިކް ކައުންސިލްގެ ނިންމުމަށް ބ. އަތޮޅު ކައުންސިލުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
"މިގޮތަށް މިކަން ކައުންސިލުން ނިންމާފައިވަނިކޮށް ލާމަރުކަޒީ ގާނޫނާ ހިލާފަށް ލ. ކައްދޫ އިންޓަނޭޝަނަލް އެއާޕޯޓޫ ތަރައްގީކުރާ ފަރާތަށް މި ކައުންސިލަށް ކުރިން އެންގުމަކާ ނުލައި ބ. ހިބަޅިދޫ ކްރޮސް ސަބްސިޑީއެއްގެ ގޮތުގައި ދިނުމަށް އިކޮނޮމިކް ކައުންސިލުން ނިންމެވި ނިންމެވުމުން އެންމެ ހަރުކަށީ އިބާރާތުން ކުށްވެރިކުރަމެވެ."
"އަދި އެކަން އެގޮތަށް ނުކުރައްވާ ބ. ހިބަޅިދޫގެ ބަދަލުގައި އެއާޕޯޓު ތަރައްގީކުރާ އަތޮޅުން ފަޅުރަށެއް ކްރޮސް ސަބްސިޑީޒްގެ ގޮތުގައި ދެއްވައިގެން އެކަން ކުރެއްވުމަށް އިކޮނޮމިކް ކައުންސިލަށާއި ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަމެވެ.."
ބަޔާނުގައި ބުނީ އެގޮތަށް ނިންމަން ޖެހުނީ ބ. އަތޮޅުގައި އޮތް ގުދުރަތީ ވަސީލަތެއް ނަހަމަ ގޮތުގައި އަތޮޅުގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް މަންފާއެއް ނުލިބޭ ގޮތަށް ބޭނުންކުރަން ރައްޔިތުން ނޭދޭތީ ކަމަށެވެ.
އެހެންވެ. ހިބަޅިދޫގައި ރިސޯޓު ތަރައްގީކުރުން ހުއްޓުވައިދިނުމަށް ރައީސްގެ އަރިހުން ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަމަ
13 June 2023
ކައުންސިލްތަކަށް ކައުންސިލަރަނުންގެ ގޮތުގައި ހޮވާފަތިބި ބޭކާރު ތާކުންތާކުނުޖެހޭ މީހުން ބައިތިއްބައިގެން ދައުލަތުގެ މާލިއްޔަތުން ބޮޑުބައެއް މުސާރައިގެ ގޮތުގައި ހޭދަކުރުމަކީ ކުރެވޭ ވަރަށްވެސްބޮޑު އިސްރާފެއް. ތަންދޮރު ދަންނަ ވަރަށް މަދުމީހަކުނޫނީ ކައުންސިލްތަކަށް ހޮވިފައިނެތް ކައުންސިލްތަކަށް މީހުން ހޮވުމުގައި ޢިލްމީ ޤާބިލް މީހުން ހޯދުން ވަރަށްމުހިންމު އަދި މިކަން ޤާނޫނުއަސާސީގައި ހިމެނުންރަގަޅު.
ހަސޯ
13 June 2023
ކައުންސިލްގެވިސްމާ އެއްގޮތަށް ހުރިހާގައުމެއްގަ ކަންތައް ކުރާނަމަ ރާއްޖެއަށް އަންނާނެ ފަތުރުވެރިއަކުނުވާނެ.
މާކުންބޭ
13 June 2023
ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ ވެރިންނަކީ މާލޭ ސަރުކާރުގެ ބެލުމުގެ ދަށުން އުޅެންޖެހޭ ބައެއް، ރާއްޖޭގެ ކެޕިޓަލް އެސެޓްގެ 99 ޕަސަންޓް ކޮންޓްރޯލް ކުރަނީ މާލޭ މީހުން، މިމީޙުންގެ އިންޓެރެސްޓް އަށް ނޫނީ އެއްވެސް ދައުލަތުގެ ޑިސިޝަނެއް ނުނަގާނެ، އާދައިގެ 15ވަރަކަށް ހާސް ރުފިޔާ ލިބޭ ކައުންސިލަރުންނަށް ކުރެވޭނީ ކޮންކަމެއް މިޤައުމުގައި. ލާމަރުކަޒީ އަކީ ބޮޑު ޖޯކެއް، ތި ހުރިހާ ކައުންސިލަރުންވެސް ގަނެލާނެ މިމީހުން ބޭނުންވެއްޖިއްޔާ. ދެރަވަރު
ޒިޔާދީ
13 June 2023
ނޫނު އަތޮޅުވެސް ހަމަ ތިފަދަ އަދި ތިޔާއް ތުރެ ގޯސް ވަމުން އެހެރަ ދަނީ. ވެލި ކޮޅެއް އިނަސް އެތަން ބޭރުގެ މަހުޖަނުންނާ ދިވެހި މަހުޖަނުން ނަގައިގެން ހަދާނެ އެއްޗެއް ހަދާއިރު ނޫނު އަތޮޅުގެ ދިވެހި ރައްޔިތުން ދަރިން ގޮވާގެން ދަތުރު ގޮސް ލާނެ ރީތި ރަށެއް ފިނޮޅެއް ހާ ހިސާބު ނެތް. މިއަކީ ބޮޑުވަރެއް ނޫންތެ؟
އޮނަރަބްލް އަފީފު ދީދީ
12 June 2023
ޤާނޫނު އިސްލާހްކޮށް ވަންއައިލެންޑް ވަންރިސޯޓް ހިންގޭ އުސޫލަށް ބޮޑުބަދަލެއް ގެންނާންޖެހޭ. # މިގޮތުން ޓްއަރިޒަމް މިނިސްޓްރީއިން ރިސޯޓްހަދަން ރަށްދޫކުރުންހުއްޓާލާފައި، ރިސޯޓްހަދާ ހިންގުމަށް ރަށްތައްދޫކުރާނީ އަދި ރިސޯޓް ހިންގޭނީ ދައުލަތާއި ރައްޔަތް ޙިއްސާވާކުންފުނި MTDC އިން ސަބްލީޒްކުރާ ރަށްތަކުގައިކަމަށްކަޑައަޅާ ސަބްލީޒު ކުރެވޭ މުއްދަތު ޕްރައިވެޓް ކުންފުނިތަކަށް ގިނަވެގެން 35 އަހަރު އަދި ޕަބްލިކް ކުންފުނުތަކަށް 65 އަހަރު ކަމަށް ކަޑައަޅާންޖެހޭ.
ރިސޯޓް ބޯއި.
13 June 2023
ބަރާބަރު ވާހަކައެއް. އޭރުން ދިވެހިންނަށް ކޮންމެވެސް ދުވަހަކު ރިސޯޓް ތަކުގެ ފައިދާ ލިބޭނެ.
ހަސަންޑީ
12 June 2023
މާބޮޑަށް ތިޔަ ބާރު ފޯރުވަނީ ނުވަތަ ބެހެނީ ކައުންސިލްގެ އިޛުތިސާސްއިން ބޭރުވެފައި އޮތް ރަށެއް އެއީ....
މިއީބޮޑުވަރު
12 June 2023
މިހާރު ރައީސަށްވެސް ކަންކަން އަންގާ ހިސާބަށް ކައުންސިލްތައް ފާޓުފުޅާވީތަ. ސަރުކާރުގެ ޕޮލިސީތައް ހިންގާނީ ރައީސަށް ފެންނަގޮތަކަށް. ރައްޔިތުންނަށް މަންފާނުވެޔޭ ބުނާއިރު އެތަންތަނުން ލިބޭ ވަޒީފާއާއި އަތޮޅަށް ވަންނަ ފައިސާއާއި ކައުންސިލުތަކައް ދައުލަތުގެ އާމްދަނީއިންދޭ ފައިސާ އަޅަނީ ކަނޑަށްތަ؟ ސިޔާސީގޮތުން ހައްދުފަހަނައެޅިޔަސް ތިއީ ފުކެއް ބޮޑުވަރު.
އެދުރުކަލޭގެފާނު
12 June 2023
ކައުންސިލްތަކުން ސަރުކާރަށް ފާޑް ނުކިއޭނެއެވެ. މިއީ ފެޑެރަލް ދައުލަތެއް ނޫނެވެ. މާސައިޒް ބޮޑުކަމަށް ހެދިގެން އުޅެނީ ދައުލަތުގެ ސިފަ ނޭގޭފެންވަރުގެ ވާނުވާ މީހުން ކައުންސިލްތަކަށް ހޮވާތީއެވެ. ތިޔަކަމަށް އޮތް ކުރު ހައްލަކީ ބަރުލަމާނީ ނިޒާމަކަށް ފުރަތަމަވެސް ދިއުމެވެ. މިހެން ބުނާއިރަށް މަބޭނުމީ ރިޔާސީ ނިޒާމޭ ކިޔައި އެެކެއްގެ މައްޗަށް ބަސްނުބުނެވޭ ގޮތަށް ފަސްއަހަރަށް ދައުލަތް ހިންގުމުގެ ބާރުދޭ އިރު ނުވިސްނީމައި ވަނީ މިހެންނެވެ. ދެން ޖެހެނީ ތިބޭށެވެ.
ާއަލިސް
12 June 2023
ރައްޔިތުނާއި ސަރުކާރާއި ދައުލަތާއި ކައުންސްލް ވަކި ކުރަން ނޭނގުނަސް ކޮމެންޓް ކިރެވޭތޯ ބަލާތި.
ީސިސިސޖސ
13 June 2023
މ؛ލޯ ލާމަރުކަޒީ ޤާނޫނު ކިޔާލާ ދެތިން ފަހަރަކު ދެލޯ މަރައިގެން އިނދެ. އޭރުން ތިޔަ ޖާހިލުކަން ފިލާފާނެ ތޯއްޗެ
ހުސެންކުރުސީ
13 June 2023
ބަރުލަމާނީއަށް ބަދަލު ކުރަންޏާ މަބޭނުން ބޮޑުވަޒީރުކަން.....މިހުރީ ފައި ނަގައިގެން!!!!!