ދިއްދޫ ބަނދަރުގެ ނެރުގެ މައްސަލަ ހައްލުނުވެގެން އާންމުން ކައުންސިލް އިދާރާގައި ތިބެގެން އިހުތިޖާޖުކުރަނީ.
06 ޖުލައި 2023 - 19:49
އދ. ދިއްދޫ ބަނދަރުގެ ނެރުފައިކަށީގެ މައްސަލަ ހައްލު ނުވުމުން، އެ ރަށުގެ މީހުން މިއަދު އިހުތިޖާޖަށް ނުކުމެއްޖެ އެވެ.
ކައުންސިލްގެ މެމްބަރު އަނީސް މުހައްމަދު "މިހާރު" އަށް ވިދާޅުވީ އެ މައްސަލާގައި މިއަދު ހެނދުނުން ފެށިގެން އާންމުން ކައުންސިލުގެ އިދާރާގައި ތިބެގެން އިހުތިޖާކުރަމުންދާ ކަމަށެވެ. އަދިވެސް އާންމުން އެތަނުގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
އަނީސް ވިދާޅުވި ގޮތުގައި، އާންމުންގެ ކަންބޮޑުވުމަކީ ބަނދަރުގެ ނެރު މިހާރު އޮތް ގޮތުން ގަދަ ދުވަސްވަރުގައި ފަޅު ތެރޭގައި އުޅަނދުފަހަރު އަޅާފައި ނުބޭއްވޭ ވަރަށް ފަޅު ތެރެ ވެސް ގަދަވުމެވެ. އޭގެ ސަބަބުން އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.
މިހާރު ކުރާ ވިއްސާރާގައި އިއްޔެ ވެސް އެ ރަށު ފަޅުގައި އޮތް ލޯންޗެއް ބަންޑުން ޖަހާލައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އާންމުން މިއަދު އިހުތިޖާޖަށް ނުކުތީ ވެސް އެހެންވެ އެވެ.
މިހާރު ކުރާ ވިއްސާރާގައި ދިއްދޫ ބަނދަރުގައި އޮތް ލޯންޗެއް ބަންޑުންޖަހާލައިފައި.
ދިއްދޫ ބަނދަރަކީ ދައުލަތުގެ ބަޖެޓުން 21 މިލިއަން ރުފިޔާ ހަރަދުކޮށްގެން 2021 ވަނަ އަހަރު ހެދި ބަނދަރެކެވެ.
އެ ބަނދަރުގެ ނެރުފައިކަށީގެ މައްސަލަ ކައުންސިލުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމާ ގުޅިގެން އެ މަސައްކަތް ވެސް ކުރަން އޮތީ ޕްލޭންކޮށްފަ އެވެ. މިއަހަރުގެ ބަޖެޓުގައި ވެސް އެކަން ހިމެނިޔަސް އަދިވެސް އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ޔަގީންނުވާތީ އާންމުންގެ ކަންބޮޑުވުން އެކަމުގައި އޮތީ އެވެ.
"އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާއަށް ދެ ފަހަރަކު ދަންނަވައިފިން. އަޅުގަނޑުމެން އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބި އިރު، ދެ ފަހަރު ވެސް އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި،" އަނީސް ވިދާޅުވި އެވެ.
ދިއްދޫ ބަނދަރުގެ ނެރުގެ މައްސަލަ ހައްލުނުވެގެން އާންމުން ކައުންސިލް އިދާރާގައި ތިބެގެން އިހުތިޖާޖުކުރަނީ.
"އެކަމަކު އެކަން ހައްލު ނުވެ އޮއްވާ އަނެއްކާވެސް ގަދަ ދުވަސްވަރު އައިސް ފަޅުގައި ހުރި އުޅަނދުފަހަރަށް އެ ދަނީ ގެއްލުން ވަމުން."
އޭނާ ވިދާޅުވީ، އެ މަސައްކަތް ފެށޭނެ ދުވަހެއްގެ ޔަގީންކަން ނުދެނީސް އާންމުން ކައުންސިލް އިދާރާއިން ނުކުންނަން ދެކޮޅު ހަދަމުން ދާ ކަމަށެވެ. އެހެންވެ، ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އެކަން ގެނަޔަސް އަދިވެސް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި، އާންމުން ކައުންސިލްގެ އިދާރާއިން ނުކުންނަން ދެކޮޅު ހަދާތީ ފުލުހުންގެ ޓީމެއް މިހާރު އެބަ އެ ރަށަށް ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަމާރުންގެގައުމު
07 July 2023
ކިރިޔާ 200 މީހުން ހަމަވާ ރަށެއްގަ 21 މިލިއަން ހަރަދު. ބޮލަކަށް ލައްކަޔެއްވުރެބޮޑު ހަމަ އެކަނި ބަނދަރަކަށް. ތިއެންމެން 50 އަަހަރު މަސައްކަތްކުރިޔަސް ދައުލަތުގެ ބަޖެއްޓަށް ޓެކްސްގެގޮތުގަ މިވަރު ނުވެއްދޭނެ. އަދިވެސް މުޒާހަރާކުރެވޭތޯ ބަލާ
ހަޑިގިއްލާ
07 July 2023
ތިވަރުވެސް ކޮށްދެއްވީ މިސަރުކާރުން. އެވެސް ރައްޔިތުން ބުނިގޮތަށް. އެކަމަކު ގޯސްމިވީ ސަރުކާރު. ތިވެގެން އުޅޭގޮތަކީ ބޮޑުވަޒީރާއި ބައިވެގެން ހިތުން މޮޅުއެއްޗެއް ހަދަނީ
ހުސެން އައްޑޫ
07 July 2023
ވަރަށް އަހުލާގު ކަރާބު ބަޔަކު އުޅޭ ރަށެއް. އަނެއްކާ ތިޔަތަނައްވެސް މަސް އަޅަންވީނު
މީއެހެންދިއްދޫއެއް
07 July 2023
ކަލޯ ރާއްޖޭގަ އޮންނީ އެއްމެ ދިއްދޫއެއްނޫން
ބޮޑުމީހާ
07 July 2023
ކޮންމެ ރަށެއް ސިޓީއަކަށް ބަދަލުކުރަން އުޅެގެން ލިބޭނެ ހުރިހާ ގެއްލުމެއް މިދަނީ ލިބެމުން..1000 މީހުން ހަމަނުވާ ތަންތާ މިހުރިހާ ހިދުމަތެއް ދިނުމުގެ ގާބިލުކަމެއް ދިވެހި ދައުލަތުގަ ނެތް. ކޮންމެ އަތޮޅަކުން ރަށެއް ނަމަވެސް ތަރައްގީކޮށް އާބާދީ އެއްފަސްކުރަންޖެހޭ
ކަނބުރުގެ
07 July 2023
ތިއޮތީ ބަނދަރެއް ހަދާ ދީފައެންނު. ދެން އަސްލަމުއާ އަކްރަމުއާ އާޒިމުއާ ހަވާ އަރުވާތަނަށް ދިއްދޫމީހުން ދޭބަލަ...
އިއްޒަތު
07 July 2023
މިބަނދަރުގެ ޕްލޭންވެސް ޚާއްސަކޮށް ނެރު ފައިކަށި ބަދަލުކޮށްފައިވަނީ ސީދާ ކައުންސިލުންދިން ލަފާގެމަތިން އެކަން އަޅުގަނޑަށްއެގޭތީ މިބުނީ!
އަބުދޯ
07 July 2023
އިހުތިޖާޖު ކުރުން މައްސަލައެއްނެތް. ނަމަވެސް ފޮޓޯއިން ފެންނަގޮތައް ކައުންސިލް އޮފީސްތެރެއަށް ވަދެ ކަންކަން ކުރެވިގެން ނުވާނެ. ސަބަބަކީ ކައުންސިލްގަ ހުންނާނެ ވަރަށްގިނަ މައުލޫމާތު. އާންމު ރައްޔިތުންގެ އެތައް މައުލޫމާތެއް. އެއަށް ގެއްލުމެއް ލިބިއްޖެއްޔާ އެ ވަންނަ ފަރާތްތަކާ މެދު ދައުވާ ކުރެވެން ވާނެ
ރާއްޖެ
07 July 2023
ރަށު ކައުންސިލް އޮފީހަށް ރަށު މީހުން ވަނުން ގައުމީ ސަލާމަތަށް ނުރައްކާ ވީ؟
ތަނބިކަށި
07 July 2023
ދިރާސާކޮށްފަ، އިންޖީނޭރުން ކުރިން ޑިޒައިން ކުރިގޮތަށް، ބަނދަރު ހަދާ ތަނާ، ބޮޑުމިނާ، ފައިކަށްޓާ ނުބައިންދާ، "ރައްޔިތުން" ބޭނުންވަނީ އެހެންނޭ މިހެންނޭ ކިޔައި ބަދަލުކޮށްފައިވޭތޯ ބަލަންވެސް ފެނޭ
މަންޒިލް
07 July 2023
ދިއްދޫ ކައުންސިލް ބޮނޑި ބޮއެފި. ދެން އަވަހަށް ދަ ޑީމިގުރާތީ އަށް ސޮއިކޮއްލާ. ތިަކންވާނެ.
ކޮންވައްތަރު
07 July 2023
ފާޑުފާޑުގެ ފާސްތައް ހިފައިގެން އުޅޭ "މާހިރުންނަށް" ރާއްޖޭގައި ހަދާ ބަނދަރެއް، އަޅާ އިމާރާތެއް ރާއްޖޭގެ މޫސުމާ، އެރަށެއްގެ ވެއްޓާއި ހާލަތާ ގުޅޭ ގޮތަށް އަޅަން ނޭނގޭކަމީ ބޮޑު ހަގީގަތެއް. އެހެންތާވާނީ. ބޭރު ކަރައެއްގެ ބަޔަކު އެމީހުންގެ ކަންކަމާ ގުޅޭ ގޮތަށް ހަދާފަހުންނަ ތިއަރީތަކާ، ޓެސްޓްތަކާ، ފޯމިއުލާތައް ހަމަ އެެގޮތައް މި ބޭނުންކޮށްލަނީ. ރަށެއްގެ ހޮޅުއަށީގަ އިިންނަ އިސްރަށްްވެހި މީހާގެ ތަޖުރިބާ އެއްޗަކަށް ނުބަލަ. ކޮންކަހަލަ ކިޔެވުމެއްތަ މީ؟