ފުލުހުން އަތުލައިގެންފައިވާ މަސްތުވާއެއްޗެހިތަކެއް: ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ މީހަކު އުމުރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
16 ޖުލައި 2023 - 17:13
ތުރުކީގެ މީހަކު ރާއްޖެ އެތެރެކުރި ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ މީހަކު އުމުރަށް ޖަލަށްލައި، އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މޭ 2022 ގައި ރާއްޖެ އައި ތުރުކީ މީހެއްގެ ލަގެޖުން 3.9 ކިލޯގެ ކޮކެއިން ފެނުނެވެ. އެ ފޮށްޓާ ހަވާލުވާން ދާ މީހަކު ބެލުމަށް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ފުލުހުން ހިންގަނިކޮށް ހުޅުމާލޭ ގެސްޓް ހައުސްއަކުން އެ ފޮށްޓާ ހަވާލުވީ ދިވެއްސެކެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ ފޮށްޓާ ހަވާލުވާން އޭނާ ގެސްޓް ހައުސް އަށް ދިޔައީ އެހެން މީހަކު ބުނެގެން ކަން އޭނާގެ މޮބައިލް ފޯނުގެ ތަހުލީލު ރިޕޯޓުން އެނގޭއިރު، މަސްތުވާތަކެއްޗާ ގުޅޭ ފޮޓޯ އާއި ވީޑިއޯ އެ ފޯނުން ފެނިފައިވާތީ އޭނާ އެ ފޮށްޓާ ހަވާލުވާން ދިޔައީ ޝައްކު އުފެދޭ ހާލަތެއްގައި ކަމަށް ބެލެވޭ ކަމަށެވެ. ގެސްޓް ހައުސް އަށް ދިޔަ ސަބަބާ ބެހޭގޮތުން ތަހުގީގުގައި އޭނާ އޮޅުވާލަން މަސައްކަތް ކޮށްފައިވާތީ އޭނާގެ ގޯސް ނިޔަތެއް އޮތްކަން ސާބިތުވާ ކަމަށް ހުކުމުގައި ވެ އެވެ.
ހުކުމުގައިވާ ގޮތުން އެފަދަ މައްސަލަތަކުގައި ދައުލަތުން ސާބިތުކޮށް ދޭން ޖެހޭނީ ތުހުމަތު ކުރެވޭ މީހާގެ އަތުގައި އެއްޗެއް ހުރި ކަން އެކަންޏެވެ. އަދި އޭގައި މަސްތުވާއެއްޗެއް ހުރިކަން އޭނާ އަށް އެނގޭކަން ދައުލަތުން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް ހުކުމުގައިވެ އެވެ.
ގާޒީ އިސްމާއިލް ޝަފީއު އިއްވެވި ހުކުމުގައިވަނީ އެ މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާތީ އުމުރަށް ޖަލަށްލުމާ އެކު، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އަދި ޖޫރިމަނާ ފައިސާ އެއް އަހަރު ތެރޭގައި ދައުލަތަށް ދައްކަން ވެސް ހުކުމުގައި އަންގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޞަބުބު
17 July 2023
ހާލެއް ވާލެއް ނެތް ނިކަމެތި ސޮރަކަށް ވާނީ. އަދި ތިސޮރަކީ ހަމައެކަނީ އަސްލު މަންޒިލަށް ތަކެތި ގެންގޮސްދޭ މެދުވެރިޔަކަށްވުން ގާތް. ހަގީގީ ބޮސް ހުންނާނީ ނިވަލުގައި. އޭނާޔާ ހަމަޔަށް އަތްނުފޯރާނެ.
ޢަހްމަދ
17 July 2023
އަޅާލާނެ ޔާރެއް ނެތް ސޮރެއްކަންނޭންގެ
ރަދީފްއޮފިޝަލް
16 July 2023
''ގެސްޓް ހައުސްއަކުން އެ ފޮށްޓާ ހަވާލުވީ ދިވެއްސެކެވެ.'' މީހާގެ ނަމެއް ނެތް؟؟؟
ކަންވާރު އިބްރާހީމް
16 July 2023
ވޯޓާއި ކައިރިކޮށް ބޮޑު އާއިލާއަކަށް ނިސްބަތްވާނަމަ ކިތައްމެ ބޮޑު ކުށެއް ކުރިޔަސް އޯގާތެރިކަން ލިބޭނެއެވެ.
ބޮޑުމީހާ
16 July 2023
ހާސްނުވޭ! ކުރިއަށް މިއޮތް އިންތިހާބީ މޫސުމުގައި ތިހުކުމް މާފްވާނެ. ސުޕާރިކޮޅެއް ދެނިކޮށް ރައީސް އޮފީހުން ތިކަން ހަމަޖައްސާލާނެ
އަސަދުﷲ
16 July 2023
ކްރިމިނަލް ކޯޓު ރަނގަޅުވާތަން އެބަފެނޭ. މިއީ ކުރިން ފެންނާނެކަމަށް އުންމީދުވެސް ކުރެވުނު ކަހަލަ ހަބަރެއް ނޫން. ސާބަސް ފަނޑިޔާރުންނަށް
ކިޔު
17 July 2023
މަސްތުވާތަކެތީގެ މައްސަލަތަކުގައި ކިތައްމީހުންގެ މައްޗަށް އުމުރަށް ޖަލަށްލާން ހުކުމްކޮށްފަ ތިބިތޯ ކަރެކްޝަނަލް ސާވިސްއިން ޗެކްކޮށް ބަލާލަބަލަ!
މާކުންބޭ
17 July 2023
ތަންދޮރު ނުބަލައި ސަރުކާރު ޕްރޮމޯޓްކުރަން ވާހަކަ ނުދައްކާ. މިރާއްޖޭގެ ކަނޑުގެ އުސޫލު ހުރިހާ ކަމެއްގައިވެސް އިންނަނީ. ތިސޮރާ އަޅާލާނެ މީހަކުނެތީ. މާލޭގެ އެމްޕީއެއްގެ ދަރިޔަކު މަސްތުވާތަކެއްޗާއެކު އެބަ އިރުއިރުކޮޅުން އަތުލާ. ވާކަމެއް އެބައޮތްތޯ ބަލާބަލަ.
ކޮމެންޓޭ1
16 July 2023
ކިލޯ މަދީ ދޯ ސާބިތު ވީ
ޖަމީލުބެ
16 July 2023
އެބަ ރަނގަޅުވޭ! ވާންކޮށްފަ ބަހައްޓާތި! ބޮޑެތި ކުއްވެރިން ތިބެންޖެހޭނީ ޖަލުގަ!
މަ ބުނީ
16 July 2023
މި އީ ދަ އުލަތެއްތޯ ނު ވަތަ ގޭން ގުސްޓާރުން ގެ ކިއްލާއެއްތޯ އޭ ؟ 130 ކިލޯ ގެ މުޖުރިމު ދޫ ކޮއްލާފަ 3 ކިލޯ އާއި ހަވާލުވާއްދި ޔަ މުޖުރިމު ކަލޭގެ އުމުރަށް ޖަލަށް މި އީ އަރަތު މޯލްޑިވް ދޯ ؟.
ސަސި
16 July 2023
އަދަދު ކުޑަވީމަދޯ އަދަބެއް އަންނާނީ،