ނަދީމްގެ މަރުގެ ދައުވާލިބޭ މީހުން: އިސްތިއުނާފް ނިމެންދެން އެ މީހުން ބަންދުކުރަން ދައުލަތުން ވަނީ އެދިފައި
10 ޖުލައި 2023 - 15:01
މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގެ ދައުވާ ލިބުނު އެންމެން ސަލާމަތްވި މައްސަލާގައި، އިސްތިއުނާފް ޝަރީއަތް ނިމެންދެން އެ މީހުން ބަންދުކުރަން ދައުލަތުން ހައި ކޯޓުގައި މިއަދު އެދެފި އެވެ.
ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރު ގްރޫޕަކުން ގޮސް ނަދީމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މަފާޒް ހުސައިން ސަލީމާއި ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ނިންމީ އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެ މައްސަލައަކީ މަރުގެ މައްސަލައެއް ކަމަށް ވާއިރު އިސްތިއުނާފް މަރުހަލާގައި އެ މީހުން ބަންދުން ދޫވެފައި ތިބެއްޖެނަމަ އެ މީހުންގެ ފަރާތުން މުޖްތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.
މިފަދަ އެހެން މައްސަލަތަކުގައި ކުރިން ހައި ކޯޓުން މީހުން ބަންދު ކުރިކަން ދައުލަތުން ފާހަގަކުރި އެވެ.
މިއަދުގެ އަޑުއެހުމަށް ހާޒިރުވީ މަފާޒާއި ޝާމިން އެކަންޏެވެ.
ނަދީމްގެ މަރުގެ މައްސަލާގައި ހައި ކޯޓުގައި މިއަދު އަޑުއެހުން ކުރިއަށް ދަނީ
ދައުލަތުން ބުނީ ނަދީމްގެ މަރުގެ މައްސަލަ ނިންމި ފަހުން ވެސް، މަފާޒްގެ އެހެން ކުށުގެ ރެކޯޑްތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، އިސްތިއުނާފް މަރުހަލާ ނިމެންދެން އެ މީހުން ބަންދުގައި ބައިތިއްބަން އަމުރުކޮށްދޭން ދައުލަތުން އެދުނެވެ.
ފަހުން ފެންމަތިވި މައްސަލަތަކަކީ ބަންދު ކުރަންޖެހޭ ބާވަތުގެ މައްސަލަތަކެއްތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުން ބުނީ މާރާމާރީއެއް ހިންގަން އުޅުމުގެ ތުހުމަތުގައި މިދިޔަ މަހު މަފާޒް ހައްޔަރު ކުރި ނަމަވެސް ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
މަފާޒާއި ޝާމިން އެދުނީ ވަކީލުން އައްޔަން ކުރަން ފަސް ދުވަހުގެ ފުރުސަތެއް ދިނުމަށެވެ.
ފަނޑިޔާރުންގެ ބެންޗުން ނިންމެވީ ވަކީލަކު ހަމަޖައްސަން ތިން ދުވަހުގެ މުއްދަތެއް ދިނުމަށެވެ.
އެކަމަކު ދައުލަތުން އެދުނީ އެ މީހުންނަށް ވަކީލަކު ހަމަޖެހެންދެން، ފަސް ދުވަހުގެ މުއްދަތަށް އެ މީހުން ބަންދުގައި ބައިތިއްބަން އަމުރުކޮށް ދިނުމަށެވެ. އަދި ވަކީލުންގެ ފުރުސަތަށް އެދޭ ހާލަތުގައި ދަށު ކޯޓުތަކުން ވެސް އަމަލުކުރަނީ އެ އުސޫލުން ކަމަށް ދައުލަތުން ބުންޏެވެ.
ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ ވަކީލަކު ހަމަޖެހެންދެން އެ މީހުން މުޖްތަމައުގެ ތެރެއަށް ދޫވެފައި ތިބުމަކީ ހަމަޖެހޭ ކަމަކަށް ނުވާތީ އެވެ.
ނަމަވެސް ބެންޗުން ވިދާޅުވީ ބަންދާ މެދު ގޮތެއް ނިންމާނީ ވަކީލުން ހަމަޖައްސަން ދިން ތިން ދުވަހުގެ މުއްދަތަށް ފަހު ކަމަށެވެ. އަދި އެ މުއްދަތު ހަމަވާއިރު ވަކީލަކު ހަމަނުޖެހުނަސް، ބަންދާ މެދު ގޮތެއް ނިންމާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ. އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހުސައިން މަޒީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަހީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލަމްބެ
11 July 2023
ފޮޓޯއިން ފެންނަ ހުރިހާ އަންހެން ކުދިން ރަނގަޅު ވާނީ އަންހެން ހެދުން ލައްވާފައި ފަޅު ރަށަކަށް އަރުވާލިއްޔާ. އެ ކުދިންނަކީ އެހެން މީހުންނަށް ހުރި ބިރެއް.
ކުމުންދޫއަލީ
11 July 2023
ކެފޭގެ ވެރިންނަށް ބިރު ދެއްކި ވާހަކަ އަޑު އެހިން...ގުންޑާ ރާއްޖެ. ދަރީންނަށް އަމާން ތަނަކަށް ރާއްޖެ ހަދަން ބޭނުން ނަމަ އންސާފު ހޯދައިދޭން އެބަޖެހޭ
އެމްސީ
11 July 2023
މިފަދަ މީހުންމަރާ އަދި ޑްރޮގް ގެ މާފިޔާއިންގެ މޫނު ނިވާކޮއްފައި ހަބަރު ޖެހުމަކީ އެފަދަ މީހުންނަށް ލިބޭ ހިތްވަރެއް އަދިވެވޭ އެހީއެއްކަމަށް އަޅުގަނޑު ދެކެން. އެފަދަ މީހުންނަށް މަރަށް މަރު ނުހިފޭ ކަމަސް ވަންޏާމު އެފަދަމީހުން އުމުރު ދުވަހަށް ޖަލައްލާފައި ބަހައްޓާބަލަ
އޭނަ
11 July 2023
އަންހެންކުދިންވެސްް މިހާރު މާރާމާރީ ހިންގަން މަގުމައްޗައްވެސް ނުކުންނަންފެށީތަ,
އަބްޑޫޅް +
11 July 2023
ހަތަރު އަންހެންކުދިން ދޯ؟
ގެދާނޯމޮސް
11 July 2023
މިމީހުންގެ ނުރައްކާ ގައުމަށް ބޮޑުވިވަރަކަށް ބަޔެއްގެ ޖީބުތަނަވަސްވާކަން ދައުލަތާދެކޮޅަށް އެކުރާ ޖަދަލްތަކުން އެނގެއެވެ.
ގޮމާ
10 July 2023
މީ ގޮމަ ގުރޫޕުގެ ނަށާ ކުދިންކޮޅުތަ؟ އީދުގެ ވިލިގިލީގަ ބެށި މި ކުދިންކޮޅު
ފެމިނިސްޓް
10 July 2023
މަހީކުރީ ފޮޓޯއިން އެފެންނަނީ އަންހެންކުދިން ކަމަށް
ގެދާނޯމޮސް
11 July 2023
ތިއިން ބިޓަކާ ވައިނޭޅި ސަލާމަތުން ހުރިކަމަށް ޝުކުރު ކުރެވޭތޯއެވެ؟
ކޮރަލް
10 July 2023
ޖަލުގައި ބަންދުގައި ހުންނަ މީހުން ހުންނަން ވާނީ ރިވެތި އިންސާނުން ހުންނަން ވާ ގޮތަށެވެ. ޖަލަކީ އެމީހަކު ބޭނުން ގޮތަކަށް އުޅެން އޮންނަ ތަނެއް ނޫނެވެ. މީހާ އިސްލާހު ކުރުމަށް ލާ ތަނެކެވެ.
ޖުހާނާ
10 July 2023
"ހުންނަ"، "ހުރި"، މިއީ މީހުނަށް ނުވަތަ ޖަނަވާރުންނަށް ނިސްބަތްކުރާނަމަ، އެންމެ މީހަކަށް ނުވަތަ އެންމެ ޖަނަވާރަކަށް ނިސްބަތްކޮށް ބޭނުންކުރާ ލަފުޒުތަކެއް. އެކަކަށްވުރެ ގިނަ ބަޔަކަށް (މީހުން އެއީ އެކަކަށްވުރެ ގިނަ ބަޔަކަށް ބޭނުންކުރާ ލަފުޒެއް) ނިސްބަތްކޮށް ބުނާނަމަ ބުނާނީ "ތިބޭ"، "ތިބި" މިގޮތަށް. "ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުން ތިބެންވާނީ އިންސާނުން ތިބެންވާ ގޮތަށެވެ." މިގޮތަށް އެ ޖުމުލަ އޮންނަންވާނީ.
ފަންނީ
10 July 2023
ދުވަސްކޮޅަކުން ފެންނާނެ ކޮންމެވެސް ޕާޓީއެއްގެ ކައުންސިލުގަ ދެން މެމްބަރު ކަމަށް ދެން ރައިސް ކަމަށް. ސާބަހޭ ދިވެހި ގައުމު.
ޢަމީފުބޭ
10 July 2023
އެއީ ބޭރު ބަޔެއް. ފޮނުވާލާ އެފްރިކާއަށް، ދިވެހިން ނުތިބޭނެ ތިހެން. ޢަންހެން ވެގެން