ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އެމަނިކުފާނުގެ އެމެރިކާ ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އެންގި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
17 ޖުލައި 2023 - 12:33
އދ. ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަންނަން ނިންމައިފި އެވެ.
އދ. ގައި ތަގްރީރު ކުރެއްވުމަށް ރައީސާއި ސަރުކާރުގެ އިސް ވަފުދެއް 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހިމެނޭ ރިސިޓްތައް ހާމަކުރަން އިންފޮމޭޝަނަރު އެންގި އެންގުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުގެ ރަޖިސްޓްރާ އިއްޔެ ނިންމެވީ ހައި ކޯޓުގެ ނިންމުމުން ގޯސް ކަމަށް ބަލަންޖެހޭ ސަބަބެއް ދައުލަތުން ހުށަހަޅާފައި ނުވާތީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށެވެ.
ރަޖިސްޓްރާގެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ދައުލަތުން ބުނެފައިވަނީ ދަތުރުފުޅަށް ކުރި ހަރަދުގެ ރިސިޓްތައް ހާމަކޮށްފި ނަމަ ރައީސްގެ ސެކިއުރިޓީއަށް ބުރޫ އަރައި އަދި ބައެއްގެ ޒާތީ މައުލޫމާތު އާންމުވެދާނެ ކަމަށެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އެފަދަ މައުލޫމާތު އުނިކުރުމަށް ފަހު ވެސް ހަރަދުތަކުގެ ތަފްސީލު ދޭންޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމީދޫ:)
17 July 2023
ޜައީސާއި ގުޅޭ އެއްވެސް ކަމެެއް ކޯޓްތަކަށް ބަލައި ނުގަނެވެނީ ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ބޮޑުކަމުން. ޜައީސްގެ ކެމްޕޭންގައި އުޅޭ ކުދިންނަށް ފަސޭހަގޮތް ފަހިވެގެންދަނީ އިހްސާންތެރިކަމުންނެވެ. ޙުރުމަތެއް ކެނޑިފައިވާނަމަ މަޢާފްކޮށްދެއްވުން އެދި އަދަބުވެރިކަމާއި އެކު އާދޭސް ދަންނަވަމެވެ.
ބޮޑުމީހާ
17 July 2023
މިވަރުގެ ޒާތީ ރައީސެއްނާދޭ. މީއެކަމަކު މައުލޫމާތު ދިނުމާއި ދެފުށްފެންނަ ވެރިކަމަށް ގޮވާލި ރައީސް.
ކަތްދައްތަ
17 July 2023
އަޅެ ލިޔެފަ އޮތް އެއްޗެއް ކިޔާލައިގެން ކޮމެންޓް ކޮށްލާނަމަ. އިންފޮމޭޝަން ކޮމިޝަނަރު އެންގީ ހާމަ ކުރާށޯ. ދައުލަތުން އެކަން ނުކުރަން ދިޔައީ ހައިކޯޓަށޯ. ހައިކޯޓުން ބުންޏޯ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ރަގަޅޯ. ދެން އަނެއް ދައުލަތުން ސުޕްރީމްކޯޓަށް ދިޔައްޔޯ. ދިޔައީމަ އެކޯޓުން އެމައްސަލަ ބަލައެއް ނުގަތޯ؟ ނަތީޖާ = ސަރުކާރާ ރައީސާ ދެކޮޅަށް އަދި އެމައްސަލަ އެއޮތީ އެމައުލޫމާތު ހާމަ ކުރަންޖެހޭ ގޮތަށް .ޔޫ ހެޕީތަ؟
1206
17 July 2023
ބޭނުމަކީ މި ސަރުކާރުގެ ފޭލިވުންތައް ފޮރުވަން މަސައްކަތް ކުރުން. ވަރަށް ސާފު އެހެން ނޫންތޯ؟ ނޫސް ޒިންމާދާރުކުރެވޭނީ ނޫސް ކިޔާ ފަރާތްތަކަށް. ދިވެހިރާއްޖޭގައި މިހާރު ހިންގާ ނޫސްތަކަށް އިތުބާރުކުރެވޭ މިންވަރާ މެދު ޕޮލް އެއް ނެގުމަށް ޕޮލް އެމްވީ އަށް ގޮވާލަން.
ސަންގުމަރުމަރު
17 July 2023
ލިޔެފައޮތް އެއްޗެއް ސާފެއްނުވި
ޙަރުމީ
17 July 2023
ރައީސުލްޖުމްހޫރިއްޔާ ރަސްމީ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅުގެ މައުލޫމާތަކީ ޒާތީ މައުލާތުމަކަށް ވާނެ ގޮތެއް ނޯންނާނެ. ޢަޅުގަނޑުމެންނެސް އޮފީސް ދަތުރަށްފަހު ދަތުރު ހަރަދު ރިޕޯޓު އޮފީހަށް ހުށަހަޅަންޖެހޭ. ޜައީސްވެެސް އިސްތިސްނާ ވެގެން ނުވާނެ. ތި ދަތުރުގައި ގޯސް ހަރަދުތަކެއް ނެތްނަމަ ހާމަކުރަން ފަސޭހަވަނެ. ތިހާވަރަށް ތި ހިފަހައްހަޓީ ބޮޑުގޯހެއް އޮތީމަ.
އިންބާ
17 July 2023
އަޖައިބެއްނުންމީ، ދިވެހި ރައްޔިތުންގެ ރައިސަށް ދިވެހި ރައްޔިތުންގެ ބައިތުލްމާލުން ކުރާ ޚަރަދުގެ ތަފުސީލު ނުދެއްކެންޏާ ޓެކްސްވެސް އަދި އަހަރީ ހިސާބުވެސް ރައްޔިތުން މީރާއަށް ދައްކާކަށްނުޖެހޭނެ، އޭގާވެސް ހިމެނިނީ އަމިއްލަ ފަރުދުންގެ މައުލޫމާތު،
ވަގުންނާއި ދެކޮޅު
17 July 2023
ދައުލަތުން ޒާތީ ޚަރަދުކުރޭތަ؟
ޓައްޕު
17 July 2023
އާދެ. ޔާމިނު އެކަންޓަށް ވަތް ފައިސާއަކީވެސް ދައުލަތުގެ ޒާތީފައިސާ.
ކަންވާރު އިބްރާހީމް
17 July 2023
ސިއްރުން ރައްޔިތުންގެ ޓެކްސް ފައިސާ ބޭނުންކޮށްފައި މިދަންނަވަނީ ތިމަންނާގެ ސެކިއުރިޓީއަށް ބުރުއަރާފެނެތީވެ ޚަރުދުކުރީ ކޯއްޗަކަށް ކަމަށް ބުނެދެވެންނެތް ކަމަށެވެ. މަނިކުފާނުގެ ސިކިއުރިޓީއޭ ވިދާޅުވެ ޚަޒަނާއިން މުށްޖަހާފައި ކެއުން އެއީ ހަދަހާވާ ހުތުރުކަން ބޮޑުކަމެކެވެ. ނިކަމެތި ރައްޔިތުން ބުރަ މަސައްކަތުން ހޯއްދަވާ ލާރިން ނާޗަރަންގް ކުރަން ހެޔޮނުވާނެއެވެ. ސާލިހްއަށް އިތުރު ދައުރެއް ނުދޭންވީ މިހެންވެގެންނެވެ.
ދޮހޮއްތު
17 July 2023
ހާމަކަން ބޮޑު ސަރުކާރު
ހިބިރިންބެއްޔާގެ ކުޑަސޮރު
17 July 2023
އެދަތުރުގެ ޚަރަދު ހާމަކޮށްފިއްޔާ ސޯޓުގަނޑު އެއްކޮށް ބޭލޭނެ.