ބ. އައިދޫ. އެރަށް މީގެ ތިން ހަފްތާ ކުރިން ވަނީ އެހެން ކުންފުންޏަކާ ހަވާލުކޮށްފައި-- ފޮޓޯ: ދޮންފަޅު ބީޗް ވިއުސް
19 ޖޫން 2023 - 17:14
ބ. އައިދޫގެ އާ މެނޭޖްމެންޓުން އެރަށް ޓޫރިޒަމުގެ ބޭނުމަށް ބޭނުން ނުކުރާ ކަމަށާއި، އެރަށުގައި ކުރިއަށް ގެންދަން ރާވަނީ ދަނޑުވެރިކަމުގެ މަސައްކަތްތައް ކަމަށް މިދިޔަ މަހުގެ 31 ގައި އެ ރަށާ ހަވާލުވި، މޯލްޑިވިއަން މާމެޑް ޕްރައިވެޓް ލިމިޑެޓުން ބުނެފި އެވެ.
އެކުންފުނިން ބުނީ، އާއިދޫ ދަނޑުވެރިކަމުގެ ރަށެއްގެ ގޮތުގައި ތަރައްގީ ކުރަނީ ބޭރުގެ އިންވެސްޓަރެއްގެ އެހީ އާ އެކު ކަމަށެވެ. އަދި ވޭތުވެދިޔަ ތިން ހަފްތާގައި އެރަށާ ގުޅޭ މަސައްކަތްތައް ފަށައިފައިވާ ކަމަށެވެ.
އެކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، ކުރިން އެރަށުގައި ގެސްޓް ހައުސް އުސޫލުން ކޮޓަރި ދޫކުރިތޯ، ނޫން ތޯ ބުނަން ނޭނގޭ ކަމަށެވެ. އޭނާ ވިދާޅުވީ، އެރަށުގައި ޓޫރިޒަމާ ގުޅޭ އެއްވެސް ހަރަކާތެއް ނުހިންގާނެ ކަމަށެވެ. އަދި އެފަދަ އެއްވެސް ހަރަކާތެއް މިހާރު ކުރިއަށް ނުދާނެ ކަމަށެވެ.
މިދިޔަ މަހުގެ 31 ގެ ކުރިން އެރަށް ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައި އޮތީ މުހައްމަދު ސައީދު ކިޔާ މީހަކަށެވެ. އެރަށް 2017 ގައި ދޫކުރީ 21 އަހަރަށެވެ. މި ރަށުގައި 3.1 ހެކްޓަރު ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަނޑުވެރިޔާ
20 June 2023
މޯލްޑިވްސް މާރމެއިޑް އޭ ބުނުމުން ބަޔަކަށް ހީވެދާނެ މިއީ ދިވެހި ކުންފުންޏެކޭ، އިންޑިއާ އިން މިހާރު ދަނޑުވެރިކަމުގެ ތެރެއަށްވެސް ވަނީ ހިތާމައަކީ ދިވެހިންގެ ކުދި ކުދި ވިޔަފާރިތައް ދަނޑުވެރިކަމުގެތެރެއިންވެސް އިނދަޖެހުމުގެ ފުރުޞަތު ބޮޑު.
އާދަން ފުޅު
20 June 2023
ރާއަޖޭގެ ހުރިހާ ރަށްތައް އަލުން ނޭޝަނަލައިޒް ކުރަން ފެނޭ. ދިގު މުއްދަތަށް 2 ތިން މިލިޔަން ރުފިޔާ އަށް ރާއްޖޭގެ ހިކިފަސްތަން ކޮޅު ވިއްކާލުމަށްވުރެ ކަނޑުކޮސް ކަމެއް ދުނިޔޭގެ ބަޔަކު ވެސް ކުރިހެނެއް ހިޔެއް ނުވޭ.
ޢަލީބެ
20 June 2023
ދަނޑުވެރިކަން ކުރާކަހަލަ ރަށެއްވެސްނޫން. ތިރަށުގަ ކޮންތާކު ދަނޑު ހައްދަން ޖާގައޮތީ. ކުރީ ސަރުކާރުން ރައްތައް ސޭލް އެޅުވިއިރު އެޔެއްމިޔެއް ނުބަލާ.
ލަންބޯ
19 June 2023
އެކަމަކު މި އީދު ބަންދައްވެސް ހާދަ އިސްތިހާރެއްވެސް ކޮއްފައޭ އޮތީ އަނެއްކާ ޖިންނިންތަ އިސްތިހާރު ކުރުމުގަ އެއުޅެނީ ލޮލް
އުދުހޭ
19 June 2023
މިހާ ކުޑަ ރަށެއްގައި އެދެވޭ ގޮތަކަށް ދަނޑުވެރިކަމެއް ނުކުރެވޭނެ. ގަސްކޮޅެއް އިންދައިގެން ނަމުގައި ދަނޑުވެރިކަން ކުރެވިދާނެ.
ހަލާކު
19 June 2023
ތިޔަ ރަށް ހަލާކު ކުރުން ފިޔަވާ އިތުރުކަމެއް ނުކުރެވޭނެ، މިހާރު ތިޔަހެރަ ގަސްކޮލާ ރުއްކޮޅު ކަންޑާލަން އެއުޅެނީ
ގުޑުގުޑާ
19 June 2023
ހެހެ، ތިރަށުގަ އޮޅުއަލަ ނިކަން ރަނގަޅަށް ހެދޭނެހެން ހީވަނީ.
އޮނަރަބްލް އަފީފު ދީދީ
19 June 2023
ދައުލަތާއި ރައްޔިތުންގެ ޙައްޤު ހިމާޔަތް ކުރުމަށްޓަކާ ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ހުރިހާ ރަށްތަކެއްވެސް ދައުލަތާއި ރައްޔަތް ޙިއްސާވާ ކުންފުނި MTDC ގެނައުމަށްޓަކާ ޤާނޫނެއް ވުޖޫދުކޮށް ޓްއަރިޒަމް މިނިސްޓްރީއަކީ ރެޤިއުލޭޓަރީ ބޮޑީއެއްކަމަށް ކަޑައަޅާންޖެހޭ. # މިބަދަލާއިއެކު ރިސޯޓް ހަދަން ރަށްތައް ދޫކުރާނީ ޕްރައިވެޓް ކުންފުނިތަކަށް 30 އަހަރަށް އަދި އާންމުކޮށް ޙިއްސާވިއްކާ ޕަބްލިކް ކުންފުނިތަކަށް 65 އަހަރަށް ސަބްލީޒްކޮށް MTDC ކަމުގައި ހަމަޖެއްސިދާނެ.
އޮނަރަބްލް އަފީފު ދީދީ
19 June 2023
"ދަނޑު ހެއްދުމުގެ ނަމުގައި" ގެސްޓްހައުސް ހިންގުމަށްޓަކާ ރަށްދޫކޮށްފައިވަނީ އެޑްރެހެއް ރަށެއްވެސް އިގެންނެތް "މުޙައްމަދު ސަޢީދު ކިޔާ ބޮންދަކަށް" ތޯ؟ ދައުލަތުގެމުދާ (ފަޅުރަށްތަކާއި ފަޅުތައް) ނަހަމަގޮތުގައި ބޭނުންކޮށް އެއިން އާމްދަނީހޯދުމަކީ މިރާއްޖޭގައި އާންމު ކަމެއް. # މިފަދަ ކަންކަމަކީ ސަރުކާރު ހިންގާން ތިބޭމީހުން އަޑީގައި ތިބެގެން އެހެން މީހެއްގެ ނަމުގައި ކުރާކަމެއް ނުވަތަ ގަނޑުކޮށް ފައިސާނަގާފައި އެހެން މީހަކަށް ފުރުސަތުދީގެން ކުރުވާ ކަންކަން.
ފުޅިތޮށި
19 June 2023
މިފަހަރު ނަންޖަހައިފިތާ، އެހެންޏާ އޮންނާނީ ކޮންމެވެސް ކުންފުންޏެކޭ، އެހެންޏާ ހަމަހިލާ ކޮން ގެއަކަށް ދީފަ އޮންނަ ރަށެއްކަން ނޭނގޭނެ.
ސައީދު އެއީ ބޮދެއް ނޫން
20 June 2023
މުހައްމަދު ސައީދު އެއީ ބެޗްކޮންސްޓުރަކްސަންގެ މެނޭޖިންގ ޑައިރެކްޓަރ އެރަށް ތައްޔާރުކޮއްފައި އޮންނަނީ ސައީދު ހޮލިޑޭ ހޯމް އެއްގެ ގޮތުގައި