ރައީސުލްޖުމްހޫރިއްޔާގެ ދެ ކަންބަލުން ޑްރޯން ޝޯ ބައްލަވާ ލައްވަނީ. -- ފޮޓޯ: ދިރާގު
30 ޖުލައި 2023 - 20:45
ރާއްޖޭގަައި ފުރަތަމަ ފަހަރަށް ބޭއްވި ޑްރޯން ޝޯ އަށް ރޭ ބޮޑު ތަރުހީބެއް ލިބުނު ކަމަށް ހޯމް މިނިސްޓްރީއާ އެކު އެ ޝޯ އިންތިޒާމުކުރި ދިރާގުން ބުނެފި އެވެ.
އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ޖައިޝާން ހަމީދު ވިދާޅުވީ، އެއީ ދުނިޔޭގައި ވެސް އެންމެ ކުރިއަރަމުން އަންނަ އެއް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އެ ކުންފުނިން މަސައްކަތް ކުރަނީ މި ފަދަ އެންމެ ފަހުގެ ޓެކް ރާއްޖެ އަށް ތައާރަފުކޮށް، ދިވެހިންނަށް ތަފާތު އާ ތަޖުރިބާތަކެއް ގެނެސްދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑްރޯން ޝޯ ބޭއްވީ، މިނިވަން އުފާ ކާނިވަލް ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ. މި ފަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ހަ ދުވަހުގެ މުއްދަތަށް ހުޅުވި ކާނިވަލުގައި ރޭ ބޭއްވި ޝޯ ގައި 300 ޑްރޯން ބޭނުންކޮށްގެން ރީތި ދިވެހިވަންތަ ޑިޒައިންތައް ދެއްކި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވެސް އެ ޝޯ ބެއްލެވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންބަޔަކު
31 July 2023
ހަބަރުން ނޭގުނު ކޮންބަޔަކު ލަައްވާ ކުރުވިކަމެއްކަމެއް. އާންމުކޮށް ސިންގަޕޯރުގެ ބަޔަކު ތިކަން ކުރަނީ. ލާރި ދިނީމަ އެމީހުން އަންނާނެ. ހަބަރު ކިޔާލީމަ ހީވަނީ ދޮރާގުން 300 ޑްރޯން ގަނެގެން ކުރި ކަމެއްހެން. އެކަމަކު މިއުޅެނީ ފާހާނަޔާހަމަޔަށް ފޯނުގެ ރޭންޖު ނުލިބިގެން ވޮއިސް ކޯލެއް ނުކުރެވިގެން
ސަސި
30 July 2023
މި ސަރުކާރުން ހުރިހާ ކަމެއްވެސް ކުރާނީ ސީދާ ފުރަތަމަ ފަހަރު.
މެޑަލްޖަހާބެ
31 July 2023
އަދި މުޅިދުނިޔެއިން އެއްވަނަ