ނައިފަރު ބަނދަރުގައި އަޅާފައި އޮއްވާ ރޯވި ދެ ލޯންޗު: އެމްއެންޑީއެފުން ބުނީ އެ ތިން ލޯންޗު ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް.--
02 ޖުލައި 2023 - 12:31
ޅ. ނައިފަރު ބަނދަރުގައި އަޅާފައި އޮތް ތިން ލޯންޗެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގީ ރޭ ފަތިހު ކަމަށެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޯވެފައި ވަނީ ކައިރިކައިރީގައި އަޅާފައި އޮތް ތިން ލޯންޗެއް ކަމަށެވެ.
"ފުލުހުންނާއި އެމްއެންޑީއެފުން ގުޅިގެން އިންވެސްޓިގޭޓް ކުރަމުން އެ ދަނީ. އަދި ނޭނގޭ ބުނާކަށް ބަޔަކު ރޯކޮށްލީ ކަމެއް ނުވަތަ ޝޯޓަކުން ރޯވީ ކަމެއް." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ނައިފަރުގައި ރޯވި އެއް ލޯންޗު.
ފޮޓޯތަކުން ފެންނަ ގޮތުގައި، ރޯވެފައިވަނީ ކުދި ލޯންޗުތަކެއްގަ އެވެ. އިންޖީނާ އެކު އެ ލޯންޗުތަކުގެ ފެނުން މައްޗަށް ހުރި ބައިތައް ވަނީ އެއްކޮށް އަނދައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
03 July 2023
ކޭކޭ ދެން ބެނޭނީ ވެއްޔޭ! ނޭފަރު ގައި ބަޔަނކު ރޭކޮށްލީ ކެމަށް ބެެލެވެނީ އެނގޭ!
ބަބޫ
02 July 2023
ނުބައި. ނޭފަރު ފަޅުގޭ އޮތް 3 ލާންޖެއް އަދޭނފި
ޓެރޭ
02 July 2023
ޝޯޓަކުން އަނދަންޏާ ބެޓަރީގެ ވާގަނޑު ނައްޓާލާފަ ބަހައްޓަން ފެނޭ.