އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާޙިރު: އޭނާ ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ހުކުރު ހުތުބާގައި ކުށެއް ލިޔެފައި އޮތްތޯ ބަލާފައިވާ ކަމަށް.
23 ޖުލައި 2023 - 10:39
މިދިޔަ ހުކުރު ދުވަހުގެ ހުކުރު ހުތުބާގައި ލިޔެފައި ވަނީ ތަފްސީރު ފޮތްތަކުގައި ވެސް ބަޔާން ކޮށްފައިވާ ވާހަކައެއް ކަމަށް ވިދާޅުވެ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެ ހުތުބާގެ ވާހަކަތައް މިއަދު ދިފާއު ކުރައްވައިފި އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި މިދިޔަ ހުކުރު ދުވަހު ކިޔާފައިވާ ހުތުބާގައި އާޝޫރާ ދުވަހާ ގުޅޭ ގޮތުން ދެއްކި ބައެއް ވާހަކަތައް ސައްހަ ނޫން ކަމަށް ވިދާޅުވެ، ބައެއް ދީނީ އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެކަމާ ގުޅޭގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އާޝޫރާ ދުވަހާ ގުޅިގެން ސާބިތުވެފައި ވަނީ އެއީ މޫސާގެފާނު ފިރުއައުނުގެ ކިބައިން ސަލާމަތް ކުރެއްވި ދުވަހުގެ ގޮތުގައި ކަމަށެވެ. އެހެން ނަބީބޭކަލުން އެ ދުވަހާ ގުޅުވައި ހުތުބާގައި ބަޔާން ކޮށްފައިވާ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމަށް ޝަހީމް ވިދާޅުވި އެވެ.
ދީނީ އިލްމުވެރިޔާ އާދަމް ނިޝަން ވެސް ވަނީ ހުތުބާގައި ސައްހަ ނޫން ވާހަކަތަކެއް ހިމަނާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނަމަވެސް އެކަމާ ގުޅިގެން މިނިސްޓަރު މިއަދު ވިދާޅުވީ ހުތުބާގައި ކުށެއް އޮތްތޯ މިނިސްޓްރީން ވެސް ބަލާފައިވާނެ ކަމަށެވެ. އެ މާނަ ކުރާ ހަދީސަކީ ރަސޫލާ އަށް ނިސްބަތް ވާ ހަދީސެއް ނޫން ކަމަށް ޑރ. ޒާހިރު ވިދާޅުވި އެވެ.
"ރަސޫލާ އަށް ނިސްބަތް ކުރައްވާ ހަދީސެއް ކަމަކަށް ނޫން ހުތުބާގައި ލިޔުއްވާފައި އޮތީ. ހުތުބާގައި ލިޔުއްވާފައި ވަނީ ތަފްސީރު ފޮތްތަކުގައި ތަފްސީރު އިލްމުވެރިން ވެސް އެބަހުއްޓޭ އެ ގޮތަށް ވާހަކަ ދައްކަވާފައި، އެހެން ކިޔާފައި ގެނެސްދީފައި އިނީ ހުތުބާގައި،" މިނިސްޓަރު "މިހާރު" އަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހުތުބާ ލިޔުއްވާ އިލްމުވެރިން އެ ލިޔުއްވުމަށް ފަހު ކުށެއް ފާހަގަވޭތޯ ބައްލަވާނެ ކަމަށެވެ. އަބަދުވެސް ހުތުބާ ކިޔަނީ ދީނީ އިލްމުވެރިންގެ ކޮމިޓީތަކުން ފާސްކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އާޝޫރާ ދުވަހުގެ މާތް ކަން" އެއާ ގުޅޭ ގޮތުން ހުތުބާގައި ބުނެފައި ވަނީ އެއީ ފިރުއައުނުގެ ކިބައިން މޫސާގެފާނު ސަލާމަތް ކުރައްވައި ފިރުއައުނާއި އޭނާގެ ލަޝްކަރު ޣަރަގު ކުރެއްވި ދުވަސް ކަމަށެވެ.
ތަފްސީރު ފޮތްތަކާ ހަވާލާ ދެއްވައި ހުތުބާގައި ވަނީ އެ ދުވަސް ބައެއް އެހެން ނަބީބޭކަލުންނާ ވެސް ގުޅުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚިޔާލުގެފޮލާ
23 July 2023
އެ ހުރިހާ ކަމެއް އާޝޫރާ ދުވަހު ހިނގިކަމަށް ޚުތުބާއެއްގައި ކިއީމަ ފުރަތަމަ ވަރަށް ބޮޑަށް ހައިރާންވި. ކުޑަ ހިނދުކޮޅަކަށް ނޭނގޭ އުފަލެއް އިހްސާސްވި އެދުވަހަކީ އެހާ މާތް ދުވަހެއްކަން ހަޔާތުގަ ފުރަތަމަ ފަހަރަށް އެނގުނީމަ. ފަހުން އެކަމާ ސިކުނޑި އަރައިރުންވެއްޖެ އެހުރިހާ ކަމެއް ހަމަ އެދުވަހު ހިނގިކަމަށް ބުނާ ބުނުމުގައި ހުރި ފުލޯކް ގޮތް ހިތަށްއަރާފަ. ދީން މަތިވެރިކުރަން އަގީދާ ވަރުގަދަކުރަންވިއަސް ޔަގީންނުވާ ވާހަކަދެއްކުން ދީނުގަ އޮންނާނެހެން ހިއެއްނުވޭ
އަހުމަދުވަގާރު
23 July 2023
2023 އަހަރެމެންގެ ހާލަތު.ދުނިޔޭގެ އެހެން ގައުމުތަކު މީހުން ފަތު އަޑު ކިޔާފަ ޓެކްނޮލޮޖީ.އަހަރެމެން ކޮންމެވެސް ށޫރާ އެއްގަ
ޖަމީލު
24 July 2023
އަހުމަދުވަގާރު@ މަނިކުފާނުވެސް މިއޮއް ޓެކުނޯލަޖީގެ ޒަމާނުގަ މަރުވާނެ! އަދި މަރު ވުމަށްފަހު އަލުން ތެދުކުރެވޭނެ! މަނިކުފާނުގެ ތިޔަ “މޮޅު” ސިކިނޑިއަށް ތަސައްވުރު އަދި ހިތަށްވެސް ނާރާކަންކަން މާތް ﷲގެ ގުދުރަތުގަައި ލައްވާގަވޭ! ތިމާގެ މޮޅުކަން ފެނި އިސްލާމްދީނު ކަންކަން ޖޯކަށް ނުނެގުން އެދެން! ސަލާމް
ހަނގުރާމަ
23 July 2023
ތިޔަ ބޭކާރު ފޮތްތަކާ ބޭކާރު ސްޓޯރީ "ޢިލްމު"ތައް ދޫކޮށްލާފަ ޤައުމަށް، މުޖްތަމަޢަށް، ފައިދާހުރި ކަމަކާ ބަޙުސްކޮށްބަލަ. ދެން 7 ވަނަ ޤަރުނުގެ ސްޓޯރީތަކާހެދި ކޮން ހަނގުރާމައެއް.
ޖަމްވީނީ
24 July 2023
ދެން ކަލޭ ވިލާތުގެ މުސްކުޅި ބޯދާ އަދި ބޭއަދަބީ އަދި ލާއިންސާނީ ކަންކަން ލޯބި ކޮށް ހުރޭ!
ޢާލިމުލްޤައުމު.
23 July 2023
ޒަމާން ދައުރުވަމުންދާ ވަރަކަށް، ޙައްޤު ގޮތްތައް މީހުންނަށް އެނގި، ތިޔަ "ދީނީޢިލްމު"ތައް ފޮހެވިގެންދާނެ. އިންޝާﷲ. މިހާރުވެސް ކުރީގެ ވަރަށްގިނަ "ދީނީޢިލްމު"ތަކަށް އެހެންވެއްޖެ. އަދިވެސްވާނީ އެހެން. އިންޝާﷲ.
ޖަންޕީ
24 July 2023
ދީނީ ގޮތްތަށް ފުހެވެނީއޭ؟؟ ހައްގުގޮތަކީ ތިމާ އަމިއްލަ ސިކިނޑިން ތިމާ އެވަގުތެެއް ހުރި ހާލަތު އަދި އެހުރި ޒަމާނުގެ އަސަރުތަކުގެ އަލީގަ އިމޯޝަނަލީ ބިނާ ކުރާ ފޮލާ ހުވަފެނީ ކަންކަމައް ނޫން ބުރޯ! ހައްގަކީ މާތް ﷲ މި ކާއިނާތު އުފެެއްދުމުގެ ކުރީން ލައްވާފައިވާ މީޒާން! އިންޝާ ﷲ ކިޔާފަ ތިޔަ މީހުންގެ ސިކުނޑި ދޮންނަން ތިޔަ އުޅޭނީ ވިލާތު މީހުންގެ ވިސްނުމުން ދެއްތޯ؟ ބުރޯ ވިލާތު މީހުންގެ ޒަމާން ފާއިތުވެއްޖެ! ދެން އަޅުވެތި ނުކުރެވޭނެ
ހޯބަލި11
23 July 2023
މިއޮއް ދީނީ ޢިލްމެއްދޯ. މީހަކު ހޭބަލިވެދާނެ.
އެސްސީސީ
23 July 2023
ޑރ. ޝަހީމަކީ ދީނީ އިލްމު ވެރިއެއްގެ އިތުރުން ، ސިޔާސީ ބޭފުޅެއް ވެސްމެ. އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުގައި ޕީޕީ އެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓް. މިހާރު ވެސް ޕީޕީ އެމް އިން ހިންގަމުން ގެންދާ ސިޔާސީ މަގުމަތީ ހައިޖާންތަކުގައި ވެސް ބައިވެރިވަނުން ގެދަވާ ބޭފުޅެއް.
އަހުސަން
23 July 2023
އާޝޫރާ ދުވަހަކީ ޚާއްސަ ވަކިދުވަހެއް. އެދުވަހުން 1ދުވަސް އުނިކޮށްފައި ނުވަތަ 1ދުވަސް އިތުރުކުރުމަކީ އެދުވަސްކަމަށްވާނެތޯ ނުވަތަ އެދުވަސް ކީރިތި ރަސޫލާ ބަދަލުކުރެއްވި ހަދީސްވެސް ހަމަ ސައްހަތޯ.
ޥަހީދު
23 July 2023
އިސްލާމްދީނަކީ ޝަހީމެއްނޫން. ދީނީބައިބައި ކުރުވަން ނޫޅޭށެވެ.
ރާއްޖެ
23 July 2023
ށެއިހު އިމްރާން ބުންޏޭ ކިޔާފަ ވެސް ހުތުބާގަ އެއްޗެެހި ލިޔެފާނެ މި ވަރުން ދާ ނަމަ. ސައްހަ މައުލޫމާތު ލިޔޭ.
ނާދިޔާ
23 July 2023
ޝޭހުއިމްރާން ބުނާވާހަކަ ކަލޭމެންލިޔޭ. ތިވަކިވެގަތުމުގެ އަމަލަކީ ގައުމު ފަނާކުރަން ކުރާކަމެއް.
ހާމާނު
23 July 2023
ވާގޮތަކީ މީގެ 1000 އަހަރު ކުރިން ހަމައެކަނި މާތްﷲއަށްޓަކައި އުޅުއްވި ޚުރުސާންގެ އަދި ބަޣްދާދުގެ އިލްމުވެރިންނަށްވުރެ ދިވެހިރާއްޖޭގަ 2023ގަ ދުނިޔެއަށްޓަކާ މުދަލަށްޓަކާ ވެރިކަމަށްޓަކާ އުޅޭ އިލްމުވެރިންނަށް ދީން ބޮޑަށް އެނގެނީ ހެހެހެ މީކިހާބޮޑުޖޯކެއް
ބޮޑުރިޔާ
23 July 2023
ކޮންމެކަމެއްވެސް ސިޔާސީކުރީމާ އޭގައި އެބުނާ އެއްޗެއް އިދި ކޮޅުގައި ތިބޭ ސޭނުންނަކަަށް ފަހުމެއްނުވާނެ އަހަރެންވެސް އަޑު އެހީ ތިޔަވިދާޅުވިގޮތަށް ތަފްސީރު ފޮތްތަކާ ހަވާލައްދެއްވައި އެބައި ގެނެސްދިން އަޑު އަނެއްކާ ތިޔަ ވާހަކައެއް ޕީޕީ އެމް އަށް ސަޕޯޓްކުރާ ސޭހުން ދެއްކީމާ އިސްލާމިކް މިނިސްޓްރީގެ ސައިޓް ބަލާލީއިރު ހުތުބާގެ 2ވަނަ ގަނޑުގެ 18 ވަނަފޮޅުވަތުގެ 7 ވަނަ ލަފުޒުން ފެށިގެން ކިޔާލީމާ އަޅުގަނޑަށް ފެންނަނީ ތިޔަވިދާޅުވިގޮތަށް