ސިނަމާލެ ބްރިޖު، ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑުގައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތެއް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
04 ޖުލައި 2023 - 22:43
ހުޅުމާލެއަށް ދާ ހައިވޭ ސަރަހައްދުގައި މިއަދު ވިއްސައިގެން ދިޔައީ ހަރުނުކޮށް ހުރި ސޯލާ ޕެނަލްތަކެއް ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހައިވޭގައި ގާއިމްކޮށްފައިވާ ސްޓްރަކްޗާގެ މޫދާ ކައިރީގައި ސޯލާ ޕީވީ މޮޑިއުލްތައް ހަރުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހަތަރު ޕެނަލެއް ވަޔާއެކު ވިއްސައިގެން ގޮސް މޫދަށް ވެއްޓިފައިވާ ކަމަށެވެ.
އެ ޕެނަލްތައް އޭރު ހުރީ ސްޓްރަކްޗާގައި ހަރުކޮށްފައި ނޫން ކަމަށާއި އަދި އެ ތަކެތި މޫދަށް ވެއްޓުމާއެކު ނަގާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
އޮފިޝަލް ވިދާޅުވީ ޕެނަލްތައް ވިއްސައިގެން ދިޔަޔަސް، ސްޓްރަކްޗާއަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. އަދި ސްޓްރަކްޗާގެ ޑިޒައިންގެ މައްސަލައެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހައިވޭގައި ދަތުރުކުރުމަށް ނުރައްކަލެއް ވާ ފަދަ އެއްވެސް ހާދިސާއެއް ނުވަތަ އެފަދަ ނުރައްކަލެއް އޮތްކަމަށް މިހާތަނަށް ބެލި ބެލުމުން ފާހަގަކުރެވިފައި ނެތް." އޮފިޝަލް ވިދާޅުވި އެވެ.
"މިކަމާ ގުޅިގެން ކޮންޓްރެކްޓަރު މަސައްކަތް ކުރިއަށް ގެންދިޔަ ގޮތާ ގުޅޭގޮތުން އިންޓާނަލް އިންވެސްޓިގޭޝަނެއް މިނިސްޓްރީން ކުރިއަށް ގެންދާނެ."
އެންވަޔަރްމަންޓް މިނިސްޓްރީން ބުނީ ޕެނަލް ހަރުކުރުމުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދާނީ މަސައްކަތް ކުރުމުގައި އަޅަންޖެހޭ ސަލާމަތީ ހުރިހާ ފިޔަވަޅެއް އަޅާފައިވޭތޯ ޔަގީންކުރުމަށްފަހު ކަމަށެވެ. އަދި ހަރުކޮށްފައިވާ އެއްވެސް ޕެނަލެއްގައި މައްސަލައެއް ހުރިތޯ ބަލަައި ސުޕަވައިޒްކޮށް އަދި ގަވާއިދުން އިންސްޕެކްޓް ކުރާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑު ނުވަތަ ހައިވޭގައި 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމު ކުރަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ ނޮވެމްބަރު 2020 ގަ އެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު ޑިސެމްބަރުގަ އެވެ.
އެ މަސައްކަތް އެއްކޮށް ނިންމައި، އަންނަ މަހުގެ ތެރޭގައި ސޯލާ ޕެނަލުން ކަރަންޓު އުފައްދަން ފަށާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭރުން ދައުލަތުން ތެލަށް ކުރާ ހޭދަ އެތައް ގުނައެއް ކުޑަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދ
06 July 2023
ވަރައް ދެރަވަރު އަމަލެއް އަދި ބަޔެއްގެ ފުރާނަޔަށް ނުރައްކާވާވަރުގެ ކަމެއްތީ، މޫދައް ދިޔައީ އެވަގުތު ވައި ހުރި ގޮތުން އެއީ ހަމަ ﷲ ތައާލާގެ ރަހުމަތް، ވަޔާ ތީގެ ޕެނަލެއް ހައިވޭ މަށްޗަށް އައިނަމަ ބަޔެއްގެ ފުރާނަ ދިޔުން އެކަށީގެންވޭ
ޓެރޭ
05 July 2023
މިމަޝްރޫޢުގައި އަޑިނޭނގޭ ކަންކަން ހިމެނޭނެ... ބަލަންތިބޭތި.
އުދުހޭ
05 July 2023
މާކުރިންވެސް މީހުން އެބަބުނޭ ވިއްސައިގެންދާނެއޭ. ހަރުނުކޮށް އެތާ ޕެނަލް ހުންނަންޖެހޭތަ؟ ދެން ފަހަރަކުން ނުބުނާނެތަ ވިއްސައިގެން ދިޔައީ ޓެސްޓަކަށް ހަރުކޮށްފަހުރި ޕެނަލްތަކެކޭ؟
ސަންތި މަރީ
05 July 2023
ހަރުކޮށްފައި ހުއްޓަސް ހަރު ނުކުރިއަސް ވިއްސައިގެން ދިޔައިމަ އެއީ ނުރައްކަލަކީ. އެކަމުން ރެކެން މިނިސްޓްރީ އަށް ދެއްކޭނެ ހަމަ އެއްވެސް ބަހަނާއެއް ނޯންނާނެ. މީ ހައިވޭގައި ދުއްވާ ފަރާތްތަކަށް ނުރައްކަލެއް. ނުރައްކަލެއް ނޫނޭ މިނިސްޓްރީ އަކަށް ނުބުނެވޭނެ. އަދި ހާދިސާގެ އެސެސްމެންޓެއް، އިންސިޑެންޑް ރިޕޯރޓެއްވެސް ހެދީއެއްނޫން.
ނޭނގުނޭ ތިޔަ ވިދާޅުވި ބަހުގެ މާނައެއް
05 July 2023
އެހެންވީމާ މިނިސްޓްރީން ތިބުނަނީ ތިމަންނާމެން އެތާނގައި ވަޔަށް އުދުއްސަން ބަހައްޓަފައި ހުރި ޕެނަލްތަކެކޭތަ އެއީ؟ އެހެންނޫނިއްޔާ ހާމަތަނެއްގައި ވައިގެ ތެރޭގައި ހަރުނުކޮށް ޕެނަލްތަކެއް ބެހެއްޓުމުގެ މައުނައެއް ނެތް ދޯ!
ރަދީފްއޮފިޝަލް
05 July 2023
އަސްލު ރަނގަޅު ގޮތް: ވިއްސައިގެން ދިޔައީ ފިހާރައިގެ ޑިސްޕްލޭގަ ހުރި ސޯލާ ޕެނަލްތަކެއް. ވ.ވެދުން
ބޮޑާބެ
05 July 2023
ޕޮލޫޝަބްއަކީ ހަމައެކަނި ޕުލާސްޓިކު ކަނޑައް އެޅުމާ ވިހަގޭސްތައް ޖައްވަ ފޮނުވިމެއްނޫން .. ތީ ސައިޓް އަދި ކިއެއްތަ ވިޝަން ޕޮލޫޝަން … ވ ސަލާން
ރަދީފްއޮފިޝަލް
05 July 2023
ފޮލޫޝަބް؟؟ ޕޮލިއުޝަން ތަ ބްރަދާ!!!
ޑޮކްޓާރ. ބަނާނާ
05 July 2023
ސޭކް ވާހަކަ ނުދައްކަވާ ރައްޔިތުން ގެ ފުރާނަޔަށް ނުރައްކާވާ ގޮތަށް ތިޔަ ޕެނަލް ތައް ތިޔަ ބުނާ ތަނެއްގައި ހަރުނުކޮށް ބެހެއްޓި ބަޔަކާއި މެދު ފިޔަވަޅު އަޅުއްވަން ކެރޭނެތޯ؟ .. ލަދުކޮބާ!!!
ސޯލާ ސޯލާ ސޯލާ ސޯލާ!
05 July 2023
މިއީ ހަބަރެއް. ޙުރިހާ އެންމެން ދެން އެންވައިރަންޓް މިނިސްޓްރީ އައް ބަވާ! ދިވެހިންގެ ހާލަތަކީ މިއީ. ސިމެންތި ބަސްތާއެއް ބޮލައް. ސައިކަލުތައް ބޫމް ބޫމް ފަތުއަޑު ކިޔާފަ ނުރައްކާތެރި ސްޕީޑުގައި، ޑްރަގް ޑިލަރުން ރަސްކަން ކުރަނީ، ފުލުހުން ފްލެޓެއް ނުލިބިގެން، ސިޔާސީ މީހުން ހޮވޭތޯ ތެޅިބާލަނީ، ބަންގާޅިން ގައުމު ހިސޯރު ކޮއްގެން، ދިވެހިން ކަންނެތް ކަމުގަ ދާދާ ހެދިގެން! މިފަހަރު ތަންމިނައް އަގަ ހުޅުވާފަ ސޯލާ ޕެނަލް ތަކެކޭ ގޮވަމުން ދުވަންވީ، މެރަތަން އެއް!
ކުރުސީބެ
05 July 2023
މަސައްކަތުގެ މާހައުލުގައި އިންސާނުންގެ ފުރާނަ ރައްކާތެރި ކުރުމަށް މިރާއްޖޭގައި ގާނޫނެއް ނެތަސް އެއީ ދުނިޔޭގެ ގައުމުތަކުގައި އޮންނަކަމެއް! ބަނދި ވަރެއް ހެން ކޮމެންޓް ލިޔުނަސް އަދި އެއީތިމާ އަށް އެގުމެއްނޫން.
ގުދުގުދާބެއްޔާ
05 July 2023
ބޮޑު އިސްރާފެއް! %20 ގެ ކަރަންޓްވެސް ތިޔަ ސޯލާ ޕެނަލުން ނުއުފައްދާނެ! ލޮނުވިއްސާ ހުރިހާ ޕެނަލްތަކުގެ ބިއްލޫރިތައް އޮންނާނީ ފުސްވެފައި!